ރައީސުލް ޖުމްހޫރުއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަވަށްޓެރި ސްރީލަންކާއަށް ކޮންމެ ވަގުތަކުވެސް ވަޑައިގެން އުޅުއްވޭނެ ކަމަށާއި ލަންކާއިން އަބަދުވެސް ރައީސް ޔާމީނަށް މަރުހަބާ ދަންނަވާނެ ކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގް ވިދާޅުވެއްޖެއެވެ.
ލަންކާގެ ނޫހެއް ކަމަށްވާ ކޮލަމްބޯ ގެޒެޓުން ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު ބޮޑުވަޒީރު ރަނިލް ރައީސް ޔާމީނަށާއި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ގުޅުއްވާ ވާހަކަފުޅުދެއްކެވި ކަމަށެވެ. އަދި ބޮޑުވަޒީރުގެ އޮފީހާއި ހަވާލާދީ އެނޫހުން ބުނެފައި ވަނީ ރައީސް ޔާމީނާއި ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީނަށް ލަންކާ އިން ކޮންމެ ވަގުތަކުވެސް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ރައީސް ޔާމީނަށް ރަނިލް ގުޅުއްވައި މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ގިނަ ސިޔާސީ ލީޑަރުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވީ ލަންކާގައެވެ. އެގޮތުން 13 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ދިރިއުޅުއްވަނީ ލަންކާގައެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބޮޑުވަޒީރު ރަނިލް ގުޅުއްވައި މަރުހަބާ ދެންނެވުމުގެ އިތުރަށް ރާއްޖޭގެ ކަންކަން ރަގަނޅު މަގުން ގެންދިޔުމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ބޮޑު ވަޒީރު ރަނިލް ވަނީ ރައީސް މުހައްމަދު ނަޝީދާއި އިއްޔެ ލަންކާގައި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވަނީ ބޮޑުވަޒީރު ރަނިލް އަށް އިންތިހާބީ ރައީސް އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވާފައެވެ.
އާދިއްތަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. އަދި އެމަނިކުފާނުގެ ކާމިޔާބީއާއި ވިދިގެން ބޭރުގެ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ތަކުން ވަނީ މަރުހަބާ ކިޔައިފައެވެ.
ސުކުރިއްޔާ............................
"އެ ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވަނީ ބޮޑުވަޒީރު ރަނިލް އަށް އިންތިހާބީ ރައީސް އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު ދެއްވާފައެވެ." އެހެންވީމާ އަސްލު ވެރިޔަކީ ހަމަ އަންނިތާ!
ރައްޔިތުން ވެރިކަން ހަވާލުކުރެއްވީ ނަޝީދަކާނޫން، އޭނަގެ ބަހަށް ވެރިކަން ކުރަން ވެއްޖެ ކަމަށް ވަންނާ އަނެއްކާވެސް ރައްޔިތުން ނިކުންނާނެ!
ޝުކުރިއްޔާ ރަނިލް. އެކަމަކު ތިހީކުރާގޮތަށް ފިނޑިއެއްނޫން ރޔާމީނަކީ ރާއްޖެދޫކޮށް ފިލައިގެން ލަންކާގަ އުޅޭކަށް.. ތިއެއްމެންވެސް ބޭނުންވަނީ ރޔާމީން ސިޔާސީ ހަޔާތް ނިންމަވާލާ ފިލަން. އެކަމަކު އެއައްވުރެ ގަޓްހުރި ރައީސެ އަހަރެމެންގެ ރައީސަކީ. އަހަރެމެން ފަހުރުވެރިކުރުވި ރައީސެ އަހަރެމެން ފަހުރުވެރިކުރުވާނެ ރައީސެ ރޔާމީންއަކީ. އެމަނިކުފާ ﷲގެވާގިފުޅާ ލާއިގެން ފުރިހަމަ ސިއްހަތެއްގަ ރައްޔިތުންގެ ލޯތްބާއެކު އަލުން އަބުރާ ވެރިކަމަށް ދެންއަންނާނީ. މިކަން ﷲއިރާދަ ކުރެއްވިއްޔާ ލަސްތަކެނުވާނެ.
ވަރަށް ތާއީދު ވާހަކައެއް.
މިޤައުމުގައި ހެޔޮވިސްނޭ ކޮންމެ އިޚްލާސްތެރި ދަރިއަކަށް އެނގޭނެ ރ.ޔާމީނަކީ ތަރައްޤީ އަށް އެމަނިކުފާނު ރޮކެޓް ސްޕީޑް ގައި އެގެންނެވި ބަދަލަކީ ދިވެހި ތާރީޚް ގައިލިޔެވިގެންދާނެ ފަޚުރުވެރި ވާހަކަތަކެއްކަން. އެމަނިކުފާނަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަން. މާ.ﷲ ޞުބުހާނަހޫ ވަތައާލާ އެމަނިކުފާނަށް ފުރިހަމަ ސިއްހަތަކާއި ދިގުއުމުރުފުޅެއް ދެއްވާށި.
ހަސަދަވެރިންގެ ހަސަދަވެރިކަމުންނާއިއެމީހުންގެ ނުބައި ރޭވުމުން އެމަނިކުފާނަށްދެއްވުމަށް ރާވަމުންދާ ރޭވުނތަކުންނާއި ބޭ އިންސާފު އަނިޔާތަކުން އެމަނިކުފާނު ސަލާމަތްކުރައްވާށިި
ގޭމް (1) ރައީސް ޔާމީން އެއީ ތިހީކުރަާކަހަލަ ފިނޑިބޭފުޅެއްނޫން. ނަޝީދުގެ ހީލަތްތެރި ރޭވުމުގެދަށުން ތިޔައުޅެނީ ޔާމީން ފިލީކަމައް ދައްކުވަން. ޢެމަނިކުފާނު މައިބަދަ ހުރީހެޔޮހާލުގަ. ޙެހެހ
މިހާރު އެބަ އެނގެއެއްނު މިސަރައްދުގެ އަވަށްޓެރިންނަކީ އަނެއް ބަޔަކު ކުރިއަރާ ދާތަން ބަލަން ބޭނުންވާ ބައެއް ނޫންކަން. ލަންކާއިން ބޭނުންވަނީ އެމްޑީޕީ ވެރިކަމުގައި ޕީޕީއެމްއަށް ފުރުސަތު ހުޅުވާލައިގެން ސަރުކާރު ޕްރެޝަރުގައި ބާއްވަން. ހަމައެގޮތަށް ޕީޕީއެމް ސަރުކާރު ނޭވާހޮޅިއަށް އެޅުވުމަށް އެހީތެރިވުމަށް ނަޝީދުއާ އެހެން ފަރާތްތަކަށް އެހީތެރިއެވީ މިއަދާ ހަމައަށް. މައުމޫނު ވެރިކަމުގައިވެސް ވީ ހަމަ އެހެން.
ނަޝީދަށްވުރެ ބޮޑު ތާއީދެއް އިބޫކަހަލަ ގެއްލިފައި ހުރި ބޭފުޅަކު ހޯދީމާ ނަޝީދަށް ހަމަ ހަޖަމް ކުރެވުނތޯ ސުވާލުކޮށްލަން ބޭނުންވޭ. ނަޝީދަކީ އުންވީއްސުރެ މިކަމުގައި މުސްކުޅިވަމުންދާ ބޭފުޅެއް.
ސާބަހޭ، ތިހެންތިބެންވާނީ، އަހަރުމެންގެ ނިންމުމަކި އެހެންގައުމުތަކުން ޒާތީ ވާންޖެހޭނެ ކަމެއްނޫން. އެހެންގައުމުތަަކުގަ ހުރި މައްސަލަތައްވެސް އެގައުމެއްގެ ރައްޒިތުން އަމިއްލަޔައް ނިންމަންދިނީމަ ރަގަޅުވާނެ، މިއަންނަ ފަސްއަހަރު ރާއްޖޭގެ ޓޫރިޒަމް ބޯއިކޮ ޓް ކުރަން ގޮވާނެ ބަޔަކުނުތިބޭނެ، އެކަމާ ވަރައް އުފާވެ.
ޢިބޫ އަކީ އަންނިގެ ޕަޕެޓެއް ހުރިހާކަމެއް ރާވާ ހިންގާނީ އަންނި
ޙާދަ ތުންދަމާފަ އެއިނީ
ޔާމިނުދަނީ ޑުބާއީއައް.. އެނބޫދޫފަޅުންލިބުނުލާރި އެތަނުގައިއުޅޭން ގެއެއްހުރީގަނެފަ.. ބާކީތިބިވަޒީރުންގިނައީ ނިއުޒިލޭންޑައްދާން..