އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ނަވާޒް، އެމަގާމުން ވަކި ކުރައްވައި އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ނަވާޒް، އެމަގާމުން ވަކި ކުރައްވައި އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މިއަދު ހަމަޖައްސަވާފައިވާ ކަމަަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު އަދާކުރެއްވީ ހުސައިން ވަހީދު އެވެ. "ފިނިފެންމާ" ލޯންޗްގައި ބޮން ގޮއްވާލި ހާދިސާ އަށް ފަހު ހުސައިން ވަހީދު މަގާމުން ދުރުކޮށް ދެން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވީ އަހްމަދު އަރީފް އެވެ.
އެކްޓިން ކޮމިޝަނަރުގެ މަގާމަށް ނަވާޒު ހަމަޖެއްސެވީ މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސިޔާސީ ލީޑަރުންތައް ހިމެނޭ ގޮތަށް ގިނަ ބަޔަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު އެވެ. އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ވަކިކޮށް އެ މަގާމަށް ދެން އައްޔަން ކުރެއްވި އަހުމަދު ސައުދީ އެވެ.ނަވާޒް އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ފެބްރުއަރީ 3 ވަނަ ދުވަހުއެވެ.
މީގެ އިތުރުން މިއަދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދު އައްޔަން އައްޔަން ކުރައްވާފައެވެ.
ހަމްދޫން ރަޝީދު މިއަދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވުމާއި އެކު އޭނާ ވެގެން މިދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވި ތިން ވަނަ ބޭފުޅާ އަށެވެ.
ބަދަލު ކުޜޭ . ބަދަލު ކުޜޭ . އިބޫޔާ އެސޮރު ބައްދަލު ކުރީމަ ހިތުން އެސޮރަށް ލަނޑެއް ދިނީ ދޯ އެކަމު ބުނަން އިބޫ އެނޫނަސް އެސޮރަކާ ގުޅުމެއް ނުބާއްވާނެ.
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..