ރައީސް ޔާމީން ޕީޕީއެމްގެ މުޒާހަރާގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް އެސްއޯ ފުލުހުން މުޒާހަރާގެ ތެރެއަށް ވަދެ، މުޒާހަރާ ކުރަމުން ގެންދާ މީހުން ފަހަތައް ޖެއްސުމުގެ މަސައްކަތް ކޮށްފިއެވެ.
ޕީޕީއެމްގެ ދޮރު ކައިރީގައި ރައީސް ޔާމީން މުޒާހަރާގެ ބައިވެރިންނާއި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް އެސަރަހައްދަށް އެސްއޯ ފުލުހުން ގޮސް، މަގުމަތީގައި ތިބި މީހުން މަގުގެ އެއްފަރާތައް ޖެއްސުމުގެ މަސައްކަތް ފެއްޓެވިއެވެ.
މުޒާހަރާގެ ތެރެއަށް އެސްއޯ ފުލުހުން ވަނުމުން ރައީސް ވިދާޅުވީ "ފުލުހުންނަށް ދަތިފުޅުވާ ކަމެއް ނުކުރައްވާތި." އެވެ.
ޕީޕީއެމްގެ މެންބަރުންނަކީ ފުލުހުންނަށް ކިޔަމަންވާނެ ބައެއް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އޭގެ އިރުކޮޅެއް ފަހުން ރައީސް ޔާމީން ވަނީ ވާހަކަފުޅު ދެއްކެވުން ނިންމަވާލެއްވުމަށް ފަހު މުޒާހަރާ ދޫކުރައްވާ ވަޑައިގެންފައެވެ.
އެސްއޯ ފުލުހުން އެންގި ގޮތައް މުޒާހަރާގެ ބައިވެރިން ވަނީ ޕޭމަންޓް މައްޗަށް އަރާފައެވެ. އެއްވެސް މީހަކު ފުލުހުންގެ އެންގުމާއި ދެކޮޅު ހަދާފައެއް ނުވެއެވެ. އެސްއޯ ފުލުހުން މިހާރު ވަނީ މުޒާހަރާ ކުރާ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
ކޮބާ ފިލާ މީހުން ފެނޭ؟؟؟
މޮޔައިންނަކީ، އުޅޭނެ ގޮތަކަށް އުޅެން މުޖުތަޢަށް ދޫކޮށްލެވޭނެ ބައެއްނޫނެވެ. މޮޔަމީހުން ވަކިކުރަން އެނގޭނީ އުޅޭގޮތުންނެވެ. ކުރާކަންކަމުންނެވެ.
ތިއީ މިރާއްޖޭގަ އަލަށް ވެގެން އުޅޭކަމެއްނޫން
އެސްއޯފުލުހުންގެ މެސެޖަށް ޢަމަލުނުކޮށް ކުރެވޭނެކަމެއް ނޯންނާނެއެވެ.
ނޫނޭ ހަމަ ކަލޭމެންގެ ބައިގަނޑު ހަދާހެން ގަލާ ފުޅިއާ އެމީހުންނާ ދިމާލަށް އުކާ، މަނީމަނީ ޔޭސް ޔޭސް މިހެންގޮވިދާނެއެއްނު....؟؟؟
ތިކަން ވަރަށް ރަނގަޅަށް އެނގޭނެ ކަލެއަށް. ކަލޭ ފުލުހުންނާ ދިމާކޮށް ފުއްޕާ ގަލުންނާއި އެކި އެއްޗިހިން ތަޅާ އެމީހުންގެ ބޯ ފަޅާލާ ހެދީމަވެސް ޖެހުނީ މައިތިރިވާން ވިއްޔަ.
ދެން މިގައުމުގަ އޮންނާނީ މުޒާހަރާ ކުރުން.
ބަލަގަ އައްޑޫ ވަކިކޮއްފަ ރައީސް ނަޝީދާ ހަވާލު ކޮއްލަބަ. ބާކީ އަތޮޅުތައް ކާމިނީގޭ ކުދިންނަށް ދީ. އ އަތޮޅު ގާސިމް އައް.... އެނުމުނީ ހުރިހާ ކަމެއް. މިއޮތީ ވާ ފައްކާ ކަމެއް.
ސާބަހޭ.... ޕީޕީއެމް އަކީ މިސާލު ޕާޓީ އެއް.... ވޯޓު ވަގު ޝަރީފު ހައްޔަރު ކުރޭ
ޕޕމ ގައި ތިބޭނީ ވ.ބަސްއަހާކުދިން...މުޒާހަރާކުރުން ހުއްދަނޯންނަކަމަށް ފާސްކޮށް ގާނޫނު އަސާސީ ގެ ބައެއް މާއްދާތަކަށް ހިތުހުރި ބަދަލެއްގެނައީ މޑޕ މީހުން....ލޮލް..
? ހީވޭ ކަމެއްހެން. ޕިންކް ޕާޓީ ކުދިން އުޅޭހެން އުޅެބަލަ.
ރިނދޫ ކުދިން، ދެންވެސް ފުލުހުންނަށް ނުގޮވަށްޗޭ ސިޔާސީ ވަނީއޭ ކިޔާފަ. އެއީ ވަކި ކޮޅަކަށް ތިބޭ ބައެއްނޫން.❤
ފުލުހުންގެ ތެރޭގައި ތިބި އެމްޑީޕީއަށް ނިސްބަތްވާ ދެތިން ކެނަ ބޭނުންކޮށްގެން ފޭކް ފިލްމް ކުޅެން އުޅޭ އެމްޑީޕީ ޖާހިލުން ދަމަން އުޅުނު ގުއި ރޯނުގަ ރައީސް ޔާމީން ނުޖެހުނު. އެއަށް ވުރެ ރައީސް ޔާމީން މާ ވިސްނުންފުޅު ތޫނުވެފައި ހިކުމަތްތެރި އެމްޑީޕީ ޕަޕެޓުން ކަޑަ ވާނެ ދޯ
ޔާމީން އަމިއްލަށް އެކުދިންކޮޅު ގޮވައިގެން މަގު މައްޗަށް ނުކުމެއް ތިމަންނައާއި މެދު ރައްޔިތުން ނިކަން ތާރީޚު އިއާދަ ކުރަކަހަލަ ކަމެއް ނިކަން ކޮށްލަދޭން އޭނަ އެއެދެނީ އެކަކުވެސް އޭނާ އާއި ގާތްނުވާތީ، ފުލުހުން އެކަމާއި އުޅޭނެ.
ރައީސް ޔާމީނުގެ ޙަޤީޤީ ސައިޒަކީ، ތަސައްރަފު ނުފުދޭ ކުޑަކުއްޖެއްގެ ސައިޒު ކަމަށް ބެލޭނެއެވެ. މިހާރު ދައްކަވަނީ، ދެއުޅިއެއްނުވާ ވާހަކަތަކެވެ. ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ ހުއްޓުންއަރާ ޒާތުގެ ވާހަކައެވެ.