ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު މާދަމާ ލާލެ ވަޑައިގަންނަވާނެކަން އިއުލާނުކުރައްވައިފިއެވެ.
މިއަދު ޓްވިޓާ މެދުވެރިކޮށް، ޖަމީލް ވިދާޅުވީ، ހޮނިހިރު ދުވަހުގެ މެންދުރު 14:30 ހާއިރު އޭނާ މާލެ ވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު މާދަމާ 6 އޮކްޓޯބަރ ވާ ހޮނިހިރު ދުވަހު 2:30 ގައި އިންޝާﷲ ލޮބުވެތި ވަތަނަށް އަނބުރާ ދާނަން". ޖަމީލް ވިދާޅުވިއެވެ.
ޖަމީލް މިހާރު ދިރިއުޅުއްވަމުން ގެންދަަވަނީ އިނގިރޭސިވިލާތުގައެވެ. އޭނާ އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން ވަނީ ނައިބު ރައީސް ކަމުގެ މަގާމުން ވަކިކޮށްފައެވެ.
ޑރ، ޖަމީލް މާލެ ވަޑައިގަންނަވާނެކަން އިއުލާނުކުރެއްވިއިރު، މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ރާއްޖެއިން ބޭރުގައި މިހާރު ދިރިއުޅުއްވަމުންގެންދަވާ ސިޔާސީ ލީޑަރުންތައް ރާއްޖެ އައުމުގެ މަސައްކަތްތައް ވަނީ ފައްޓަވާފައެވެ.
އެގޮތުން މިހާރު، ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އާއި އަލީ ވަހީދު މި ވަނީ ރާއްޖެ ވަޑައިގެންފައެވެ. އަދި އަންނަ މަސް ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވަނީ އިއުލާނުކުރައްވާފައެވެ.
ކުނިބޮނޑި ލައްގާނެ ހުޅަނގު މޫސުމުގަ. އެކަމަކު ކުނިވާނީ ހަމަ ކުންޏަށް
އިންޑިޔާ ސިފައިންތަ އެކޮމްޕެނީ ކުރަނީ؟
ބޮޑިބައް ގަޑެއް ރެޑީ ކުރޭ
ގައްދާރުން އަންނަން ފަށަނީ ހަލާކުއާއެކު. މިގަމެއް ނެތް. ބޮޑު އަގުގަ ކްރިސްޓިއަނުންނަށާ މަލްޓިނޭޝަނަލް ކުންފުނިތަކަށް ވިއްކާލާފަ މިތަން މިއޮތީ. ދިވެހިންނަކީ މިހާރު ވިކިފަތިބި އަޅުންތަކެއް
ހިތާމަވެރި ވާހަކައެއް ކަމަކު ތެދަށް ތިބުނީ.
މިހާރު މިގައުމު ޒުހުރާ މެން ވިއްކާލާ ނިންމި އިރު ކޮބާ އަހަރެމެންނަށް ވީ ބައި. ގައިމު ހުރިހާ ބަލަވެރިކަމެއް ޖެހުނީ މަގޭ ފުރަގަސްފަރާތަށް
މަށެއް ނުފޮނުވަން ކުިޔަކު .ވަގުރު ވެސް ހަމަ ބޭނު ގޮތަކަށް ދޯ ކަންތައް ކުރަނީ
މަރުހަބާ
ތިކަހަަލަ ހާއިނުން ހެޔޮ މި ޤައުމަށް ނަޔަސް..
ދިވެހިރާއްޖެއަށް މޫސުމީ އިއިވާލިގަނޑާއެކު ކުނިޖަމާވާ ދުވަސްކޮޅެއް. އަނެއްމޫސުމުގަ މިކުނިތައް އަނެއްކާ އެހެންތާކަށް ލައްވާނެ
މަރްޙަބާ ޑޮކްޓަރު ޖަމީލު !
ތިވީގޮތުން ފައިސަލް ނަސީމް ބާކީވީ.
ބޮނޑިބަތޭ މާލެ އަރަނިއްޔޯ. މިއީ އަންނިޔަށް ކެހިދިން ގޮލާ. ދިގު މުއްދަތަކަށް ޖަލައްލާނަމޭ ބުނެފަ.
ކުނިބުނިން މި ޤައުމު ސާފުކޮށްފާ ވަނިކޮށް އަނެއްކާ ހުރިހާކުނިބުނި ތިޔައައީ. ހުރި ހިތާމައެއްގެ ބޮދުކަމާ.. މީ ޤައުމުގެ ޣައްދާރުން.
މަށަށް ހެޔޮ ކަލޭ ނަޔަސް
ކީއްކުރަން ތިއަންނަނީ...ކަމަކުތަ
ސަލާން ޖަހާ މީހުންވީމަ، ބަހާތަނުން އެއްޗެއްދިއްކޮށްލާތޯ.
ޢެހެންވީމާ މީނާ މިއޮއްދުވަހު ހުރީ ނާންނާން ތާ! ކުރެވިފައި ހުރި ކަންތައް އިހުސާސް ކުރެވޭތީ ތޯއްޗެ.
ވެރިކަމުގަ ހުރި ކުނިގަނޑު ފައިބާނެ ވަރަށް އަވަހަށް
އޮބްވިސް ފައިބާނެ. އެކަމަކު ވެރިކަމަށް ތިގެނައީ އެއްގައުމަށްވުރެ ގިނަ ގައުމުން ފައިސާނަގައިގެނަ އައިބައެއް. ވިޔަފާރި އުސޫލުން ފައިސާދޭނީ ބަދަލުގައި އެއްޗެއްދިނުމުން. ގައުމާ ރައްޔިތުން ކުޅު ނުވަތަ އިސްލާމް ދީންކަން އެނގޭނީ އަހަރެއް ދެއަހަރެއް ފަހުން.
ޙާއިނުން ނާ ކާހިނުން މިހަަާރު އެގިއްޖޭނު ވޮޓައްބަލާފަ ދެން ލަލަ
މީހާ ދުލުން އަނެއް މީހާ ޔާމެދު ބުނާބަހަކުން އިންސާފުގެ ދުވަހުގައި ބަދަލު ދީ ތިމާގެ ހެޔޮއަމަލު ތަށް ހުސްވެދާނެ.ވިސްނާލާ.ނަފުރަތު ކުރާކަށް ނުވާނެ.
އެހެންވީމަ ޖަމީލް އައީމަ ރަސްމީކޮށްބޮނޑިބަތް ކާން ފެށޭނެތާ!