އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ސްރީލަންކާއިން ހިމާޔަަތް ހޯދާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަން ކޮމިޝަންގެ ތަރުޖަމާން އަދި މެންބަރު އަހުމަދު އަކުރަމް " އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެއްވެސް މެންބަރަކު އެއްވެސް ގައުމެއްގެ ހިމާޔަތަކަށް އެދިފައި ނުވާނެ ކަމަށާއި މެންބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އަމިއްލަ އެކި ސަބަބުތަކުގައި ކަމަށެވެ. އަދި ބައެއް މެންބަރުން ބޭރަށް ވަޑައިގަތީ އާއިލީ އެކި ސަބަބުތަކުގައި ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.
" މެންބަރުން ރާއްޖެ އިން ބޭރަށް ވަޑައިގެންނެވީ އަމިއްލަ އެކި ސަބަބު ތަކުގައި އޭގެ ތެރޭގައު ބިރު ދެއްކުމާއި އިންޒާރުތައް ލިބެމުން ދިޔުން ވެސް ހިމެނޭ " އަކްރަމް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު އެކި ވަރުގެ އިންޒާރުތައް ކޮމިޝަންގެ މެންބަރުންނަށް ލިބޭ ކަމަށްވެސް ބުނެފައިވެއެވެ.
އަކްރަމް އިތުރަށް ވިދާޅުވީ އެއްވެސް މެންބަރަކު ބޭރުގެ ގައުމެއްގެ ހިމާޔަތަށް އެދިފައި ނުވާ ކަމަށާއި އެފަދަ ކަމެއް ކުރަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.
"އަޅުގަނޑުމެން ލަންކާއަށް އައީކީ އެ ގައުމުގެ ހިމާޔަތަކަށް ނޫން. އެއްވެސް ގައުމެއްގެ ހިމާޔަތަކަށް އެއްވެސް މެންބަރަކު ހުށަހަޅުއްވާފައެއް ނެތް. އެއީ ކަނޑައެޅިގެން ދޮގެއް،" އަކުރަމް ވިދާޅުވި އެވެ.
އަކްރަމް މިހެން ވިދާޅުވި އިރު އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އަވައްޓެރި ސްރީލަންކާ އިން "ހިމާޔަތް ހޯދައިފި" ކަމަށް އެގައުމުގެ ނޫހަކުން ވަނީ ބުނެފައެވެ. ލަންކާގެ ނޫހެއް ކަމަށްވާ "ކޮލަމްބޯ ގެޒެޓް" އިން ބުނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ލިބެމުން އަންނަ އިންޒާރުތަކުގެ ސަބަބުން ހަތަރު މެންބަރުން ސްރީލަންކާ އަށް ވަޑައިގެން އެގައުމުން "ހިމާޔަތް ހޯދާފައިވާ ކަމަށެވެ."
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި ކޮމިޝަންގެ މެންބަރުން ކަމަށްވާ، އިސްމާއިލް ހަބީބް އަބްދުލްރަހުމާނާއި، އަހްމަދު އަކްރަމާއި، އަލީ ނަޝާތު މިހާރު ތިއްބެވީ އަވައްޓެރި ސްރީލަންކާގައެވެ.
ހެދުނު ގޯސަ ގަނޑު ފޅަ އަރާފާނެތީ ބިރުން
ލަންކާ ނޫސް ދިވެހިބަހަށް ތަރުޖަމާކުރުކުމުގެ މައްސަލަ އަކަށް ތިވާނީ. މީ އަބުރުގެ ދައުވާ ކުރެވޭވަރުގެ ކުށެއްބާ؟
އާން! ލިބުނު ލާރިތައް ހިފައިގެން ޤައުމީ ޖިހާދެއްކުރަން ލަންކާއަށް ދިޔައީ!
ކޮންމެ ބަޔަކަށް ވެސް އަމިއްލަ ކަންކަމުގައިވެސް ބޭރުގައުމުތަކަށް ދިއުމުގެ މިނިވަންކަމަކީ ލިބިގެންވާ ޙައްޤެއް.
ބަލަގަ ކަލޭމެން ބުނީމެއްނު އީސީއޭ ކިޔައިގެން ދޮގުވާހަކަ ފަތުރާ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅުއަޅާނަމޭ! އެއީ ދޮގު ވާހަކައެއްކަމަށް ވަނީވިއްޔާ ލަންކާއާ ދެކޮޅަށް ފިޔަވަޅުއަޅަންވީނު! ނޫނީ ބާރަށް އަތްޖަހައި!!!!!!
އަކުރަމު ތިޔަގޮތައް ބުނާއިރު ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އީޔޫގެ ސަފީރާ ބައްދަލުކުރިއިރު ވިދާޅުވެފައިވަނީ 4 މެންބަރުން ލަންކާއަށް ދިޔައީ މަރުގެ އިންޒާރު ދޭތީކަމަށެވެ. ނަމަވެސް މިހާރު އަކުރަމު ތިޔަބުނީ އާއިލީ މައްސަލަތަކަކާހުރެ ލަންކާއަށް ދިޔަކަމަށް! ހައްތާވެސް ދޮގު އެއްދޮގު ހަދައިފިއްޔާ ހާސްދޮގު ހަދަންޖެހޭނެ! މިއީވެސް ކޮމިޝަންގެ ނަޒާހަތްތެރިކަން ނެތްކަން ހާމަކޮށްދޭ ކަމެއް!
ތި ވާނީ ރާޖަޕަކްސާމެން 2020 ރެޑީވާން މިކޮޅު އިލެކްޝަން ކޮމިޝަންގެ ކުދިން ކޮޅެއް ހޯދާލަނީކަމައް..
އަންނި ވެސް ބޭރަށް ދިޔައި ހިމާޔަތް ހޯދާކައް ނުން. ހިތުން އެކަމް އާހިރަތުގަ ވީ ކިހިނެއް..ތީ ދިވެހިން ނޭ ބުރޯ