ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ތިންމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދުމަށް ފުލުހުން ފޮޓޯ އާއްމުކޮށްފިއެވެ.

މި އަމުރުތަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ގއ.ކަނޑުހުޅުދޫ، ބިއްދޮށުގެ، މުޙައްމަދު ޙުސައިން (40އ) އާއި ދަފްތަރު ނަންބަރު 6736، ޙަސަން މުޙައްމަދު (58އ) އާއި ވ. ރާހި، މުޙައްމަދު ބާޤިރު(47އ) އެވެ.

މި ތިންމީހުންގެ ތެރެއިން މުޙައްމަދު ޙުސައިން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޟިރުކުރަންބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރ 18 ވަނަ ދުވަހުގެ 10:45 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޙަސަން މުޙައްމަދު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޟިރުކުރަންބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރ 17 ވަނަ ދުވަހުގެ 09:30 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މުޙައްމަދު ބާޤިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޟިރުކުރަންބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރ 18 ވަނަ ދުވަހުގެ 09:30 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ފުލުހުން ވަނީ މި ތިންމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުފާވެރި. އަލްހަމްދްލިއްލާހި

    އެކި ސަބަބުތަކާހެދި އަނބދަރީން ދޫކޮއްލާފަ ދާފިރިހެނުން ﷲއެމީހުންނާ ހަވާލުކުރައްވާފައިވާ އަމަަނަަތަށް ފިލާތބެ ހިލޭ އަންހެނުންނާއެކީ ނޫނީ އާ އަނބިދަރީން ހޯދާ ނޫނީ ހުސްހަށިބައިކޮށް ތިބެ މަޖާ ކުރެވިއްޖެ ވ ދުވަހު. ދެދުނޔޭގެ ލަދާއހ އަޒާބު ދައްކަވާނެ. ައދި މިފިރިންގެ ފެމެލީތަކުން ކަންތައްކުރާގޮއި މާ ނުބައި. ދަރީންގެ ބަލަދުވެރީންނަކީ ބައްޕަ ނޫނީ ބައްޕަގެ ފެމީލީ. އެކަމަކު އެހުރީހާކަމެއްކުރަނީ މަންމަޔާއީ މަންމަގެ ފެމީލީ.