އަވައްޓެރި ލަންކާ އަށް ވަޑައިގެންނެވި އިލެކްޝަންސް ކޮމިޝަންގެ ހަތަރު މެންބަރުންގެ ތެރެއިން މެންބަރު ހަބީބު ފިޔަވާ އެހެން ހުރިހާ މެންބަރުން އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
"ވަގުތު" އަށް މިއަދު މައުލޫމާތު ދެއްވަމުން ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމު ވިދާޅުވީ ކޮމިޝަންގެ މެންބަރު އިސްމާއީލް ހަބީބް ފިޔަވާ އެހެން މެންބަރުން މިހާރު ތިއްބެވީ ރާއްޖޭގައި ކަމަށެވެ. ހަބީބް ލަންކާގައި މިވަގުތު ހުންނެވީ ސިއްހީ ފަރުވާއެއް ހޯއްދެވުމަށް ކަމަށްވެސް އަކްރަމް ވިދާޅުވި އެވެ.
"ކޮމިޝަންގެ މެންބަރު ހަބީބު ފިޔަވައި އެހެން ހުރިހާ މެންބަރުން މިވަތު ތިބީ މާލޭގައި, ހަބީބް ލަންކާގައި މިވަގުތު ހުންނެވީ ސިއްހީ ފަރުވާއެއް ހޯއްދެވުމަށް, ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް މެންބަރުން ރާއްޖެ އިން ބޭރަށް ކުރަވަން ޖެހޭ ދަތުރުތަށް ކުރައްވަމުން ގެންދަވާނެ" އަކްރަމް ވިދާޅުވިއެވެ.
އިންޒާރު ލިބެމުންދާ ކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށްފަހު ކޮމިޝަންގެ ރައީސް ޝަރީފް ފިޔަވައި ލަންކާއަށް ވަޑައިގެންނެވީ ކޮމިޝަންގެ ނައިބް ރައީސް އަމްޖަދު މުސްތަފާއާއި، އަހްމަދު އަކްރަމާއި، އިސްމާއީލް ހަބީބުގެ އިތުރުން އަލީ ނަޝާތު އެވެ.
އިންތިހާބުގައި ވޯޓް އޮޅުވާލި ކަމަށް އިލެކްޝަން ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކުރެވޭއިރު ރިޔާސީ އންތިޚާބު ބާތިލުކުރަން ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ހުށަހުއްވި ސިއްރު ހެކިންގެ ހެކިބަސް ނަގަންޖެހޭފަދަ ހާލަތެއް މެދުވެފައި ނުވާކަމަށްބުނެ ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފައެވެ. ހުކުމް އިއްވާނެ ވަކި ދުވަހެއް އެ ކޯޓުން ވިދާޅެއް ނުވެއެވެ.
ލިބިފައި ވާ މަރުގެ އިންޒާރުތަށް ބާތިލު ވީތަ
ހަބީބު ފަރުވާ ހޯދަނީ އެއްނޫން.ހަބީބުހުރީ ބިރުން
ފިލަން އައިސް.ލަންކާގަ އުޅޭ އެއްކަލަ
ބޮލައްމާޖެހި އާނަމެން ގޭގައި ފިލާ އެބައޮތޯ
ރައްޓެއްސަކު މިދު ގުޅާފަބުނި .
އާނަބުންޏޭކިޔާފަ
ިއައީ ސިއްރު ހެކިބަސް ނުނަގާގޮތައް ހަމަޖެހުމުން މިހާރު ކާމިޔާބުނުވާނެކަން ޔާޤީންކޮށްފަ
މިހާރު ގޮތްދައްކަން އަޔަސް ތިމެމްބަރުންގެ ބޮލުގައި ވޯޓަށްހެދި މަކަރު ނެއެޅޭނެ ގޮތެއްނެތް؟؟ ލަންކާގައި ރިޝްވަތު ފައިސާގަނޑުން ހޮލިޑޭ ހަދާލާފަ ބާކީ ފައިސާގަނޑު ބެންކުތަކަށް ޖަމާކޮށްފައައީ، އޯޑިއޯ ލީކުވިތަނާ ގައުމު ދޫކޮށް ފުރައިގެންދިޔައީ ދޮތަ؟؟
ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަކީ، އެއްވެސް މީހެއްގެ ކިބައިން ނިގުޅައި ގަނެވޭނެ މިނިވަން ކަމެއްނޫނެވެ. އެއީ ދައުލަތުގެ މަޤާމެއް އަދާކުރެއްވިޔަސް ޗުއްޓީ ހޯދައި ލިބިގަތުމުގައި ޢަމަލުކުރުމަށް އޮންނަ އުޞޫލަކުން ކޮންމެމީހަކަށްވެސް ކުރެވޭގޮތަށް އޮންނަކަމެކެވެ.
މިމީހުން ހައްޔަރުކޮށް ތަހްގީގު ކުރުމަށް ގޮވާލަން!! ވޯޓުން ވައްކަން ކޮށްފައިވާކަމަށް ވަރަށްބޮޑަށް ތުހުމަތުކުރެވުނު!! ސްޕަރީމްކޯޓުގެ ޝަރީޢަތުގެތެރެއިން އެކަން ޝައްކެތްނެތް މިންވަރަށް ޔަގީންކުރެވިއްޖެ!! ޙުކުމް ކޮންމެގޮތަކަށް އައިނަމަވެސް މިމީހުންނާދޭތެރޭ ފިޔަވަޅުއަޅަން ކަމޭބެހޭ ފަރާތްތަކަށާ ރައްޔިތުންނަށް ގޮވާލަން!! މިމީހުން ހިންގީ ވަރަށްނުބައި ޖަރީމާއެއް!! ކޮމިޝަންގެ ރައިސް ފިޔަވާ ހުރިހާ މެމްބަރުން އެއްފަހަރާ ނިޒާމުން ފިލަންވެގެން ލަންކާއަށް ދިޔައީ!! ސަބަބެއްކަމަށް ބުނީ މަރުގެ އިންޒާރުދޭތީ ބިރުންނޯ ދިޔައީ!! މިހާރު އެއިންޒާރު ދިން ބަޔަކު ބުނީތޯ ޖޯކަކަށޭ އިންޒާރުދިނީ ނުވަތަ އެބިރު ފިލައި ދިޔައީތޯ؟ މިކަމުގައިވެސް އަޑިނޭގޭ ކަންތައްތަކެއް ހުންނާނެ!!
ފަސް މާމުލުންގެ 5 ވަގުގެ ވާހަކަ ގިނަ ގިނައިން ކިޔަން ރަނގަޅު ދުވަސްކޮޅެއްމިއީ. ގައުމަކަށް ޚިޔާނާތްތެރިވެވޭނީ މިވަރަށް. ﷲ ގެ ރަހުމަތުން، ނިކަން ރީތިކޮށް ބަރަހަނާ ކުރައްވާނެ. ﷲ އީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ހަކީމުވަންތަ އިލާހު
ވަގުންތައް ލާރިގަނޑުރައްކާކޮށްލާފަ އެނބުރި ރާއްޖެ އައީ.
ވައްކަމުން ސަލާމަތް ވާނެކަމުގެ ކަށަވަރުކަން ލިބުނީތާ! އެކަމަށް ޚަރަދު ކުރި ބަޔަކާއި ޚަރަދު ކުރި ވަރެއް އޮންނާނެކަން ގައިމުތާ!