އެސްޓީއޯއިން ވިއްކާ ޑީސަލް އަދި ޕެޓްރޯލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.
އެސްޓީއިން ބުނެފައިވަނީ ޕެޓްރޯލް އަދި ޑީސަލް ވިއްކާ އަގަށް މިގެނައި ބަދަލަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި އެކު ގެނެވުނު ބަދަލެއް ކަމަށެވެ.
ޕެޓްރޯލް އަދި ޑީސަލްއިން 20 ލާރި ބޮޑުކޮށްފައިވާއިރު، މިއަދުން ފެށިގެން ޕެޓްރޯލު ލީޓަރެއް ވިއްކާނީ 11.39 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 12.09 ރުފިޔާ އަށެވެ.
އެސްޓީއޯއިންވަނީ މިމަސްފެށުނުކޮޅުގައިވެސް ޕެޓްރޯލް އަދި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. މިއީ މިއަހަރު ޕެޓްރޯލް އަދި ޑީސަލްގެ އަގު ބޮޑު ކުރި 6 ވަނަ ފަހަރެވެ.
ރައްޔިތުންނައް ހޭއަރުވާލަނީދޯ ވޯޓު ނުދިނީމަ..
ހުވާކުރީމަ އަގުހިޔޮވާނެ ހުރިހާއެއްޗެއްވެސް މައިތިރިވޭ ހުވާކުރީމަ ރަށޔިތުންގެ ޖީބަށް ބަރުވާނެ ލާރި މައިތިރިވެގެންތިބޭ ނުވެންބަރ 11
އިބޫ އައްނޭންގޭނެޔޭ އޭރުވެސް އަރަމެން މިބުނަނީ ރާއްޖެ ހިންގަން
ސާބަހޭ ރާގޮނޑިޔާ ވެރިކަން ނިންމާލަނީ ވެސް ރައްޔިތުންގެ ކަރުބުޑަށް އިނގިލި ކޮށްޕާލާފައިދޯ