ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރުމަށް ގާނޫނީ ހުރަހެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ ) އިން ނިންމައިފިއެވެ.
އީސީން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އީސީގެ ބައްދަލުވުމެއްގައި މިކަމާ މެދު މިއަދު ގޮތެއް ނިންމީ ނޮބެމްބަރު 11 ގައި ހުވާ ކުރުމާ ގުޅޭގޮތުން އިންތިހާބީ ރައީސްގެ ފަރާތްޕުޅުން އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ސިޓީފުޅަކާއި ގުޅިގެންނެވެ.
އީސީން މިގޮތަށް ނިންމާފައިވާއިރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓް ސުޕްރީމް ކޯޓުން ބާތިލްކޮށް އަލުން އިންތިޚާބު ބޭއްވުމާއި އަދި ފަހުން ވޯޓާސް ލިސްޓްގައި ސޮއި ކުރުމުގެ ކަންތައް ދިގުލައިގެން ގޮސް އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުނީ ނޮވެމްބަރ 16 ވަނަ ދުވަހު ކަމަށްވާތީ، ރައީސް ޔާމީން ރައީސް ކަމުގެ ހުވާ ކުރެއްވީ ނޮވެމްބަރ 17 ގައެވެ.
ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ މީލާދީ ފަސް އަހަރު ކަމަށް ބުނެފައި އޮންނާތީ ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމޭނީ ނޮވެމްބަރ 17 ގައި ކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީންގެ ރިޔާސީ ދައުރު ނޮވެމްބަރ 11 ވަނަ ދުވަހު ހަމަވެ، އާރައީސަކު އެދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވަން ޖެހޭނެއެވެ.
ނޮވެމްބަރު 11 ގައި އިބޫ ކުރުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް އީސީން ނިންމާފައިވާއިރު، އިބޫ އަށް އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވެން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
އީ. ސީ މެމްބަރުން ހީނުކުރާތި ރިޝްވަތު ހިފައިގެން ވޯޓް އޮޅުވަިލުމުން ތިމާމެންގެ އަސްލު މާތްﷲ އަށް އޮޅުވައި ލެވޭނެ ކަމަށް.
ޣާނޫނީ ހުރަހަކީ 5 އަހަރުގެ ދައުރެއް ގާނޫނީ ގޮތުން ވެރިކަމައް އަންނަމީހަކައް ދީފަ އޮތީމަ. ތިކަން ބަލައެއް ނުގަނެވޭނެ އީސީ ސަރީފޫ
ކޮންއިރަކުބާހުރަހެއް އޮވެގެން މިއުޅެނީ! ވޯޓުގެ ނަތީޖާ ތިޔަބޭފުޅުން ހިތާދެކޮޅައްވެސް ނެރުނުދުވަހުން ފެށިގެން ހުރިހާ ހުރަހެއް އޮންނާނީ އެއްލާލާފަ!
މަގޭ ހައްގު މަނުކަޑާނަން.....
ހޭބަލިވާވަރަށް ބަލިވީމަ މިހާރު، ކިޔޭ ނުކިޔޭ ވެސް ނޭނގޭދޯ!
ތިޔަ އީސީގެ މެމްބަރުންގެ ޚިޔާނާތް މާތްﷲ ބައްލަވާ ވޮޑިގެންވޭ! ބަދަލު ހިތްޕަވާ ރަސްކަލާނގެ ބަދަލު ހިއްޕަވާނެ. މިނޫންދުވަހެއް އަދިވޭ! ﷲއަށްބިރުވެތިވެބަލަ.
އީސީ ސަރީފޫ ........
ކުރިއަށް އޮތް ފަސް އަހަރު އެއްވެސް ޖެހިލުމެއްނެތި ރިސްވަތު ރުފިޔާތަށް ހަރަހު ކުރުމުގަ ގާނޫނީ ހުރަހެއްނެތް - ފަސް ގާޒީން
ޙަމޭ ، ގާނޫނީ ވެރިކަމެއް 5 އަހަރަށްވުރެ ދިގުވިއަސް އޯކޭތަ
މަރި. ޢާން ދިގުވުން އެއީ ވެރިއަކައްހުރިމީހަގެމައްސަލަ އެއްނޫން ގާނޫނީ މައްސަލަތަކެއްގަ ހުވާނުކުރެވުމަކީ . ޢެކަމް ގާނޫންގަ ސާފުކޮއް އޮތް މައްސަލައެއްގަ ޢެއްވެސް ސަބަބެއްނެތި 5 އަހަރައްވުރެ މުއްދަތު ކުރުކުރެވޭނެ އެއްވެސް ގޮތޮެއް ނޯންނާނެ. ޥެރިއަކައް ހުރިމީހަކު އިސްތިއުފާ ދީގެނެއްނޫން މިއުޅެނީކީއެއް. ޥެރިކަމެއް ނިމި ބަދަލްވުމުގެ މަރުހަލާގަ.
ރ ޔާމީންގެ ވެރިކަމުގެ ދައުރު ހަމަވާނީ
17 ނޮވެމްބަރު 2018 ގައެވެ އީސީއަށް އެކަން އެނގިވަޑައި ނުގަތުމަކީ ކަންބޮޑުވާ ކަމެކެވެ.
މިހާރުން މިހާރަށް ހުވާކުރާކަށްވެސް އެއްވެސް ހުރަހެއް ނެތެއްނޫންތޯ؟ އަސްލުގައި މަކަރާ ޙީލަތުން ފޭރިގަތް ވެރިކަމެއްގައި ހުވާކުރާނެކަމެއްވެސް ނެތް. އީސީ އިން އަންގަންވީ މިހާރުން ފެށިގެން ރައީސުލް ޖުމްހޫރިއްޔާ އަކީ އިބްރާހީމް ސޯލިޙޭ. އެނިމުނީ.
ހުވާކުރުން ނޮވެމްބަރު 1 އަށް ހަދަން ފެނޭ. ވީހާވެސް އަވަސްކުރަން. ވެރިކަންކުރާހިތުން. މިއަދުވެސް ކުރަންވީ ހަމަ