ފެބްރުއަރީ 01 އައުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކާއި މަޝްވަރާ ކުރަން މަސައްކަތްތަކެއް ސަރުކާރުން ކުރި ކަމަށާއި އޭގެތެރެއިން ފުންނާބުއުސް ތިން ވަނަ ފަރާތެއް މެދުވެރިކޮށް އިދިކޮޅު ފަރާތްތަކާއި ހާއްސަކޮށް ރައީސް ނަޝީދާއި މަޝްވަރާތެއް ކުރި ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު ޑރ.މުހައްމަދު ޝައިނީ ވިދާޅުވި އެވާހަކަތަކުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނު ވާހަކަތައް ދައްކަވަނީ އިދިކޮޅު ފަރާތްތަކުގެ ހުއްދަ އާއި އެކުގައި ކަމަށް ވިދާޅުވެފައި ކަމަށެވެ.

އެވާހަކަތަކުގައި ސަރުކާރާއި ރައީސް ނަޝީދާއި ދެމެދު ޑޮކިއުމެންޓްތަކެއް ބަދަލު ކުރެވި އެޖެންޑާ އަކާއި ހަމައަށް އާދެވުނު ކަމަށް ވެސް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މެދުގައި ޑޮކިއުމެންޓްތަކެއް ބަދަލު ކުރެވުނު. އޭގެތެރޭގައި ހުރި ކޮންޑިޝަންތަކެއް ވާހަކަދައްކައިގެން ބަދަލު ކުރެވި އެޖެންޑާއަކާއި ހައަމަށް އަޅުގަނޑުމެންނަށް އާދެވުނު. މީގައި ހުރިހާ ބޭފުޅުން ބައިވެރިވާކަން ޔަގީންކޮށްދޭން އަޅުގަނޑުމެން އެދުނިން. ދެން އަޅުގަނޑުމެންނަށް ލިބުނު މެސެޖަކީ ހުރިހާ ބޭފުޅުންގެ ބައިވެރިވުން އެބައޮތޭ. ނަމަވެސް މިކަން ކުރިއަށް ގެންދާނީ ހުރިހާ ބޭފުޅުން ތިއްބަވައިގެންނޭ. އެއީ ކޮން ބޭފުޅުންނެއް ކަމެއް އަޅުގަނޑުމެންނަށް ސާފެއް ނުވޭ." މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.

ތިން ވަނަ ފަރާތަކީ ކޮބައިކަން ހާމަނުކުރައްވާ މިނިސްޓަރު ވިދާޅުވީ މެދުވެރިއެއްގެ ރޯލު އަދާކުރަނީ ބޭރުގެ ތަޖުރިބާކާރުން ކަމަށާއި ނަމަވެސް ރައީސް ނަޝީދުގެ ފަރާތްޕުޅުން މަޝްވަރާތަކުގައި ބައިވެރިވަނީ ކޮން ބޭފުޅެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ސަރުކާރުން ފުރަތަމަ އެއްބަސްވީ ސިއްރުން މަޝްވަރާ ކުރިއަށް ގެންދަން ކަމަށާއި ނަމަވެސް ފެބްރުއަރީ 15 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރުތުތަކެއް އިއުލާން ކުރުމާއި އެކު ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި މެދު އޮތް އެއްބަސްވުން އުވިގެން ދިޔަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ނަޝީދާއި އެކު ކުރިއަށް ދިޔަ މަޝްވަރާގައި ކަފާލާތުގެ ދަށުން ނަމަވެސް ފަނޑިޔާރުން ދޫކޮށްލަން އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކަމަށާއި ނަމަވެސް އެއީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ހުށަހެޅުމެއް ހުށަހަޅާފައި ވާނެ ކަމަށާއި ނަމަވެސް އެހުށަހެޅުމަށް އަދި ޖަވާބެއް ނުލިބޭ ކަމަށެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވި ގޮތުގައި މަޝްވަރާގައި އދ.ގެ ބައިވެރިވުމާ މެދު ސަރުކާރުގެ ވިސްނުން ގެންގުޅޭ ގޮތާ މެދު ސުވާލު އުފެދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް އެކަމުގައި އޮޅުންއަރަންވީ އެއްވެސް ކަމެއް ނެތެވެ. މަޝްވަރާތަކުގައި އދ.ގެ ބައިވެރިކުރަން ފުރަތަމަ ވެސް ދައުވަތު ދެއްވީ، ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެ ނިންމުން އަދިވެސް ބަދަލު ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ޖޭމުސްބޮންޑު

  ގަޓް ސަރުކާރުން ވެސް ޓެރަރިސްޓަކާއި މަޝްވަރާކުރީދޯ... ރނަޝީދު ފައިބުޑަށް ވެއްޓުނީދޯ.. ޕުރެޝަރ ހަމަ ބޮޑީދޯ.. އަދި މިނިވަންވެސް ކުރާނެ..

  • އަމިއްލަ މުސްތޮި

   އޭނާއަކީ މިނިވެނަކޭ އެކަމަކު ފިފަސްގަނޑަށް އަރަންދެން އެއަށްފަހު ވައަލައިކުމުއްސަލާމް

 2. ކޭޑު

  އަންނި ޖެހޭނީ ހަމަގޮތްދޫކޮްފަ ސަރުކާރުގެ ހުށައެޅުން ޤަބޫލުކުރަން. ނޯ ޗޮއިސް

  • ކާކޮ

   ތިކަމެނުވާނެ

  • Anonymous

   ތިކަމެއް ނުވާނެ

 3. ބާބޫ

  ތިއޮތީ ހެޑިފަ؟އެއްކަލަ ބާޢީއާއި ވާހަކަ ދެއްކީ؟ ކޮބާ އަދުރޭ ؟ ލަދުކޮބާ

 4. ފދ

  އަހުދުނާމާ އލުންލިޔަންއުޅެނީ

 5. ޢަލީ

  ތިކަލޭގައާ ވާހަކަދައްކާކަށް އަހަރެން އެއްބަހެއްނޫން. އެއީ ބޮޑު ދޮގުވެރިއެއް ދެފުށް ދެގޮތް މީހެއް އަމިއްލަ އެދުމަށް ކޮންމެކަމެއްވެސް ކޮސްފާނެ މީހެއް. އަނެއްކާ ޤައުމަށް ގައްދާރުވެފައިވާ މީހެއް އެފަދަމީހަކާ ސިއްރުން ވާހަކަދެއްކިކަމަށް ބުނާތީ އެކަމާ ވަރަށް ކަންބޮޑުވެއްޖެ.

 6. ރާމްބޯ

  ގަޓް ސަރުކާރަށްއެގޭނެ ދޫދޭންޖެހޭތަންތަނުގަ ދޫދޭން އަދި ވާންކުރަންޖެހޭތަންތަނުގަ ވާންކުރަން ،، އެއްގޮތަކަށްދޫނުދީވެސް ސަރުކާރު ހިންގިދާނެ އެކަމް އެއަށްވުރެ މާއޯގާތެރި ސރުކާރެއްމީ.........

  • ޗީޗީ

   ޚަކު ތެދުވެރިޔަކީ. ބުނެބަލަ.

 7. ޚުެހޮޕް

  ނަށީދު މެންނަކީ ބިންމަތީގައި ފަސާދަ ކުރާމީހުން. ޢެމީހުންގެ އެއްވެސް ހެވެއް ނޯންނާނެ

 8. ހުޝިޔަރު

  ސާބަހޭ ރައީސް ނަޝީދު ތިޔަ ގަޓް ހުރި ރައީސް ގެ މަންދޫބު ފޮނުވައި ޓެރަރިސްޓްގެ ފައި ބުޑަށް ވެއްޓި އާދޭސް ކުރަން ފެށީދޯ. 01 ފެބްރުއަރީގެ ޙުކުމް ތަންފީޛު ނުކުރާހާ ހިދަކު ތިޔަ މަޝްވަރާ އަށް ފުރުޞަތު ނުދެއްވާތި ޝުކުރިއްޔާ

 9. އެއްމެން

  ނަޝީދާ އެކު ކޮން މަޝްވަރާއެއް ކުރަންވީ؟ އޭނަ ބޭނުންވެފަ އޮތީ ޔާމީނު ވެރިކަމުން ފައިބާފަ ނަޝީދު ވެރިކަމަށް އަރުވާނެ ގޮތުގެ ތާވަލެއް ހަދާފަ އެތާވަލަށް ތިބުނާ މަޝްވަރާ އާއިވިދިގެން އަމަލުކުރަން ފެށުން. މިޔަށް މީހުން މަޝްވަރާ އޭކިޔާތަ. ތިސޮރު ކާރީގާ ބުނޭ އިނގިރޭސި ވިލާތުގެ ރައްޔިތަކަށް ވެގެން އޭނަގެ ކާފަ ދަރީން އިނގިރޭސި ވިލާތުގެ ވެރިކަމަށް އަރުވަން އުޅުނިއްޔާ އޭނަ އަށް މާފަސޭހަ ވަނެއޭ.

 10. މާލޭ މީހާ

  ސަރުކާރުން ކުއްވެރިންނާއި މަޝްވަރާއެއް ނުކުރާނެ، ކުއްވެރިންނާއި މަޝްވަރާ ކުރާނީ ކަރެކްޝަންސްއިން . މީ ދެއްތޯ މިކަން ހިނގާނެ ގޮތަކީ. ( އއ )

 11. ޙުސައިން މ. މުލި

  ސަރުކާރުން ނަޝީދަކާ ވާހަކައެއް ނުދައްކާނެ ވާހަކަ ދައްކާވަރުގެ މީހެއްނަމަތާ ވާހަކަވެސް ދައްކާނީ

 12. އަމިއްލަ މުސްތޮި

  ސަރުކާރުންވިޔަސް ތިޔަކުރީކީ ރަނގަޅުކަމެއްނޫން ކޮންމެހެން ނުޖެހޭ އޭނަޔާ ވާހަކަދައްކާކަށް އެދެން ބަޔަކު ބވާހަކަދައްކަން ކާކު

 13. މުގާބެ

  ޑީލް ހަދާ ، އެކަމަކު ހިއް ތިރި ނުކުރޭ

 14. ކަދުރު ފާތުމަ

  ޕަކާސް! ޔާމީނުވެސް ސައިޒުވޭތާ ދޯ! ހައްހައްހާ!!!

 15. މމ

  ބަލަ މަޝްވަރާކޮއްގެން ނަމަވެސް މިކަން ހައްލު ކުރަން އެބަޖެހެޔެއްނު ޤައުމު އެއްކޮއް ފުނޑުމުގެ ކުރިން

 16. އަޙުމަދު

  ގާނޫނުބުނާގޮތުން ސަރުކާރުން ކަންކަންރަނގަޅުކުރަން ޓެރަރިސްޓުންނާއި އެކުމަޝްވަރާކުން ތޯ އަހާލަންބޭނުން،

 17. މަހަށްދޭބަލަ

  މަމެން އެއާރޕޯރޓް ވެސް އަޅާނަމޭ ހޯރަފުށީ ބިތުގައި. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ދެން މަހަށް ދޭބަލަ. މަހަށް މަަަހަށް މަހަށް ދޭބަލަ.

 18. ނުރަބޯ

  އެއްވެސް ކަމެއްގައި ޣައްދާރު ކެރަފާ ނަޝީދުއާ މަޝްވަރާކުރުމަކީ ސަރުކާރުން ހެދި ގޯހެއް.....!!!

 19. އާއްހާއް

  އެންޓި ޑިފެކްޝަން ބިލް ބަލައިގަތުމަށް ނެގި ވޯޓުގައި ނަޝީދު ބައިވެރިވެވަޑައެއް ނުގެންނެވުން އެއީ ޕީޕީއެމް މެމްބަރަކަށް ވެ ހުރެ އޭނާ އަށް ކުރެވޭނެ ކަމެއް ނޫނޭ ސަބަބަކީ ޕީޕީއެމްގެ އެމްޕީން މަސައްކަތް ކުރަން ޖެހޭނީ ވަކި ވަކި ފަރުދުންގެ ވިސްނުމަށް ނޫނޭ ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ ޕީޖީ ގްރޫޕްގެ ވިސްނުން ޑްރައިވް ކުރަން ޖެހޭނީ ސީދާ މަމެން ޕިންކީންގެ ދަ ގްރޭޓް ހާކިމާ އަންގާ ގޮތަށޭ ޕީޕީއެމްގެ ސަރުކާރުން ހުށައެޅި ބިލަކަށް ވޯޓް ނުދޭން ވެގެން ވޯޓް ދޭ ޖަލްސާ އަށް ހާޒިރު ނުވެ ރައްކާ ވެެއްޖެނަމަ އެއީ މަމެންނަށް ކެތް ކުރެވޭނެ ކަމެއް ނޫނޭ. އެއީ އަންފެއިތްފުލް މީހުންނޭ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް. ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް. އާއްހާއް އާއްހާއް އާއްހާއް އާއްހާއް.. ޔޫ ނޯ އައި ރިއަލީ ހޭޓް ޓު ސީ ދިސް ރަނޑު އައި ނީޑް ސަމް ކޭޝް. ބާއުބާއު ބާއުބާއު..

 20. ދައްލޭ

  ތިނަޝީދު އަކީ ބޮޑު ނުލަފާ ޖާހިލު މީހެއް.

 21. އެއްކަލަ ގޮލާ

  މަހީނހީ ހަމަ ހަލާކު، #ލަދު

 22. ގިވްއިން

  އެއް ރަށުން އެމްޑީޕީގެ ދިދަ ބާލާ އިރަށް، އަނެއް ރަށުގެ ދިދަ އެއަށް ވުރެ އުހަށް އެމްޑީޕީގެ ދިދަ ނަގާއިރު ދިވެހި ދިދަ އަށް ވުރެން އުހަށް އެމްޑީޕީގެ ދިދަ އެނަގަނީ އެއީ ހޯމް މިނިސްޓްރީން ގެޒެޓް ކޮށްފައިވާ ދިވެހި ދިދަ އާއި ބެހޭ ގަވާއިދާއި ޚިލާފު ކަމެކޭ މިކަން ކަން އިލެކްޝަންސް ކަމިޝަން އަށް ނުފެންނަނީ ތޭ އެހެން ކަމަށްވާނަމަ މިކަން ޖެހޭނެއޭ ބަލަން. މިރާއްޖޭގައި ދިވެހި ދިދަ އަށް އެމެން އިހްތިރާމް ނުކުރާ ކަން ނޫންތޭ މިއިން އެނގެނީ ދެން އެމެން މުޒާހަރާ ގައި ދިވެހި ދިދަ ހޫރި ނަމަވެސް އެއީ އެމެން ޖައްސާ ފޭކް ގޭމެއް ކަން ނޫންތޭ މިއެގިގެން ދަނީ. ހަމަ މިހާރު އީސީން އެމްޑީޕީ އާއި މެދު ފިޔަވަޅު އަޅާށޭ އަޅާ މިރާއްޖޭގެ ސިޔާސީ މައިދާނުން ކުރާ ރަނޑު ކަންކަން ފިލުވާލާށޭ ދިސް އިޒް ދަ ފީލިންގް ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް..

 23. ޗިއްލޫ

  ކުއްވެރިޔަކާއެކު މަޝްވަރާކޮށްފަ އވާހަކަދައްކަން ލަދެއްވެސްނުގަނޭތަ؟؟؟ ކަލޭމެން ހުރިހާ މީހުންވެސް ތިޔައުޅެނީ މިހާރު ރައްޔިތުން ލައްވާ ގޯސްހައްދަން!!! މިއީކީ ކަލޭމެންގެ އެކަނިތަނެއްނޫން، މިހާރުވަރަށް ރުޅިއައިއްސި ތިޔަކުރިކަމަކުން!!!!!!!!!!

 24. ގިވްއިން

  ދެ ލައްކަ ރުފިޔާއަށް ބަދަލުކޮށް، އަންހެނުންގެ ލޯނު އަނެއްކާ ވެސް ހުޅުވާލައިފި ނަމަ އެއީ މަމެން ޕިންކީން ނަށް ލިބިގެންދާ އުފަލެކޭ މިރާއްޖޭގެ ތާރީޚް ގައި ވެސް އަންހެނުންގެ ތަރައްގީ އަށް ޓަކައި 2 ލައްކަ ރުފިޔާގެ ލޯން ދޫކުރި ސަރުކާރެއް ނެތޭ މަމެން މީ ދަ ސަރުކާރަކީ ދޯ. ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންްސް..

  • ޗީޗީ

   ސްޕިންގ ސްޕިން ޑާންސް ޑާންސް ކިޔަން ފައިބުޑަށް ދޭ. ދެން ހަމަޖެހޭނީ ބުނިގޮތެއް ހަދަން.

 25. ޙަަަަދު

  ޙާަދަ ގަޓެޭ ކޮބާ

 26. ސަާޚީޠޯ

  މިމީހުން ގޮތް ހުސްވީ؟މިދެން ބޮޑުވަރު މިހާރު ރައީސް ނަޝީދުގެ ފައިބުޑައް ތިރިވާން އެނގުނީ؟ މީހުސް ސުވާލު ޖަވާބު ދޭނެ މީހަކު ނެތް؟

 27. ާޭެއަސްލު

  ކާކު ނަސީދުފަައިބުޑައްވެއްޓޭނީ