ހުސްވެފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ކުރިމަތިލެއްވީ ގާސިމް އިބްރާހިމް އެކަނި ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ކުރިމަތިލެއްވުމަށް ހުޅުވާލަން ފާސްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. ޖޭޕީގެ ލީޑަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރު ތިނެއް ޖެހިއިރު ވަނީ ހަމަވެފައެވެ.
ޖޭޕީން ބުނީ ގާސިމް ލީޑަރު ކަމަށް އިންތިހާބު ކުރުމަށް މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މ.ކުނުޒޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ޤައުމީ ކޮންފަރެންސް އިން އިންތިހާބު ކުރަންޖެހޭ ޕާޓީގެ ލީޑަރުގެ މަޤާމަށް އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނެތުމުގެ ސަބަބުން އެ ކޮންފަރެންސްގައި ޕާޓިގެ ލީޑަރު ކަމުގެ މަޤާމަށް ބޭފުޅަކު އިންތިހާބު ކޮށްފައެއް ނުވެއެވެ. އެ މަގާމު މިއަދާއި ހަމައަށް އޮތީ ހުސްކޮށެވެ.
ޖޭޕީގެ ގައުމީ ކޮންފަރެންސް ބޭއްވިއިރު ގާސިމް ހުންނެވީ ބޭސްފަރުވާއަކަށް ކަމަށް ވިދާޅުވެ ޖަރުމަނު ވިލާތުގައެވެ. ނަމަވެސް ރިޔާސީ އިންތިހާބަށްފަހު ގާސިމް އެނބުރި ރާއްޖެ ވަޑައިގެންފައިވާއިރު އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ދާދިފަހުން ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.
މުޅިންވެސް ރޫހާނީ ލީޑަރުން.
އެހެންމީހަކު ކުރިމަތިލައިފިނަމަ ޕާޓީން ކަނޑާލާނެކަންޔަޤިން
ހިނި އަންނަނީ، ހުވާ.
އަނެއް ވަންމަެންޝޯ
ބުރުމާއަށް ބުރުމާ ކުރިމަތިލުން ތިޔަށްކިޔާނީ، އަކުންބަކުން ކުޅެނީ ބޮޑެތި ކާފައިންވެސް ހެހެހެ
ރީތި އަންހެނަކު ހުއްޓަސް އެއީ މީނާގެ އަންބެއް، ކޮންމެތާކު ކޮންމެގޮތަކަށް ފައިސާ ހުއްޓަސް މީނަގެ ފައިސާ، ޤައުމައި ހުރީއްޔާ ހުރި އިސްމަޤާމު ތަކަކީވެސް މީނާގެ އެއްޗެއް، މިއަށްވުރެ އަމިއްލަ އެދުން ބޮޑު މީހަކު ދުވަހަކުވެސް ދުށީމުތަ؟؟؟