އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި، ރައްޔިތުން މަޖިލީހަށް ހޮވިވަޑައިގަންނަވާއިރު މެންބަރުން ތިބި ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ނިސްބަތްވާ ޕާޓީ އިން ވަކިކޮށްފިނަމަ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިކުރެވޭ ގޮތަށް އޮތް، އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމަށް ތާޢީދު ނުކުރައްވާ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވައި އަސްމާ ވިދާޅުވީ، އެންޓި ޑިފެކްޝަން ޤާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުޟާއި، ޕާލަމެންޓަރީ ގުރޫޕުން ކަނޑައަޅާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރަމުންދާ ދިއުން ހުއްޓުވުމަކަށް ގެނައުމަށް އެކުލަވާލި ޤާނުނެއް ކަމަށެވެ. ޕާޓީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވުމަށްފަހު ދާއިރާގެ ރައްޔިތުންނާއި ޕާޓީގެ އުސޫލުތަކާއި ޚިލާފަށް ޢަމަލުކުރުމަކީ ބަލައިގަނަވޭނެ ކަމެއް ނޫން ކަމަށް އަސްމާ ވިދާޅުވިއެވެ.
އެހެންކަމުން، އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާޙަކީ ރައްޔިތުންނަށް ނުހަނު ބޮޑު ގެއްލުންތައް ލިބިގެންދާނެ އިސްލާޙަކަށް ވާތީ، އެ އިސްލާޙަށް ތާޢީދު ނުކުރައްވާ ކަމަށް އަސްމާ ވިދާޅުވިއެވެ.
އެމްޕީ އަސްމާ ވިދާޅުވީ، އަބުރު ރައްކާތެރި ކުރުމުގެ ޤާނޫނަކީ، އިސްލާމީ މުޖުތަމަޢެއްގައި ކޮންމެހެންވެސް އޮންނަން ޖެހޭ ޤާނުނަކަށް ވާއިރު، އެ ޤާނޫނު އުވާލުމަށް ހުށަހަޅާފައިވާ ކަމަށެވެ. އަބުރުގެ ޤާނޫނަކީ ޤައުމުގެ މަސްލަޙަތާއި، ރައްޔިތުންގެ ޢިއްޒަތާއި ޝަރަފަށްޓަކައި ކޮންމެހެންވެސް އޮންނާން ޖެހޭ ޤާނޫނެއް ކަމަށް އަސްމާ ވިދާޅުވިއެވެ.
އަދި އިންސާނާގެ އަބުރު ރައްކާތެރިކުރުމަށް އިސްލާމްދީން ކަނޑައަޅުއްވާފައިވާއިރު، މިފަދަ މުޙިންމު ޤާނޫނެއް އުވާލުމަކީ އެކަމަނާ ތާޢީދުކުރައްވާނެ ކަމެއް ނޫން ކަމަށް އަސްމާ ވިދާޅުވިއެވެ.
ދެވަނަ ދައުރު ނިމުމަށްފަހު ދެމަހަށްވުރެ ގިނަ ދުވަހުގެ ޗުއްޓީއަކަށްފަހު މާދަމާ، ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާއިރު، އަބުރު ރައްކާތެރިކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.
އަބުރު ރައްކާތެރި ކުރުމާއި ބެހޭ ގާނޫނު އުވާލުމުގެ ބިލު މަޖިލީހަށް ވައްދާފައި މިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހޯއްދެވި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ)، ވެރިކަމަށް ވަޑައިގަތުމަށްފަހު ގިނަވެގެން ސަތޭކަ ދުވަހުގެ ތެރޭގައި އެ ޤާނޫނު އުވާލާނެކަން ހާމަކުރައްވާފައި ވަނިކޮށެވެ. އިބޫ ވިދާޅުވެފައި ވަނީ މިއަދު މީޑިއާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ކަމަށެވެ.
އަބުރުގެ ޤާނޫނުގެ އިތުރުން އިދިކޮޅު ބައެއް ފަރާތްތަކުން އުވާލަން ބޭނުންވާ އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން މަޖިލިސް މެންބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓުމަކަށް އައިސްފައި އޮތްނަމަވެސް އެޤާނޫނު އުވާލައިފި ނަމަ، އަނެއްކާވެސް ޕާޓީ ބަދަލު ކުރުމަށް މަޖިލިސް މެންބަރުންނަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އެހެންކަމުން އެޤާނޫނު އުވާލުމަކީ މަޖިލިސް މެންބަރުންނަށް ނާޖާއިޒް ފައިދާތަކެއް ނަގަން ލިބޭ އިތުރު ފުރުސަތަކަށް ވެގެން ދާނެއެވެ.
މަންޖެ ބުރުގާ އަޅާބަލަ
ބުރުގާ އެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ޤަބޫލުކުރަން. އެހެން ކަމަށްވިޔަސް، އަސްމާ އެ ބުނުއްވީ ތެދު ވާހަަކައެއް. އެކަމަކާ މިކަމަކާ ހުރީ ކޮން ގުޅުމެއް؟ އެއްކަމަކީ ފަރުދީ ކަމެއް، އަނެއްކަމަކީ މުޖުތަމަޢު ޝާމިލުވާ ކަމެއް.
މަށާ، އަސްމާއާ. ބޮއްބެސޮރާ، ގޯނިބެކުޑައައްޔާ، ތާއީދު ނުކުރިއަސް އުވާލަން ފެންނަބަޔަކު އެ އުވާލާނެ.
ތިގާނޫނު ވުޖޭދައް އައިމަ އެތައްބެންބަރެއް ތިކަމާ ނުރުހުންވެގެން ތިޔައްގޮންޖެހެ. މުއައްސަސާތަކުންވެސް ތިގާނޫނައް ބާރުދިނުމައްވުރެ ބޮޑައްބަލަނީ ވަކިގޮތަކައް މައްސަލަނުނިންމާ ދަންމާލާ އޭރަކު އޮންނަސިޔާސީ އޮއިވަރާއެކު މެންބަރުންނައް ދެވޭނެ ގޮތައްބޭއްވުން. އެހެންނޫންނަމަ މިހާދުވަސްވީއިރު 12މެންބަރުންގެ މައްސަލަ ކޮންމެސް އެއްގޮތަކައް އެންމެނައް ސާފުވާނެގޮތައް ނިންމީސް. ވީމާ އެންމެ ރަގަޅު ވާނީ ނަމެއްގަ ތިގާނޫނު އޮތުމައްވުރެ ތި އުވާލީއްޔާ
ނަމެއްގަ އޮތުމަށްވުރެ އުވާލާށޭ ކިޔާފަ މޮޔަ ހައްދައިގެން ކަންކުރުވަން ނޫޅޭ. އެޒަމާން ހިނގައްޖެ. ނަމެއްގަނަމަވެސް އޮތީތީވެ، ދެންޖެހޭނީ އެކަންކަން އިސްލާޙުކުރަން މަސައްކަތްކުރަން. ކީއްވެ ފަހަތަށްދާންވީ؟ ކަންކަން ކުރެވޭނީ ކުރިއަށްގޮސްގެން.
ޤުދުރަތިިި ޤަަނުުނު ބަދަލު ނުކުރަނެބަ
މި ގައުމުގާ މަޖިލީހުގެތެރޭން ގާނޫނުއަސާސީއާ ހިލާފު ފާސްކުރުން ފާސްކުރަން ފެށުނީތަ ؟
މިހާރު މިތިބަ މެންބަރުން ގެ ބަދަލުގައި ކިޔަވައިގެން ތިބި ޤާބިލު މުޅިން އާ މީހުން ހޮވަން ޖެހިއްޖެ. ވޯޓު ދޭންވީ ލާރިހުރި ނުފޫޒު ގަދަ މީހުނަކަށް ނޫން
ނުކޮށް ހުރެބަލަ ދެން ހޮވާތޯ
އަދިވެސް ހޮވާނަން. އަސްމާ ސާބަސް.