ސަރުކާރު ފަރާތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ތިން ބިލެއް މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އެގޮތުން މަޖިލީހުން ބޭރުކޮށްލާފައިވަނީ އިންތިހާބުގެ ގާނޫނަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަދި ޖަލުތަކާއި ޕޭރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

އެގޮތުން އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހު ގެނައުމުގެ ބިލު ބޭރުކޮށްލާފައިވަނީ 50 މެންބަރުންގެ ވޯޓާ އެކުއެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުތައް ގެނައުމުގެ ބިލު ބޭރުކޮށްލަން 66 މެންބަރުން ވޯޓު ދެއްވިއިރު ޖަލުތަކާއި ޕޭރޯލްގެ ގާނޫނަށް ގެނައި އިސްލާހުތައް ބޭރުކޮށްލީ 61 މެންބަރުންގެ ވޯޓުންނެވެ.

އެއާއެކު އެ ތިން ބިލު ވެސް މިހާރު ބާތިލުވެފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އިއުލާންކުރައްވާފައެވެ.

ސަރުކާރުން ހުށަހެޅި ތިން ބިލެއް ބޭރުކޮށްލާފައިވާއިރު މަޖިލީހުގެ ސާފު މެޖޯރިޓީ ސަރުކާރަށް މިހާރު ތެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދު ނުހިމަނައި މަޖިލީހުގައި ޕީޕީއެމް ތަމްސީލްކުރާ މެންބަރުންގެ ޢަދަދަކީ މިހާރު 34 އެވެ. އޭގެތެރެއިން ބައެއް މެމްބަރުން ވެސް ރިޔާސީ އިންތިހާބަށްފަހު ސަރުކާރާއި ދެކޮޅުވާން ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު