ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް މިރޭ ބަލައިގެންފިއެވެ.

ނަޝީދު މިނިވަން ކުރުމަށް ގޮވާލާ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ 48 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލުމަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް ފަސް މެންބަރުން ވޯޓު ދެއްވި އެވެ.

ގަރާރު ބަލައިގަންނަން ފާސްވުމުން ރިޔާސަތުން ވަނީ އެ މައްސަލަ މަޖިލީހުގެ މިނިވަަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމަށް ނިންމަވާފައެވެ.

މިޤަރާރަށް ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގައި ވަނީ މިޤަރާރަށް 3 ގަޑިއިރުވަންދެން ބަހުސްކޮށްފައެވެ.

މި ގަރާރުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަދި ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމަށް ދެންނެވުމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކީ އެއްވެސް ވަރެއްގެ ޤާނޫނީ ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. އެހެންކަމުން ނަޝީދު މިނިވަން ކުރުމަށް އެދި މަޖިލީހަށް ހުށަހަޅާ ޤަރާރު ފާސްވި ނަމަވެސް ނަޝީދު މިނިވަންކުރުމުގެ ބާރެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ޤާނޫނީ ގޮތުން ލިބިގެންނެއް ނުވެއެވެ.

ވެރިކަމުގައި ހުންނެވި އިރު ޤާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޙުކުމް ސުޕްރީމް ކޯޓުން ބާތިލް ނުކުރާހާ ހިނދަކު ނަޝީދަށް މިނިވަން ވެވޭނެ ޤާނޫނީ އެއްވެސް ހަމައެއް އަދި ނެތެވެ.

މިފަދަ ގަރާރެއް މަޖިލީހަށް ހުށަހަޅާފައިވާއިރު އަންނަ މަހުގެ އެއްވަނަ ދުވަހު ނަޝީދު ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ތަދް

  ހެޔޮނުވާނެ ތިޔަ މީހާ މިނިވަންކުރަން. ގައުމުގަ ހުޅުރޯކުރުން ފެށުނޯތި

 2. އެކޮޅުގޭ މުހައްމަދު

  މިހާރުދެން މިޤައުމުގެ ކޯޓްތަކެއް ވެސް ޕޮލިހުންވެސް ބޭނުމެއްނޫން ބޭނުންވަނީ މަޖިލިސް މެމްބަރުން އެކަނި ހިފާ ހައްޔަރު ކުރާނީ މަޖިލީހުން ، ތަހުޤީޤު ކުރާނީ މަޖިލީހުން ޝަރީއަތް ކުރާނީ މަޖިލީހުން ، ހުކުމްކުރާނެގޮތަކަށް ކުރާނީ މަޖިލީހުން ހުކުމް ތަންފީޒްކުރާނީ މަޖިލީހުން މިނިވަންކުރާނީ މަޖިލީހުން ސަރުކާރު ހިންގާނީ މަޖީލީހުން ހުރިހާ ކަމެއް އެއްތނަކުން ކުރީމަ ރައްޔަތުންނަށް ކިހާ ފަސޭހަވެފައި ގާތުން ހިދުމަތް ދެވޭނެ ކޮންހާ ބައިވަރު ކޯޓްތަކެއް ހަދާކަށް އެމީހުން ދަމާނެގޮތަކަށް ހަން ދަމަން ރޮނޑު ދިނީމަވީނު

 3. ނީބުމަ

  މިއީވާ ފިސާރި ގައުމެއް. ހިތައްއަރާފާނެ މިފަހަރު ގާނޫންއަސާސީ މައްޗާއް އަރާބްރޭކްޑާންސް ޖައްސަންވެސް އެވީއެކަންކަން. އަނެއްދުވަހަކު ހިތައްއަރާފާނެ ހުހ މީކޯނޗެއް؟ އަނެއްދުވަހު ހިތައްއަރާފާނެ ބޭރުވެލާނީ ޗާޓުންނޭ އެވީޗާޓުންބޭރުަވެލަން . މިއީއަޅެފަހެ ޖަންގަލީތަ؟ އެތާކުވެސްހަމައެއްލަމައެއްނޯންނާނެވިއްޔަ... ނޮޅައިގެން ނޫނީދަތުލާދަމާގެންވެސް ކާބަނޑުފުރާނިއްޔަ. ގާމުމިގައުމުގެ ރައްޔިތުން ގެކުރިމަތީ ،އެމީހަކު ހިފާހައްޔަރުކުރާނަމޭ ހައްޔަރުކޮށް ތިމަންފަހުންއެކަމާ ހިތާމަކުރާނަމޭ ވެސްބުނިއްޔަ. އެވަރަކުންނިމުނީއެއްނޫން .އެންމެފަހުންކަންކޮށް ޝަރީއަތައްސާބިތުވެ ހުކުންކުރީ މިހާރު ގަރާރުތަކާ ބޭގަރާރު ތައްހަދާ ރޯމާދުވާލުކުރިކަންތައް ނުކުރާކަމަކަށް ހަދަންވީ. މިވެސް އިންސާފު އެވެސްއިންސާފު . ނަސީބު، އޮތްފުށްނޫންއަނެއްފުށައްނުޖައްސަވާ އޮންނަކަންވެސް.

 4. ދިވެހި ރައްޔިތުން

  ދެންތިބި ކުށްވެރީންގެ ކުށްތަކުގެ މައްސަލަވެސް މަޖިލީހުން ބަލަން ޖެހޭނެ. ހަމަ އެކަނި ނަޝީދު ވޯޓު ދީގެނެއްނޫންދޯ ކަލޭމެން ހޮވުނީ.

 5. ބަމަރސް

  ތިކަލޭގެ ހެޔޮނުވާނެ ނުގެނޭ މިހާރު ރަގަޅޭ ހޮވާފަ ތިބިމީހުން.

 6. ޢަބްދުﷲ

  ކޯލިޝަންގެ ފޮނި މީރުކަން ނުވަތަ އެއްބައެއް ވަންތަކަމުގެ ނަތީޖާ، ރައީސް ނަޝީދަށް މިހާރު ރަނގަޅަށް ވަޒަން ކުރެވޭނެއެވެ. އެހެނީ، ރައީސް ނަޝީދަކީ، އެހެންޤައުމެއްގެ ސިޔާސީ ޙިމާޔަތުގައި ހުންނެވި ބޭފުޅަކަށްވާއިރުގައިވެސް އެމަނިކުފާނުގެ އަމިއްލަ ޤައުމުގެ ޤާނޫނުހަދާ މަޖިލީހަށް ބަލައިގެންފައިވާ ޤަރާރަކީ، އެމަނިކުފާނަށް މިރާއްޖޭގައި އޮތް ތާއީދު ރަމްޒުކޮށްދޭ ޤަރާރަކަށްވާއިރު، މިޤަރާރުގެ ސަބަބުން ބޭރުގެ ދުނިޔޭގައި އެމަނިކުފާނަށް ވަރަށްބޮޑު ކާމިޔާބީއެއް ޙާސިލުކުރެވޭނެއެވެ. ޔަޢުނީ، މިޤަރާރުން އަންގައިދެނީ މިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ، ޑިމޮކްރެސީއަށް ފައްކާވަމުންދާ މަޖިލީހެއްކަމެވެ. އެހެންނޫންނަމަ، ވެރިކަން ބަދަލުކުރުމުގެ މި މަރްހަލާގައި ރައީސް ޔާމީނުގެ ޤާނޫނީ ބާރުގެ ދަށުން މިފަދަކަމެއް ނުކުރެވުނީހެވެ.