ބަރުލަމާނީ ނިޒާމް ރާއްޖެއަށް ގެނެސްފިނަމަ އަބަދުވެސް އޮންނާނީ މިއަދު ލަންކާގައި އޮތް ހާލަތު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ލަންކާގެ ހާލަތާއި ގުޅުވައިގެން ޑރ ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމް ގެނެސްފިނަމަ ތާއަބަދަށް އޮންނާނީ މިއަދު ލަންކާއަށް ދިމާވެގެން އުޅޭގޮތް ދިމާވެގެން ކަމަށެވެ.

ޑރ ޝަހީދު މިހެން ވިދާޅުވިއިރު ރިޔާސީ ނިޒާމަކީ ދިވެހިންނާއި ގުޅޭ ނިޒާމެއް ނޫންކަން ކަށަވަރުވެފައިވާކަމަށާއި، ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމްކޮށް، ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ހުށައަޅުއްވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ މޭ މަހު ވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފެއްޓެވުމުގެ ގޮތުން އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއަކަށް ފޮނުއްވެވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ދިވެހިރާއްޖެއަށް ސިޔާސީ ހަމަޖެހުން ހޯދުމަށް ވެރިކަމުގެ ނިޒާމް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ދިވެހިރާއްޖެއާއި މި ރިޔާސީ ނިޒާމް ނުގުޅޭކަން ކަށަވަރުވެއްޖެކަމަށާއި، ބާރުގަދަ ރައީސުލްޖުމްހޫރިއްޔާއަށް މުޅި ނިޒާމް ގަނޑުބަނޑުކުރެވޭކަމީ ފެންނަން އޮތް ހަޤީޤަތެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދަކީ ތަކުރާރުކޮށް ބަރުލަމާނީ ނިޒާމަށް ތާއިދުކޮށް ވާހަކަދައްކަވާ ބޭފުޅެކެވެ. ބަރުލަމާނީ ނިޒާމްތައް އޮންނަ ގައުމުތަކުގައި ކޯލިޝަން ރޫޅުމުން ވެރިކަން ވެއްޓުނު ނަމަވެސް ރިޔާސީ ނިޒާމް އޮންނަ ގައުމުތަކުގައި ކޯލިޝަން ރޫޅުމަކުން ސަރުކާރެއް ނުވެއްޓޭނެއެވެ.

ބަރުލަމާނީ ނިޒާމެއް ގެންނާނެ ކަމަށް ނަޝީދު ވައުދުވެ ވަޑައިގެންނެވި އިރު ރާއްޖޭގެ ޤާނޫނު އަސާސީ ރިޔާސީ ނިޒާމެއްގެ ސިފަތައް ހިމަނައިގެން ފާސްކޮށްފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމަވާފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރަދުން

    ކޯލިޝަންއަކާ ނުލާ ވެރިކަން ނުހޯދޭ މިގައުމުގައި ބަރުލަމާނީ ނިޒާމު ހިންގޭނީ ކޯލިޝަން ރޫޅިއްޖެނަމަ ސަރުކާރު ނުވެއްޓޭނެގޮތަކަށް ހަދައިގެން. އެހެންނޫނީ ދެއިރު ދެދަޅައަށް ސަރުކާރު އޮންނާނީ ވެއްޓިފައި.

  2. އެމް ޑީޕީ

    ތިޔަ އައްނީ މި ޤައުމު ހަލާކު ކުރާނެ.

  3. Anonymous

    ބޭނުމީ ރައީސް.ކަމުގަ ނަސީދު.ހުންނަން

  4. މަރިއްޗާ

    ތިކަންވެސް ކުރާނެ

  5. ަިިިަްއިއްބެ

    ޝަހީދު ވިދާޅުވިއަސް އެއީ ތެދުފުޅެއް.

  6. ބަޚަބަރު

    ބްރޭކިންގ ނިއުސް: ޑރ. ޝަހީދަށް އޮޅިގެން ނަމަވެސް ރަނގަޅު އެއްޗެއް ބުނެވިއްޖެ!!

    • abu

      ޔޫއާ ރައިޓް

  7. ބުއްޅަބޭ

    ބަރުލަމާނީ ގެންނަން އެސޮރު އެބޭނުންވަނީ މެމްބަރުން ގަނެގެން ތާއަބަދު ބެރިކަމުގައި ހުއްނަން!

  8. މިއަދު

    މިއަދު މިގައުމަށް ގެނަސްދޭންވީ ރިޔާސީ ނިޒަމެއްވެސްނޫން އަދި ބަރުލަމާނީ ނިޒާމެއްވެސް މިއަދުގެ ދުނިޔެ އެނިޒާމެއް ޤަބޫލު ނުކުރާ ނިޒާމެއްކަމުގައިވާ ކެނެރީގޭ ޢާއިލީ ވެރިކަމެއްގެ ނިޒާމް ނޫންނަމަ ހަމައެކަނި އެމްޑީޕީގެ ޕާޓީ ވެރިކަމެއްގެ ނިޒާމް

  9. އަޅުގަނޑު ޢާރިފް

    ކީއްވެ މުރުތައްދަކަށް މާތްބަސް ބޭނުންކުރަނީ؟؟؟