ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ބާރުތައް، ގާނޫނީ ގޮތުން އިންތިޚާބު ކޮށްފައި ހުރި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް މިއަދު ގެންގޮސް އެ މައްސަލަ ސިވިލް ކޯޓުން ބެލުން ހުއްޓުވައިފި އެވެ.
މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް މިއަދު ގެންގޮސްފައި ވާއިރު އެމައްސަލައިގެ ލިޔުންތައް އިއްޔެ ވަނީ މައްސަލައިގައި ހިމެނޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ. އެހެންކަމުން ކުރިން ބެލެވިފައި އޮތީ މިހަފްތާގައި މައްސަލައިގެ ޝަރީޢަތް ސިވިލް ކޯޓުގައި ފަށާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން އެމައްސަލައިގެ ލިޔުންތައް ގެންދިޔައީ މީހަކު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ.
މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ގދ. ތިނަދޫ ބީޗްރެސްޓް އަހްމަދު ރަޝީދު އެެވެ. މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޕީޕީއެމުން މިދިޔަ މަހުގެ ތެރޭގައި ބޭއްވި ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވާތީ އެކަންކަމަށް ރިއާޔަތްކޮށް ރައީސް މައުމޫނަށް ޕީޕީއެމް ހަވާލުކުރުމަށް ކޯޓުން ހުކުމެއް ކޮށްދިނުމަށް އެދި އެވެ.
ރައީސް ޔާމީނާއި ރައީސް މައުމޫންއާ ދެމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެ، ޕީޕީއެމްއިން ރައީސް މައުމޫން ވަނީ ބޭރުކޮށްފަ އެވެ. ޕީޕީއެމް، ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމަކުންނެވެ. އެ ހުކުމް ރައީސް މައުމޫން އިސްތިއުނާފު ކުރި ނަމަވެސް ނިންމީ ރައީސް ޔާމީން އެއްކޮޅަށެވެ.
ޕީޕީއެމް ރައީސް ޔާމީނަށް ހަވާލުކުރި އަމުރެއްގައި ބުނެފައިވަނީ އެ އަމުރު ނެރުނު ވަގުތުން ފެށިގެން ކުރިއަށް ހިނގާ 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު ޕީޕީއެމް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ކައުންސިލުން ގޮތްތަކެއް ނިންމުމަށެވެ.
މިއަމުރާ ގުޅިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްފަހު އެ ދުވަހުން ފެށިގެން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ޕީޕީއެމްގެ ކައުންސިލުން ވަނީ ނިންމާފަ އެވެ.
މައްސަލަތައް އޮޅުން ބޮޅުން އަރުވާފައިވާ ހުރިހާ މައްސަލައެއްގެ ޙައްލު ހޯދައިދޭންވާނީ ސުޕްރީމް ކޯޓުންނެވެ.
ދެން ކިހާ ބޮޑު ކަމެން ބަލަ ތިރީސްއަހަރުގެ ވެރިކަން ކުރިއިރު ކަރެޕްސަނާ އަނިޔާވެރިކަމާ ބޭއިންސާފުން ކިތައްމީހުންތޯ މަރުވި ؟؟ މައުމޫނާ ސުވާލްކޮއްލަބަލަ ބަޑިފަޒާޖެހެންތޯ؟؟ ދެން މިހާރު އިންތިހާބީ ރައީސް އިބޫ އައް ވުރެން މި ހުދުމުހުތާރު ބޭގަޑުގެ ދުންޕާބޮޑު؟؟އަދިވެސް ޕާޓީ އަދިވެސް ވެރިކަމާހެދިމޮޔަވަނީ؟؟
ޕޕމ އަކީ މައުމޫނުގެ ތަރިކަ މުދާގަނޑެއް
ނޫނެވެ މައުމޫނަށް ހިންގޭނެ ޕާޓީއެއްނެތެވެ
ޕާޓީހޯދަން މައުމޫން ކުރާމަސައްކަތް މިހާރުންމުހާރަށް ހުއްޓާލުމަކީ މިވަގުތުމައުމޫނަށް
ކުރެވެން އޮތް ރަނގަލުކަމެކެވެ
ޔާމީނަށް ޕާޓީއެއް ނުހިންގޭނެ. މައުމޫނާ ނުލައި 2 އިންތިޚާބަށް ނުކުތީ. ވީ ފެއިލް. ޕާޓީ މައުމޫނާ ޙަވާލުކޮށްދީ.
ތިކަމަމުގެތެރެޔަޣް ވެސް ރިށްވަތު ވަދެފަ ތިޣޮތީ
މިއޮތީ އިންޑިއާގެ އެހީތެރިކަމާ އެކު ވެރިކަން ބަދަލު ކޮއްފަ މިހާރު މިއުޅެނީ ސަދޫމުގެ އެހީތެރިކަމާއެކު ޕާރޓީ ހޯދަން ގޮ...........ޑާ