އައްޑޫ ސިޓީގައި ދެންމެ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލާ ދެމީހަކަށް އަނިޔާވެއްޖެއެވެ.

އައްޑޫ ގައުކެނޑި ސަރަހައްދުން ލިންކް ރޯޑްގައި ދުއްވާފައި ދިޔަ ކާރު ފުރޮޅާލީ ޓަޔަރު ފަޅައިގެން ގޮސް ކާރު ކޮންޓްރޯލް ނުކުރެވިގެންނެވެ.

މިއެކްސިޑެންޓްގައި ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

އެކްސިޑެންޓް ހިނގި އިރު ކާރުގައި ތިން މީހުން ތިއްބެވެ. ނަމަވެސް އަނިޔާ ވެފައި ވަނީ ދެމީހަކަށެވެ. އަނިޔާވި ދެމީހުންނަށް ވެސް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް އެސަރަހައްދުގައި ހުރި "ވަގުތު" ގެ ނޫސްވެރިޔަކު ބުނެއެވެ.

"ދެމީހުންގެ ބައެއް ތަންތަން މަށައިގެން ގޮސްފައި ވަނީ. ފުރާނައަށް ނުރައްކާ ވާވަރުގެ އެއްވެސް އަނިޔާއެއް ލިބިފައެއް ނުވޭ." އެކެސިޑެންޓް ހިނގި ސަރަހައްދުގައި ހުރި ނޫސްވެރިޔާ ބުންޏެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އައްޑޫ ސިޓީ ލިންކް ރޯޑްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ގަަހެއްގައި ޖެހި ފުރޮޅާލާ ކާރުގައި ތިބި ދެމީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ 11:56 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. "މިހާދިސާގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ." ފުލުހުންގެ މެސެޖްގައި ވިދާޅުވިއެވެ.

އެކްސިޑެންޓްގައި އަނިޔާވި ދެމީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ފުލުހުން ގެންދަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޑޫބޮނޑި

    އަދިވެސް ފޮނި ދެއްކުމަށް ބާރު ސްޕީޑުގައި ދުއްވާތި، މިކަމުންވެސް ފިލާވަޅެއް ލިބޭނެހެނެއް ހިއެއް ނުވޭ. ދެން ދުއްވާނީ އެއަށްވުރެ ބާރަށް. ބާރަށް ދުއްވީމާ ލިބެނީ ކޮން މޮޅުކަމެއްކަމެއް ނޭނގުނު.

  2. Anonymous

    ބިރުފަހަނައަޅަން ގޮވާލާ ރޫޙާނީ ލީޑަރ ގެ ފުށުން ހިތްވަރު ލިބި ބިރުފަހަނައަޅާ ދިޔައީ ކަންނޭނގެ.

  3. އަޙްމަދު

    ސުބުހަހަަާނަހޫ