ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަނބިކަނބަލުން ލައިލާ އަލީ ކައިވެންޏާއި ހަމައަށް ދިޔައިރު ވެސް ނަޝިދަކީ "ސިޔާސީ ބޭފުޅެކެވެ." ނޫސްވެރިއެއްގެ ގޮތުގައި ހުންނެވި ނަމަވެސް އޭރު ވެސް އެމަނިކުފާނު އެއްލާ ސިޔާސީ ގަޅިތަކުގެ ސަބަބުން ކުށްވެރިވެގެން އަބަދުވެސް އޮންނަނީ ކޮންމެވެސް ސިޔާސީ ބަންދެއްގައި ބެދިފައެވެ.

މިހުރިހާ ކަމެއްގެ ތެރެއިން ކައިވެނި ބައްލަވައިގަނެ، ދެބޭފުޅުން ލިބިވަޑައިގެންނެވި އިރު ވެސް ނަޝީދުގެ ސިޔާސަ ކަމަކަށް ބަދަލެއް ނާދެއެވެ. ސިޔާސީ ބަންދަކުން، ވީއްލުމަކުން އަނެއްކާވެސް ބަންދަކަށް މި ވަށްބުރުން ނަޝީދު ނިކުމެވަޑައެއް ނުގަންނަވައެވެ. މި ވަށްބުރު ތަކުރާރުވަމުން ގޮސް އެންމެ ފަހުން ވެރިކަމަށް ވަޑައިގެންނެވީއެވެ. އަނެއްކާވެސް ވެސް ވެރިކަމުން ވަކިވެ ވަޑައިގެން، ދިރިއުޅުމުގައި ތަކުރާރު ކުރައްވަމުން ގެންދެވި ސިޔާސީ ބަންދަށް ވަޑައިގެންނެވީއެވެ.

ނަޝީދުގެ ސިޔާސީ ހަޔާތުގެ ފޮޓޯ އެހެން މީހުން ބަލާއިރު އެފޮޓޯ އިން އަނބިކަނބަލުން ލައިލާ ވަރަށް މަދު ފަހަރެއްގައި ނޫނީ ނުފެނެއެވެ. ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އަދި ނަޝީދު ވެރިކަމުގައި ހުންނެވި އިރު ވެސް އަނބިކަނބަލުން ލައިލާ ނަޝީދާއި އެކު ސިޔާސީ އެއްވެސް މަސައްކަތެއް ކުރެއްވިތަނެއް އަމަލީ ގޮތުން ފެނިފައެއް ނުވެއެވެ.

ނަމަވެސް ނަޝީދުގެ ވެރިކަން ވެއްޓި އެމަނިކުފާނު ޖަލުގައި އެންމެ ފަހުން ބަންދުވުމުން ލައިލާ ނަޝީދުގެ ދިފާޢުގައި ނިކުމެވަޑައިގެންނެވިތަން ފެނުނެވެ. ބައިނަލްއަޤުވާމީ ޤާނޫނީ ވަކީލުންނާއި ބައްދަލު ކުރައްވާ މީޑިއާތަކަށް އިންޓަވިއުތައް ދެއްވެވިއެވެ. ނަޝީދު ޖަލު ބަންދުން އިނގިރޭސިވިލާތައް ފުރައިވަޑައިގެންނެވޭ ހިސާބަށް ކަންތައްތައް ހަމަޖެހެންދެން ލައިލާ ފެނުނީ ވަރަށް ހަރަކާތްތެރިކޮށެވެ.

ލައިލާ އާއި ނަޝީދު ވަކީލް އާމާލް ކްލޫނީ
ލައިލާ އާއި ނަޝީދު ވަކީލް އާމާލް ކްލޫނީ

ދެން އަނެއްކާވެސް ސިޔާސީ މަންޒަރުތަކުން ލައިލާ ގެއްލުމަށް ފަހު މިހާރު އަނެއްކާވެސް މިދަނީ ލައިލާ ފެންނަމުންނެވެ. ނަޝީދު ތިން އަހަރު ދުވަހު ރާއްޖެ އިން ބޭރުގައި ހުންނެވުމަށް ފަހު އެނބުރި ވަޑައިގެންނެވި އިރު ވެސް ލައިލާ އެންމެ އަރިހުގައި ހުންނެވިއެވެ.

ނަޝީދު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެންމެ އަރިހުގައި ހުންނަވައިގެން ނަޝީދު އަރިހުގައި ހުރިހާ ތަނަކަށް ވަޑައިގެންނެވިއެވެ. އިއްޔެ ބޮޑުތިލަދުއްމައްޗަށް ނަޝީދު ފެއްޓެވި ދަތުރުފުޅުގައި ވެސް ލައިލާ ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ނަޝީދާއި އެކު ލައިލާ ރައްޔިތުންނާއި ބައްދަލު ކުރައްވާ ސަލާމް ކުރައްވާ، ރައްޔިތުންގެ ހާލު އޮޅުން ފިލުއްވަވާ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން އެބަ ގެންދަވައެވެ. މިއީ މީގެ ކުރިން ލައިލާގެ ފަރާތުން ފެނުނު މަންޒަރެއް ނޫނެވެ.

ނަޝީދާއި އަނބިކަނބަލުން ލައިލާ – ފޮޓޯ: އެމްޑީޕީ
ނަޝީދާއި އަނބިކަނބަލުން ލައިލާ – ފޮޓޯ: އެމްޑީޕީ

ލައިލާގެ މަސައްކަތްޕުޅަކީ އަދި ސިޔާސީ މަސައްކަތްޕުޅެއް ކަން ކަނޑައެޅިގެން ދަންވަން ނޭނގުނު ނަމަވެސް ޔަގީންވާ ކަމަކީ ކުރިން ނުފެންނަ ވަރަށް މިވީ ދެހަފްތާއެއްހާ ދުވަސް ތެރޭގައި ސިޔާސީ ފޮޓޯތަކުން ލައިލާ އެބަފެނެއެވެ. މިއަދު ނަޝީދާއި އެކު އެންމެ އަރިހުގައި މިހުންނެވީ ލައިލާ އެވެ. ސަބަބަކީ ކޮބައިތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ވެސް ކުރަން އޮތީ ސުވާލެކެވެ. ފާއިތުވި ހައެއްކަ އަހަރު ރާއްޖެ އިން ފެނުނު ފަސްޓްލޭޑީގެ ދައުރާއި އެކު ނަޝީދު އަލުން ސިޔާސީ މައިދާނުގެ އެންމެ އުހަށް ގެންދަން ލައިލާ އަތުކުރި އޮޅާލެއްވީ ހެއްޔެވެ؟ ނަޝީދުގެ ސިޔާސީ ހަޔާތައް އަލުން ފެންދީ ހެއްދުމުގެ މަސައްކަތް ލައިލާ ފެއްޓެވީ ހެއްޔެވެ؟

ކާމިޔާބު ކޮންމެ ފިރިނެހެއްގެ ފަހަތުގައި އަންހެނަކު ހުންނާނެވެ. ނަޝީދަށް މިހާތަނަށް ލިބުނު ކޮންމެ ކާމިޔާބަކީ ލައިލާގެ ފުރިހަމަ ހިއްސާ އޮވެގެން ލިބުނު ކާމިޔާބެކެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެކާމިޔާބީ ތަކުރާރު ކުރައްވަން ވެސް ނަޝީދަށް ލައިލާގެ އެހީ ބޭނުންވާނެއެވެ. އެފަދަ އެހީތެރިކަން ލައިލާގެ ކިބައިން ތާބަދަށް ލިބޭނެކަން މީގެ ކުރިން ވެސް އަދި މިހާރު ވެސް ލައިލާ އެގެންދަވަނީ ދައްކަވައި ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މުހަންމަދު.

    މިހާރުނޫސް ފާހަގަކުރެވެނީ އެމް.ޑީޕީ ކޮޅަށް ވަރަށް ބޮޑަށް ޖެހިފައިވާ ނޫހެއްގެ ގޮތުގައެވެ. ކަލޭމެންނަކީ އަސްލު ހަވީރު ނޫހުގެ ނޫހުގެ މީހުންނެވެ،

  2. ރުޒާނާ ޗޮއްޕަޓު

    ފާތުން މެޑަމް ކޮޕީ ކުރަން އުޅެނެ ކަމެއް ނެތް. ނުވާނެ އެކަމެއް.

  3. ޅަބޭ

    ރައީސަކައް އިންތިހާބުވެގެން މިއުޅެނީ ކާކުތަ؟ އިބޫތަ އަންނިތަ ލައިލާތަ މާރިޔާތަ؟ މަށައް އޮޅިއްޖެ

  4. ޔަހުޔާ

    ކޮޕީ ކުރަނީ ދޯ މީހަކު އެގޮތަށް އުޅުނީމާ ހަ ހަ

  5. ސަޓޯ ތުރާކުނު

    ކަލޯގެޔާ... މިހާރު ދެން އެހެން އެއްވެސަ މީހަކައް އިތުބާރު ނުކުރެވެނީދޯ.. ވެއްޓުނީމަ އެއްޗެއް ދަސްވެއްޖެދޯ

  6. ވީލަވް މެޑަމް ފާތުން

    ޖަވާބަކީ އަހަރެމެންގެ މަހާރެހެންދި ދައްކާދީފި ކާރުގެ ފަހަތު ސީޓުހޫނުކުރަން ނޫންކަން މަހާރެހެންދީން ތިބެންޖެހޭނީ. މިނަމޫނާ ލައިލާވެސް ބަލައިގަތީ. ތާރީޙުބަދަލުކޮއްލި މާހާރެހެންދިޔަކީ މެޑަމް ފާތުމަތު އިބުރާހިމް. މިއީ ދިވެހި އަންހެންނުންނަ ނަމޫނާދެއްކެވި ކަނބަލެ. ރޔާމީންގެ ދެމަފިރިންނަކީ ނަމޫނާއެ. ހަމައެކަނި ކޮންކުރީޓް ތަރައްގީއެނޫން ރޔާމީން ގެނެސްދެއްވީ.. އަހަރެމެން ކުރިންވެސްބުނިގޮތަށް ދެންހުރިހާ މަހާރެހެންދީންވެސް ގޭގަފިލާނުތިބޭނެ. ފިރިމީހާގެ މަސައްކަތުގަ ބައިވެރިވާން މަޖުބޫރުވާނެ... މިގޮތް ރައްޔިތުން ބަލައިގެންފި. މެޑަމް ފާތުންނަކީ ހަމަ ނަމޫނާއެ. ނުކުޅެދޭކުދިންގެ ހިތްތަކުގެ މަންމައެ. އެޖާގަ ހިބަކޮއްފި. ނުކުޅެދޭ ކުއްޖެގެ މަންމައެއްގެ ހައިސިއްޔަތުން މެޑަމްއަށް ސެލިޔުޓްކޮށް ޝުކުރުދަންނަވަން.

  7. ޤައުމު

    ކިތައްމެ ވަރަކަށް އުޅުނަސް މެޑަމް ފާތުން ވަރެއް ނުވެވޭނެ. މެޑަމް ފާތުން އެގޮތައް އުޅުނީމަ އެގޮތް ކޮޕީކުރީ. މެޑަމް ފާތުން އުޅޭގޮތައް އުޅެން އުޅުނަސް އަހަރެމެން ބަލައެއް ނުގަންނާނަން.

  8. ަަސދަސދ

    ކުރިން މާރިޔާ އެއްކޮށް އުޅުއްވީ. ހުރިހާ ދަތުރެއްގައިވެސް ބައިވެރިވެ ވަޑައިގަންނަވާ. މިހާރު މާރިޔާ ގެއްލިއްޖެ

  9. ފާތުން

    ކޮޕީކުރީދޯ ފާތުންގެ ފަރާތުން ގޯހެއްނޫން

  10. ވީގޮތްއެގިއްޖެ

    މެޑަމްފާތުންގެ ހިތްހެޔޮކަމާ އަޅާލުން ގިނަބަޔަކަށް ކަމުދިޔައީ އެހެންވެ ލައިލާ އެމަގުން ހިނގޭތޯ ފޫއަނބުރަނީ އެކަމަކު ލައިލާގެ ފޫކޮޅުން ކުނަމެހިބުރަނީ ބަނގުރާވަސްދުވާތީ....

  11. މާރިޔާ

    މަށަށް މިހާރު އެގިއްޖެ ނަސީދަކީ ކޮންކަހަލަ ހިޔަޅެއްކަން މަވާ ސަލާމް ކިއުކަމްބާއެއް ބޭނުންކުރިއަސް ދެން ނަސީދު ބޭނުންނުކުރާނަން....