ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާރީޚީ ވާހަކަ ކިޔައިދެއްވަން ފައްޓަވައިފިއެވެ.
ކުރިން ވެސް ތާރީޚީ ބައެއް މުޒުމޫނުތަކާއި ފޮތްތައް ލިޔުއްވާފައިވާ ނަޝީދު މިރޭ ވަނީ "ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި "ވެރިކަމެއްގެ ނިމުން" މައުޟޫއަށް ވާހަކައެއް ކިޔައިދެއްވަން ފައްޓަވާފައެވެ. އެވާހާކައިގައި ނަޝީދު އަލިއަޅުއްވާލައްވާފައި ވަނީ މުހައްމަދު އަމީންގެ ވެރިކަން ވެއްޓެން މެދުވެރިވި ސަބަބުތަކެވެ.
ނަޝީދު ވިދާޅުވީ މުހައްމަދު އަމީންގެ ވެރިކަން ވެއްޓުނީ ހަމައެކަނި މިހާރު ކިޔައި އުޅޭ ސިޔާސީ ކަންކަމަށް ވުރެ ބޮޑަށް އިތުރު ސަބަބުތަކެއް ހިމެނޭ ކަމެއް ކަމަށެވެ. ސިޔާސީ މައްސަލަތައް މުހައްމަދު އަމީނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެހެންކަމުން ހަމައެކަނި ސިޔާސީ ހަމަލާއެއްގައި މުހައްމަދު އަމީންގެ ވެރިކަން ވެއްޓެން ނުޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އޭގެ ބަދަލުގައި މަރުގެ އަދަބު ދިނުމާއި އަތްކެނޑުގެ ކަންކަމަކީ ވެސް މުހައްމަދު އަމީންގެ ވެރިކަމާއި ބަޔަކު ދެކޮޅުވި ސަބަބެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މުހައްމަދު އަމީން ޕާޓީ ސިސްޓަމެއް ތަޢާރަފް ކުރީ ޕާޓީ ސިސްޓަމާއި ނުލާ އަތިރީގޭ އާއިލާ ހުލިވާތީ ކަމަށް މުހައްމަދު އަމީން ވިދާޅުވެފައިވޭ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވާ ގޮތުގައި ވެލާނާގެ އިބްރާހިމް މުހައްމަދު ދީދީ އާއި މުހައްމަދު އަމީންގެ ގުޅުން އޮތީ މާކުރިން ފެށިފައެވެ. ވެލާނާގެ އިބްރާހިމް މުހައްމަދު ދީދީ ވެރިކަން ބޭނުންވެދާނެ ކަމަށް މުހައްމަދު އަމީން ދުވަހަކު ވެސް ލަފާކުރައްވާފައި ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.
"މުހައްމަދު އަމީނަކީ ވަރަށް ވެސް މަދުން ނޫނީ ނުފެންނަ ފަދަ ސިޔާސީ ހިކުމަތްތެރިއެއް. ބައެއް ސިޔާސީ ލީޑަރުން ގެންގުޅޭ ސިޔާސަތަކީ ބޭވަފާތެރިވާކަން އެނގިއްޖެނަމަ ބޭވަފާތެރިވާ ފަރާތްތަކަށް އިންތިހާއަށް ތައުރީފް ކުރެއްވުން. މުހައްމަދު އަމީން، އިބްރާހިމް ދީދީ އާއި މެދު މިސިޔާސަތުގެ ދަށުން އަމަލުތައް ކޮށްފައިވޭ." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އިބްރާހިމް ދީދީ އަކީ މުހައްމަދު އަމީންގެ ކަނާތް ކަމަށް ބެލެވުނު ނަމަވެސް މުހައްމަދު އަމީން އެގޮތައް ގަބޫލު ކުރައްވާކަމަށް ދަންނަވަން ދަތި ކަމަށެވެ. އިބްރާހިމް ދީދީގެ ބޭވަފާތެރިކަމުގެ ވާހަކަތައް އެތައް ބަޔަކު މުހައްމަދު އަމީނަށް ދަންނަވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެންމެން ކައިރީގައި ވެސް މުހައްމަދު އަމީން ވިދާޅުވަމުން ގެންދެވީ އިބްރާހިމްބެ އަކީ ޖަވާހިރެއް ކަމަށެވެ. ނަމަވެސް ހިތްޕުޅުގައި އޮތީ އެހެން ކަމަށް ދަންނަވަން ދައްޗެވެ." ނަޝީދު ވިދާޅުވިއެވެ.
މުހައްމަދު އަމީންގެ ވިސްނުންފުޅު ހުރީ ރާއްޖެ އެނބުރި ވަޑައިގެން އިބްރާހިމް ދީދީ ހައްޔަރު ކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަމީން ގެ ވެރިކަން ފޭރިގަތީ މާލޭގއި އޭރު ތިބި ބަޔެއް....ތިބުނާ އިބްރާހިމް މެން
ދިވެހި ތާރީޚު އޮޅުވާލުމުގެ މަސައްކަތް ފެށީދޯ. ތީ ދެން ނުކުރެވިއޮތަކަމަކީ..
އޭކަލޯ ރޯދަމަސް އަންނަށްދެން މަޑުކޮށްނުލެވޭނެތަ
ކަމަކުނުދާނެ... ރޯދަ މަހު ބޮޑު ޝައިތޯނުން ކަސްތޮޅު އެޅުވޭނެ. ދެން ކޮންތާކުން މީނަ އައިޑިޔާ ނަގާނީ؟
މަނިކުފާނު ކޯންޗެއް ހިއްޕަވައިގެން ތޯ.
ވާހަކަތިވިދާޅުވަނީ. ހަމަަހާލީ.
އަމިއްލަ ވެރިކަން ވެއްޓުނު ގޮތް ކިޔައިދޭންވީނު ، ހަނދާން އެބަހުރިތަ އަނެއްކާ ، އެދުވަހު އުޅުނު ގޮތުން ހީވަނީ ހިނދުކޮޅު އައިސްފަ ހުރިހެން
މުހަންމަދު އަމީނު ވިސްނުންފުޅުހުރީ މާލެ އައިސް އިބްރާހިމް މުހަންމަދު ދީދި ހައްޔަރު ކުރުމަށޭ ތިކިޔަނީ، ކަލޭގާތުގަ އަމީނު އެހެންބުނެފަ އޮތީމަތަ....ހެހެހެހެހެެ،ކޮސްގޮވަން ބަހައްޓަމާ.
ތެދެއްތިބުނީ އެކަލޭގެ އަބަދުވެސް ހުންނާނީ ހިދު ހިދު ކޮޅުގެ ތެރޭގަ މީޓެރޮރިސްޓެ މީދެންކާކު ވާހަކަކިޔާދޭން ތިޔައްވުރެ މާރަގަޅު ވާނެ ސޫލާސިރާޒްހިއްޕެވީމާ އެއައްވާގޮތް އަމިއްލަޔަހިތައް އަރުވާލާގެން އޮވެ ގަހަކައްއެރީޔާ އިބިލީސް.........؟؟
ވާހަކަ ކިޔަން ރާއްޖޭން ބޭރުގަ މަޑުކޮށްލިނަަމަ
މީ ބޮޑު ދެއްކުންތެރިޔެއް ދިވެހިންގެ ހިތްތަކުގެ ޒަހަރު ކަމުގައި މީނާ ޔަގީންކުރާނެ ދުވަސް އަދި މިޤައުމު ދެކޭނެ
މިވެސް ކޮންމެސް މަޅިއެއް. މިކަލޭގެ މިކަހަލަ ކަމެއްނޫނީ ނުކުރާނެ. ބޮޑު ކަނޑުކޮހެއް
ނަސީދުގެ ވެރިކަން ވެއްޓުނު ގޮތް ކިޔާދީބަލަ. މޮޔަގޮވަންފެށީ އަނެއްވެސް. ޤައުމުގެ ހަލާކެއް މި
ތިޔަ ވާހަކަ ތަކުގެ އެންމެ ބޮޑު ބޭނުމަކީ އިސްލާމް ދީނުގެ ޙައްދުތައް ޤާއިމް ނުކުރުމަށް ނަޝީދުމެންނާ ގުޅުންހުރި ބޭރުގެ ފަރާތްތަކާ އެމް.ޑީ.ޕީ ގޮވާލާ ގޮވާލުންތަކަށް ތާއީދު ހޯދުން. އަމީން ގެ ވެރިކަން ވެއްޓނު ގޮތް ތިމާގެ ޚިޔާލަށް ކިޔާދިނުމަށް ވުރެ ޚުދު ތިމާގެ ވެރިކަން ވެއްްޓުނު ގޮތް އަމިއްލަ ދުލުން ނުކިޔަނީ ކީއްވެބާ!!!
ދެން ބޮޑުހުޅުގެ ތާރީޚްވެސް ކިޔައި ދިނުން ރަގަޅުވާނެ އަދި 1983 ގަ މައުމޫނާ ދެ ކޮޅަށްބަޔަކު ފިސްތޯލަ އެތެރެކޮއް.މައުމޫނު ގެ ވެރިކަން ވައްޓާލަން އުޅުނީ ކީއްވެގެން ކަންވެސް ބަޔާން ކޮއްލަ ދެއްވާތި
ކަލޭ ޕާޓީ ހެދީ ބާޣީ ކެރަފާ އާއިލާ ހުލިވާތީތަ؟ ކެކެކެކެކެ
މިސޮރު މިއުޅެނީ ކޮންމެވެސް ވާހަކައެއް ދައްކާގެން ވެރިކަމުގެ ނިޒާމް ބަދަލުކުރަން ރައްޔިތުންގެ ބޮލައްވަންނަން.
މިނާގެ ނުބައި މަގުސަދެއް މީގައި ވާނެ....
އަތިރީގެ އާއިލާގެ ހިމާޔަތުގައެއްނޫން
ދިވެހިރާއްޖޭގެ( މާލެެއިން ) އެއްޖިންސުން
ކާވެނިކުރުން ހުއްޓުވަން ކުރިމަސަތްކަތުގެ
ސަބަބުން އެއިރުވެސްއުޅުނު ތިކަހަލަ
ޟައިތާނުންތަކެއްނުކުމެ ކުރިކަމެއް އެއީ
ތާރީޙް އޮޅުވާލަން ނޫޅޭ ކެރަފާ ހަންޑި
ކަލޭގެ ވެރިކަން ވެއްޓުނީވެސް މަރަށް މަރުހިފުމާ އަތް ކެޑުން ކަހަލަ ކަންކަން ކުރީމަ ދޯ
ނަޝީދު ވާހަކަކިޔައި ދެއްވާފައިވަނީދިވެހިންގެތެރެއިން ބަޔަކަށްކަމެއްވިސްނައިދެއްވަން
ކަމުގައި ފާހަގަކުރެވޭ އެއީ މަރުގެއަދަބުދިނުންގޯސް ކަމެއްކަމަށްދެއްކުން އަތްކެނޑުން
ޕާޓީސިސްޓަމް ތައާރަފްކުރައްވަން ޖެހިލެއްވިގޮތް މަރުގެއަދަބުދިނުމަކީ އެއަދަބު ދޭންޖެހޭލަތެއް މެދުވެރިވެއްޖެނަމަ އިސްލާމްދީންއެކަމަށް ހުއްދަކުރައްވާކަމެއް އަތްކެނޑުމަކީވެސްއެކަމުގެބާވަތުން ކުރަންޖެހިއްޖެނަމަ އެކަންކުރުމަށް އިސްލާމްދީން ހުއްދަކުރައްވާކަމެއްނަޝީދަށްފެނިލައްވާގޮތަށް ކުރަންއޮންނަކަމެއްނޫން އިސްލާމްދީނަށް ހަޖޫޖައްސަވާދީނުގައިވާ ކަންތައްރަގަޅުނޫންކަމަށްދެކިލައްވާބޭފުޅަކަށް ރަގަޅުވާހަކައެއްކިޔައިނުދެއްވޭނެކަމަށްފެންނާތީ ނަޝީދު ވާހަކަކިޔައިނުދެއވުން ރަގަޅީ މިވާހަކައިގައި ނަޝީދަށްކަމުދާބައިބާ ހުއްޓެއްކަމަކު އެއީ އެހެން ފަރާތަކުން ހަގަޅުކަމަށް ދެކިލައްވަންވި ކަމެއްނޫން މިވާހަކައިގާ ނަޝީދުައާގުޅޭ ވާހަކަތަށް
އަހަރެންވެސް ކިޔައިދެވޭތޯ ބަލާނަން އެއީ ޕާޓީސިއްޓަމް ތަޢާރަފްކުރެއްވުން
ވެލާނާގެ އިބްރާހިމްމުހައްަމަދުދީދީއާމެދު މުހައްމަދުއަމީންގެންގުޅުއްވިގޮތް