ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި މި ގަރާރު ފާސްވީ 57 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރު ފާސް ކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވިއެވެ.
މި ގަރާރުގައި ވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަދި ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމަށް ދެންނެވުމަށެވެ.
މި ގަރާރު ފާސްކުރިއިރު ރައީސް ނަޝީދު މިހާރު ވަނީ ވަގުތީ ގޮތުން މިނިވަންވެފައެވެ. ރައީސް ނަޝީދު ވަގުތީ ގޮތުން މިނިވަން ވެފައިވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރަން އަމުރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލާން ހުކުމް ކުރީ 2015 ވަނަ އަހަރެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދެވީ އެގައުމުގައެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް ނަޝީދު އުޅުއްވާފައިވަނީ އަވަށްޓެރި ސްރީލަންކާގައެވެ.
ނަމަވެސް މި މަހުގެ އެއްވަނަ ދުވަހު ރައީސް ނަޝީދު ވަނީ އެނބުރި ރާއްޖެ ވަޑައިގަންނަވާފައެވެ.
މިގައުމުގަ ކަމެއްކުރަން ބޭނުންނަމަ.މަޖިލީހައް ބިލް ވައްދައިގެން ފާސްކުރީމަ ނިމުނީ
ކޮބާ އަބުދުﷲ ގާޒީގެ ހައްގު
ޙައްޤަކީ މިހާރު ވަކިބައެއްގެ އެއްޗެއް.
ނަޝީދަކީ މަލާއިކަތެއްކަމަށް ގަރާރެއް ފާސްކޮށްދެއްވާ.
މަޖިލީހުގަ މިހާރު ބޮޑުސޭޓުދޯ
ރައްޔިތުން މަޖލިހުން ފާސްކުރާ ގަރާރަކީ އަމަލުކުރުން ލާޒިމް ކުރާއެއްޗެއްނޫން.. އެއްވެސް ކޯރޓަކުން ނުވަތަ ތަންފީޒީ އިދާރާ އަކުން ވެސް ތިޔަ ގަރާރައް އަމލުކުރާކައް ނުޖެހޭނެ
މަޖިލީހަކީ މީހުން މިނިވަންކުރަން ގަރާރު ފާސްކުރަންޖެހޭ ތަނެއްނޫން .ނަސީދު ކުރެއްވި ކުށަށް އަދަބުލިބެންޖެހޭނެ . އެތައްކުށެއް ކޮށް އަދަބު ލިބި އެތައް ކޯޓް ހުކުމެއް ކުރެވިފާ ހުރިު މީހަކު މިނިވަންކުރަން ހުށަހެޅުން ނުވަތަ ދައުވާނުކުރަން ނިންމުމުގެ ބާރެއް ގާނޫނުން ދީފަ އެބައޮތް ބާ ؟ ޓެރަރިޒަމާ ވައްކަމުގެ ހުކުމް ކުރެވި އެހުކުމް ތަންފީޒު ކުރެވިފައިވާ މީހަކީ ކުށްކުރެުމަށް އާދަ ވެފާހުރި ޟިހެއް އެހެންވީމަ އަދަބު ޖެހޭނީ ތަންފީޒުވާން
މިހާރު މެންބަރުކަން ކޮށްފައިވާ މީހަކަށް އިތުރު ފުރުސަތުނުދީ، ކިޔަވައިގެން ތިބި ޤާބުލު މީހުން ހޮވަމާ،
ޝަރީޢަތުން ގޮތްނިންމައި ޙުކުމް ކޮށްފައިވާ މީހުން އެޙުކުމް ތަންފީޒް ނުކޮށް މަޖިލީޙުން
އެމީހުންގެ ކުށް މާފުކުރަން އުޅުމަކީ އެއްބާރުން
އަނެއްބާރަށް ވެރިވެގަތުމުގެ ކަމެއްކަމުގައި ނުވޭ
ތޯއެވެ؟
އަޅުގަނޑު ބޭނުން ޖަލުގައި ތިބި އެންމެންވެސް މިނިވަންކުރަން މަޖިލީހުން އެކަން ކުރެވޭނެތޯ؟ ނޫނީ ވަކި މީހެއް ވީމަތޯ މަޖިލީހުން ގަރާރު ފާސްކުރަންވާނީ. ބަލަގަ ނަޝީދު ޖަލަކު ނޫނޭ ހުރީ ފިލައިގެން އުޅުނީ. ކޮބާ އެކުރިކުއް. ޖަލުގަ މާ ހާލުގަ އުޅޭ އުމުރުން ދުވަސްވީ މީހުންވެސް އެބަތިއްބޭ. ނެތްތޯ އެމީހުންގެ ހައްގުގައި މަސައްކަތް ކުރަން ކެރޭނެ އިއްޒަތް ބޮޑުވެގެންވާ، އިއްޒަތް އުފުލިގެންވާ އެއްވެސް މެމްބަރެއް. ސަހަރޯ ތިއޮތީ އިއްޒަތްތެރި މަޖިލީހެއް.
އަންނި މިނިވަނެއްކަމުގައި އަހަރުމެން ނުދެކެން ކޮންމެވެސް ދުވަހަކުން އނބުރާ ޖަލައްލާންޖެހޭ މިކަންތަންފީޒު ކުރެވެންޖެހޭނެ .
ތިޔަ މަޖީހަށް ރައްޔިތުންގެ މަޖިލިސްގެ ނަމުން މުޚާތަބު ކުރުމަކީ އިންސާފެއްނޫން! މުޚަތަބު ކުރަންވީ ރިސްވަތު މަޖިލިސް ދެން ރިޔާސަތުގައި އިންނެވީ ރިސްވަދޭމީހާ އަޅެމީ ދޮގެއްތޯ! ރައްޔިތުންނޭވޭ ރައްޔިތުންގެ ކަންކަން ނިންމަން މަޖިހަށް ކިޔަވައިގެންތިބި ޒުވާނުން ޚިޔާރު ކުރައްވާ! މި މަޖިލިހަކީ މިސަރަހައްދުގައިވެސްއޮތް އެންކޮރަޕުޓް މަޖިލިސް! ރައްޔިތުންނޭ މިގައުމު ތަރައްގީކޮށް ކުރިއަރުވައި އަމިްލް ފައިމައްޗަށް ނަގަން ބޭނުންނަމަ މިހާރުތިބި މެންބަރުން އަލުން މަޖިލިހަށް ނޮހޮއްވަވާތި! ވަކިން ޚާއްސަކޮށް ބުރުމާ ތިޔަމަޖިލިހުން ބޭރުކުރާތި ރައްޔިތުންނޭވޭ ފައިސާ ފޮއްޗަކަށް ނުވިކޭތި
ތިޔަ މަޖީހަށް ރައްޔިތުންގެ މަޖިލިސްގެ މަޖިލިހުގެ ނަމުން މުޚާތަބު ކުރުމަކީ އިންސާފެއްނޫން! މުޚަތަބު ކުރަންވީ ރިސްވަތު މަޖިލިސް ދެން ރިޔާސަތުގައި އިންނެވީ ރިސްވަދޭމީހާ އަޅެމީ ދޮގެއްތޯ! ރައްޔިތުންނޭވޭ ރައްޔިތުންގެ ކަންކަން ނިންމަން މަޖިހަށް ކިޔަވައިގެންތިބި ޒުވާނުން ޚިޔާރު ކުރައްވާ! މި މަޖިލިހަކީ މިސަރަހައްދުގައިވެސްއޮތް އެންކޮރަޕުޓް މަޖިލިސް! ރައްޔިތުންނޭ މިގައުމު ތަރައްގީކޮށް ކުރިއަރުވައި އަމިއްލަ ފައިމައްޗަށް ނަގަން ބޭނުންނަމަ މިހާރުތިބި މެންބަރުން އަލުން މަޖިލިހަށް ނޮހޮއްވަވާތި! ވަކިން ޚާއްސަކޮށް ބުރުމާ ތިޔަމަޖިލިހުން ބޭރުކުރާތި ރައްޔިތުންނޭވޭ ފައިސާ ފޮއްޗަކަށް ނުވިކޭތި
ޖަލު ޙުކުމް ތަންފީޒު ކުރެވެމުންދާ ޅަދަރިބަފައި ނިކަމެތި ޢާންމުން މިނިވަންކުރަން ޤަރާރެއް ހުށަހަޅުއްވާ ދެއްވާނެ މެމްބަރަކު ނުވާނެބާ....!!!! އެހެންނުވާނެ ނަމަ މިހާރުވެސް މިއޮތީ އެެއްފަރާތައް އަރި އަޅާފައި...