ދީނަށް ފުރައްސާރަކުރުމާ ގުޅިގެން، މުރުތައްދުވެފައިވާ ކަމަށް ކަނޑައަޅާފައި ވަނިކޮށް އިއްޔެ ރާއްޖެ އައި އާއިޝަތު ވެލެޒިނީ އަކީ ބަލި މީހެއް ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ސިފަކުރައްވައިފިއެވެ.
ކިނބިދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ރިޔާޒު މިއަދު ވެލެޒިނީ ހައްޔަރު ކުރި ޚަބަރު ޓެގް ކުރައްވައި ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ ސިކުނޑީގެ ބަލި ހުންނަ މީހުން ބެލެހެއްޓޭނެ ވަސީލަތެއް ވެސް އަދި ގާބިލުކަމެއް ވެސް ފުލުހުންގެ ކިބައިގައި ނުހުންނާނެ ކަމަށެވެ.
Sikundeege bali hunna meeehun belehehteyne vaseelathehves adhi qaabilkamehves fuluhunge kibaigaa nuhunnaane! Mujuthamauge rahkaatherikamah ekaherikuranjeheynama efadhameehun belehehtumah hadhaafahuri dhaulathuge thanthanuge beynun hifanjeheyne kamah dheken! https://t.co/2eiN5Ca8Bq
— Abdulla Riyaz MP (@riyazabdulla) November 14, 2018
" މުޖުތަމައުގެ ރައްކާތެރިކަމަށް އެކަހެރިކުރަން ޖެހޭ ނަމަ އެފަދަ މީހުން ބެލެހެއްޓުމަށް ހަދާފައި ހުރި ދައުލަތުގެ ތަންތަނުގެ ބޭނުން ހިފަން ޖެހޭނެ" ރިޔާޒު ވިދާޅުވިއެވެ.
ޖުޑިޝީއަލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރުކަންވެސް ކުރައްވާފައިވާ ވެލެޒިނީ ހައްޔަރުކޮށްފައިވަނީ އޭނާގެ އަމިއްލަ ފޭސްބުކް އަދި ޓްވިޓާ އެކައުންޓު ބޭނުންކޮށްގެން އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނުގެ އުސޫލުތަކުން ބޭރު އިސްލާމްދީނާއި ހިލާފު އަދި އިސްލާމްދީނަށް ތައުހީނުކޮށް ވާހަކަދައްކާފައިވާ މައްސަލަ އާއި ގުޅިގެން ކަމަށް ފުލުހުން ވަނީ މިއަދު ވިދާޅުވެފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުމަށް ފަހު ވެލެޒިނީ ރާއްޖެ އައީ އިއްޔެ ހެނދުނު އެވެ. ވެލެޒިނީ އިސްލާމް ދީނާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވާހަކަތަކުގައި އޭނާ ރަސޫލު ކަމަށް ދައުވާކޮށް އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުގެ މުރުތައްދު ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ މާޗް 29 ވަނަ ދުވަހު ނިންމާފައެވެ.
ރާއްޖެއިން ބޭރުގައި އުޅެމުން ވެލެޒިނީ ފޭސްބުކް ލައިވް މެދުވެރިކޮށް އާންމުކޮށްފައިވާ ވީޑިއޯތަކެއްގައި އޭނާ ވަނީ ރަސޫލުންނާއި ކީރިތި ގުރުއާނާއި ސުވަރުގެ އާއި ނަރަކައާ ބެހޭ ގޮތުން ވާހަކަތަކެއް ދައްކައިފަ އެވެ. އެ ވާހަކަތަކުގައި އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފް ވަރަށް ގިނަ ވާހަކަތައް އޭނާ ވަނީ ދައްކައިފަ އެވެ.
މިގައުމުގެ ހުރިހާ ކުއްވެރިންނަކީ ސިކުޑީގެ ބަލިހުރިމީހުންކަމަށް ނިންމާ ހުރިހާ ކުއްވެރިން ދޫކޮށްލަންވީނު
މިގައުމުގެ ހުރިހާ ކުއްވެރިންނަކީ ސިކުޑީގެ ބަލިހުރިމީހުންކަމަށް ނިންމާ ހުރިހާ ކުއްވެރިން ދޫކޮށްލަންވީނު ! ކަލޭ އަތަށް ސީލާ މޫނަށް ޖަހާބަލަ.
ކަލޭވެސް ތި ސިކުނޑީގެ ބަލި މީހެއްތޯ ޗެކްކުރޭ ! ތި ސިކުނޑީގެ ބަލި މީހެއް
އޭނަގައިގާ ނުުޖަހާ ބޯހަމަ ނުޖެހޭ ވައްތަރެއް. އޭނަައަކީ ނުބައި ވެގެންވާ މީހެއް.
ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ މިފަދަ ދެފުށް ދެގޮތް މުނާފިގުންގެ ކިބައިން މިޤައުމު ސަލާމަތް ކޮށްދެއްވާށި
" ހޭ " ބަލިތޯ؟
ޑރ. ޢިޔާޒް އެއްޗެއް ނުބުނޭތަ؟
މިރާއްޖޭގައި އެންމެ ގިނައިން ސައިކޮލޮޖީ އާއި ކައުންސެލިންގ ހަދައިގެން ތިބި މީހުން ތިބީ ފުލުހުންގެ ތެރޭގައި. އެންމެ ސެކިއުރިޓީ ވަރުގަދަކޮށް މީހުން ބަލަހައްޓާނެ މެކޭނިޒަމެއް އޮތީ ފުލުހުންގެ ތެރޭގައި. މިކަން އަބްދުﷲ ރިޔާޟްއަށް މިއަދު ނޭނގުމަކީ ޢަބްދުﷲ ރިޔާޟްގެ ކޮމިޝަނަރ ކަމުގައި އެކަށީގެންވާ ވަރަށް ނުބަލާ ކަމުގެ ހެއްކެތް. ޢަބްދުﷲ ރިޔާޟް ކޮމިޝަނަރ ކަމުގައި ފުލުހުންނަށް ބަލާފައެއްނެތް. ފައިސާ ގަނޑެއް ހޯދޭތޯ ބަލާފައިވަނީ. ސިޔާސީ ބޭނުމަށް އެތަށް ކަމެއްކޮށް އެތަށް ކޮރަޕްޝަން ފައިސާއާއި ލޯންޗާއި ހޯދާފައިވޭ.
ދީނަށް ފުރައްސާރަ ކުރާ ބަލި ހުރި މީހެއްދޯ؟