ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދާދި ދެންމެއަކު ކުރައްވައިފިއެވެ.

ރައީސް ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސް ސޯލިހު އަށް މަގާމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ރައީސް ސޯލިހު ހުވާ ކުރެއްވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމެވެ.

އިބޫ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވީ މިދިިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އެގޮތުން ރައީސް ސޯލިހު އިންތިހާބު ކާމިޔާބުކުރެއްވީ 134،705 ވޯޓު (58.4 ޕަސެންޓް) ހޯއްދަވައިގެންނެވެ.

ރައީސް ސޯލިހު ވެގެން ގޮސްފައިވަނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބު ބާއްވަން ފެށީއްސުރެ މިހާތަނަށް އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބު ކާމިޔާބު ފުރަތަމަ ރައީސަށެވެ.

އުމުރުފުޅުން 54 އަހަރުގެ ރައީސް ސޯލިހު ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ އުމުރުފުޅުން 30 އަހަރުގައި ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ހިސާބުންނެވެ. ސެކަންޑްރީ ފެންވަރަށް ތައުލީމް ހާސިލް ކުރައްވާފައިވާ ރައީސް ސޯލިހު އެއްބަނޑު އެއްބަފާ 13 ބޭފުޅުން ތިއްބަވައެވެ. ރައީސް ސޯލިހު ކައިވެނި ބައްލަވައިގެން އުޅުއްވަނީ ފަޒްނާ އަހްމަދާއެވެ. އެ ދެކަނބަލުންނަށް ވަނީ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފައެވެ.

މިއަދު މަގާމުގެ ހުވާ ކުރެއްވި ރައީސް ސޯލިހު އަކީ ރާއްޖޭހެ ހަތްވަނަ ރައީސެވެ. އަދި މިއީ އަތޮޅު ތެރެއަށް ނިސްބަތްވެ ވަޑައިގަންނަވާ ފުރަތަމަ ރައީސްކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމުޓާ

    ހުވާކުރުމަށްފަހު ދެންއޮންނާނީ ވައްޓާލާ ހުވާކުރުން މިކަމުގައި އަންނި ވެސް ބައިވެރިވާނެ .

  2. އޭރިޔާ

    މިސަރުކާރު ވާނީ ހަރާން ސަރުކާރަކަށް

    • ނޯ ގަޓް ޔާމީން

      ހަޖަމް ޕުލީސް

  3. ރރ

    މަރުހަބާ

  4. ލޯލާ

    ހުވާ ކުރުމުގެ ކުރިން މާލޭގެ 2 ތަން ރޯވެ އަދައިފި. ދެން ވާނެ ގޮތެއް ބަލަން މަމެން މިތިބީ.

  5. ޔަމާނީ ޢަލީ

    ކިތަންމެ ފޮނެއްނަގާފަހުއްޓަސް ޙަރާމް އެއްޗަކުން ނުކުންނާނީ ޙަރާމް ދިޔަ! ތިޔަ ސަރުކާރަކީ ނަހަލާލު ސަރުކާރެއްކަން ޔަޤީން! ނަތީޖާ ހިތިކޮށް ފެންނާނެ. ތިޔައެތި ދެމި ނޯންނާނެ އިންޝާއަﷲ! މަޖްލިހުގެ މެމްބަރުކަމުން އިސްތިޢުފާދީ ބޮޑަތި މަޤާމުތައްހޯދަން އެ އުޅޭ އެންމެންނަކީ ފައިސާއަށް ވިކިހުސްވެފައިވާ ފައިސާއަދިވެސް ގިނަކުރަން ފޫގަޅައިގެންތިބި މީހުން.

  6. ނޫރާ

    ވަގު ހުވާ

  7. ގޮނާސަކް

    ރައީސް ގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތެރޭގައި ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވާ ފުރަމާލޭގައި ވިޔަފާރި ކުރާ ފަރާތް ތަކަށް އެމެންގެ ވިޔަފާރި ކުރިއެރުވޭނެ އުސޫލުން އެއްވެސް ކަމެއް ކޮށްދޭން ނުހިމެނެއޭ އެގޮތުން ބަލާއިރު ދައުލަތަށް އާމްދަނީ ވަންނާނީ ރާއްޖޭގެ ވިޔަފާރި ތައް ކުރިއަރައިގެންނޭ ތިލަފުށި އަދި ގުޅިފަޅު ހިއްކައިގެން އެތަނުން މާލެ އޭރިޔާ ގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރި ތަކަށް ބިން ކުޑަ ކުއްޔަކަށް ދޫކުރެވޭނެ ގޮތް ހަދާ ދިނުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ...

  8. އަލީ

    ހިހި