ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމުގެ ހުވާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގަމާއި ހަވާލުވެ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލައްވާ ކެބިނެޓްގެ މަގާމުތަކަށް ވަޒީރުން އައްޔަން ކުރައްވައިފިއެވެ.

ރައީސް ޞާލިހް ރައީސް ކަމަށް ކުރިމަތިލެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައެވެ. ކެމްޕޭނާއި އެހެނިހެން އިހްތިފާލުތަކުގައި އިއްތިހާދެއްގެ ވާހަކަ ދެއްކި ނަމަވެސް ހަޤީޤަތުގައި މިއުފެދުނީ އެމްޑީޕީގެ ވެރިކަމެކެވެ. މިއީ އެމްޑީޕީގެ ސަރުކާރެކެވެ. އެމްޑީޕީގެ ބައިލައްކަ އަށް ވުރެ ގިނަ މެންބަރުން އުއްމީދު ކޮށްގެން ތިބީ އެގޮތަށެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ތައުލީމީ، ގާބިލް ބޭފުޅުންނަށް މަގާމުތައް ދެއްވާނެ ކަމުގެ ވައުދާއި ވެސް އެކުގައެވެ. ނަމަވެސް ކެބިނެޓް އެކުލަވާލާ ނިމިގެން މިދިޔައީ މިއިން އެއްވެސް މަންޒަރެއް ނުފެނިއެވެ.

ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރި 20 ބޭފުޅުންގެ ތެރޭގައި ހަޤީޤީ އެމްޑީޕީގެ ވިސްނުމާއި ފިކުރުގެ ބޭފުޅުންނަށް ތިއްބެވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަޤާމަށް އައްޔަން ކުރެއްވި މުޙައްމަދު އަސްލަމާއި ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި މާރިޔާ އަހްމަދު ދީދީ ކަމަށް ދެންނެވިދާނެއެވެ. ކެބިނެޓްގައި ދެން ހުންނެވި އެމްޑީޕީގެ އެންމެ ހާއްސަ ބޭފުޅަކީ ގަމު ދާއިރާގެ ކުރީގެ މެންބަރު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގެ މަޤާމަށް އައްޔަން ކުރެއްވި އަލްއުސްތާޛު ފައްޔާޟް އިސްމާޢީލެވެ. މައްޗަންގޯޅީ ބޯގަންވިލާ ގޭ ބޭފުޅެއް ކަމަށްވާ ފައްޔާޟް އަކީ އެމްޑީޕީގައި ރައީސް ނަޝީދާއި ދެކޮޅު ފެކްޝަނެއް އުފައްދަވައިގެން އުޅުއްވާ ބޭފުޅެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އިދިކޮޅު ފަރާތްތަކަށް ކެބިނެޓްގެ ކޭކުން ލިބުނު ފޮތިތައް ވަރަށް މީރުވެފައި ވަރަށް ފޮނިކަން ފާހަގަ ކުރެވެއެވެ. އެންމެ މުހިންމު މަގާމުތައް ދެއްވާފައި ވަނީ ޖުމްހޫރީ ޕާޓީ އަށެވެ. ޓްއަރިޒަމް މިނިސްޓަރުކަމާއި، ހެލްތު މިނިސްޓަރު ކަން އަދި ޓްރާންސްޕޯޓް މިނިސްޓަރު ކަން އޮތީ ޖުމްހޫރީ ޕާޓީ އަށެވެ. ވަރަށް އުއްމީދީ ނަމެއް ދެއްވާފައިވާ މިނިސްޓްރީއެއް ކަމަށްވާ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ވެސް އޮތީ ޖުމްހޫރީ ޕާޓީ އަށެވެ.

ޓްއަރިޒަމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ ޖުމްހޫރީ ޕާޓީގެ އަތްދަށަށް ދިއުން އެއީ ހެޔޮ ފާލެއް ނޫނެވެ. ގާސިމް އިބްރާހިމްގެ އަމިއްލަ މަސްލަހަތާއި ގުޅިފައި އޮތް އެތައް ކަމެއް ރައީސަށް، ނުވަތަ ސަރުކާރަށް ނޭނގި ނަމަވެސް ކޮށްފާނެ ކަމުގެ ކަންބޮޑުވުން ގިނަ ރައްޔިތުންގެ އެބައޮތެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަލާއިރު ރައީސް ވަހީދުގެ ވެރިކަމުގައި ސަރުކާރަށް ވަރަށް ސިއްރުން ޖުމްހޫރީ ޕާޓީގެ މިނިސްޓަރަކު ވަނީ މާމިގިލީ އެއާޕޯޓް ކުއްޔަށް ދީފައި އޮތް މުއްދަތު 99 އަހަރަށް އިތުރު ކޮށްދެއްވާފައި ކަން އަދި ރައްޔިތުން ހަނދާން އެބަހުއްޓެވެ. އެފަދަ އެތައް ކަމެއް މާފަސޭހައިން ކުރިއަށް އޮތްތަނުގައި ތަކުރާރު ވެދާނެ ކަމުގެ ބިރު ރައްޔިތުންގެ ހިތުގައި އެބައޮތެވެ.

ދެން އޮތީ ތައުލީމީ، ތަޖުރިބާކާރު ބޭފުޅުން މިނިސްޓްރީތަކަށް އައްޔަން ނުކުރެއްވުމުގެ ކަންބޮޑުވުމެވެ. އެންމެ ދެތިން ވުޒާރާއަށް ފިޔަވައި ދެން ހުރިހާ ވުޒާރާއަކަށް ވެސް ވަޒީރުން އައްޔަން ކުރެއްވުމުގައި ބައްލަވާފައި މިވަނީ އެބޭފުޅެއްގެ "ސިޔާސީ ޕާފޯމަންސަށެވެ." ސިޔާސީ ގޮތުން ކުރައްވާފައިވާ މަސައްކަތްޕުޅަށާއި ސިޔާސީ ގޮތުން އެބޭފުޅަކު ނިސްބަތްވާ ކުލައަށެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެބޭފުޅަކަށް އެބޭފުޅަކު ނިސްބަތްވާ ސިޔާސީ ކުލައެއްގެ ލީޑަރުގެ ރުހުމާއި އިތުބާރު އޮތްތޯއެވެ.

ވަޒީރުން، އެބޭފުޅަކާއި ހަވާލު ކުރި ވުޒާރާ ނިސްބަތްވާ ދާއިރާ އިން މީގެ ކުރިން ހޯއްދަވާފައިވާ ތައުލީމަކާއި، ތަޖުރިބާ އަކީ މުހިންމު އެއްޗެއް ކަމަށް ނުވިއެވެ. ސިޔާސީ ބެރުގެ ހަމަ އަށް ނެއްޓެވޭނަމަ ހުރިހާ ޝަރުތެއް ހަމަވީއެވެ.

ކެބިނެޓްގެ ވުޒާރާތައް ބަހާލި ގޮތުން އުފަލާއި ހިތްމަޖެހުން އޮތީ ސިޔާސީ މައިދާނުގައި ހަޤީޤަތުގައި ބައިފަޅިތަކެއް ހިއްސާ ކުރަން ޖެހިފައިވާ ގްރޫޕްތަކުގެ ސަޕޯޓަރުންނަށެވެ. ބޮޑެތި ވުޒާރާތަކެއް ލިބުމުން އެސަޕޯޓަރުން ތިބީ ހިތްހަމަޖެހިފައެވެ.

ވެރިކަން ބަދަލު ކުރުމާއި ރެއާއި ދުވާލު މަސައްކަތްކޮށް، ހުރިހާކަމެއް ރާވާ އިންތިޒާމް ކުރި މީހުންނަށް ޙައްްްޤު މިންވަރެއް ނުލިބުނެވެ. ތައުލީމާއި ތަޖުރިބާ ލިބިގެން ތިއްބެވި ބޭފުޅުންނަށް އުފާވެރި މަންޒަރެއް ކެބިނެޓުން ނުފެނުނެވެ.

ދެން އޮތީ ވަޒީރުންގެ މަގާމުތައް މިގޮތައް ބެހިން ދިޔަ ނަމަވެސް ދަށުން މަސައްކަތް ކުރައްވަން ތައުލީމީ ތަޖުރިބާކާރު ބޭފުޅުން އައްޔަން ކުރައްވާނެ ކަމަށް އުއްމީދު ކޮށްގެން މިވަގުތައް ހިތްހަމަޖައްސާލުމެވެ.

ކެބިނެޓް މިގޮތައް ބަހާލުމުން އުފެދޭ އެހެން ސުވާލެއް ވެސް އެބައޮތެވެ. ސަރުކާރުން ކޯލިޝަންގެ ކޮންމެ ބައިވެރިޔަކަށް ބޭނުން މިނިސްޓްރީއެއް ދެއްވީ ބަދަލެއްގެ ގޮތުން ބޭނުން ދާއިރާގެ މަޖިލިސް ގޮނޑި ކޯލިޝަންގެ ބައިވެރިން އެމްޑީޕީ އަށް ދޭ ގޮތައް ހެއްޔެވެ؟ އެހެން ވެއްޖެނަމަ އަދި އެމްޑީޕީ ސަޕޯޓަރުން ހިތާމަ ކުރާނެ ކަމެއް ނެތެވެ. ކުރިއަށް އޮތީ ހަޤީޤީ އެމްޑީޕީގެ ވިސްނުމާއި ފިކުރަށް ޖާގަދޭނެ ދުވަސްތަކެކެވެ. އިންތިޒާރު ކޮށްލަން ޖެހޭނީ ދެތިން މަސް ދުވަސް ވަންދެންނެވެ.

ކެބިނެޓް އެކުލަވާލި ގޮތައް އެމްޑީޕީ އަށް ލިބޭނެ ފައިދާތައް އަދި ބުނަން އެނގޭނީ މަޖިލިސް އިންތިޚާބާއި މެދު ކަންތައް ވެގެންދާ ގޮތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޓީ

    ވަރަށް ރަނގަޅު އާތިކަލެއް. ޚިޔާހިތުން ކިޔާލެވުނު.

  2. އަޙުމަދު ޙަމީދު

    ވައްތަރީ އެމްޑީޕީއަށް މެނޯރިޓީ ލިބޭ ގޮތަށް މަޖްލިސް ބައްޓަންކޮށްދޭން ލިޑަރުން އެއްބަސްވުމާއެވެ. ރާއްޖޭގައިތިބި އެންމެ ކޮރަޕްޓެޑް މީބުންގެ ކެބިނެޓެވެ. ސާބަސް ގައުމު!

  3. ބީ12

    ބޭނުމަކީ ކޯލިޝަނުގެ ތެރޭގައި ނަފުރަތު އުފެއްން
    ބާކޮޅެއް ހުރިތޯ ހޯދަނީ
    ބަލަގަ މޮޔަޔާ މިއީ ކޯލިޝަން ސަރުކާރެކޭ ވިދާޅުވި އަޑު
    އެހިން ތަ ؟

  4. ނުރަބޯ

    ކަލޭމެން ހަނދާން ކުރަންވީ އެމްޑީޕީ މުޅިން މާޔޫސްވެ ބިމަށް ތުންގަނޑު ހެރިފަ ތިއްބާ ރިޝްވަތު މަހުޖަނު ކަލޭމެން ގޮވައިގެން ނިކުމެ ކުނޫޒު ހިތަކަށްދީ ސިޔާސީ މަސައްކަތްތަށް މެކުހަށް ޖެހީމާ ކަން ކަލޭމެންނަށް ސިޔާސީގޮތުން ކިރިޔާވެސް ދިރުމެއް ލިބުނީ. ދެން ރިޝްވަތު މަހުޖަނު އޭނާގެ އަމީއްލަ ޖީބުން ޚަރަދުކޮށް ގެން ގެންނަން މަސައްކަތްކުރި މަޝްހޫރު ފެބް1 ގެ ބަޣާވާތް ނާކާމިޔާބުވީމާވެސް ހިތްވަރު ދެރަ ނުކޮށް އަނެއްކާވެސް އަމިއްލަ ޖީބުން އިހުނަށްވުރެ ބޮޑު ޚަރަދުކޮށްގެން ރޭވި ދެވަނަ ބަޣާވާތް ކަމަށްވާ ތިމަރަ ބަޣާވާތް ކާމީޔާބު ކޮށްގެން ނޫންތަ ކަލޭމެންނަށް ވެރިކަން ތިޔަ ލިބުނީ؟ ދެން މިއަދު ތިޔަ ދައްކާ ވާހަކައިން ދޭހަވަނީ ލަސްތަކެއް ނުވެ ތިޔަ ކޯޅޭޝަން ރޫޅި، ސިޔާސީ ބޮޑު ހަނގުރާމަ އެއް ފެށިގެންދާނެ ކަމެވެ. “ބޮޑުދެގެރި ތަޅަންޏާ ކަށްގަލަށް ބާރު ކުރާނެއޭ” ބުނާ މިސާލަށް އޭރުން ވެސް ހުރިހާ ގެއްލުމަކާ ދެރައެއް އޮތީ ނިކަމެތި ރައްޔިތުން ނަށެވެ.

  5. عبدالله

    އިސްތިޚާރާ ނަމާދަށްފަހު، އެއްވެސް ނުބައި ނިޔަތެއްނެތި، އަދި ވަކިއަތަކަށްނުޖެހި، ޢައްޔަންކުރެއްވި، ވަޒީރުންގެ މަޖިލީހެއް ކަމަށްވާނަމަ، ހިތާމަކުރުމުގެ ބޭނުމެއްނެތެވެ. އެހެންނަމަވެސް، ކަމަށްއެކަށީގެންނުވާ ނާޤާބިލުބައެއް ހިމެނޭގޮތުގައި، އަދި އެއްވެސް ތަޢުލީމެއް، ތަޖުރިބާއެއް ލިބިފައިނުވާ މީހުންވެސް ބައިވެރިކޮށްގެން ވަޒީރުންގެ މަޖިލިސް ބިނާކޮށްފައިވާ ގޮތުގެމައްޗަށް ބެލުމުން އެނގެން އޮތީ، ވަކިއަތަކަށް ބުރަވެ، ވަކިމީހެއްގެ މައްޗަށް ބަރޯސާވެ، ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވުޖޫދުވެފައިވާ މަޖިލީހެއްގެ ގޮތުގައި ތިޔަބައި މީހުންގެ ވަޒީރުންގެ މަޖިލިސް ސިފަކުރެވޭކަމެވެ.

    • ސަހަރޯ

      ފިޝަރީޒްގެ ދާއިރާއިން މަތީ ތަޢުލީމު ޕީއެޗްޑީ ހަދާފަ އަދި އެ މިނިސްޓްރީގަ އެތައްދުވަހަކު މަސައްކަތް ކޮއްފަ ހުރި މީހަކު ހުއްޓާ އެމިނިސްޓްރީ މިދިނީ އެހެން މީހަކަށް

  6. Anonymous

    މަޖިލީސް އަތުލައިގަންނަން އެ ތައްޔާރުވަނީ.

  7. ނާޒިމް

    ޓްރާންސް ޕޯޓު އަދި ޓޫރިޒަމް މިނިސްޓްރީ އެދިޔައީ ޔަގީނުންވެސް ގޯހުން ގޯހަށް

  8. Anonymous

    ސިފައިން ހިފަހައްޓަން މޑޕއަށް ގެރެންޓީ މީހެއް އެމްއެންޑީއެފްއަށް. އިގްތިސާދު ބޭނުންގޮތަކަށް ހިފަހައްޓަން ފިނޭންސްއާއި އިކޮނޮމިކްސް މޑޕ އަށް. ދެން މަޖްލީހަށް އެމީހުންނަށް ގެރެންޓީ މީހުންލާފަ ބެހެއްޓީމަ މޑޕ ބޭނުން ގޮތަކަށް ގައުމު ހިންގޭނެ.

  9. ބޭބެ

    ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ރައިސް އޮފީހުގައި މަސައްކަތް ކުރާގޮތަށް އައްޔަންކުރި ސަބްރާ ނޫރައްދީން އާއި މަރިޔަމް ޝައުނާ އަކީ ކޮންބައެއްތޯ ބަލާލަބަލަ!! އެއީ ކޮންކަހަލަ ފިކުރެއްގެ ބައެއްކަމާއި އެމީހުންގެ ދީނީ ޢަގީދާ ވެސް ހުރިގޮތް!! އަދި ފުޅިފުޅީގައި ބަންދުކޮށްފައި ހުންނަ ދިޔާ އެއްޗިއްސާއި އޮންނަ ގުޅުންވެސް ބަލާލާ!!

  10. ނަން

    ނުސްވެރިޔާ ކޮންތާކުން ކުރި ދިރާސާއެއްބާ. ކޮކްޓެއިލް ވެރިކަމެއް ހުރިހާ ބާވަތެއްވެސް ލިބޭނެ. ޙަރާމެއް ޙަލާލެއް ނޯންނާނެ

  11. ޢަދި

    މަޖިލިސް.މެޖެއޮރިޓީ އެމްޑީޕީއަށް ދިނުމަކީ ޤައުމު ވިއްކާލުން ކަހަލަ ކަމެއް. އެކަން ނުކުރުމަށ ރައްޔިތުންގެ ކިބައިން އެދެން.

  12. އައިންތު

    މިދިވެހިންނަށް ނޯންނާނެ ރަނގަޅު އެއްގޮތްވެސް. އެމްޑީޕީ މީހުން ގިނަވިނަމަ ބުނާނެ މީ ކޯލޮޝަން ސަރުކާރެއްނޫންހޭ ބަނޑު ހަންގަޑޭ ފަޅޮލޭ ، ބޯހަލާކު .

    • ސޯ

      ކަލެއަށްވެސް ވާގޮތް ހަމަ އެހެން ދިވެހިންނަށް ވެސް ވާނެތާ

  13. އަޙްމަދު

    އެމްޑީޕީ 8. ކިހާވަރަކަށްތޯ ވަސް ހުންނަންވީ

  14. ކޮބޭ

    މީގެންވެސް ހާމަވެގެން ދިޔައީ އިބޫއަކީ ޔާމީން ކަހަލަ ޔަހޫދީ ދަހިވެތި މީހެއްނޫންކަން

  15. ދޮގެއް؟

    މަޖިލިސް އިންތިޚާބު ނިމެންދެން ހަދާ ހީލަތް. ހަމަ ނިމޭއިރަށް ބަރިއަކަށް އިސްތިއުފާ ދޭނީ. ދެން .ތިބޭނީ ޑޭވިޑް ހާޑިންގހަމް މެން.

  16. ޝީ

    ވ ސަޅި

  17. އަލްއުސްޘާދު ރޫޙާނީ

    ގާސިމްބެ އަށް މަރުހަބާ ތިއީ ގައުމު ފަހުރުވެރިވާ ދަރިޔަކީ

  18. މަސްއޮޑި

    ޕޕމ ހަޖަމްކޮށްލައިގެން ތިބެން ޖެހޭނީ

    • ކކކކކ

      ޕީޕީއެމް މީހުން ގިނައީ. ލޮލް ހަޖަމް

  19. ހަފްސާ

    ވަރަށް ހިތާމަވެރި. ރައީސް ސޯލިހްއާއި މެދު ވަރަށް ފުން އުންމީދުތަކެއް ކުރެވުނު. އެހެނަމަވެސް ރައީސް ސޯލިހްގެ ކެބިނެޓްފެނިފައި ވެރިކަން ހިންގުމަށް އެމަނިކުފާނަށް ދިމާވާނެ ދަތިތަށް އިހްސާސް އެބަވޭ. ދައުލަތުގެ އެންމެ މުހިންމު ވުޒާރާތަށް ކަމަށްވާ ޓްރާންސްޕޯޓް، ޓުއަރިޒަމް އެއޮތީ ނުފޫޒުގަދަ ވިޔަފާރިވެރިޔާ ގާސިމްގެ ކޮންޓްރޯލް ދަށަށް ގޮސްފައި. މިއީ ވަރަށް ނުރައްކާތެރިކަމެއް. އަޅުގަނޑުމެން ކޮރަޕްޝަނާއި ފަސާދަ ނައްތާލަން ގެނައި ސަރުކާރުގައި ކޮރަޕްޝަން އަށަގަންނާނޭކަމެއްކަމަށް ދެކެން. އުންމީދަކީ ވަޒީރުންނަށް ރުހުންދިނުމުގެ ރައްޔިތުންގެ މަޖިލީހުން ޒިންމާދާރު ދައުރެއް އަދާކުރާނެ ކަމަށް.

  20. ރާއްޖެ މީހާ

    ތިއޮތީ އޮޅިފަ. އަޑަށް ބާރުލާފަ މީ ކޯލިޝަންގެ ވެރި ކަމެކޭ ބުނާ އަޑު ނީވޭ ދޯ؟ ތިކަހަލަ މީހުން ގިނަ ވީމަ ދޭންވާ މިނިވަންކަން ނުދޭން މީހުން އުޅެނީ

  21. އެކުވެރިޔާ

    މަޖިލީހުގެ އިންތިޚާބު އަހަރެމެން އެމްޑީޕީ ކާމިޔާބު ކޮށްފަ ދެން އެހެންކަމަކަށް ވިސްނާނީ. ހިނގާ ހުރިހާކުދިން އެއްކޮށް އެމްޑީޕީ ގެ ކަމިޔާބަށް މަސައްކަތްކުރަންފަށަން. ހަމަ ރިޔާސީ އިންތިކާބުގަ ގެންގުޅުނު ކަހަލަ ސީކްރެޓް ފޯމިޔުލަރ ބޭނުންކޮށްގެން. އިރާދަކުރެއްވިއްޔާ ހަމަކާމިޔާބު ކުރެވޭނެ، މާފަސޭހައިން ކާމިޔާބު ކުރެވޭނެ.

  22. ޙުސެން

    އިލެކްޝަން ކާމިޔާބުކުރީ އމޑޕ ތޯ ނުވަތަ އިއްތިހާދު ތޯ؟

  23. ޑޮނާޑު

    އިބޫޤައުމާ މުޚާތަބުކޮއް ދެއްވި ތަޤުރީރުގައި ވިދާޅުވީ މީވަކިޕާޓީއަކައް ވަކިނަސްލަކައް ވަކިިި މީހަކައް ވަކިތފާތުކުރުމެއް ނެއް އެްންމެން ހަމަހަމަވާނެ ސަރު ކާރެއްކަމުގަ ވީމާމިސަރުކާރުގަ ވަކިކުލަ އެއްޖައްސަން މަސައްކަތް ކުރުމަކީރަގަޅުގޮތެއް ކަމަކައްނުދެކެން އަބަދުވެސް ރައްޔިތުންގެ ސަކުވާއަކީ ހަމަހަމަ ނުވުމުގެސަކުވާ ޕާޓީހެދީރައްޔިތުންގެޚިޔާލުހޯދުމަކާނުލާ، ޕާޓީއަކުންކުރި ފައިދާއެއްނެއް ބޮޑުފިތުނައެއް ފަސާދައެއް ޢާއިލާ ތައްރޫލި މައިން ބަފައިން ވަކިވެ ދިޔަނތަން ކުރިއެއްވެސް ފައިދާއެއްނެއް މިއަދުވެސް ކިތައްޢާއިލާގެތޯ ވަޒީ އެގެއްލުނީ އިބޫގެ ސިޔާސަތުރަގަޅު ކުލަޔާވަހާ ރަހަޔާ އޯކޭ

  24. އުގޫފާރު މީހާ

    އަންނިއަށް އެގޭނެ އަފުރާޝީމުގެ ގާތިލުން.