އޮޅުވެލި ރިސޯޓްގައި މަސައްކަތް ކުރާ ފިރިހެނަކު އަމިއްލަ އަށް ޖިންސީ ގުނަވަން ބުރިކޮށްލައިފިއެވެ.
އޮޅުވެލި ރިސޯޓުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެރިސޯޓަށް އަލަށް އިތުރު ކުރާ ބައިގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފަކު އޭނާގެ އަމިއްލަ ޖިންސީ ގުނަވަން ބުރިކޮށްލީ ރޭގެ ވަގުތެއްގައެވެ.
އޭނާ އަށް ފަރުވާ ދިނުމަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނީ ޒަހަމްވި މީހާ ވަނީ އަމިއްލަ އަށް އަތާއި ފައި ވެސް ތޫނު އެއްޗަކުން ޒަހަމްކޮށްލާފައި ކަމަށެވެ.
ބިދޭސީ މީހާ އަމިއްލަ އަށް ޒަހަމްވި މައްސަލައިގައި ފުލުހުންގެ ބަހެއް ހޯދަން ފުލުހުންގެ މީޑިއާ އޮފިޝަލުންނަށް ގުޅުއްވުމުން ފޯނަށް ޖަވާބެއް ނުދެއްވާތީ ފުލުހުންގެ ބަހެއް ނުލިބުނެވެ.
ޒަހަމްވެގެން ފަރުވާ ދެމުންދާ މީހާގެ މައުލޫމާތު އޭޑީކޭ ހޮސްޕިޓަލުން ވެސް ސާފުވާގޮތެއް ނުވިއެވެ.
ޔާމީނުގެ ސަރުކާރުގައި މަރާލެވުނު ހުރިހައި މީހުންގެ ޒިންމާ ޔާމީނުގެ ބޮލުގައި އެޅުވި މީހުން ތިބޭނެ! ވީމާ ތިކަމުގެ ޒިންމާ އިބޫ ފުރިހަމައަށް އުފުލަން ޖެހޭނެ!
ލޮލް
ދެން ކޮންމެ ކަމެއް ސިޔާސީ ކުރަން ޖެހޭތަ؟؟؟
ބަލަ ޔާމީނޭ ބުނީ ލައިގެންހުރި ޓީޝާޓު ގޯސް ވާހަކަ....
މޮޔަމީހަކު ކޮއްފާނެ ދޯ..ކޮންމެ ކަމެއްވެސް...
ބޯ ހަލާކު....
ހާދަ ޙިޔެއްނުވެޔޭ އަމިއްލަޔަށް ތިކަހަލަ ކަމެއް ކޮއްފާނެހެން؟؟ :/
ޚިތަނުކުރި ކަން ނެންގެ
ނޯނަޓް ނޮވެމްބަރް
ލޮލް ?
ހުރި ހިތާމައެއްގެ ބޮޑުކަމާ!! މިފަދަ މީހުންނަށް ﷲގެ ރަޙުމަތްފުޅުން ހެޔޮވިސްނުން ދެއްވާށި އާމީން
ތިމީހާ ނިޔާ ވެއްޖެ ކަމަށް މައުލޫމާތު ލިބެނީ.
ހާދަ މޮޅޭ ދޯ! ތިޔަކަހަލަ ދޯދިޔާ ދޮގު ފަތުރާކަށް ނުވާނެ!
ބަންގާޅީއެއްތީ؟!