މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ކަމުގެ މަޤާމަށް އައްޔަން ކުރެއްވި ޝިދާތާ ޝަރީފް ފިރިހެނުންނާއި އަތާއި އަތްޖޯޑްކޮށް ސަލާމް ކުރެއްވުމުން ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ޝިދާތާ އަށް ފާޑުވިދާޅުވެއްޖެއެވެ.
މީގެ ކުރިން ޝިދާތާ ފިރިހެނުންނާއި އަތާއި އަތްޖޯޑުކޮށް ސަލާމް ނުކުރެއްވި ނަމަވެސް ރޭ ވަޒީރުކަމުގެ ފަތްކޮޅާއި ހަވާލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަތާއި އަތްޖޯޑް ކުރައްވާ ސަލާމް ކުރެއްވެވިއެވެ. ވަޒީރުކަމާއި ހަވާލުވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމާ ވެސް ޝިދާތާ ސަލާމް ކުރެއްވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރޭ ބޭރުގެ އިއްޒަތްތެރިންގެ ޝަރަފްގައި ބޭއްވި ބައްދަލު ވުމުގައި ވެސް މިނިސްޓަރ ޝިދާތާ ވަނީ ފިރިހެނުންނާއި އަތާއި އަތްޖޯޑް ކުރައްވާ ސަލާމް ކުރައްވާފައެވެ.
އަދާލަތު ޕާޓީ މިހާރު ބަދަލުވަމުން ދަނީ މެދުމިނަށް ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން އިޔާޒް ވިދާޅުވީ ކޮންމެ މީހަކު ކުރި ނަމަވެސް ޙަރާމް ކަމެއް ވާނީ ޙަރާމް ކަމަކަށް ކަމަށެވެ.
"ހިލޭ އަންހެނަކާއި ފިރިހެނަކާއި އަތާއި އަތް ޖޯޑުކޮށް ސަލާމް ކުރުމަކީ ޙަރާމް ކަމެއް. އޭޕީ އަށް ނިސްބަތްވާ ބޭފުޅަކު އެކަން ކުރެއްވި ނަމަވެސް އެއީ ޙަރާމް ކަމެއް." އިޔާޒް ވިދާޅުވިއެވެ.
Konme meehaku kuri namaves Haraam kameh vaany Haraam kamakah. Hiley anhenakaai firihenaku athaai aiy joadu koh salam kurumaky Haraam kameh.
AP ah nisbaiyvaa beyfulhaku ekan kurevvi namaves aee Haraam kameh.— Dr.Mohamed Iyaz (@dr_iyaz) November 18, 2018
މީގެ ކުރިން ފިރިހެނުންނާއި އަތާއި އަތް ޖޯޑު ކުރައްވާ ސަލާމް ނުކުރައްވާ ޝިދާތާ ރެއިން ފެށިގެން ފިރިހެނުންނާއި އަތާއި އަތް ޖޯޑު ކުރައްވާ ސަލާމް ކުރައްވާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ބަލަގަ އިޔާޒާ ކޮންފަދަ ކަމެއްތަ ތީ ދެން އަޅެ ފަހެ! ތި ބޮަލަށް އަރާ އެއްޗެއް އަރާގެން ތި ކުރާކަމެއް ކުރަން ަހުރެބަ އަޅެފަހެ!
ކަލެއަށް އިޔާޒް ބުނި އެއްޗެއް ފަހުމުވާނެ ދުވަހެއް އަންނާނެކަން ހަނދާނުގަބެހެއްޓުން ރަނގަޅު! ކޮން ފުއްޕުމެއް ފުއްޕާ ބަކައްޓެއް،،،،
ސާބަހޭ ސައްތާރޫ! ތިހެން ވާންޖެހޭނެ! ސެކިއުލާ މީހުންނަށް އެކަނިތަ ހިޔާލު ފާޅުކުރެވެންޖެހޭނީ؟
ސާބަހޭ ސައްތާރޫ ...... ގަދަ ކަލޭ
އިޔާޒް ކަލޭބޯގޮވީތަ
ޢިޔާޒްތަ ބޯގޮވީ؟ ބޭފުޅާ އިހަށް އިސްލާމް ދީން ދަސްކޮށްބަލަ. ނޫނީމަޑުންހެރެބަލަ!
ބޯގޮވިއްޔާ ގޮވީ ކާކުގެކަން އެނގޭ ދުވަސް އަންނާނެކަން އަނެއްކާ ގަބޫލުކުރަމުތޯ؟
ކަންތަށްތައްޙަރާމްވަނީ މަތީ މަގާމެް ލިބުމުގެ ކުރިންނެވެ. މަތީ މަގާމެއް ލިބުނީމަ ހުރިހާކަމެއް ޙަލާލްވެ ކުރީގެ ހުރިހާ ފާފައެއް ފޮހެވިދެއެވެ. " މަސްދަރު، އަދާލަތު ޕާޓީ"
ޖެއްސުމަކަށްވެސް އެ ބަހަކާމެދު ތިމާ ފަހުދުވަހުން ހިތާމަކުރަންޖެހިދާނެ ކަހަލަ ބަސްބަސް ނުބުނުން ރަނގަޅު.
ނަސޭހަތް ދޭ މީހާގެ ކުނި ޝޭޚުންނަށް ތިވާހަކަ ކިޔައިދޭން ވީނު.
އިޔާޒް ކަލެއާނުބެހޭކަންތަކައްކޮފިނުގަނޭބަލާ ސިދާތާބަރާބަރު
ނުބެހޭ ކަމެއް ނޫން އެއީކީ ދީނީ ޢިލްމް ވެރިިންނަކީ މުޖުތަމަޢުގައި ހިނގާ ދީނާ ޚިލާފް ހުރިހާ ކަމަކަށްވެސް އެކަމު ގައި އިސްލާމް ދީނުގަ އޮންނަ ގޮތް ބުނެދޭން ޖެހޭ ބަޔެއް އިލްޔާސްހެން ވަކި މީހަކު ކުރީމަ ނޫން ބުނަން ޖެހެނީކީ
ޢަންހެނުންނާ ފިރިހެނުން ސަލާމް ކުރުމަކީ ޙަރާމް ކަމެއް ނޫން! ޢެމެރިކާގެ ފަރސްޓްލޭޑީ ސައޫދުޢަރަބިޔާއަށް މަރުަހަބާކީޔަން ރަސްގެފާނު ވަނީ އަތާއަތުން ސަލާމް ކުރައްވާފައި؛ މީގެ އިތުރުން، ސައޫދީ އިއްޒަތްތެރި އަންހެން ކަބަލުންވެސް އެމެރިކާގެ އިއްޒަތްތެރިންނާ އަތާއަތުން ސަލާމް ކުރި މަންޒަރު ދިވެހިންނަށް ފެނިފައިވަނީ؛ އަދި އެދުވަހު މިކަން ސާފުވި!
އިސްލާމްދީނަކީ ﷲ އާއި ރަސޫލާ( صلى الله عليه وسلم ) އެންގެވި ގޮތް މިހާރު މިޒަމާނުގައި އިސްލާމީ ޤައުމުތަކުގެ ވެރިން އުޅޭގޮތެއް ނޫން
ސައޫދީ މީހުން ކުރީމަ ހުއްދަވެގެންވޭތަ. އެމީހުން ކުރާ ހުރިހައި ކަމެއްކުރަނީ އިސްލާމްދީނުގައިވާ ގޮތށްތަ،؟ އަހަރެމެން ހުއްޖަތަކަށް ބަލަންވީ ސަޢޫދީއެއްނޫން އިސްލާމީ ޝަރާއަތް
ކާކުތަ ބުނީ ސައުދީ އަކީ އިސްލާމްދީނުގެ ހުކުމްތައް ކަޑައަޅާ މަސްދަރެއް
ސޫދީ އަރަބިއްޔާގެ ވެރީންކުރިޔަކަސް އަދި ހަރާމް ކަމެއް ހަލާލު ކަމަކައް ބަދަލެއް ނުވޭ
.
އަހަރެމެން އަޅުކަންކުރަނީ ސައުދީ އަށްތަ. ސައުދީ މީހުން ރާވެސް ބޮއެ، ޒިނޭވެސް ކުރޭ، މީހުންވެސް މަރާ. ދެން އެކަންކަން ހަލާލުވީތަ.
އިސްލާމްދީނުގެ ޙުކުމްތައް އައިސްފަ އޮތީ ސައުދީގެ ޝާހީ އާއިލާއާއި ހަމައިންތަ؟؟އަހަރެމެން މިސާލު ލިބިގަންނަން ޖެހެނީ ކީރިތި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ފަރާތްޕުޅުންނެއް ނޫންތަ؟؟ނޭނގޭ ވާހަކަ ނުދައްކާ ބަސްއަހައިގެން ހުރެބަލަ.ނޫނީ އެނގޭ ބައެއް ކައިރީ އަހާ އޮޅުން ފިލުވާލުން ބުއްދިވެރި.
ތިބުނަނީ އަރަބިން ކޮށްފިއްޔާ ހަލާލޭތަ؟ އަރަބިން ތެރޭގަވެސް އުޅޭނެ މި ދިވެހިން އުޅޭގޮތަށް އުޅޭމީހުންވެސް. ޢެކަމަކު އިސްލާމްދީން ބަދަލެއްނުވާނެ. ދީން ނޭންގެންޏާ މަޑުން ހުރެބަލަ.
ސައުދީ މީހުން އުޅޭގޮތަށް އުޅޭށެކޭ ނޫނޭ ﷲއެންގެވީކި. ﷲއެންގެވީ ޤުރްއާނާ ސުންނަތުގަ އަންގަވާފައޮތްގޮތަށް އުޅެން. މާބޮޑަށް އިނގެނީ ރޯނުއެދުރުންނަށް.
ރަށު ސޮރޫ ތިޔަހުރީ އަދި ފައިން ލޮނުވެލިވެސް
ނުހިކިތާ. އިސްލާމް ދީނުގެ ޙުކުމްތައް ބިނާވެފަ އޮންނަނީ ސަޢޫދީ ވެރިންގެ ޢަމަލުތައް ހުންނަ ގޮތުގެ މައްޗަކަށް ނޫން. ތިޔަ ސޮރުވެސް ތީ ކުރުސީގަ އޮންނަނީ ކިތައް އާޔަތް ކަން ނޭގޭ ބައިގަޑުގެ މީހެއް ދޯ. ތަނެއް ދޮރެއް ނޭގުނަސް
ކޮމެންޓް ކޮށްފަ ބަހަށްޓާ.
ބަލަ ވަޒީރުކަން ލިބުނީމާ ދެން ދީނުގެ ހުއަދަ ނޫންކަންތައްވެސް އޮޅޭނެ ، ސިޔާސީ ވީމަ ޝޭޚް އިމްރާނަށް ބަލާ ، ކޮނފަދަ ރޯބުހތާން ދޮގު ހަދަނީ
މީހުންގެމަސްކެއުމަކީ ހަރާމްކަމެއްނޫންތޯ، ނަމާދު އަޅާފަ ހުވާކުރަންތިބުން ބޮޑުވެގެންވާފާފައެއް..އެހެންދީންތައްފަތުރާމީހުންނާއެކުއުޅުން އޯކޭތޯ...ވެރިންނާބަގާވަތްކުރުން އޯކޭތޯ...؟؟!!ތީދީންކިޔަވައިގެން މީހުންމަގުފުރައްދާބަޔެއް...
ވަރަށްރަބގަޅު ވާހަކައެއް. ދީން ކިޔަވައިގެން މީހުން މުގުފުރެއްދުމުގަ ބައިވަރުގަނޑު އެނބުރެނީ
ބުނަން ވާހަކައެއް އިޔާޒޫ، އޭޕީ ފިކުރު ބަލައިގަތުންވެސް އެއީ ޙަރާމްކަމެއް!
ތީ ދީން ޙިމާޔަތް ކުރަން ނުކުތް ގްރޫޕް. ބަލަން ތިބޭނަން އަހަރުމެން
އިބޫ ވީމާއިމްރާނުބުނާނީ އޯކޭއޯކޭ
ބަލަ މުޅި ކެންޕޭންގަވެސް ފިރިހެނުންނާ ޝިދާތާ ސަލާމް ކުރި. އަލަކަށް ނޫން އޭނާ ފިރިހެނުންނާ ސަލާމް ކުރަން އެ ފެށީއެއް. މައުލޫމާތުގެ ސައްޙަކަން ނޭނގި ޙަބަރު ފަތުރަނީ
ވަޒީރު ކަން ލިބުމުން ހަނދާން ނެތިގެން ދިޔައީ ރަމްޒު ކުރާ ޕާޓީ... މީނާ ޖެންޑާ ގައި އުޅުނުއިރު މީނާގެ އިހުމާލުން ޅަ ތުއްތު ކުއްޖަކު ނިައާ ވެ ފައި ވާކަމަށް މީޑިޔާ ތަކުގައި އަޑު ފެތުރިފައި ވޭ...
އެމް.ޑ.ީ.ޕީ ގެ ފިކުރަށް ތާއިީދު ކުރެވުނީމަ ދެން ފެންނާނީ ދެކެން އަދި ބަލަން ބޭނުންނުވާ މަންޒަރު އިޔާޒުއަށް އެގޭނެ އެކަން މާރަގަޅަށްވެސް
ޢިއްޔެއިން ފެށިގެން ހީވަނޭ ސިދާތާޔަށް ތިކަން ހުއްދަ ވެގެން އުޅޭހެން ދުނިޔޭގެ ޢިއްޒަތައް ތިމާގެ ދީންވެސް ވިއްކާލާނެ ބަލަން ތިބޭ އަތްޖަހަން
ތިޔައީ އަދި މުސްލިމް ފިރިހެނުންތާ؟ ސިދާތާގެ މަގާމުގެ ގޮތުން ކާފަރު ފިރިހެނުންނާވެސް ޝިދާތާ އަތާއަތްޖޮޑުކޮށް ސަލާމް ކުރަން ޖެހޭނެ. އެއީ މަޖުބޫރުކަމެއް. އެކަން ނުކުރާނަމަ ޖެހޭނީ ވަޒީފާ ދޫކޮށްލަން.
ވަޒީފާ ގެއްލުނަސް ދީނުގަ ހަރާމް ކުރެއްވި ކަމަކަށް އަރައިގަނެގެން ނުވާނެ... ﷲ ހަރާމް ކުރެއްވި ކަމަކަށް އަރައިނުގަނެގެން ވަޒީފާ އިން ވަކި ކުރިނަމަ އެޔައް ވުރެ ރަނގަޅު ގޮތެއް ﷲ މެދުވެރި ކުރައްވާނެ އިންޝާﷲ
އަތާއަތްޖޯޑުކޮށް ސަލާމްކުރުމަކީ ޙަރާމްކަމެއްނޫން އެކަމުގައި ނުބައި ނިޔަތެއް ނެތްނަމަ! އެކަމަކު އަންހެނުންނާ ފިރިހެނުން އެގޮތަށް ސަލާމްކުރުން ރަގަޅުނޫންކަމުގައި ބުނެވިދާނެ! ދެން ތިމާގެ ހައިބަތާ އެކަށޭނަނޫން މަޤާމެއްލިބުނީމާ ގޮތްފޮތްނެތްމީހުން އަދިވަކިން ގޮތެއްފޮތެއް ނޯންނާނެ!
ދީނުގަ ނޯވެޔޭ ނުބައި ނިޔަތެކޭ ބުނެފަ. އެއީ ހުއްދަ ކަމެއް ނޫން. އެއީ އަލިފާން ގަނޑެއްގަ އަތްލުމާ ވައްތަރު ކުރައްވާފައިވާ ކަމެއް. ޙަދީޘް ބަަލައިލާފަ ކޮމެންޓް ކޮށްބަލަ.
ލަބީބުމެން ދީނުގައިވާކަންކަން ބަދަލުކުރަން ނޫޅެ މައިތިރިވެގެން ތިބުން ރަނގަޅީ. ބަޔަކު މަގުފުރެދި އާޚިރުގަ އަޒާބުލިބިގަންނަން ޖެހިދާނެ ވިސްނުމެއްނެތި ތިހެންކުރާ ކޮމެންޓުން
ބަލަ ރަސްމީ ހައިސިއްޔަތަކުން މީހަކާ ސަލާމްކޮށްލުމާއި، އެދުންވެރިކަމުން މީހަކާ ސަލާމްކުރުމަކީ ތަފާތު ދެކަމެއް. ތިޔަ އިޔާޒަކީ، އަންހެނުން ރޭޕްކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެކޭ ބުނި މީހެންނު. އެހެންކަމުން ދީނުގެ ނަމުގައި ކޮން ވާހަކައެއްް އޭނާ އަށް ދެއްކޭނީ.
ކޮން އެދުންވެރިކަމެއް ރަސްމީއެއް ކިޔާކައް..ހަރާމް ކުރައްވަނީ އެންމެ ފަރާތަކުން އެކަން ހަރާމް ކުރެއްވިއިރަކު ނެތޭ ތިޔަ ރަސްމީއެއް ނުރަސްމީއެއް އެދުންވެރިކަމެއް މަސްވެރިކަމެއް އިސްތިސްނާކޮއްފައެއް. ދީން އޮޅުވާލަނަ ނޫޅޭ..
މި އެއްޗެހިންތަށް ދީނުގެ ޙުކުމްތައް އޮޅުވަން އުޅޭނެކަމެއްނެތް. އުޑެއްބުޑެއް ނޭނގުނަސް ވާހަކަދައްކާތި. ދީނާ ކުޅުމީ ލެޔާކުޅުންކަން ދަންނާތި ކޮންމެ މީހަކަސް މިބުނީ.. ވަރައް ސަލާން
މިއީ ޖަޒީރާ ރާއްޖެ
ވަޒީރުކަމުގަ ވަރަށް ސަލާމްކުރަންޖެހޭނެ.. އެހެންވީމަ މިހާރުއްސުރެ އެކަން އެފެށުނީ.. ލަނޑާބައިގަނޑެއްގެ ތެރޭ އުޅެވޭނީ ލަނޑޔަކަށްވެގެން..
ބަލަ އިޔާޒޫ. ކަލެއާ ޒައިދު އާ ދެމީހުން ތިޔަ އުޅެނީ މޮޔަވެގެންތަ. ތިޔަނޫނަސް ތުބުލީ މީހުން މިގައުމުގަ އެބަތިއްބޭ..
އެއީ ކީއްވެބާ..
ހެލޯ ޝިދާތާ؟؟؟؟؟؟ 17 ނޮވެމްބަރުން ފެށިގެން ހިލޭފިރިހެނުންނާއި ސަލާމްކުރުން ހުއްދަވީތޯ؟
ކެމްޕެއިން ކުރަން ދަތުރުތައް ބޭރުްައުމުތަކަށާ ރަށްރަށަށް ދަތުރުކުރީ އަންހެނުންނާއި ހިލޭފިރިހެނުން އެކުގައި . މަހްރަމަކު ގެންދިޔަބާ ؟
ޢިމްރާން މާރިޔާ އާވެސް ސަލާންކުރި އެ އޯކޭތަ.
ދުނިޔެ ފެނި ލާރި ގަނޑު ފެނުނީމަ ވާނެ އެހެންވެސް
ހުޅަނގުގެ ފިކުރުިގެ ބަޔަކާއެކީ އުޅެންޏާ ތިހެންވެދާނެ. މުޅި އަދާލަތުޕާޓީގެ ފިކުރަށް ބަދަލު އައުމަކީވެސް ނުވެނުދާނެ ކަމަކާ މިހާރު އެބަވައްތަރުވޭ.
އެދުމައިގެން ނިކުއްބަޔަކަށް ކޮންހަރާމްކަމެއްތޯ އޮންނާނީ؟؟؟؟
Minister Kan libuneema meehaage dheen ves olhunee thoahcheh
ދެއްކުންތެރިކަން ކުރިއެއް ފަހެއް ނޯންނާނެ ޙަރާމް ހަމަ ޙަރާމް. ޝިދާތާ އުފަލުން އެއީ ކިހާވަރެއްގެ ކަމެއްކަން ހަދާންނެތުނީ ތޯއްޗެއް.
މަޤާމުގެ ދަހިވެތި ކަމުގަ އަތާއަތް ޖޯޑުކޮށް ކީއްކުރަން ބައްދަންވެސް ފަސްނުޖެހޭނެ
އިބްތިހާލުގެ މަރަށް ޒިންމާވާން ޖެހޭ މީހަކު ވަޒީރަކަށް ލުން ކަލެއަށް އޯކޭތަ ދެފައި ނުދޮންނަ ޝޭޚު
އުފާވެރި ވަގުތުގައިވެސް ދީން މަތިން ހަނދާން ނައްތާލެވިގެން ނުވާނެ..... ﷲ އަށް ބިރުވެތިވާ ބައެއް ގޮތުގައި އަޅަމެން ލައްވާށި..........އާމީން
މިކަމުން އެނގެނީ މަގާމެއް ދިންމީހާ އެދިއްޖެނަމަ ތިމާގެ އިއްފަތްތެރިކަންވެސް އެފަރާތާ ޖޯޑުކޮއްލާނެކަން މިކަހަލަ މުސްލިމިން އަދާލަތހުގަ މިތިބީ
ހެހެހެ ރައީސް ޔާމީނުއާ ދެކޮޅަށް ލާ ވޯޓަކީވެސް އިސްލާމް ދީނާ ހިލާފު ކަމެކޭ ވެސް އޭރުގަ މީހުން ބުނި ޑރ،އިޔާޒު ވިދާޅުވެ ދެއްވަބަލަ އަންހެނަކު ފިރިހެނަކާއި ސަލާމް ކުރުމާއި ފިރިހެނަކު އަން ހެނަކާއި ސަލާމް ކުރުމާއި މި ދެގޮތުން ކޮން ގޮތެއް ތޯ ހަރާމް ވަނީ ޑރ .އިޔާޒު ނިކަން ގުރުއާނުން ދައްކަވާ ކޮން އާޔަތެއްގަ ތޯ އޮތީ
އަތާއި އަތްޖޯޑް ނުކުރެއްވިޔަސް އެކަން ކުރެވޭނެއެވެ.
މަށަކީ ދީނީ އިލްމުވެރިޔެއްނޫން އަދި އިޔާޒް ގޯސްކުރަނީކީނޫން. އަދި ސިދާތާ އަކީ ކޮންމެ މީހެއްކަމުގައި ވިޔަސް، އޭނާ އެހެރީ ދައުލަތުގެ އިސްމަގާމެއްގަ. އެހެންވެ، މަދެކޭގޮތުގަ އޭނާ ގޯސްކަމެއް ކޮށްފިއްޔާ ސޯޝަލް މީޑިޔާގަ އެވާހަކަ ބުނުމަށްވުރެ ވަކިން އޭނާގާތު އިޔާޒު ބުނިނަމަ މާރަގަޅުކަންނޭންގެ. މަށަށް އަޑުއިވިފަ އޮންނަގޮތުގައި ވެރިންނަށް ނުށެއް ކުރެއްވިއްޖެއްޔާ އަމަލު ކަންކުރަންޖެހޭ ގޮތަކީ އެއީ.
ކަލެއަށް ހާދަ ވިސްނިގެން ތިއުޅެނީ. މިއޮއްހާ ދުވަހު ކަލޭ ރައުޔާއި އަމަލު މުޅިން ތަފާތު.
ޑޮކްޓަރ އިޔާދު އެހައްދަވަނީ އިތުރުފުޅެކެވެ. އަންހެނާއަށް ސަލާކުރަން ހުއްދަކުރާ ހާލަތްތަކެއް ހުރެއެވެ. އެއީ، އޭނާ ސަލާންކުރާ މީހާއާ އޭނާއާ ދެމެދު ޖިންސީ ވަހުށީ ކަމެއް އުފެދިދާނެ ނުވަތަ އުފެދިފައިވާކަމަށް ގަބޫލު ކުރާކަމަށްވަނީނަމައެވެ. އެހާލަތު ނެތްނަމަ، ގައުމުގެ ވަލީއުލްއަމްރު އާ ޕަބްލިކްގައި ސަލާންގަލާން ކުރުމަކީ މައްސަލައަކަށް ނުވާނެތެވެ.
ދެން ދުވަސްކޮޅަކުން ފެންނާނީ ބުރުގާ ނަގައިގެން ހުއްޓާތޯއްޗެ ނޫނީ އެކަނބުލޭގެ އަށް ލިބުނު އުފަލަކުން ވާނުވާ ނޭނގުނީ ކަންނޭގެ އެހެން ނޫނީ އެހާރގަޅަށް އުޅުއްވި ކަނބުލޭގެޔަކު އެފަދަ ކަމެއް ނުކުރަަނެ ކަންނޭގެ
ދީނުގެ ކޮންފޮތެއްގައި ބާ އޮތީ ހަރާންކަމެކޭ. ކަލޭ ތީ ކާކު ހަރާން ހަލާލް ކަޑައަޅަން. ހަލާލް ހަރާމް މީގެ 1400 އަހަރު ކުރިން ވަނީ މި އުންމަތަށް އަންގަވާ ދެއްވާފަ.
ޖަހާލތު ޕާޓީގެ މީހުންނައް މިހާރު ހަލާލު
ޢިމްރާނު މާރިޔާ ވާހަކަ ދަައް
މާރިޔާ ސަލާމްކުރިތަން އިޔާޒަށް ނުފެނުނީ ލޮލަށްމިރުސް ފެންއެޅިފައި ހުރީތާ؟!
ދެންތިވަރުގެ ހަރާމް ކަމެއް ކުރަނިކޮއް އެކަމުގެ ފޮޓޯ ޖެހުމަކީ ކޮންކަހަލަ ކަމެއްތޯ؟
މީނާ ޙަރާމްކުރާ ކަންކަން ހަޜާމް ނުކުރާ ޢިލްމުވެރިން އެބތިއްބެވިއޭ . މައިތިރިވެގެން އޮވެބަލަ .
މިހާރުމިގައުމުގަތިބީ ލާރިދިނީމަ ވިއްކަސެކުން އެބައިގަނދުއުޅޭނީ ނީލަމުގަ ގޮދުއަގު ދޭފަރާތަކައް ވިކިހުސްވާސޭކުން އެއީއެބުނާ ކިޔަވާގެންތިބޭ ޖާހިލުންނަކީ
މިނިސްޓަރ ކަން ލިބުނީމަ ހުއްދަވީ ކަންނޭގެ!
ޢިބްތިހާލު މެރުމުގެ ތުހުމަތު ކުރެވޭ ތި އަންހެން މީހާ އާއި ކަލެއާ ތިހެން އުޅޭ ބައިގަނޑެއް ލާދީނީ ބައިގަނޑަކާ ގައުމު ހަވާލު ނުކުރެވިގެން ދަން ޖެހުނުއިރު ހުރީ ހަމައިގަތަ؟ އަނގަމަތީ ނުޖަހަނީސް އަނގަ މަޑުން ލައިގެން ހުރޭ ކަލޭ.
އިބްތިހާލް މެރީ ސިދާތާ ތަ ؟ ގައިމުވެސް މިއޮތް ހުރިހާ ދުވަހު އިދިކޮޅު ޕީޕީއެމް އަކުންވެސް ތި ގޮތަކަށް ތި ވާހަކައެއް ނުދައްކާ ... ނުދައްކާ ސަބަބެއް އޮތްނާނެތާ ...
ގައިމު ރައްޔިތުންގެ މަޖިލީހުގައިވެސް މައްސަލަ ބެލި ....
މީ މިނިވަން ޤައުމެއް . ޢިންސާފު ލިބިފަ މި އޮތީ . ނޯޙަރާމް. ދެން ލަލަލާ
ރީދޫ މީހުން ހިތްހަމަނުޖެހޭ ކަހަލަ ވާހަކައެއް ދައްކައިފި ނަމަ އެމީހެއްގެ ބޮލާ ލޮލާ ނޭފަތްވެސް އެގޮވީ ހަމަ ފިސާރި ތެދެއް މަނިކާ އިބޫ ސޯލިހާ ވާވާ ވާވާ
ތި އިޔާޒަކީ ޔޫސުފުގެފާނާ އިމުރާނާ އެއްވަރުކުރި މީހާނު.
ޝޭޚު ކީއްވެގެންތޯ ރާއްޖޭގައި ނަސާރާދީންފަތުރައިގެން މައުމޫން ސަރުކާރުގައި ޑީޕޯޓްކުރި އަދި މިހާރުވެސް އެމަސައްކަތުގައި އުޅެމުންދާ ޑޭވިޑް ހާޑިން ރާއްޖެގެނަެސް މިރަސްމިއްޔާތުގައި ބައިވެރިކުރުވުމާމެދު ދީނީގޮތުން އެއްޗެއްވިދާޅުނުވީ..
އިޔާޒު ވެސް ސަޕޯޓު ކުރީ ހަމަ މިލާދީނީ ބައިގަނޑަށް. އިޔާޒު އަށް ކުރެވުނު އިތުބާރު ގެއްލިއްޖެ. މިހާރު ތީ މަބަލައިގަންނަ ޝޭހެއް ނޫން.
މިނިސްޓަރު ކަން ލިބުނީމަ ވާނުވާ ނޭގުނީ
ހަރާމް ކަމެއްކަމަށް ވިދާޅުވާއިރު، އެކަމުގެ ރިފަރެންސެއް ދިނުމަކީ މީސްތަކުންގެ ހިތްތަކުގައި ޝައްކާއި ވަހުމްތައް ފިލާދާނެކަމަކަށްވާތީ، އެކަން ފާހަގަ ކުރަން.
އިޔާޒް އާ ބެހޭ ކަމެއްވެސް ނޫނޭ މިއީ!!!!!!???????????????????
މިވެނި އެވެނި މީހަކު ކުރިކަމެއް ނޫން މުހިއްމުވާންވީ...މުހިއްމު ވާންވީ އަހަރެމެން އެންމެންވެސް ޝަރީޢަތުގައި އޮތްގޮތަށް ޢަމަލުތައް ބެހެއްޓުން. ﷲގެ ރަސޫލާ އަހަރަމެން އެންމެނަށްވުރެވެސް ހިތްޕުޅު ޞާފު ޠާހިރު...ނަމަވެސް އެޢަމަލުން އެކަލޭގެފާނު ދުރުވެވަޑައިގެންކަން އެއީ އަހަރަމެންނަށް އޮތް ޙުއްޖަތެއް...ޤަބޫލުކުރާ މީހާ ޤަބޫލުކުރަންވީ އިންކާރުކުރާ މީހާ އިންކާރުކުރަންވީ. والله أعلم
ޝިދާތާ ސިޔާސީ ޕްލެޓްފޯމު ތަކަށް އަރާ އިދިކޮޅު މީހުންނާ ދިމާއަށް ފެލިއެރުވި އިރު ހީވީ އެހެންކަމެއް ވެގެން އުޅުނުހެން. ވައްވައް ޖަހައިފައި، މަތިހަށި ނަގައިފައި އުޅުނު އިރު ހީވީ ބަނޑުހައިވެފައި އޮތް ކުއްތާއެއް ޝިކާރައަށް ތައްޔާރުވެ އޮތްހެން. އެކަމަކު މިނިސްޓަރ ކަމުގެ ހުވާކުރަން އައިއިރު އެންމެންނަށް ދައްކަމުން އައީ ވަރަށް އިނޮސެންޓް ބަނިޔާދަން، ޞާލިޙް އެހައި އަބުރުވެރި، އެހައި ޤަދަރުވެރި މީހެއްގެ ތަސްވީރު. މަރްޙޫމް އިބްތިޙާލު (މިހާރުވެސް ލޮލުން ކަރުނަ ހިލޭ) ގެ މައްސަލައިގައި ޖަވާބުދާރީ ވާން ނުކުރެނު ލުއްޗާއެއް. މިފަދަ މީހުން ޖެންޑަރ އަކަށް ނޫން ލާންވީ. ހަަތަރެސްފައި ބަނދެފައި ފެންޑާގައި ބާއްވާންވީ އެންމެންނަށް ފެންނަ ގޮތަށް ހޯއްގޮވާ ރަކިކުރަން. ދެން އިބޫ އާއި ފައިސަލް ކަލެއަށް ވަރަށް ސަލާމް ބުނި.
ހެހެހެހެ، ޅަކުތަރު އިޔާ ތިބޭފުޅުން ދައްކާ ވާހަކަޔާ އަމަލާ ދިމާވޭތޯ މީ އުފެދޭ ސުވާލެއް ، ބައްލަވާ ، ރަސޫލަކަށް ދައުވާކުރި މެނެޒީނޭ މި ރާއްޖެއަށް އާއިރު ކޮންތާކުތޯ ހުންނެވީ އެއްޗެކޭ ބުނުއްވިން ތޯ؟ ބަލަނގަ ސީލާދައްތަ އެކަނިތޯ މ ގައުމުން ފިރިހެނުން ނާއި ސަލާމް ކުރަނީ އަނގަ މަޑުން ލާގެން ހުރޭ ތީ މާ މޮޅުމީހެއް ނޫން ، ހަރާމު ހަލާލު ވަކިކުރަން ނޭނގޭ މީހަކު ނެތް މިގައުމަކު
މިތާގަ ޝިދާތާ އެކަނި ކުއްވެރިކުރާތީ ދެރައީ.. އިބޫ ސޯލިހު އެކުރަނީ ހުއްދަ ކަމެއްތޯ..؟
ޢިމްރާނުގެ ބޯކައިލި ބައިގަޑު. މިހާއަވަހަށް ފެންވަރު ފެންނަނީ. ސިދާދައިތަ ރަގަޅުވާނީ
އަވަހަށް މޑޕ އާ ގުޅުނިއްޔާ.
އިޔާޒު ނުބުނޭދޯ ވަކި މީހެކޭ! ބުނީ ކޮންމެ މީހަކު ކުރިޔަސް ގޯސްކަމެއް ގޯސްވާނެ ވާހަކަ. މިނިސޓަރ ސިދާތާ ކުރެެެެެެއްވީ ގޯސްކަމެއް. ރައީސް ކުރެއްވީ ގޯސްކަމެއް.
މިހާލަތުގައި ނަމޫނާ ތެއްކެވީ އޮނަރަބަލް ގާސިމްގެ އަނބިކަނބަލުން މިނިސްޓަރ ޢައިޝާ! ކުރެއްވި ހިތްވަރަށް ސާބަސް. ﷲ އަށްޓަކައި ކަމެއް ނުކޮށް ދޫކޮށްލިމީހަކަށް އެއަށްވުރެ ހެޔޮކަމެއް ބަދަލުގައި ދެއްވާނެ ކަމަށް ހަދީސްފުޅެއްގަވޭޭ. އެއަކު ޝައްކެތްނެތް.
އޭނަހުރީ މިނިސްޓަރުކަން ލިބުމުން ސަލާމް ކުރަން.ވަރަށް ގިނަ ރަށްތަކަށް ދާންޖެހޭނެ.ސަލާމް ނުކޮށްފިއްޔާ ބުނާނެ ހާދަ ފޮނި މީހެކޭ.އެހެންވެ ސަލާމްކުރަން ފެށީ.
މަތީ މަގާމެއް ލިބުނީމަ މިހާރު އެހުރީ ހެޔޮވެފަ
ހަމައެކަނި ޝިދާތާ އަތާ އަތް ޖޯޑުކޮށްގެން ސަލާމަކުރީމަތަ މައްސަލައަކަށް ވަނީ؟
މިނިސްޓަރުކަން ލިބުނީމަ އުފަލުންގޮސް ދީނުގެ މަތީންވެސް ހަނދާންނެތުނީ ކަންނޭނގެ