ޔޫސުފް އަލައިހިއްސަލާމް ޖަލުން ނިކުމެ ވަޑައިގެން ވަޒީރުކަމާއި ހަވާލުވެ ވަޑައިގެންނެވި ކަމަށާއި މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ވެސް ޖަލުގެ ތޭރިތަކުން މިނިވަންވުމާއި އެކު ވަޒީރުކަމަށް އައްޔަން ކުރެވުނުތަން ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ މިނިސްޓަރ އިމްރާނަށް މަރުޙަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.

އިޔާޒްގެ ޓްވީޓާއި ގުޅިގެން ގިނަ ބަޔަކު ގެންދަނީ އޭނާ އަށް ފާޑުކިޔަމުންނެވެ. އިޔާޒް އާންމު އިންސާނަކާއި ނަބީބޭކަލަކާއި އެއްވަރު ކުރަނީ ކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކަށް އިޔާޒް ވަނީ މިރޭ ރައްދު ދެއްވާފައެވެ.

އިޔާޒް ވިދާޅުވީ ނަބީ ބޭކަލަކަށް ކަންތައް ދިމާވިފަދަ ގޮތަކަށް އާދައިގެ އިންސާނަކަށް ވެސް ކަމެއް ދިމާވުމުން އެކަން ބަޔާން ކުރުމަކީ ފަހަރެއްގައި ވެސް ނަބީ ބޭކަލަކާއި އާދައިގެ އިންސާނެއް އެއްގޮތް ކުރުމެއް ނޫން ކަމަށެވެ. އަދި ނަބީ ބޭކަލެއްގެ ދަރަޖައަށް އެމީހަކު ގެންދިއުމެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އިމްރާންގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ޙުކުމެއް އޮތުމުން އޭނާ އަކީ މިނިސްޓަރު ކަމުގެ ޝަރުތު ހަމަނުވާ ބޭފުޅެއް ކަމަށް ގިނަ ޤާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ. މިނިސްޓަރ އިމްރާނަށް ވަޒީރުކަން ކުރުމުގައި ޤާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށް ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާތީ އެކަމާއި ދެކޮޅަށް މިނިސްޓަރ އިމްރާންގެ ސަޕޯޓަރުން ގެންދަނީ މީސް މީޑިއާގައި އަޑުއުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

89 ކޮމެންޓް

  1. އަނީސް

    ޝޭޙް އަށް ހަމައެނގި ނުލައްވަނީތޯ ޔޫސުފްގެފާނު ޖަލު ގައި ހުންނަވަން ޖެހުނު ގޮތާއި އިމްރާން ޖަލަށް ލެވުނު ގޮތާއި ހުރިތަފާތު؟ ޔޫސުފުގެފާނާއި އިމްރާން އެއްހަމަކުރައްވަނީތޯ؟ ޔޫސުފްގެފާނަކީ ﷲ ފޮނުއްވި ރަސޫލުބޭކަލުންގެ ތެރެއިން ބޭކަލެއް.

    • މޫސަ

      އެތަފާތު އޮޅުން ފިލުވައިދޭން ވަގުރައީސް ކޮމިޝަނެއް އުފައްދަވާނެ...އެކަމާ ހާސްނުވޭ!!

    • ގަމާރު ކަމުން

      ކިޔޭ ނުކިޔޭވެސް ނޭނގޭ ހިސާބަށް ދިޔައީ ދޯ މި އިޔާޟު މިހާރު. އެންމެފަހުން ވެލެޒިނީ ގޮވި ކަހަލަ އެއްޗެހި ނުގޮވައިފިއްޔާ ވަރަށް ރަނގަޅު

  2. ޙުސައިނު

    މިދެކަމަކީ ވެސް ހިނގައިދިޔަ ދެކަންތައް! އެއްކަމަީ ނަބީބޭކަލަކަށް ދިމަަވިކަމެއް. އަނެއްކަމަީ އާދައިގެ އިންސާނަކަށް ދިމާވިކަމެއް!މިހެން މިކަން މެދުވެރިވާން ނިޔާކުރެއްވީ ޚާލިޤުލް ކައުނައިން

    • شيشة

      ޔޫސުފްގެ ފާނުު ކުރެއްވި ކަމަކާ ނުލާ އެކަލޭގެފާނަށް ޖަލަށް ވެދެވަޑައިގަންނަވަން ޖެހިވަޑައިގަތީ އިމްރާން ރައްޔިތުންގެ މެދުގަ ފިތުނަ އުފެއްދުމަށް މަސައްކަތްކުރީ އަދި އިންތިޚާބުން އައްޔަންކޮއްފަ ހުރި ރައީސަކު ދައުރު ހަމަ ނުވަނީސް ރައްޔިތުންގެ މެދުގަ ފިތުނަ އުފެދޭ ފަދަ ވާހަކަ ދައްކައިގެން މަގުމަތީގަ ހަޅޭއްލަވާ ވެރިކަން ވައްޓާލަން މަސައްކަތް ކުރީ ވަރަށް ބޮޑަށް ތަފާތު ދެ މައްސަލައެއް

    • ތޫބެ

      ޔޫސުފުގެ ފާނު ޖަލުގައި ހުންނެވީ، ފިރުއައުނުގެ ވެރިކަމާ ދެކޮޅަށް މަގުތަކަށް މީހުން ނެރެގެނެއްނޫން. އިމްރާން ޖަލަށްލީ، އިސްލާމީ ވެރިކަމަކާ ދެކޮޅަށް ބަޣާވާތް ކުރުމަށް މީހުންނެރި އަނިޔާވެރިވުމުން. މިފަދަ ބަޣާވާތުގެ އަދަބަކީ، މަރާލުން. ހެޔޮވާނެތަ، ޔޫސުފުގެ ފާނާއި، މި އިމްރާނާ އެއްގޮތްކަމަށް ދެއްކުމަށް މަސައްކަތް ކުރުން. މިގައުމުގެ ގިނަ އިލްމުވެރިންނަކީ ނުބައިކަން ބޮޑު ބަޔެއް.

    • ނޫރާ

      ޔޫސުފުގެފާނު ޖަލަށްލީ ޓެރަރިޒަމުގެ ޢަމަލެއް ހިންގައިގެނެއް ނޫން..އަދި އެކަން އެގޮތަށް މެދުވެރިވި ސަބަބު ވަރަށްސާފު..އެހެންވީމާ މި ދެކަންތައް ވަރަށް ތަފާތު

  3. އަބޫއަބްލަޣީ

    މަންޑޭލާވެސް ޖަލުން ނުކުމެ ހަވާލުވީ ވެރިކަމާ. ބަލަސޭކާ! ޖަލުންނުކުމެ ވެރިކަމަކާ ހަވާލުވާމީހަކީ ޔޫސުފްގެ ފާނުކަމަށްދޯ ތިޔަ ވިދާޅުވަނީ.

    • އަމަރު

      ފަހު ޒަމާނަކަށް އައިސް ތަންދޮރު ނުދަންނަ ޖާހިލުން ގިނަވާނެ.. އިޔާޒު އަކީ މޮޅަށް ކިޔަވައިގެން ހުރި ޝޭހެއް.. އޭނައަށް އެނގޭނެ މިބުނެވެނީ ނީކޭ ކަން.. ކަލޭމެންގެ ޖާހިލުކަން ބޮޑުކަމުން އެކަން ނޭނގުނަކަސް..

  4. ބަލަ

    ކާފަރުންނަށްވެސް އެބަހުރި މިހެންދާވެފަ. ދެން ބުނަންވީތަ ޔޫސުފްގެ ފާނު މިހެންނޭވީ. ޑރ ކަން ނަގާފަ އިނަސް އިހުސާސްތަޢް ކޮންޓުރޯލު ނުވެގެން އައިސް ނަބީ ބޭކަލުންނާ ތަންތާތިބި މުޑުދާރު މީހުން އެއްވަރު ނުކުރޭ!

  5. ޤައުމު

    އެމީހުންގެ މީހުނަށް ވެރިކަން ލިބުނީމަ ދެން ނޭންގޭނެ ކިޔޭ ނުކިޔޭ އެއްޗެއް.

  6. ވަހީދު

    ވާދަވެރިކަން ބޮޑުވެގެން ގޮސް ދަންނަ ބޭކަލުން ބުއްދިފިލައިދަނީ. ދުނިޔޭގެ ކަންކަމުގައި މެކިގަތީމަ ދަންނަ ނުދަންނަ އެއްޗެއް ނޯންނާނެ.

  7. ސަހަރޯ

    ގިނަ ވަކީލުންނަކީ ކިހާ ވަކީލުންނެއްތޯ؟

  8. އަބުޅޯ

    ތިޔަ އިޔާޒަކީ މިހާރު މަގުފުރެދުމާދިމާއަށަް ހިނގާ މީހެއް.

  9. ހާމާނު

    ޔޫސުފުގެފާނު ޒަމާނުގަ ވެރިޔަކަށް ހުރީ ކޮން ފިރުއައުނެއްކަން ވެސް އިޔާޒު ބުނެލަދިން ނަމަ ހާދަހާ ރަނގަޅުވީހޭ.

  10. ޅޯޅާ

    ޔޫސުފްގެފާނު ހުރަގެއިން ސަލާމަތްވި އިރު ރަސްގެފާނު ބަދަލެއްނުވޭ

  11. ޝުވައިޚު

    އިޔާޒް ޔޫސުފްގެފާނާއި އިމްރާންއާއި އެއްގޮތް ނުކުރައްވާ.. ހެޔޮނުވާނެ..

  12. ާަަަަަެެެޮޮިުއަފީ

    އިޔާޒުޔޫސުފުގެފާނާ އިމުރާނާއެއްވަރުކުރާއިރުހަމަ

    އިގިނުލައްވާތޯ ޔޫސުފުގެފާނީރަސޫލުބޭކަލެއްކަން

    އެވަރުގެބޭކަލަކާ ބޮނޑުގައިދީއަކާއެއްވަރުކުރަންޖެހޭތޯ؟

    ތހިރީމާބޮނޑައްސޭހުވެފާ މީކޮންކަހަލަކޭކެއް؟

  13. މަސްވެރިޔާ

    ޔޫސުފުގެ ފާނު ޖަލަށްލެވުނީ އެއްވެސް ކުށެއް އޮވެގެން ނޫނެވެ. އިމްރާނަކީ ކުށެއްކޮށްގެން އެކަންސާބިތުވެ އިސްލާމްދީން ޤަބޫލްކުރާ އަދުލުވެރި ފަނިޔާރުންގެ އަދުލުވެރިހުކުމަކުން ޖަލަށް ލެވުނު މީހެކެވެ. އިސްލާމްދީނުގައި ވެރިޔަކާދެކޮޅަށް ނުކުތުމީ ކިހާވަރެއްގެ ކަމެއްކަމާއި މިވައްތަރުގެ ޑިމޮކްރެސީއަކީ މުތުލަގަށް އިސްލާމްދީނާއި ތައާރަޒް އެއްޗެއްކަން އެސޮރަށް ނޭގެނީތޯއެވެ.

  14. ޙަސަން އަޙުމަދު

    ތިވާ شيخ އެއް. يوسف عليه السّلام އާ އެ عمران އާ އެއްހަމަކުރަނީ. سبحان اللّٰه.

  15. ީއިބުރާހިމް ދީދި

    ޢިލްމްވެރިންނޭ ކިޔައިގެން އުޅޭމީހުންގެ ހުރި ޙާލަކީ މިހިރީއެވެ. ޔޫސުފްއަލއިހިއްސަލާމް ޖަލަށް ލެވުނުގޮތާއި ތިޔަ އިމްރާން ޖަލަށް ލެވުނުގޮތް ވަރަށް ތފާތެވެ. ދެން ޔޫސުފްއަލައިހިއްސަލާމް ޖަލުން މިނިވަން ކުރެވުނީކީ ބަޔަކަށް ރިޝްވަތު ދީގެނެއްނޫނެވެ.

  16. މުޙައްމަދު ފިކުރީ

    ނަބީ ބޭކަލަކަށް ކަންތައް ދިމާވިފަދަ ގޮތަކަށް އާދައިގެ އިންސާނަކަށް ވެސް ކަމެއް ދިމާވުމުން އެކަން ބަޔާން ކުރުމަކީ ފަހަރެއްގައި ވެސް ނަބީ ބޭކަލަކާއި އާދައިގެ އިންސާނެއް އެއްގޮތް ކުރުމެއް ނޫން. ނަބީ ބޭކަލެއްގެ ދަރަޖައަށް އެމީހަކު ގެންދިއުމެއް ވެސް ނޫން ކަމަށްވާނަމަ ތިޔަ ޕޮއިންޓު ތިބޭޅާ ގެނެސްގެންނުވާނެ. ދުލާއި ގަލަމުން އެއްޗެއް ބަޔާންކުރަންވާނީ ނިކަން ރަނގަޅަށް ވިސްނަވާފަ. ތިޔަ ޢިލްމުވެރިންގެ އެއްވސް އަގެއް މިމުޖުތަމަޢުގައި މިހާރު ނެތޭ ދެންނެވޭނީ. އަންނި ރާއްޖެއައީވެސް ﷲގެ އަމުރުފުޅާ އެއްގޮތަށޭ އޭނަ ވިދާޅުވި.

  17. عبدالله

    ޝޭޚް އިމްރާނުގެ މައްސަލާގަޔާއި، ރައީސް ނަޝީދުގެ މައްސަލާގަޔާއި، ރައީސް މައުމޫނުގެ މައްސަލާގަޔާއި، ކާނަލް ނާޒިމުގެ މައްސަލާގައި، ތިޔަބޭފުޅުން ތިޔަބުނަނީ، އާސަރުކާރަށް އޮޅުމަކުން އެއްވެސް ކަމެއް ކުރެވިފައި ވާކަމަށްތޯއެވެ. އެހެނީ، މިބޭފުޅުންގެ މައްޗަށް ކޮށްފައިވާ ޙުކުމަކީ، ރަނގަޅު ޙުކުމެއް ނޫންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތީން ދަލީލު ދައްކަމުން ޙުއްޖަތު ޤާއިމުކުރަމުން ގެންދިޔައިރު، ޝޭޚް ޢިމްރާނު ހުންނެވީ ޖަލުގެ ތޭރިތަކުގެ ތެރޭގައެވެ. ގޮޅީގައެވެ. އޭރު ލޯޔަރުންނާއި ވަކީލުންނާއި ރައްޔިތުން ނުކުމެ ބުނަމުން ގެންދިޔައީ ޝޭޚް ޢިމްރާނުގެ މައްޗަށްވެސް ޙުކުމުކޮށްފައިވަނީ، ބޭއިންޞާފުން ކަމުގައެވެ. އެހެންނަމަވެސް، ޝޭޚް ޢިމްރާނަށް ވަޒީރުކަން ދެއްވުމުގެ މަރްޙަލާގައި މިހާރު މިދެކެވޭ ބައެއް ވާހަކަތައް މީގެކުރިން ދެކެވުނު މިވާހަކަތަކާއި ތަފާތެވެ. އެހެންކަމަށްވާނަމަ، ތިޔަބޭފުޅުން އުންމީދު ކުރަނީ، ކޮށްފައިވާ ޙުކުމް ބާޠިލުކުރުމުގެ މައްސަލަ ހިނގަން ފަށާފައިވާއިރު، އަދި އެޙުކުމުގައި ބައިވެރިވާ މަތީބަހާއެއް ފުރިހަމަވެ، ނިމިފައިވާއިރު، އެޙުކުމަށް ނަޝީދުއާއި ޢިމްރާނުއާއި މިދެބޭފުޅުން ޢަމަލުކުރަން ޖެހޭނެކަމަށްތޯއެވެ.

  18. ައަހުމަދު

    ކަލޯ ދީނީ ޢިލްމު ކޮންތާކުންތޯ އުގެނިވަޑައިގަތީ. ކިޔެވި ތަނެއްގައި ތިބި ލެކްޗަރާއިންގެ އަގުވައްޓާލަނީތޯ. އާނ އެހެންނާ އާދައިގެ އިންސާނަކާ މާތްﷲ މާތްކުރެއްވި ރަސޫލަކާ އެއްވރު ކުރިއިރު ޖަޒީރާ ރާއްޖެއަށް ގޮސް ހަމަ ހޭގަތޯ. މިހެންވެ މިގައުމުގައި މިކަހަލަ ފިތުނައިގެ ޢިލްމުވެރިން ގިނަވުމުން އެހެން ރަނގަޅު ޢިލްމުވެރިންނަށްވެސް މީހުންގެ ނުރުހުން އަމާޒުވަމުން މިދަނީ. ވަރަށް އިޙްތިރާމާއެކު މިދަންނަވަނީ ޢިލްމުވެރިން މިކަން މީ ކިހާވރެއްގެ ބަހެއްކަން ރައްޔިތުންނަށް އޮޅުންފިލުވާ ދެްްވާ.

  19. އިޔާޒޫ

    ކެކެކެކެ ކެކެކެކެ

  20. ސޯދިގު

    ކަލޭ ތީ ކާކު އަގަ×އަރުވަން؟ ކަލޭ ދައްކާ ވާހަކަ ގަބޫލުކުރާނީ ކަލޭ ކަހަލަ އަނެއް ޖާހިލު

  21. hajja

    ސުބުޙާނަﷲ މިމީހުން މި ކިޔަނީ ކީކޭތަ ޢާންމު އިނަސާނަކާ ނަބީބޭކަލުން ހަމަހަމަ ކުރަން ހެޔޮވާނެތަ؟މިހިރީ މިޝެއިޚުންގެ ޙާލަކީ މާދަމާ މީނަ ބުނާނީ ކޮންފަދަ އެއްޗެކޭ ކަމެއް ވެސް ނޭގޭ والله اعلم

  22. ައަންހެންމަންޖެ

    ހިޔޮވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވަންވައުދުވެ ވެރިކަމަށް އަރުއްވާފައި ވެރިކަމުގެ ފުރަތަމަދުވަހުވެސް ގާނޫނާ ޚިލާފުވެއްޖެ
    1 އަދަދު

  23. ގޯސް

    ވައި އަޅުވަން ވެއްޖެއްޔާ ކޮށްމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ.
    މިއީ އެހެންބަޔަކު ދެއްކު ވާހަކައެއްނަމަ އިޔާޒު އެތައް 100 ހަދީސުން މިއީ ގޯސްކަމެއްކަން ބަޔާން ކުރާނެ.

  24. ފިރިހެންސޮރު

    ތިސޭކުން ތީހައްތާވެސް މުނާފިގުން

  25. ާމަންޖެ

    ފަހުޒަމާނުގެ ޝޭޙް ހަކީ ގޮޑުން ފުޅަ ކާގެންނުކުންނަ ޝޭޙްހުން އަދި އޭގެތެރެއިން މީހެއް އިޔާޒަކީ!!!!!

  26. ޙަމީދު ދ

    އިޔާޒު ވިދާޅުވީ ތެދުފުޅެއް. ޢެކަމަކު މިފަދަ ހަމަހަަކުރުމެއް އިމްރާނާ ޔޫސުފްގެފާނާ ވާކަމަށް އިޔާޒު ހިތްޕުޅުގައިވާނަމަ އެއީ ޖާހިލުކަމުގެ ސިފައެއް. ޔޫސުފުގެފާނު ޕާޓީއެއް ނުހިންގަވާ. އަދި ގާސިމްއަތްޕުޅުން ފައިސާ ނަންގަވައިގެން ގަލްފުކުރާފްޓެއް ނުހައްދާވާ. ދުލަށް އައިހާއެއްޗެއް ނުގޮވާ.

  27. އަލީ

    ޔޫސުފްގެފާނު ފަދަ ސޯލިހް ރަސޫލްކާ މި އިމްރާން ޖާހިލާ އަޅާ ނުކިޔުއްވާ.

  28. ޢަލީި އަލި

    މައުމޫުނު ވެސް ޖަލުން އައީ މިނިސްޓަރު ކަމަށް... އޭގެފަހުން ރައީސް ކަމަށް.

  29. ޢަލީ ފިކުރީ އަލި

    ބޮޑެތި ކާފަރުންވެސް ޖަލުން ވެރިކަމަށް އައިސްފަ އެބަހުރި..

  30. ޖޮއްބެ

    ތަންތާ ތިބޭ ކޮރަޕްޓް މީހުންނާ، މާތްﷲ މަޢުޞޫމް ކުރައްވާފަ ތިއްބެވި ނަބީ ބޭބޭކަލުންނާ ހަމަ ނުކުރުމަށް ޢިޔާޒު އިބުނު ކަޅުބެ ޢަބްދުއްލަތީފަށް ދަންނަވަން.

  31. ހަސަދު

    މިއީ ދީނީ އިލްމު ވެރިން ނަންގަވާ ކަހަލަ މިސާލެއްނޫން

  32. ކައްދާދި

    ކުށެއް ނެތި ޖަލަށް ލެވުނު ނަބީބޭކަލަކާ، ކުށެއް ކުރެވި އެކަންސާބިތުވެ ޖަލަށްލެވިފައިވާ އާދައިގެ މީހަކާ ތަފާތު ދޯ.

  33. މުހައްމަދު

    ޢިމްރާނަކީ ބޮޑުކުއްވެރިޔެއް! ގައުމު ފަސާދަކުރަމުން ދިޔަ ފަސާދަވެރިޔެއް. ބޮޑު ފިތުނަވެރިޔެއް. މިބުރާންތިޔަށް އެވަރުވެސްނޭގުނު.
    މީކޮންކަހަލަ ސޭކެއްތަ؟

  34. Anonymous

    ރަސޫލުންނާއި ނަބީންނާއި، މިގައުމުގެ ހާއިނުންނާއި އެއްވަރު ކުރަމުންދާ މަންޒަރު މިފެންނަނީ. މިހެން މަތިކުރަމުން ކުރަމުން ގޮސް، އީސާ އަލައިހިސަލާމްއަކީ، ބަޔަކު ކަލަކަށްވެސް ހެދީވެސް.

  35. ަސދސަ

    ވަރަށް އަވަހަށް އަހަރުމެންވެސް ސޯޝަލް މީޑޔާގައި ތިކަހަލަ އެއްޗެއް ކިޔާލާނަން. ޝޭޚްގެ ޓްވިޓަރ ނުހުޅުވާތި.

  36. Anonymous

    ރައީސް އިބްރާހީމް މުޙައްމަދުއަކީ، ރަސޫލާ ދުވާދެއްވިފަދަ މީހެއްކަމަށް އިލްޔާސް ބުނެފި. ބަހަށްބަލާއިަރު، ޔޫސުފް ޢަލައިހި ސަލާމްއާއި، އިމްރާން އެއްވަރު ކޮށްފި. މިހެންގޮސް މިއަންނަނީ، ފިރުއައުނުގެ ޒަމާންތަ. ފިރުއައުނު ކަލަކަށް ދައުވާކުރި ގޮތަށް މިގައުމުގެ މަތިފަޑީގަތިބި މީހުންވެގެން އޭގެތެރެއިން މީހަކު ނުހަދާނެއެކޭ ނުބުނެވޭނެ. ރޓީވީންވެސް މިހާރު ކުރާ މަސައްކަތަކީ އެއީ.

  37. ބޮލި މުލައް

    ތި އިޔާޒަކީ ދީނީ ގޮތުން އެއްވެސް ބުރަދަނެއްހުރި މީހެއް ނޫންކަން މިހާރު އެނގިއްޖެ.
    އިޔާޒު ތިޔަ އެއްވަރުކުރީ ޔޫސުފު އސ. އާ އިމުރާނާ އެއްވަރު.
    އިމުރާނުބުނީ މާތްވެގެންވާ މައްކާއަށްވުރެ ރާއްޖޭގެ ޖަލު މާ ރަނގަޅޭ.
    ހޯމް މިނިސްޓަރކަމަށް އެދިޔާ ދިވެހި ފުލުހުން މަގުމަތީ ހަވަރަށް ދިނުމަށް ފަހު ކޮބާ ލަދު.

  38. މިސްރުގެ ޢަޒީޒް

    ޔޫޞުފުގެފާނު ހުންނެވީ ހުރަގޭގަ (ޖަލުގަ) އިމްރާން ހުންނެވީ އޭސީ ކޮޓަރީގަ (ޖަލުގަ) .

    ޔޫޞްފުގެ ފާނުހުންވީ މުޅިން އެކަހެރިކޮށް އެއްވެސް ބޭފުޅަކަށް ކޮންޓެކްޓެއް ނެތި..
    ޢިމްރާނު ހުންނެވީ އަބަދު ފޭސްބްކުގަ ... އެކުވެރިން އިރު އިރު ކޮޅާ ވަޑައިގން ބައްދަލު ކުރައްވާ ....

    މިދެބޭފުޅުން ގެ ހުރަގޭގެ ތަފާތު އިހްސާސް ކުރެވިއްޖެތޯ އިޔާޒޫ،...... ދެއްކެނީ ކޮންކަހަލަ ވާހަކައެއްކަން ދެނެގަނެން ބަސްފުޅު ވީދާޅުވާން ޕްރެކްޓިސް ކުރެއްވުމަށް ،، އިޔާޒުއަށް ދަންނަވަން..،

  39. ތާރީޚު ދިވެހި ރާއްޖެ.

    ޔޫސުފް ގެފާނު ޖަލުން ނިކުމެވަދައިގަތހުމުގެ އަމުރު އައަުމުންވެސް އެކަލޭގެފާނު ޖަލުން ނިކުމެވަޑައިނުގެން ޖަލުގައި އިންނަވާ ވިދާޅުވީ، ތިމަން ކަލޭގެފާނު ޖަލަށް ލެވިފައިވާ ސަބަބު ބައްލަވައި ތިމަން ކަލޭގެފާނުގެ ކުށެއް ނެތްކަން ރަސްގެފާނު ސާބިތު ކޮށްދެއްވުމުން ނޫނީ ޖަލުން ނިކިުމެ ވަޑައި ނުގަންނަވާނެ ކަމަށް. މިކަމުންވެސް ޔޫސުފުގެފާނާއި އިމްރާނުގެ ތަފާތު ފެނިގެން ހިނގައއްޖެ.
    ޔޫސުފްގެ ފާނަކީﷲ ގެ ރަސޫލެއް. އިމްރާނާ ޔޫސޔފުގެ ފާނަކާ އެއްފަދަ ނުކުރެވޭނެ. އެކން ޝައިޚުން ދަންނަން ޖެހޭނެ.

  40. ސަލީމް

    ޔޫސުފްގެފާނު ޖަލުން މިނިވަންވެ ވަޑައިގަތް ވާހަކަ ތި ކިޔަނީ އެކަލޭގެފާނު ޖަލަށް ލެވުނީ ކޮންކަކަމަކާތޯ؟ އިމްރާންޖަލަސްލީ ބަޔަކަށް އަނިޔާވެރިވެގެން. އެދުވަހު އަނިޔާވި މީހުންނަށް އަނިޔާވީ އިމްރާންގެ ސަބަބުން. އަނެއް ކަމަކީ އިމްރާން އަދިވެސް މިނިވަނެއްނޫން. އޭނާ އެހެރީ ޙުކުމް ތަންފީޒުކުރުން މިވަގުތަށް މަޑުޖައްސާލާފަ. ޔޫސުފްގެފާނު އެގޮތަކަށް ނޫން މިނިވަންވެ ވަޑައިގަތީ. އެހެންވީމާ އިޔާޒަކަސް ތިގޮތަށް ވިދާޅުވުމަކީ ރަގަޅުކަމެއް ނޫން. ޔޫސުފްގެފާނަކީ ފިރިހެނެއް އިމްރާނަކީ ވެސް ފިރިހެނެއް އެހެންވިމާ އެ އެއްގޮތް ވުން އެއްގޮތް. ދެން މާދަމާ ކީރިތި ރަސޫލާ ގެ އަމާނާތްތެރިކަމަށްޓަކައި އެކަލޭގެ ފާނަށް ޤުރައިޝުންގެ ހުރިހާ އެނެމެންގެ ލޯބިލިބިވަޑައިގަތޭ އަންނިދެކެ ވެސް މީހން ވަރަށް ލޯބިވެއޭ އެހެންވީމާ އެވެސް އެއްވަރުކަމެކޭ ވިދާޅުވުމަކީ ދުރުކަމެއް ނޫން.

  41. ނިޔާމަ

    މިސްރުގެ ފިރުއައުނާއި ،، އިބޫސޯލިހު ވެސް އެއްގޮތް ވާނެ،,، އަބޫޖަހުލާ . އިބޫޖަހުލާ ވެސް އެއްގޮތްވާނެ ... މަޢުމޫނާ އަންނިއާ ވެސްއެއް ގޮތް......

  42. ހިޔަނި

    ޚަރަދު ކުޑަ ހެޔޮ ވެރިކަމުގެ ހުވާކުރުމާއި އުފާ ފާޅުކުރުމަށްވެސް 25 ބުރީގެ ޓަވަރުގެ އަގު، ޝުކުރިއްޔާ ޤާނޫނާ ޚިލާފު 1

  43. މައުސް

    މިއީ އެކިޔާ ޤުރުވާން ފައިދަށުލާ ސޭކުންނަކީ މާތް ވެގެންވާ ނަބީބޭކަލަކާ އާދައިގެ ނިކަމެތި އިންސާނަކާ އެއްވަރު އެކުރީ ކޮންޑަކުތަރެއް ކިޔަންވީ ދަފްތަރު ތީ

  44. Miadhu

    ޔޫސުފުގެ ފާނުގެ ޒަމާނާއި މިޒަމާން އެއްހަމަ ކުރެއްވީ ދެއްތޯ ޔޫސުފުގެފާނު ވަޒީރުކަމުގައި ކޮށްދެއްވީ އިސްލާމީ ވެރިކަމެއް އިމްރާނުގެ ވަޒީރުކަމުގައި ވައްކަންކުރާމީހުންގެ އަތްކެޑުމާއި މީހުން މަރައިގެން ޝަރީޢަތުން މަރަން ހުކުމް ކޮށްފައި ތިބޭ މީހުން މަރާތަން ބަލަން އިންޝާﷲ މަމެން ތިބޭނަން

  45. ހިޔަނި

    ޢިމްރާން ތަޢުބީރު ކުރި ހުވަފެނުގައި ރައީސް އިބޫ އަށް ފެނުނީ ހިކި ކިތައް ކުރާގަނޑުތޯ އަދި ރޯ ކިތައް ކުރާގަނދުތޯ،

  46. ބަމަރސް

    އަދީބު ޖަލުން ނިކުތީމަ ވާނީ މަހާތުމާގާންދީއަށް. އޭނާ އެހާވެސް ހިކިއްޖެ!!!!

  47. ޢާޒަރް

    ދެން ކަލޭ ތިބުނަނީ އެއީ ރަސޫލެކޭތަ؟ މިބާއިމީހުން ހާދަ ރަސޫލުންނަށް ވާހިތްވޭދޯ!! ކޮތަރުތަކަށް ކާންދީ. ފަހެ އިމަރާނުގެފާނާއި އިޔާޒުގެފާނާ ދެބެއިކަލުން މުޝްރިކުންގެ އަތްދަށުން ސަލާމަތްވިއެވެ.

  48. އައްޑޫ މީހާ

    ޢިޔާޒު ޑރ ކަމުގެ ސެޓިފިކެޓް ނަގައިގެން ހުރީ ކޮންތާކުން ދީން ކިޔަވައިގެންތޯ ސުވާލުކޮށްލަން ޖެހޭ ސަބަބކީ ޔޫސުފްގެ ފާނަށް ދިމާވިކަންތަށްތަށް ދިމާވީ މަގުމަތީ ފިތްނަ ހަދައި ގައުމުގެ ފުލުހުންނާއި ސިފައިންގެ ގަޔަށްބޮލަށް އަރައި މިސްރާބު އޮޅިގެން އިމްރާން ތެޅިބޭލިގޮތަށް ތެޅިބާލަނިކޮށެއް ނޫން ވީމާ ޔޫސުފްގެ ފާނާއި އިމްރާނާއި އެއްހަމަ ކުރައްވަން ނޫޅުއްވާ ތިޔައީ ދީނީ އިލްމުވެރިން ކަމަކަށް އަހަރުމެން ގަބޫލެއް ނުކުރަން ކެނެރީގެ ނަޝީދު ގިޮތަށް އިޔާޒްވެސް ދީނަށް ފުރައްސާރަކުރަން އުޅޭކަން ފާހަގަ ކުރެވޭ އެހެންވީމަ އަވަހައް ތައުބާވާން އުޅޭ މާތް ﷲ އިންސާނުންގެ މައްޗަށް ވެރިކުރައްވާފައި ފޮނުއްވެވި ރަސޫލުންނާއި ނަބިއްޔުން އާދައިގެ މިސާލަކަށް މޑޕ މިހުންގެ ބަހުރުވައިން ނަމަ ކައިވެނި ހުއްދަ ނޫން މީހުންނާއި ގުޅުން ބާއްވާ މީހުން އެއްވަރެއް ނުކުރެވޭނެ އިޔާޒު އަދި މިކަހަލަ ކިތަންމެ ގޮތަކަށް މުރުތައްދު ވާނެ

  49. ލިޑް

    ޔޫސުފް އަލައިހްސަލާމާ ޖަލަށް ލެވުނީ ގައުމުގަވި ވެރިމީހާއާއި ދެކޮޅުވެރިވެގެނެއް ނޫނެނެވެ. އެކަމް އިމްރާން ޖަލަށް ލެވުނީ އެވގުތު ގައުމުގައިވި ވެރިމީހާ އާ ދެކޮޅުވެރިވެގެންނެވެ. ވީމާ މިދެހާދިސާ އެއްވެސް ގުޅުމެއް ނެތވެ. ދރ.އިޔާޒް ކަންކން އޮޅޭފަދައިން ދީނާގުޅުވައިގެން ބަސްނުބުނުއްވާ..

  50. ޒާ

    ބުނާތީ އިވޭ ސޭކް އިލްޔާސް ބުންޏޯ އިބޫއަކީ ރަސޫލާ ދުއާ ބާއްވާލެއްވި މީހުންގެ ތެރެއިން ބޭފުޅެކޭ. އެހެންވީމާ ޔޫސުފްގެ ފާނާއި އިމްރާން އެއްގޮތްވިޔަސް އޯކޭތާ ސޭކުންނަށް.

  51. މާރިޔާ ޑފމ

    އިމްރާން އަދި ޖަލު ހުކުމުން ބަރިޔަވެގެން ނުވޭ މިތަން ބަލަން ނުކުޅެދޭ ކޯޓް ތަކުން ބިރުގަނެފައި އެތިބީ.. ހުސް އެކަނި ސިޔާސީ މީހުންގެ އެކަންޔެއްނޫ އަދަބު ނުދީ ބަހައްޓަން ޖެހޭނީ ނޫނީ އެންމެން ނަށް ހަމަހަމަ އުސޫލުން އަދަބުދީ ފައިސާގެ ގޮތުން ޖީބު ތަނަވަސް މީހުންނަށް ކޯޓް ތަކުން ބުނަނީ ނެތޭ އަދަބު ދެވޭކަށް އެއްދުވަހު ހުކުން ކުރާނެ އަނެއްދުވަހު ހުކުން ބާތިލް ކުރާނޭ މީ ކުޅޭ ކުޅޭ ކޯޓް ތަކެއް ތަ.. ގައުމު ހިންގަން ޓެރެރިސްޓުން ނަށް ދިނީމާ ކިހިނެއްތޯ ވާނީ... އަތަށް ގޮވާކަށް ނެތް މާގިނަ ދުވަހެއް

  52. ބަރުގޮނު

    ޝޭޚްން ސޭކްވީމާ ކަމަކުނުދާނެ. ޢިމްރާނު ޖަލަށްލެވުނީވެސް ޝޭޚަކަށް ހުންނަވާގެން ސޭކަކަށް ވެލެއްވުމުގެ ނަތީޖާއެއް ގެ ގޮތުން.

    • އައިޝާ

      ޢިމްރާނަށް މިނިސްޓަރުކަން ދިނަސް އެއީ ހަމަ ކުއްވެރިޔެއް

  53. ހުސޭނުބޭ

    މި އިޔާޒެއްގެ ވާހަކަ އިވުމުން ހަދާންވަނީ މުޙައްމަދުއް ރަސޫލަﷲ ގައި އުޅޭ ހާމާނު މަތިން! އެއީ ވަހީގެ ކަލާނގެޔޯ!

  54. އަނަސް

    ތިޔަކަލޭގެ އަވަސްގޮތަކުން މިގައުމުން ބޭރަށް ކާފަރުންގެ ތެރެއަށް ފޮނުވާލާ. ކިޔަވައިގެންނޭކިޔައިގެން އަބޫޖާހިލު ހެދިގެން. ޝޭހް އިޔާޒުއަށް ދެދުނިޔޭގެ ހަލާކު މިންވަރުކުރައްވާށި އާމީން.

  55. ޙަފީޒާ

    ޔޫސުފުގެފާނު ޖަލަށް ލެވުނީ ކުށެއް ހުތުރު އަދި ނުބައި ޢަމަލަކާ ގުޅިގެނެއް ނޫން

  56. އާދަނު

    ޔޫސުފް ޢަލައިހިއްސަލާމާ އިމްރާނާ އެއްފަދަ ކުރީތަ. ލަދުޙަޔާތް ކޮބާ. މިހާރު އެނގިއްޖެ. ތިޔައީ ހުއްސެއްކަން.

  57. ބުނެލިިިީީ

    މިހާާރު ތިޔަ ސެއިހުން މިރާާއްޖެ ހަލާަކު ކޮއްފި.(ބައެއް ސެއިހުން)

  58. ށސސ

    ދެން ޔޫސު އިމްރާން ވެރިކަމާ ހަވާލުވާނީ. ބުނި ހަނދާންވޭ ތިމަންނަ މިއުޅެނީ މަގާމެއް ބޭނުންވެގެނެއް ނޫނޭ. ޢިސްލާހްކުޜާށޭ. ޙޮކުނެއްނުން

  59. ތެދުމަގު

    ހަމައެކަނި ޖަލަށްވަދެފަ ޖަލުންނުކުމެ، ވަޒީރުކަމާ ޙަވާލުވުމަކީ ޔޫސުފްގެފާނާ އެއްގޮތްކުރުމަށްވާ ކަމެއްކަމަށް ހުއްޖަތްދެއްކިދާނެ ކަމެއްނޫން. އިސްލާމްދީނާއި، ޤުރްއާނުގެ، އަދިނަބިއްޔުންނާއި، އަދިމިނޫންވެސް ޝަރުޢި މަފްހޫމްތަކާ އަދި މުރާދުތަކާމެދުގައި މީސްތަކުންނަށް އޮޅޮންއަރާ ފިކުރުތަކާއި ވާހަކަތައް ޢިލްމުވެރިންގެ ގޮތުގައި ތިބިފަރާތްތައް ޢާންމުންނަށް ފޯރުކޮށްދިނުމުގައި ޒިންމާދާރުވާންޖެހޭ!! ތިޔަދައްކާފައިވާ ވާހަކައިން ރުޖޫޢަވުމަށް އިޔާޒުއަށް ގޮވާލަން.

  60. ސަލޫޒް

    ބުއްދި ރަނގަޅުނޫން ބަޔެއް މީހުން ފަހަރެއްގައި ދެކެފާނެ ސިޔާސީ މައްސަލައެއްގައި ޖަލައްލެވި މިނިވަް ވެއްޖެއިޔާމުން އެމީހަކައް ދައުލަތުގެ މުއައްސަސާއެއް ނުވަތަ މުހިންމު ވުޒާރާއެއް ހިންގުމުގެ ހުނަރާއި ގާބިލިއްޔަތުކަމާއި އިލްމު އަދި ތަޖުރިބާ އޮޓަމެޓިކުން ލިބިފައި ހުންނާނެ ކަމައް. އަދި އެމީހަކީ ހަމަ އެންމެ އެކަށީގެންވާ މީހާކަމައް. މި ގޮތައް ދެކެފި ބަޔަކުހެ ބުއްދި ސަލާމަތުން ހުރިކަމާއިމެދު ބޮޑުނަޒަރަކުން ޝައްކު އުފެދޭކަން ޔަގީން.

  61. ޙަޖަމް

    ފިތުނަފަސާދައުފެއްދިޔަސް ތީ ބޮޑުވަރު.ކޮމެންޓް ކޮއްލަ ކޮއްލަ ތިބެނޖެހޭނީ

  62. މަންޑޭލާ

    ޝޭހެެެއް ނޫނޭ ޝޭކެެއް..

  63. މަރީ

    އިޔާޒް ދި އެޓެންޝަން ސީކަރ.

  64. މުހުންމަދު

    ޔޫސުފުގެފާނު ޖަލުންނުކުންނަން އެންގެވުން ވިދާޅުވީ ތިމެންކަލޭގެ ފާނުންގެ ކުށެއްނެއްކަމައް ސާބިތުކޮށް ދެއްވާށޭ އޭރުންނޭ ޖަލުން ނިކުމެވަޑައި ގަންނަވާނީ އެގޮތައްތޯ އިމްރާނު ޖަލުން ނިކުތީ

  65. ދޮގެއް؟

    ފަހަރި ޝޭޚު ކުރި ނުބައި ނުލަފާ ކަންތައްފަދަ ކަންތައް ޔޫސުފަ އަލައިހިއްސަލާމްގެ މައްޗަށް ކަލޭ ތުހުމަތު ކުރަނީތަ ދެފައި މިލަ ޝޭޚުގަނޑު. އެކަލޭގެފާނު އެއްވެސް ކަމެއް ނުކުރައްވާ ކަމާއި ވަޒީރުކަން ދިނީ އެކަލޭގެފާނުގެ އަމާނާތްތެރިކަމުގެ ސަބަބުން ކަނެމްވެސް ތަފަކީރަށް ނޭނގޭތަ؟ މީ މަ ކީ އެއްޗިއްސެއް ނޫން މިލަ ޝޭޚު މަ ލަލައްވާ ކިއުއްވި އެއްޗިހި

  66. އެލެކްސް

    ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 6 ގަޑިއިރުތެރޭ ޤާނޫނުއަސާސީ އާއި ޚިލާފަށް އިމްރާނު ވަޒީރުކަމުގެ ހުވާ ކުރީ. ކައްޗަށް ފެށިބިންގަލެއް ތެދެއްނުވާނެ ޤާނޫނުއަސާސީ ދިފާއުކުރާނެކަމަށް ބުނިތާ ހިނދުކޮޅެއްތެރޭގައި ޤާނޫނު އަސާސީ މުގުރާލި ޝަރަފު ރައީސް ސޯލިހަށް ލިބިއްޖެ

  67. ހެޔޮނުވާނެ

    މީނައަށް ތައުބާވާން ގޮވާލެވޭވަރު މީހަކު ހުރިއްޔާ އެކަންކޮށްދީބަލަ

  68. Anonymous

    ކިޔޭނުކިޔޭވެސް ނޭނގޭ ހިސާބަށް މި އިޔާޟް ދިޔައީ ދޯ މިހާރު. ޥެލެޒިނީ ކީ ކަހަލަ އެއްޗެއް ނުކިޔައިފިއްޔާ ވެދާނެ އެންމެފަހުން

  69. ނައިންޓީ

    ޔޫސުފްއަލައިހިއްސަލާމް ޖަލަށް ވަޑައިތީ ހިނގާދިޔަ ހާދިސާއަކަށް ފަހު އެކަލޭގެފާނުގެ އަމިއްލައަށް އެގޮތް ހެޔޮކަން ބޮޑުކަމަށް ދެކެވަޑައިގެން. ނަމަވެސް ޢިމްރާން ޖަލަށްލީ ވެރިކަމަކާ ދެކޮޅަށް އިދިކޮޅު ފަރާތްތަކާއެކު ވަރުގަދަ މުޒާހަރާއެއްގައި ބައިވެރިވެގެން ބާޣީއެއްގެ ލަގަބާއެކު.
    ޔޫސުފްއަލައިހިއްސަލާމް ޖަލުން ނިކުތުމާއެކު ވަޒީރުކަން ލިބުނީ އެކަލޭގެފާނަކީ އެކަމުގެ ޢިލްމާއި ތަޖުރިބާ ހުރި ކަމަށް ވަރަށް ގާބިލް ފަރާތެއްކަމަށް ވެރިމީހާއަށް އެނގި އެކަމަށް ވަރަށް ރަނގަޅު މުޢާމަލާތްކުރެވިގެން ވަރަށް ހެޔޮ ނިޔަތުގައިކަން އެނގެން އޮތްއިރު، އިމްރާނަށް ހޯމް މިނިސްޓަރ ކަން ދިނީ އެކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް މީހެއްގެ ގޮތުވައި ވީއިރުވެސް ސިޔާސީ ވިސްނުމެއްގެ ތެރެއިން.
    އިޔާޒު ސިޔާސީ ވިސްނުން ގެންގުޅޭތީ މިހާރު ޝަހީމްދައްކަ ކަހަލަ ވާހަކަ ދެއްކެނީދޯ.

  70. ޢަފިރެން

    ކޮންމެދުވަހަކުވެސް އާދައިގެ މީހުންނަށް ނަބީންނާއި ރަސޫލުންނަށް މެދުވެރި ކުރެއްވި ގޮތަށް ކަންކަން މެދުވެރި ކުރަށްވާ. ވީމާ ބެލެވެނީ ޢިޔާޒް ގެ އަޑު މީސްތަކުންނަށް އިއްވުމަށް ކުރާ މަސައްކަތެއް ކަމަށް. ޢިޔާޒު ދަސްވެނިވެފަ ތިހުރީ ވަކިކަހަލަ ބައެއްގެ ފަރާތުންތާ. ޢެމީހުންގެ ގޮތަކީ މިސްކިތަކަށް އެރިޔަސް އޭނާ އައިކަން އެހެންމީހުންނަށް އަންގާލުން. ޢެ ވަރިހަމަވާނެ ބާރައް ކެއްސާލައިގެން ވިއަސް، ބާރަށް ގޮޑިބަހަށްޓައިގެން ވިއަސް،، ބާރަށް މީހަކާ ސަލާމް ކޮށްގެން ވިއަސް.

  71. ސޯޅަ ގެވަޅު

    ނަބީ ބޭކަލުންގެ ސުލޫކުތަކާއި އުޅުއްވިގޮތާއި އުފުއްލެވި ބުރަ ތަކަކީ އެހެން އިންސާނުންނާ އަޅާކިއުން ހެޔޮވާވަރު ވާހަކަތަކެއްނޫން .

  72. ކަލޯ

    ކީކޭ ކިޔަންވެގެން މި މުރުތައްދު ކަލޭގެ މި އުޅެނީ..ކުފުރު ޑިމޮކްރަސީގެ އަހުލުވެރިންނަަށް ހާލާކު ހުރި

  73. Anonymous

    އިޔާޒަކީ ދީނަށް ހުތުރު އަރުވަން އުޅުއްވާ ބޭފުޅެއް

  74. Anonymous

    އިމްރާން މައްޗަށް ޓެރަރިޒަމްގެ ޢަމަލެއްކުރަން އުޅުމާއި ބައިވެރިވުމުގެ ކުށް ސާބިތުވާކަމަށް ކުރައްވާފައިވާ ޙުކުމް ކުރި ފަނޑިޔާރުން އިމްރާން އިންގޮޅިޔަށް ލާން ފެނަނާނީ ސަބަބަކީ އެއްވެސްކުށެއް ނުކޮށް ހުރި މީހަކު ގެންގޮސް 12 އަހަރުގެ ޖަލު ހުކުމެއް އިއްވިމަ ކްރިމިނަލް ކޯޓްގެ ހުރިހާ ފަނޑިޔާރު 12 އަހަރަށް ޖަލަށް ލާން ފެންނަނީ މިދާވަރުން ދަންޏާ ވޭތުވެ ދިޔަ 5 އަހަރު މިރާއްޖޭގައި ކުރި ކައިވެނި ތައް ސައްހަނޫން ކަމަށް ކަނޑައަޅާ އެ ފަސް އަހަރު ތެރޭ ލިބުނު ދަރިންނާކީ ވެސް ނަހަލު ދަރިން ކަމުގައި ހައިކޯޓުން ނުވަތަ ސްޕްރީމް ކޯޓުން ކަނޑައަޅާފާނެ ސުބުހާނަﷲ ބިރުވެރި ދުވަސްވަރެއް

  75. ދޮށީކޮއި ޢަލީގެ މުޙައްމަދު

    އިމްރާން މައްޗަށް ޓެރަރިޒަމްގެ ޢަމަލެއްކުރަން އުޅުމާއި ބައިވެރިވުމުގެ ކުށް ސާބިތުވާކަމަށް ކުރައްވާފައިވާ ޙުކުމް ކުރި ފަނޑިޔާރުން އިމްރާން އިންގޮޅިޔަށް ލާން ފެނަނާނީ ސަބަބަކީ އެއްވެސްކުށެއް ނުކޮށް ހުރި މީހަކު ގެންގޮސް 12 އަހަރުގެ ޖަލު ހުކުމެއް އިއްވިމަ ކްރިމިނަލް ކޯޓްގެ ހުރިހާ ފަނޑިޔާރު 12 އަހަރަށް ޖަލަށް ލާން ފެންނަނީ މިދާވަރުން ދަންޏާ ވޭތުވެ ދިޔަ 5 އަހަރު މިރާއްޖޭގައި ކުރި ކައިވެނި ތައް ސައްހަނޫން ކަމަށް ކަނޑައަޅާ އެ ފަސް އަހަރު ތެރޭ ލިބުނު ދަރިންނާކީ ވެސް ނަހަލު ދަރިން ކަމުގައި ހައިކޯޓުން ނުވަތަ ސްޕްރީމް ކޯޓުން ކަނޑައަޅާފާނެ ސުބުހާނަﷲ ބިރުވެރި ދުވަސްވަރެއް

  76. Anonymous

    ރަނގަޅު ނިންމުމެއްނަމަ 2 ހެޔޮކަން އެކަމަކު ދެން މިހާތަނަށް ސްޕްރީމްކޯޓުން ބަލައިނުގަނެ ބޮލާލާ ޖެހި ހުރިހާ މައްސަލައެއްވެސް ރިވިއުކޮށް އިންސާފު ޤާއިމުކޮށްދެއްވީމާ އިންސާފު ޤާއިމުކުރެވޭކަން ޤަބޫލްކުރެވޭނީ އަދި ރައްޔިތުންގެ އިތުބާރު އަދުލުއިންސާފުގެ ދާއިރާއަށް ލިބިގެންދާނީ ޤާނޫނުގެ ކުރިމަތީ އެންމެ ނިކަމެތި މީހާއަށްވެސް ތިޔަފަދަ ޙުކުމްތައް ކުރެއްވުމުން

  77. ....786

    ރަނގަޅު ނިންމުމެއްނަމަ 2 ހެޔޮކަން އެކަމަކު ދެން މިހާތަނަށް ސްޕްރީމްކޯޓުން ބަލައިނުގަނެ ބޮލާލާ ޖެހި ހުރިހާ މައްސަލައެއްވެސް ރިވިއުކޮށް އިންސާފު ޤާއިމުކޮށްދެއްވީމާ އިންސާފު ޤާއިމުކުރެވޭކަން ޤަބޫލްކުރެވޭނީ އަދި ރައްޔިތުންގެ އިތުބާރު އަދުލުއިންސާފުގެ ދާއިރާއަށް ލިބިގެންދާނީ ޤާނޫނުގެ ކުރިމަތީ އެންމެ ނިކަމެތި މީހާއަށްވެސް ތިޔަފަދަ ޙުކުމްތައް ކުރެއްވުމުން

  78. ނީނާ

    ނޭގޭ ކަންތަކުގެ ވާހަކަ ނުދައްކާ ....

  79. އުގޫފާރު މީހާ

    ނަބީބޭކަލަކާއި އަޅާކިޔާކަށް ނުވާނެ

  80. Anonymous

    ޝައިޚް! ތީ ބޮޑުވަރެއް! އަމިއްލަ ޕާޓީ މީހަކާ މެދު ތަޢުރީފް ކުރަންވާނީ ހަމަހޭގައި ހުންނަވައިގެން. ޢިލުވެރިން ޢަދުލުވެރިވާންޖެހޭނެ. އެންމެ އިސްކޮށް ލޯބިވެ އިޙްތިރާމް އަދާ ކުރަން ޖެހޭ ފަރާތް އޮޅިގެން ނުވާނެ.

  81. ޢާއިޝާ

    ޝައިޚް! ތީ ބޮޑުވަރެއް! އަމިއްލަ ޕާޓީ މީހަކާ މެދު ތަޢުރީފް ކުރަންވާނީ ހަމަހޭގައި ހުންނަވައިގެން. ޢިލުވެރިން ޢަދުލުވެރިވާންޖެހޭނެ. އެންމެ އިސްކޮށް ލޯބިވެ އިޙްތިރާމް އަދާ ކުރަން ޖެހޭ ފަރާތް އޮޅިގެން ނުވާނެ.

  82. އަނީސާ

    ރަސޫލުންނާ ނަބިއްޔުން ކަލެއަށް ވަކިނުވޭ