ޕާކް ކޮށްފައި ހުންނަ ސައިކަލްގެ ލޯގަނޑުތައް ވަގަށް ނަގާ ދެވަގުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. ފުލުހުން ވަނީ މި ދެމީހުން ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
މިއަދު ވީޑިއޯއެއް އާންމުކޮށް ފުލުހުން ވިދާޅުވީ ވީޑިއޯއިން ފެންނަ މީހުންނަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެ މީހުން ކަމަށެވެ.
މިމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އާންމު ކުރި ވީޑިއޯ އިން ފެންނަނީ އެކަކު ސައިކަލްގެ ލޯގަނޑުތައް ނައްޓަމުން ދާއިރު އަނެކަކު ލޯގަނޑުތައް ކޮތަޅަކަށް އަޅައިގެން އެކޮތަޅުގައި ހިފަހައްޓައިގެން ހުންނަ މަންޒަރެވެ.
https://www.youtube.com/watch?time_continue=31&v=ixfGqVjlsnU
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
ސިނަމާލެ ބުރިޖުގައި ސައިކަލް ދުއްވާނަމަ ސައިކަލްގައި ލޯގަނޑު ޖަހަން މަޖުބޫރު ކުރުމުން ސައިކަލްތަކުގެ ލޯގަނޑުތައް ވަގަށް ނެގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އަޖައިބެއް ފަހެ ނުވާނެތަ.. މިއަށްވުރެ ބޮޑެތި ކަންތައްތައް ކޮށް މީހުންމަރާ ހަދާ މީހުންގެ ކަންތައް ފުރަތަމަ ބަލަންވީ ނުން..މާ ތާހިރު ވީސް..
ހޭބައްޔާ، ދެން މިމައްސަލަ ނުބަލާ ދޫކޮށްލަންވީ ތަ؟ މަށަށް ހީވަނީ ކަލޭގެ އަތެއްވާ ހެން،،،
ފުލުހުން ހޯދާނިކަމެއްނެއް މިހާރު މިއުޅޭ ވިޖަލެންޓީ ގަންޖާއިން ހޯދާނެ.
ބަލަހޭބަ ... ކުދިވައްކަން ބޮޑެތިވައްކަމައް ވަނީ . ހަރުގަނޑަށްއަރަނީ މަތިން ތިރިއަކަށް ނޫން ދޯ.؟
ހޭބަ ކަލޭ ގޭގަ ހުރި 500 ރ ގެނޫޓް ފިޔަވާ ދެންހުރި ހުރިހާ ފައިސާ ވަގައްނަގަން ދޭންވީނު؟ ބޯލިބިފަ ތިޔަހުރީ އިންސާނުންނައް ބޯދެއްވިދުވަހަކުނޫންތަ؟
މިދެން ކިހާދެރަވެއްޖެ ކަމެއްތަ، ތަމެން ލާރި ހޯދައިގެން ލޯގަޑު ގަނެބަލަ..