ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ބޮޑެތި ކަރޮޕްޝަނުގެ މައްސަލަތައް އަވަހަށް ބަލައިދިނުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އެދިވަޑައިގެންފިއެވެ.
ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ ޓެގް ކުރައްވައި ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސީދާ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ބޮޑެތި އަދަދެއްގެ ފައިސާގެ މައްސަލަތަކެއް އެމްޑީޕީގެ ފަރާތުން ފުލުހުންނަށް އެކިފަހަރު މަތިން ހުށަހެޅިފައިވާނެ ކަމަށެވެ.
"ލަސްނުކޮށް އެމައްސަލަތައް ބަލަން ޖެހޭ" ހަސަން ލަތީފު ވިދާޅުވިއެވެ.
Seedhaa R.Yameen ah thuhumathu kurevey bodethi adhadhuge fsisaage gina massala thakeh vaanee @MDPSecretariat in @PoliceMv ah ekifaharu mathin hushahalhaafa. Las nukoh e massalathah balanjehey. @ShimranAb @HomeMinistrymv #Insaafugemagah
— Hassan Latheef🎈 (@HassanLatheef) November 20, 2018
ހަސަން ލަތީފު މީގެ ކުރިން ވަނީ ރައީސް ޔާމީން އެމަނިކުފާނުގެ ސިޔާސީ ހަޔާތް އެއްކޮށް ނިންމާލައްވަނީ ކަމަށާއި ސިޔާސީ ވާހަކަ ދުވަހަކު ވެސް އެމަނިކުފާނަށް ނުދެއްކޭ ވަރަށް ފަހަތަށް ޖައްސާލާނެ ކަމަށް ވިދާޅުވެފައެވެ.
މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ކުރީގެ ރައީސް ޔާމީން އަށް ކޮރަޕްޝަން އާއި ހިޔާނާތުގެ ބޮޑެތި ތުހުމަތު ތަކެއް ކުރަމުން ދާއިރު ރައީސް ޔާމިންގެ ސަރުކާރުން ކޮށްފަހުރި ވައްކަމާ ކޮރަޕްޝަންގެ މައްސަލަތަށް އިއްތިހާދުގެ ވެރިކަމުގެ ފުރަތަމަ ދެއަހަރު ތެރޭ ބަލާނެކަމަށް މިހާރުގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ވަނީ ކެންޕެއިން ތެރޭގައި މީގެ ކުރިން ވިދާޅުވެފައެވެ.
ޔާމީނަށް ތުހުމަތު ކުރާ މި މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނަކީ ފަހުގެ ތާރީޚެއްގައި ފެންމަތިވި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ އެވެ. އެތަނުގެ އޮޑިޓް ރިޕޯޓް ބުނާގޮތުން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާ ވަނީ އަމިއްލަ ފަރާތްތަކުގެ އެކައުންޓަތަކަށް ޖަމާކޮށްފަ އެވެ.
ނަމަވެސް ޔާމީން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށާއި އޭގެ މައުލޫމާތު އެމަނިކުފާނަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ކްރަޕްޝަން ފަހާދުވަން ފެޝީމަ ދެންއިތުރު އެހެން ކަމެއް
ނުކުރެވޭނެ އަބަދުވެސް އެޅެން ޖެހޭނީ ކްރަޕްޝަން ފަހާ
ދުވަން ޖެހޭނީ!
ހަަސަން ތި ވިދާޅުވީ ތެދުފުޅެއް! މީ ޔާމީނުގެ ކަންކަން ނުބަލާ ހަދާން ނައްތާލައިފިނަމަ، މި ސަރުކާރަށާ ދެން އަންނަން އޮތް ސަރުކާރަކަށް ދުއްޕާން ކޮށް އިންތިހާއަށް ޖެއްސުން ކުރާނެ!
އަންނިވެރިކަމުގަ ތިޔަ ހަސަނު ބަނޑައް އަޅާލި މިއަން ރުފިޔާގެމައްސަލަވެސްބަލަންޖެހޭ
ބަލަ ހަސަނާ. ކަލޭ ތީކާކު؟ ނުވާނެ ތިކަމެއް. ކަލޭ ކައިފާ ހުރި ބޮނޑިވަރު ހޯދަން އުޅުނިއްޔާ މާ ރަގަޅުވާނެ. ބޮޑު ވަގު
ތިބާ ޔޫތުމިނިސްޓްރީ ހިންގި އިރު މަދުވި 210 މިލިއަން ރުފިޔާ މަދުވިކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯރޓް ގައި ވޭ، އެފައިސާ ގެ މައްސަލަ އެންމެ ފުރަތަމަ ބަލަން ގޮވި ނަމަ މާ ރީތިވީސް ކަން ޔަޤީން، ފުރަތަމަ ބަލަން ވީ އެމްޑީޕީ ސަރުކާރުގައި ދައުލަތުން މަދުވި ފައިސާ ހޯދަން، މީ ދިވެހި އުމްމަތް އެދޭ އެދުމެއް. ސަލާމް.
ހަސަނާ ކަލޯމެން ބުނީމު ރައިސްޔާމިނުގެ އަހަރު ދެބައިވި ހިސާބުން އެވެއްޓެނީ މިވެއްޓެނީ އަންނަމަހު ވެއްޓެނީ މާދަން ވެއްޓެނީ އެކަމެއްނުވި 11 ނޮވެމްބަރ ގައި އިބޫ ހުވާކުރާނެޔޭ އެކަމެއް ނުވި އިބޫހުވާކުރާތާ 3 ގަޑި އިރުގެ ތެރޭގައި ޔާމީނު ހައްޔަރު ކުރަނެޔޭ އެކަމެއް ނުވި ދެންވެސް ރައިސްޔާމީނުގައި އަތްދޫކޮށްލާފައި ވެރިކަނ ްދެމެހެއްޓޭތޯ ބެލުމަށް ކޯލިޝަނުގެ ޕާޓީ ތަކުގެ ސަޕޯޓަރުން އެއްގަލަކަށް އަރުވަން މަސައްކަތް ކޮށްބަލަ ކަލެއަކީ ބަކީވެފަ ހުރި މީހެއް ސަރުކާރުން މިނިސްޓަރުކަމެއްވެސް ނުދިން ތީދެން ސަރުކާރުން ބަލާނުގަތީމަ އަދިވެސް މައިތިރި ނުވެ ދެން ގެޔަށްވަދެއޮވޭ އިންޝާﷲ ރައިއްޔަތުންގެ މަޖިލިހަށް ކުރިމަތިލިޔަސް ނުހޮވޭނެ
ބޭނުންވަނީ ރައީސްޔާމީން ޖަލައްލާކަށްނޫން.. ނަޝީދު މިނިވަންކޮއް އިބޫގެ ވެރިކަން ނިންމާ ނަޝީދު ބޮޑުވަޒީރުކަން ދިނުން..
މިކުޑޭއާއި ޔާމީނުދެވަން ފެންނަނީ
މިވާހަކަތަކަށް އެންމެ ބޮޑަށް ބާރުލިބިދެނީ، މިހުރިހާ ދުވަހު އެފައިސާ ބޭނުން ކުރުމަށްފަހު، ވެރިކަން ބަދަލުވުމުން، އޭސީސީއަށް އެފައިސާ އެއްމިލިޔަން އެމެރިކާ ޑޮލަރު ޖަމާކޮށް ނަގުލުކޮށް ދެއްވާފައި އޮތުމުންނެވެ.
ރައީސް ޔާމީން 1 މިލިއަން ޑޮލަރު އޭސީސީ އަށް ދެއްކީ އިންތިހާބުގެ ކުރިންނެވެ.
އަދީބާ ހަމައަކުން ނުނިންމޭނެ ޔާމީނާ ގިނަ ގުނަ ސުވާލުކުރެވެންޖެހޭ
ޚިޔާނާތް ހިންގާފައިވާ ކޮންމެ މީހެއްގެ މައްސަލަވެސް ބެލެން ވާނެ. ވަކި މީހެއްގެ ނަން ކީޔާފަ އުޅޫނީމަ ޒާތީ ކަމކާ ވައްތަރީ. ކޮރަޕްޝަން ހިންގާފައިވާ ހުރިހާ އެންމެންގެ ވެސް މައްސަލަ ބަލަންވާނެ.
ރާއްޖޭން ބޭރައް ނުފުރޭ ގޮތައް އަވަހައް ޕާސްޕޯޓު ކެންސަލް ކުރަންވީ..
ރައީސްޔާމީންގެވެރިކަމުގައި ހިނގާފައިވާ ކޮރޮޕްސަންގެކަންތައްތަކަށް ވަގުތުންވަނީ ފިޔަވަޅުއަޅާފަ! ޔާމީންގެ ކޮރޮޕްސަނެއް ނުފެންނާނެ ކިތަންމެވަރަކަސް ހޭވިޔަސް. ފެންނާނީ ރައީސް ޔާމީން ގެނެސްދިން ތަރައްޤި! އެއްމިލިޔަންޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރީ އމްޑީޕީ އަޑިގަ އޮވެގެން އަދީބުލައްވާ! އެއީ އެމްޑީޕީއަޑިގައޮވެގެންހިންގި ބޮޑުޚިޔާނާތުގައި ޔާމީން ބައިވެރިކަން ދެއްކުމަށް! އެފައިސާ ވަނީ އެދުވަހުން އެދުވަހަށް އޭސީސީން ހިފަހއްޓާފަ!
ޔާމީން ތިބޭފުޅުންނާއި ކުރިމަތިލައްވަނީ ކެރިވަޑައިގެން ހުންނަވައިގެން. ފިއްލަވަން ނުދުވާނެ.
ރައީސްޔާމީން މިގައުމައްގެނެސް ދެއްވިތަރައްގީ ތިޔައެމްޑީޕީ ގަރުނެއްވަންދެން ވެރިކަން ދެނެހެއްޓިޔަސް ނުގެނެވޭނެ. ޔާމީނަކަސް ސޯލިހަކަސް ރަނގަޅުގޮތުގާކުރިކަމެއް ރަންގަޅުވާނެ .އަލަގަހަކުންކެޔޮނިރެއްނުފަޅާނެ. ރައީސްޔާމީން މިގައުމައް އަދިރައްޔިތުންނައް ހޯދާދެއްވި ކުރިއެރުން ފަސްލާފޮރުވަން ތިއުޅެވެނީ ހަމަ ހަޖަމް ނުކުރެވިގެން. ތިޔަގޮވާ ވައްކަމުގެ ވާހަކަތަކުގެ ދަލުގަ ޖެހެވުނީ 210 މިލިއަން ގަޖެހެވުނީކާކަށް ކަން ނިޔާޒު ނެރުއްވި އެމްޑީޕީވެރިކަމުގެ އޯޑިޓް ރިޕޯޓް ގައެހެރީ ދިމާލައްފެންނަން. ރައީސްޔާމީން އަކީފަސްއެބުރި ބައްލަވާ ބޭފުޅެއްނޫންވީމަ އަދި ގައުމުގެ ކުރިމަގަު ގެތަރއްގީ އަކީ އެމަނިކުފާނު އަމާޒުކމުގަވީމަ އެމްޑިޕީ ކުރިވައްކަމުގެ ވާހަކަދެއިރައްކާބޭހެއްހެން ދެއްކެވުން އެމަނިކުފާނައްމުހިންމު ނުވީ. ފަހުގެތާރީޚެއްގަ ވެރިކަންކުރެއްވި އެއްވެސްބޭފުޅަކަށް ކުރިމަތިނުވާފަދަ ނުރައްކާތެރި އަނިޔާވެރި ކަމާ އެތައްޖެއްސުމަކާ ކުރިމަތިލެއްވި .ޢާއިލާއާއި އަމިއްލަހަށިކޮޅު އެނުރައްކާތަކުގެ ތެރޭ ހުންނަވާ ވެރިކަމުގެ ދައުރު ނިންމަވާ ވަޑައިގަތީ މުޅިގައުމުގެހައްގުގަ ރައްޔިތުންގެ ހައްގުގަ އިންތިހާ ކެތްތެރިކަމުގަ ގައުމުގެ ރައްޔިތުންނައް އަމާން އޮމާން ފާގަތި ދުވަސްތަކެއް ގެނެސްދެއްވޫމައްފަހުގަ . އެއީ ގައުމުފަޚްރުވެރިވާނެ ފަޚްރުވެރި ގާބިލްރައީސްއެއް. އެހެނެއްކަމަކު ތިޔަ އެމްޑީޕީ އަށްވެރިކަން ލިބި ފާއިތުވެގެން މިދިޔަ މަދުދުވަސްކޮޅުގަ ވެސް ތިޔައުޅެނީ އެމަނިކުފާނުގެ ފަހަތުން އަޅާގަނެގެން ނުނެއްޓިގެން. ސަބަބުވެސް ވަރަށްސާފު. އެއީ އެމަނިކުފާނައް ސަލާމަތުން ގައުމާއިރައްޔިތުން ގެޚިދްމަތުގަ ހުންނެވިއްޖެ ނަމަ އެމަނިކުފާނު ގަނެނުލެވޭނެކަމާ ކެރިވަޑައިގެން ކުރިމަތިލައްވާނެކަމާ އަދިވެސްފަސްޖެހިވަޑައިނުގަންނަވާނެކަން އެނގި ހަމަގަންނައަކުރައްވާބިރުން . އިދިކޮޅުގަ ހުންނަވާނެ އެންމެވަރުގަދަ ޝަޚްސިއްޔަތުކަމުގަވާތީ. ހަސަނާ ބުއްދީގެބޭނުންހިފާ !!! ތިޔަކުރަން އުޅޭކަމަކުން ފައިދާއަށްތުރެ ގެއްލުންބޮޑުވެދާނެ. ގައުމުހަމައަކަށް އަޅުވާ ގައުމާގެން ކުރިއަށް ދެވޭތޯ ގަދައަޅާ މަސައްކުރިއްޔާ ފައިދާކުރާނެ. އިތުރު އެހެން ޖަރީމާއެއްނުހިންގާ ކުރިއަށްވަޑައިގަންނަވާފިއްޔާ ފަހަރުގަ ކާމިޔަބީހާސިލުކުރެވިދާނެ. ޝުކުރަން
ނައިފަރު ކުއްޖަކާ އިނދެގެން ހުރެ ދައުލަތުން ކާލި 210 މިލިއަން ރުފިޔާ ކޮބާ. ނައިފަރަށްވެސް މިކަލޭގެއާ ހުރެ ހުތުރު
ތި ކަލޭގެ ރ ޔާމީނާ އަޅައިގަނެގެން މި ތެޅިބާލަނީ ކިހިނެއްވެގެންތަ! ހަމަ ހިލާ ތހި ބޭނުން ވާގޮތެއް ނުހެދޭނެ އިންޝާ ﷲ . ތިބައިގަނޑު ބަލިކުރައްވާ ނިކަމެތި ކުރައްވާންދޭވެ.
މައްސަލައަކީ އެމްޑީޕީ ސަރުކާރު އޮތް އިރު އޭރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ
އެންމެން ހިންގާފައިވާ ކޮރަޕްޝަންގެ ކަންކަން ރައީސް ޔާމީންގެ ސަރުކާރުގައި ނުބެލުން
އެކަމަކީ ބަލާފިވަޅަޅު އަޅަންޖެހޭކަމެއް ހަސަންލަޠީފުއަކީ މިނިސްޓަރ ކަމުގެ މަޤާމް
ގައިހުރެ އެތަކެއް ކޮރަޕްޝަން ޢަމަލް ހިންގާފައިވާމީހެއް ކޮބާ ލަދުހަޔާތް
މިސޮރު ހައްޔަރު ކުރޭ