ރާއްޖޭގެ ޙާލަތަށް ބަލާއިރު، އެޗްއައިވީ އޭޑްސް ކުއްލިއަކަށް ފެތުރިގެން ދިއުމަށް ބޭނުންވާ ރައްކާތެރި ނޫން ޢަމަލާއި އާދަތައް، ދިވެހި މުޖުތަމަޢިން ފެންނަ އެބަހުރިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން މިކަން ހާމަކޮށްފައިވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ އޭޑްސް ދުވަހާ ގުޅިގެން ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.
އެ އޭޖެންސީ އިން ހާމަކޮށްފައިވާ ގޮތުގައި، ކުއްލިއަކަށް ރާއްޖޭގައި މި ބަލި ފެތުރިގެން ދިއުމަށް މަގުފަހިވާ ބައެއް ކަންކަން 2008 ވަނަ އަހަރު ކުރެވިފައިވާ ބައިލޮޖިކަލް އެންޑް ބިހޭވިއަރަލް ސަރވޭ އިން ވަނީ ދެނެގަނެވިފައެވެ. އެގޮތުން، ހިމެނޭ ކަންކަމުގެ ތެރޭގައި ފައިސާއާއި އެފަދަ އެނޫންވެސް އެއްޗެއްސަށް ހަށި ވިއްކުމާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން ހިމެނެއެވެ.
ހަމައެހެންމެ، މަސްތުވާތަކެތި ބޭނުން ކުރުމަށްޓަކައި އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖާއި ކަށި ފަދަ ތަކެތި އަނެކަކު ބޭނުން ކުރުމާއި ޖިންސީ ގުޅުން ހިންގާއިރު ހުރަސް (ކޮންޑަމް) ބޭނުން ނުކުރުންފަދަ ކަންކަން ފެންނަން ހުރިކަމަށްވެސް އެޗްޕީއޭ އިން ވިދާޅުވެފައިވެއެވެ.
މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ރާއްޖެއިން ދަނީ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން، 2014 ވަނަ އަހަރުން 2018 ވަނަ އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންގެ ދަށުން ބަލި ޖެހުމުގެ ފުރުޞަތު ބޮޑު މީހުންގެ މެދުގައި ބައްޔާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. ހަމައެހެންމެ، ބަލި ޖެހިފައިވާ މީހުން ޞިއްޙަތު ރަނގަޅު ބައެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ކަންކަން ދަނީ މަގުފަހިކޮށް ދެމުންނެވެ.
އެޗްއައިވީ އޭޑްސް އިން ދުރުވުމަށް މިކަމަށް ޓެސްޓު ކުރުމަކީ ވަރަށް މުޙިއްމު ކަމަކަށްވާއިރު، މި ބަލީގެ ޓެސްޓު ހެދުމަށްފަހު 20 މިނެޓް ތެރޭގައި ނަތީޖާ ލިބޭނެއެވެ.
2008ވަނަ އަހަރު ކުރި ދިރާސާއިން ދެއްކިގޮތް. އެއަށްފަހު މިހާރު 10އަހަރު ވޭތުވެއްޖެ. ކުއްލިއަކަށް އެޗްއައިވީ ފެތުރިގަންނާނީ ކިތައް އަހަރު ފަހުން. ދުވަސްފާހަގަކުރަން ކޮންމެސް މުއްޗެކޭ ކިޔަން ވާނެދޯ؟
ޤައުމުގައި ޒިނޭ އާންމުވެ ޒިނޭ ކުރާތީ ޖެހޭ ވަބާ އެއްމީ! ޒިނޭ ކުރުން ހުއްޓާލުމުން މިބަލި ފެތުރުން ހުއްޓޭނެ!
ﷲ ސުބުހާނަހޫ ވަތަޢާލާ ހަރާމް ކުރެއްވި ހުރިހާ ކަމެއް ސަރުކާރުތަކުން އައީ ހުއްދަކޮއް ﷲ ސުބުހާނަހޫ ވަތަޢާލާގެ ޝަރިއްޔާ އެބިމެއްގައި ތަންފީޒު ނުކޮއްފި ކަމުގައިވަންޏާ މިފަދަ ކަންކަން އާންމުވާނެ. ތޯގޫތުވެރިން މިގައުމުގައި ކުރިންވެސް އަދި މިހާރުވެސް ތިބީ
އެޗްއައިވީ ޖެހިފައި ތިބި މީހުންގެ މައުލޫމާތު އާމުކުރާން ޖެހޭ.. ސިއްރު ކުރުމުގެ ސަބަބުން އެމީހުން އެބަލި އެތައް ބަޔަކަށް ޖައްސަމުން އެދަނީ.. 2016ވަނަ އަހަރު މާލޭގައި އެޗްއައިވީ ޖެހިފަ ހުރި އަންހެނަކު ހަށިވިއްކަމުން ދިޔަކަން އެންމެންނައް ވެސް އިގޭ.. އެކަމަކު ސިފައިން ނުހުއްޓުވި އެކަމެއް.. އެމީހާ ބުނީ ތިމަންނާ މަރުވާ އިރު ބޭނުންވަނީ ގިނަ ބަޔަކަށް ބަލި ޖައްސާންނޭ... މިހާރުވެސް މާލޭގައި ހަށިވިއްކަމުން އެބަދޭ އެޗްއައިވީ ޖެހިފަ ތިބި މީހުން...
އެޗްއައިވީ ފެތހުރޭނެ ބިރަކާނުލާ މަޖާކުރާ ވެރިކަމުގަ މިވެރިކަމަކީ ޒިނޭކުރުމަށް ރަށްޔިތުން ހުޅުވި ދޮރެއް
ޢިސްލާމްދީނުގައި އަންގަވަާފަިވާ ފަދައިން މި އިސްލާމީމުޖުތަމައު ބައްޓަން ކޮށްފި ނަމަ އެންމެހާ ނުރައްކާތެރި ބަލިތަކުން މިރާއްޖޭގެ ރައްޔަތުން ސަލާމަތް ކުރެވިދާނެ
ރަޖަމު ކުރުން ނުވަތަ ހައްދު ޖެހުން ކަޑަ.. ނަމަވެސް އެއިޑްސް ބަލި ޖެހިގެން މަރުވުން އޯކޭ؟ މިވެސް ބައެއް ދިވެހިންގެ ވިސްނުން ހުންނަގޮތް.. ހިސާބަށް ވުރެ ޝަހުވާނީ އެދުން ގަދައީ އެހެންނޫންތޯ؟
ސަރުކާރުން ކީވެގެން ތޯ. އެޗްއައިވީ ޖެހިފައި ތިބި މީހުންގެ މައުލޫމާތު އާމު ނުކުރަނީ.. ސިއްރު ކޮއްފަތި ބާއްވަނީ. މީގެ މާނައަކީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނައް އެޗްއައިވީ ޖައްސާން.. އައިޖީއެމް ހޮސްޕިޓަލުން ވެސް މި ބަލި ޖެހިފައި ތިބި މީހުންގެ މައުލޫމާތު ހާމަ ނުކުރަނީ ކީވެތޯ.....އާމު ކުރާންޖެހޭ..
މިހާރުގެ ގިނަ ދިވެހިންނަކަށް ތިޔައީކީ އެއްވެސް މައްސަލައެއް ނޫން. ޢޮރިޔާން ނިވާ ނުވާ އަންހެނުން ބާރުވެރިކުރުވީމަ ތިކަން އެކަން އެންމެ އަވަހަށް ހުއްޓޭނި.. ބޯ ހަލާކު.
ބިއްލީ ކައޭ ތީ އޭގެ މީހެއް ދޯ
އެޗް އައި ވީ ޖެހިފަ އޮތް ސަރުކާރެއް މި އޮތީ ގެނެވިފަ
ބަލިޖެހިފަިވާ މީހުން ރައްޔިތުންނަށް އެގެންއެބަޖެހޭ.އޭރުން އެމީހުންނާއި ކާރިނުވެ ދުރަށްދާންއެގޭނީ.ބަލިޖެހިފަެިވާމީހުން ސިއްރު ކުރުމަކުން ތިކަމަކަށް ހައްލެއް ނުލިބޭނެ.(ކޮމެންޓް ޖަހާލަދިނުން އެދެން)
ބަލިޖެހިފައިވާމީހުންގެ ނަންތައް ހާމަކުރޭ!އޭރުން ކޮންމެވެސް ވަރަކަށް ތިކަންތަކާއި ދުރަށް ހަށިވިއްކަން އުޅޭމީހުން ދުރަށްޖެހިދާނެ
ޒިނޭކުރުމަށް މަގުފަހިކުރުމަށް ކުރާކަންތައް ހުއްޓުވާކަށްނޫޅޭ ބޭނުންވަނީ ކޮންމެވެސް މޮޅުވާހަކަތަކެއް ދައްކާފަ ރައްޔިތުން ބިރުވެރިކަމެއްގެތެރޭގައި ބައިތިއްބަން.
ޒިނޭކުރުމަށް މަގުފަހިކުރުމަށް ކުރާކަންތައް ހުއްޓުވާކަށްނޫޅޭ ބޭނުންވަނީ ކޮންމެވެސް މޮޅުވާހަކަތަކެއް ދައްކާފަ ރައްޔިތުން ބިރުވެރިކަމެއްގެތެރޭގައި ބައިތިއްބަން.
ބަލި ޖެހިފައި ހުންނަ މީހާ އަދިވެސް ސިއްރު ކުރާށެވެ. ގިނަ މީޙުންގެ ގަޔަށް އަރާނީ އޭރުންނެވެ.ބަލި އަރާނި...ބަލަ އެބަލި ޖެހިފައި ހުންނަ މީހާ އާއްމު މީހާއަށް އިނގެންޖެހެއެވެ.ކޮށްމެހެން ސިއްރުކުރާކަށް ނުޖެހެއެވެ.
އެމީހުންނަކީ އަދ އާއި ސަރުކާރު ތަކުން ހާއްސަ ސަމާލުކަމެއް ދީގެން ކުރިރަށް ގެންދާ މަސްރޫއެއް އެބަލިޖެހިފައިވާ މީހަކު އެއްވެސް މީހަކަށް އެންގުން މަނާ އެއީ އެމީހުންގެ ކޮއްދޭ އިންސާނީ ހިދުމަތް ތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމީހުން މައުލޫމާތު ސިއްރުކޮށްގެން ތިބެ އެމީހުންނަށް އެފަދަ ފާހިޝް އަމަލުތަށް ކުރުމަށް ފުރުސަތު ހުޅުވާލައިގެން ތިބުން މީހަކަށް އެކަން އެނގިގެން ކަމާބެހޭ ފަރާތަކާށް އަދި ޢާމުންނާށް އެންގި ނަމަވެސް ކުއްވެރި ވާނީ އެ ބޮޑު ސިއްރު ފަޅާއަރުވާލައިފިއްޔާ އދގެ ގަރާރަކާ ހިލާފުވި ކަމުގެ ކުށް ސާބިތުކުރާނެ
ދެންކީއްވެ ޒިނޭކުރަނިކޮއް ރެޑުހޭންޑުކޮއް ހިފި ހޯރަ ދޫކޮއްލީ އެއީ ހިމާޔަތް ކުރެވި ފައިވާ އެއްޗެއްތަ.