ކުޑަ އަންހެން ކުއްޖަކާއެކު ބަދުއަޚުލާޤީ ޢަމަލު ހިންގުމުގެ ކުށް ސާބިތުވެ. ދިގު މުއްދަތަކަށް ޖަލަށް ލައިފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރުގެ އަންޑަ ސެކްރެޓަރީ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިނިވަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ނިންމަވައިފިއެވެ.
އެމްޑީޕީގެ ގިނަ ހަރަކާތްތަކެއްގައި މީގެކުރިން އިސްކޮށް އުޅުނު ހޯރަ އިއްބެ ޖަލަށް ލައިފައިވަނީ 10 އަހަރުގެ މުއްދަތަކަށެވެ. އޭނާ ޖަލަށް ލުމަށް ކޯޓުން ޙުކުމް ކޮށްފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ.
އާދަޔާޚިލާފު ގޮތަކަށް ހޯރަ އިއްބެ މިނިވަން ކުރަން ރައީސް ނިންމަވާފައިވާއިރު، އެއީ އޭނާގެ ޖަލު ޙުކުމުގެ މުއްދަތުން ތިން ދުވަސް ފިޔަވައި އެހެން ދުވަސްތައް މަޢާފް ކޮށްގެންނެވެ. އެގޮތަށް ކަން ކޮށްފައިވަނީ ކުޑަކުދިންނަށް ބަދުއަޚުލާޤީ ޢަމަލު ހިންގުމަކީ، ޤާނޫނުންވެސް ރައީސަށް މަޢާފު ނުދެވޭ ކުށަކަށް ވާތީއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދައުރުގައި ސަރުކާރުގެ އިސް މަޤާމެއް ފުރާފައިވާ ހޯރަ އިއްބެ މިނިވަން ކުރުމާ ބެހޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އަދި ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް، އިބްރާހީމް ޙޫދި ވިދާޅުވީ އެގޮތަށް ކަންތައް ކުރުމަށް ނިންމަވާފައިވަނީ އޭނާ ގޭ ބަންދަށް ބަދަލު ކުރުމަށް ކެލްމެންސީ ބޯޑުން 2016 ވަނަ އަހަރުގެ ތެރޭގައި ނިންމާފައިވާ ނިމްމުމަށް ބިނާކޮށް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ހޯރަ އިއްބެ ވަނީ ފަހުން އެކުޑަ އަންހެން ކުއްޖާއާ ކައިވެނިކޮށްފައެވެ. އެކައިވެންޏަށް ދަރިއަކު ހުންނަކަމަށްވެސް މައުލޫމާތު ލިބެއެވެ.
ހޯރަ އިއްބެ ހައްޔަރުކޮށްފައިވަނީ ޖިންސީ ގުޅުން ހިންގަން ތިއްބާ ރެޑް ހޭންޑު ކޮށެވެ.
ކަނޑުގެ ޤާނޫނު މި ޤައުމުގައި އޮތީ
އެއީ ކިހިނެއް އަޑިންހޭ. މަތިންހޭ. ތިރިންހޭ މިނިވަންކުތަނީ
މީތޯ ތިބޭފުޅުން ވިދާޅުވި އިންސާފުގެ މަގަކީ.... ލަދުން ބޯ ހަލާކު. ރައީސްއެއް ފަޑިޔާރުގެއެއް މި ގައުމަކު ނެތް. ޙިތާމަހުރި!
އެމްޑީޕީ.ގުންޑާއިން ޓުވިޓަރގަ ނޫނީ ފޭސްބުކްގަ އެވެނި މީހަކު.މިވެނި މީހަކު ދޫކޮއްލަން ގޮވާއިރައް އަނެއްދުވަހު ކޯޓުގަ މައްސަލަ ތާވަލްކޮއް ދޫކޮއްލަނީ
ކުޑަކުދިނާނާ ބެހޭ ވުޒާރާ ގެ މިނިސްޓަރު ކަން ދީ
މި ވެރިންގެ ހަމަޔާ އިންސާފު ކިހާ ފުރިހަމަ ލަދު !!!!؟؟؟؟؟
ހަރާމީ ވެރިކަމެއް ތި ކުރަނީ ކަލޯ ސޯލިހޫ
އިބޫވެސް އަދި ކޯލިޝަންގެ އެއްމެންބުނި އިބޫއަކީ ހެޔޮލަފާ ވެރިއެކޭ މިހާރުމިފެންނަ މަންޒަރުތަކާއި ކިޔޭ ލިއުންތަކަށްބަލާއިރު މިފެންނަ ފެނުމަށްބަލާއިރު ހަނދާނަށް އަންނަނީ މުސްކުޅި ހަރުބަހެއް އެއީ ނުމޮށޭގުރަ ބާރަށް ދައިގަންނާނެޔޭ ބުނާބަސް މިވީހާތަނަށް ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ރައީސަކު އަތް ނުބާނާވަރަށް މިރައިސް އެބަ އަތްބާނާ
ބަލަ ކޮބައި އިންސާފު މީހުން ވަޒީފައިން ވަކިކުރަނީ ވެރިކަމަން ހޯދަން އުޅުނުއިރު ތިމަންނާޔަން ހެވޭ ކަޅުވިޔަސް ދޮންވިޔސް ބަލަ އިންސާފަކުން ކަމެންނުކުރެވޭނެ ކޭކް ފަޅަންވީމަކާ އެހެންވެ މިގައުމަން ރައީސް ޔާމީނުވަރެއނެތޭ އެއީ ހިސާބުގެ ނަވަތަ ދަސްކޮއްގެން މިހާވު ވެރިކަމް އެގެނާ ކޯޅޭ މީހުން މިކަމަކަންނުފުދޭ ގާސިމާ ޔާމީނާވެގެން މިކަން ނިންމަންއުޅޭ އިންސާފެ ހޯރައިއްބެވެސްދޫކުރަނީ ބޮޑެތި ޖަރީމާ ހިންގިމީހުންވެސްދޫކުރަނީ؟؟
ކޮބާ މިގައުމުގެ ފުނއްނާބުއުސް ޤާނޫނީ ވަކީލުންނާއި ގައުމު އާރާސްތުކުރާ 4 ލީޑަރުން
ވެރިމީހާ ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރާނީ ކޮންއިރަކު؟
ދެން އިންސާަފާ ހައްްްޤުގެ ވާހަކަ ނުދައްކާ. ޚުޑަކުދިންނަަށް ގޯނާކުރާމީހުންގެ އަދަބަށް މާފެއް ނުދެވޭއިރު ކަން ކުރާގޮތް
ޕިސް ޕިސް ޕިސް... ކޮންބައެއް ތަ މި މީހުންނަށް ވެރިކަން ދީނީ.. ހިތާމަކުރަންޖެހޭ ކަމެއް..
ދެން ރަގަޅު މަގާމެއް ހަވާލުކުރޭ
އިއްޒަތްތެރިރައީސް ވިސްނވާތި ފިކުރު ކުރާތި ތިކުރެވެނީ ޤާނޫނާއި ޚިލާފުކަމެެއް ކުރަނީ މަނިކުފާރު ބުނަނަނީ އަންނިކަމުގައިވިސް ތިކަމުގެ ޒިންމާ އުފުލަންޖެހޭނީ ހަމަ ބާރުއޮވެ އަމުރުކުރާމީހާ ޒިންމާ އުފުލާނީ އަންނިއެއްނޫން ޤާނޫނު އަރާ ހަމަކުރާނެ
އިންޞާފްގެ މަގަކީ މިއީ! މި ނަމަށް ފިލްމެއް ހަދަންވީ!
މިއީ އިންޑިއާގަ ރޭޕްކުރުމުގެ ފަލްސަފާ މި ގައުމުގަ ފެށުމުގެ ނިޝާނެއް ދެން އޯކޭވާނެ ކުޑަކުދިން ރޭޕްކޮށް ޖިންސީ ފުރައްސާރަ ކުރިޔަސް ބަލާވެެރިކަން އިބިރިހިމާ ތިޔަ ކުރަނީ
ރައީސްއަށް މައާފް ނުދެވޭ ކުށަކަށް މައާފް ދެނީ، ގާނޫނު ތައް ފުނޑުފުނޑު ކޮށްލުމަށް ފަހު . އިބޫއަށް ވޯޓްދެވުނީތީ މިއަދު ދެރަވަން
ވެރިންގެ ޙާލު ފެންނަ މީހަކަށް ފެނުނުވަރަކަށް މިނިވަންކަން ދޭންވީ ހީވާކަހަލަ ޤައުމަކީ ތިމާގެ އެކަނިއެއްޗެއްހެން ޤައުމެއްނެތް
އިބޫއަށް ނޭނގެނީބާ، މިއީ ރައީސްއަށް މައާފް ނުދެވޭ ކުށެއްކަން، ގާނޫނު ތައް ފުނޑުފުނޑު ކޮށް ބޭނުންހާ ގޮތަކަށް ކަންތައް ކުރުމަށް ޖާގަ ނުދޭނެކަން ވިސްނާތި. އިބޫއަށް ވޯޓްދެވުނީތީ މިއަދު ދެރަވަން
ކުދިންނޭ މީ ޖަޒީރާ ރާއްޖެ އިބޫ އައީ 100 ދުވަހުގެ ވެރިކަމަކާއިގެން ފަހު ޒަމާނުގެ ރައީސް ތިކުދިން އަޑުއެހިންތަ ފަހު ޒަމާނުގެ ރައީސް އަށް ޛުޢާ ދެއްވާފައިވާ ކަމައް ޝޭހު އިލްޔާސް ބުނިއަޑު?
މިއަދު އަހަރެމެން ލަދުގަނޭ ތިޔަ ކުރި ކަމަކުން.
ތިޔަފަދަކަމެއް ރައީސްއިބޫ ކުރައްވާނެކަމަށް މީގެކުރިން ޤަބޫލުނުކުރަމެވެ.
ޒިނޭގެ އަދަބު މަޢާފުކޮށްދިނުން....... ވައްކަމުގެ އަދަބު މަޢާފުކޮށްދިނުން........ މީހުން ވަގަށްނެގުމުގެ އަދަބު މަޢާފުކޮށްދިނުން............ މިފަހަރުގެ ސުލްހައިގެ ނޯބްލް ޕްރައިޒް ؛ލިބޭނީ ރާއްޖޭގެ ސްޕްރީމް ކޯޓަށް!
މިކަމުގައިވެސް ޝޭހް އިލްޔާސް ބުނާނީ ކީކޭބާ.މިވެސް ސޯލިހް ކުރި ރަނގަޅު ކަމެއްބާ....ޒިނޭކޮށް ކުޑަކުދިންފަޅާމީހުނަށްވެސް.މައާފް.ލަދުން ބޯހަލާކް
ތޯގޫތުން ވެރިން ނަށް ލައިގެން الله ގެ ދީން ނެތިކުރަނީ.
އޭލޮބުވެތި އަހުން ނާ އުޙްތުން ނޭ.
މިބައިމީހުން ރައްބުން ކަމުގައި ނަހަދާ الله އަށް ރުޖޫ ވޭ.
މި ނުބައި ނުލަފާ ތޯގުތުން ތަކެއް.
اللهމި މީހުންގެ ކިބައިން އަހަރުމެން މިންޖު ކޮއްދެއްވާށި
ވަރަށް އިންސާފުން ވެރިކަން ތި ކުރަނީ. ސަލާމް.
ގާނޫނު ފޮށާދަށުލާފާ ކަންކޮށް ނިންމަނީ ހިތިހުރިގޮތަކަސް . ހިތާމަހުރިކަމެއް
މިހިރީ ކަންތައްހުންނަގޮތް. ބޮޑުކުށެއްގެ އަދަބަށް ޖަލުގަހުރީ. ވެރިން ބޭނުންވީމަ ޖަލުން ނެރެނީ. މިވެސް އިންސާފުހޭ މަމިއަހަނީ؟؟؟؟؟؟
މަވާ ލަދުން ބަހެއް ބުނާންވެސް ބޭނުމެއް ނޫން.
އެމްޑީޕީއައްނިސްބައްވާ މީހެއްވެއްޖިއްޔާ އޭހެޔޮކޮންމެނުބައި ކަމެއްކޮއްފަ ޖަލުގައޮތަސް އެމީހަކުއެވީދޫކޮއްލަން އެމީހެއްގެ މައްޗައްގާނޫނެއްނުހިގާ ކިހާދެރަކަމެއްމީ ޖަލުގަބާކީ ތިބިމީހުންވެސްދޫކޮއްލާ
ގާނޫނަށް ބޯ ނުލަނބާ ސަރުކާރު ފެނޭތަ ދިވެހިންގެ ތެރޭ ތިބި ގުންޑާތަކަށް. ދެން އަތް ޖަހާ.
ކޮބާ ސިންދިތާ މިނިސްޓަރ
ކުޑަކުދިންގެ ހައްޤުހޯދައިދޭ މިނިސްޓަރ
(ޔަޤީން މި ކޮމެންޓެއް ނުހިމަނާނެ އެހެންތަވާނީ ކޮމްނަޓް ކުރަނީ ކިޔުންތެރިންނެއްނޫން.
ލިޔުންތެރިން ވިއްޔާ؟)
މީތޯ ތިޔަ ރައީސް ވިދާޅުވި އިންސާފުގެ މަގަކީ.. މި ސަރުކާރުން މިފަދަ ބޮޑެތި ކުށްތަކަށް އަރައިގަށްނަން ބޮޑަށް ހިތަވަރު ދެނީ..
އިބޫސޯލިހްއަށް ޤާނޫނުން ލިބިފައިނެތް ބާރަކާއި އިޚްތިޔާރެއް ބޭނުންކޮށްގެން ކުރާ މިފަދަ ކުށްތަކަށް ޖަވާބުދާރީ ކުރުވޭނެ ދުވަހެއް އަންނާނެ.