މިރޭވެސް މާލެއަށް ބޯކޮށް ވާރޭ ވެހިދާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.

"ވަގުތު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލެއް ވިދާޅުވީ މިރޭވެސް މާލެއަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށާއި އަދި ބޯކޮށްވެސް ވާރޭވެހުން އެކަށީގެންވާކަމުގައެވެ.

މީގެއިތުރުން، ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

މެޓް އޮފީހުން މިހެން ވިދާޅުވިއިރު، މިހާރުވެސް އެ އިދާރާ އިން ވަނީ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް "ވައިޓް އެލާޓް" ނެރެފައެވެ. އެގޮތުން، އެންމެ އުތުރުގެ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ސަރަޙައްދަށް، މިއަދުގެ 17:00 އިން ފެށިގެން 23:00 ގެ ނިޔަލަށްވަނީ ވައިޓް އެލާޓް ނެރެފައެވެ. އެއޮފީހުން ވިދާޅުވި ގޮތުގައި މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

މިއަދުން ހެނދުނުން ފެށިގެން މެންދުރުފަހުގެ ނިޔަލަށް މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހިފައިވެއެވެ. މިކަމުގެ ސަބަބުން މާލޭގެ ހުރިހާ ސަރަޙައްދެއްގައިވަނީ ފެންބޮޑުވެފައެވެ. ވަކީން ޚާއްޞަ ގޮތެއްގައި މާފަންނު ސަރަޙައްދުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހެހެ

    ކޮބާ މާލޭ ސިޓީ ކައުންސިލް. އަނގަ ބައްދައިގެން ތިބީތަ. ޔާމީން ސަރުކާރުގައި ހީވަނީ މެކުނު ބައެއްހެން ފުމޭއިރު

  2. Anonymous

    ޙުވަަަ ކުރުމުގެ ކުރިިނވެސ މަސވަރަަ ކުރި މަގުތަކަ ގުލެ ގޮތުނު ވިކަމެަ ހަރަަަނ

  3. ކޮތަރު

    ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގުތައް އަސްލަމްވެއްޖެ. އަދަދޯތް!

  4. ކޮތަރު

    މިރޭ ވެހިއްޖެނަމަ އަދި އިތުރަށް އަސްލަމްވާނެ. އަދަދޯތް!

  5. މުހައްމަދު އަހުމަދު

    އިއްޔެ މިސްކިތެއްގެ ހަރިންމައަށް އިތުރުކުރި ބައި ތަޅާލީ. މިއަދު މުޅި މާލެ ފެނު އަޑީގަ. އިބުރަތަކަށްވެސް ވެދާނެ ދެއްތޯ.

  6. ކޮމެޓް

    ﷲގެ އިރާދަފުޅުން ރޭގައި އެންމެ ވާރޭ ކޮޅެއްވެސް މާލެއަކަށްނުވެހޭ. އަލްހަމްދުލިﷲ،