ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި، ނަފްސާނީ ބަލިތަކަށް އާސަންދައިން ފަރުވާ ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ޞިއްޙީ ދާއިރާއިން ހާސިލުކުރައްވާނެ ލަނޑުދަނޑިތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ، މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ދުޅަހެޔޮކަމަކީ އާ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރައްވާނެ ދާއިރާއެއް ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ދެއްވާ އަހަންމިއްޔަތުގެ ތެރެއިން، ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި މެންޓަލް ހެލްތު އިންސްޓިޓިއުޓެއް ޤާއިމުކުރައްވާނެ ކަމަށާއި، އަދި އެ އިންސްޓިޓިއުޓް ފުޅާކޮށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޚިދުމަތް ދެވޭނެ އިންސްޓިޓިއުޓަކަށް ހެއްދެވުމުގެ އަޒުމުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
"މި މަސައްކަތް ފަށައިގަންނައިރު އަޅުގަނޑުމެން ބޭނުން ނަފްސާނީ ބަލިތަކަށް ދޭ ފަރުވާ އާސަންދައިގެ ދަށުން ކަވަރު ކުރެވޭނެ ނިޒާމެއް ޤާއިމުކުރަން. އެހެންކަމުން ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން އާސަންދައިގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާ ކުރެވޭނެ ނިޒާމެއް ޤާއިމު ކުރާނަން." މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޚާއްޞަ ބަލިތަކަށް ފަރުވާދޭ ނިޒާމްތަކެއް ޤާއިމު ކުރައްވާނެ ކަމަށެވެ. އެގޮތުން ހަކުރު ބައްޔަށް ފަރުވާ ހޯދޭނެ ނިޒާމް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތައާރަފް ކުރުމަށްޓަކައި އައިޖީއެމްއެޗް އާ ގުޅިގެން ޚާއްޞަ މަސައްކަތަތަކެއް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ، ޞިއްޙީ ޚިދުމަތް ރާއްޖޭގެ ކޮންމެ ރައްޔިތަކު އެދޭ މިންވަރަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓްރީން އަދާކުރަންޖެހޭ މަޞްޢޫލިއްޔަތެއް ކަމަށާއި، އެ މިނިސްޓްރީގެ މައިގަނޑު އަމާޒަކީ ޞީއްޙީ ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ، ފެންވަރު ރަނގަޅު، ޚަރަދުކުޑަ، އަދި އަވަސް ޚިދުމަތް ދެވޭ ނިޒާމަކަށް ހެދުން ކަމަށެވެ.
"އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ ޞީއްޙީ ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ، ފެންވަރު ރަނގަޅު، ޚަރަދުކުޑަ، އަދި އަވަސް ޚިދުމަތް ދެވޭ ނިޒާމަކަށް ހެދުން. އެ އަމާޒަށް ވާސިލުވުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ފަށައިގަތްއިރު ރާއްޖޭގެ ޞިއްޙީ ޚާލަތު އޮތީ ހަޤީގަތުގައި ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ކަންބޮޑުވާ ޚާލަތެއްގައި." މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ނަފްސާނީ ބަލިތަކަށް އާސަންދައިން ފަރުވާ ކުރެވޭގޮތް ހެދުމަށް ސަރުކާރުން އަމާޒުހިފާފައިވާއިރު، ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުން ތަމްރީނު ކުރުމާއި، ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމާއި، އެމަޖެންސީ ކެއަރގެ ވަރުދަގަ ނިޒާމެއް ޤާއިމު ކުރުމުގެ އިތުރުން ދިވެހި ބޭއްވެރިކަން ކުރިއެރުވުމަކީވެސް އާ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ އަމާޒުތަކެވެ.
ލާދީނީ ސަރުކާރުގެ ހަމަ އެކަނި ބޭނުމަކީ މުރުތައްދު ވަލުޒިނީ އަށް ފަރުވާ ކުރަންށޭ ކިޔާފަ އަހަރެމެންގެ ލާރި ބޭކާރުކުރުން
އެހެން ފަރުވާ ތަކަށް ކަނޑައެޅިފައިވާ އާސަންދައިގެ ހުރިހާ ފައިސާއެއް މި ލިބެނީ އޭޑީކޭ ނާޝިދަށާއި ކްލިނިކްތައް ހިންގާ މީހުންނަށް. ރައްޔިތު މީހާ ޖެހެނީ ކޮންމެ ކަމަކަށް އިންތިހާ ދަރަޖައިގެ ބޮޑު އަގު ދައްކަން. ނަފްސާނީ މައްސަލައިގައި ވެސް އެކަން އޮތީ އެހެން ކަމުގައި ވާނަމަ ތިޔަ އާސަންދަ ބޭނުމެއްނޫން. އާސަންދައިގެ ނަން ބޭނުން ނުކޮށް އޭޑީކޭ ނާޝިދުމެން ކަހަލަ ނުފުދިގެން އުޅޭ މީހުންގެ އެކައުންޓަށް އެފައިސާ ޖަމާ ކޮއްލީމާ އޯކޭވާނެ.
ބައްލަވ މިހާރުވެސް ނަފްސާނީ ބައްޔަށް ބޭސްކުރެވޭ ނޫންތޯ؟
ބަލަގަ ކުރިންވެސް އާސަސްދަ ލިބެއޭ އާކަމެއް ކުރަންވީނުން ، ޔާމިން ސަރުކާތުން ނިންމާމަ ހުރިކަމެއްކަން ނޭގެނީތަ
އަމީންމެންނަކަށް ނޭގޭނެ ވާނުވާއެއް، ހުރިހާ ބައްޔަކަަށް ވެސް އާސަންދަ ލިބޭގޮތަށް ކުރީ ގެ ސަރުކާރުން ވަނީ ނިންމާފަ، ދެން ކޯޗެއް ކަލޯމެން ތިކިޔަނީ
މިސަރުކާރުގެބޮޑުންނަކީމުޅިންވެސްނަފުސާނީބަލިގެބޭފުޅުން އެހެންވީމާމިކަންކުރަންޖެހޭ
ވަލުޒިނ އަށް ފައިސާ ޚަރަދުކުރާން މޮޅު ގޮތެއް ރާވާލީދޯ؟ އިބޫ ގަދަ އިނގޭ!