ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ޤިޞާޞް ހިފަން ނުވަތަ މަރުގެ ޙުކުމް ތަންފީޛު ކުރަން ފެށިފައި ނުވަނީ އެކަމަށް ފުރިހަމަ ވާން ޖެހޭ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަވެފައި ނުވާތީކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ، މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ނޫސްވެރިޔާ ސުވާލު ކުރައްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި މަރަށް މަރު ހިފަން ނުފެށުނީ ކީއްވެގެންތޯއެވެ.
"އެހެންވުމުން މަރުގެ މައްސަލަތައް ނިންމަން އެއޮތީ އިޖުރާތެއް ކަނޑައަޅާފައި ވަޒީރުންގެ މަޖިލީހުން ފާސްކޮށް ގެޒެޓު ކޮށްފައި. އެ އިޖުރާތުތަކުގެ ތެރޭގައި ކޯޓުގެ މަރުހަލާ ނިމިގެން، ސުޕްރީމް ކޯޓުގެ މަރުހަލާ ނިމި އަދި އިސްލާމިކް ކައުންސެލިންގ ދީ، ވާރިސުންނާ ހަމައަށް މި މައްސަލަތައް ކިޔައިދީފައި، ވާރިސުން ދެންވެސް ގިސާސް ހިފަން ބޭނުންކަމަށް ބުނެ މި ހުރިހާ ކަމެއް ނިމިގެން އައިމާ މި ވާގަނޑު ހިފައިން ދަން ޖައްސަން ދުއްވައިގަންނަން ޖެހެނީ." ޔާމީން ވިދާޅުވިއެވެ.
ކުރީގެ ރައީސް ވިދާޅުވީ މަރަށް މަރު ހިފުމުގެ އިޖުރާއަތުތައް ފުރިހަމަތޯ ބަލަން އަދި އިތުރަށް އެހެން ބައެއް ވަޒީރުންގެ ސޮއިވެސް ބޭނުންވާނެ ކަމުގައެވެ. އަދި ހުކުމް ތަންފީޛު ކުރެވޭނީ އޭގެ ފަހުގައިކަމަށާއި އެހިސާބަށް ކަންކަން ނުދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަދި އެހިސާބަށް އަންނައިރުވެސް ހުރިހާ އިޖިރާތުތަކެއް ފުރިހަމަވީތޯ ކަށަވަރު ކުރަން، އަޅުގަނޑުމެން މިކަމަށްޓަކައި ތައްޔާރު ކޮށްފައި އޮތް ޤަވާއިދުގައި އޮންނާނެ ހޯމް މިނިސްޓްރީ އާއި ބަންޑާރަ ނައިބާއި އަދިވެސް އެހެން ބައެއް ވަޒީރުން ސޮއިވެސް ކުރުވަން ޖެހޭނެ އިޖުރާއަތުތައް ފުރިހަމަވޭތޯ. އެހުރިހާ ކަމެއް ފުރިހަމަ ވެގެން އައިމާ ދެން ރައީސް މީހުން ދަން ޖައްސަން ވަލުގައި ހިފައިން ދުވާނީ. އެހިސާބަށް ނުދަނީ ކަންކަން." އެމަނިކުފާނު ވިދާޅުވިއެވެ.
"އެވާ އަޅުގަނޑުގެ އަތަށް ދިން ނަމަދޯ އަޅުގަނޑާ ސުވާލު ކުރަންވާނީ ކީއްވެގެންހޭ ދަން ނުޖެއްސީ." ރައީސް ޔާމީން މިރޭ އިތުރަށް ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރުން މަރުގެ ޙުކުމް ތަންފީޛު ނުކުރާނެކަމަށް ވިދާޅުވެފައިވާ ވިދާޅުވުމާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރެއްވުމުން ރައީސް ވިދާޅުވީ އެއީ މި ސަރުކާރުގެ ސިޔާސަތުކަމަށެވެ. އަދި، އެއީ ކޯޓުތަކުން ޙުކުމްތައް ކުރެއްވުމަށްފަހު ބަދަލު ކުރައްވާތީކަމަށްވުން އެކަށީގެންވާކަމަށްވެސް ވިދާޅުވިއެވެ.
މަރުގެ ޙުކުމް ތަންފީޛު ކުރުމަށް ޔާމީންގެ ސަރުކާރުން ތައްޔާރީތަކެއްވެސް ވިއެވެ. އެގޮތުން ދަން ޖައްސައިގެންނާއި ލީތަލް އިންޖެކްޝަން ބޭނުންކޮށްގެން އެކަން ކުރެވޭ ވަރަށް ތައްޔާރުވިއެވެ.
ފުރިހަމަވާނީ އެކަމުންވެސް ކަޓެއް ލިބޭނަމަ ދޯ....
މުޅި ދައުލަތް ހިޞޯރުކޮށްގެން އޭރު އުޅުނު މީހެކޭ މިއީ....
ކަލެއަށް ފުރިހަމަ ކުރެވުނީ އިދިކޮޅު ސިޔާސީ މީހުން ހައްޔަރު ކުރުމުގެ އިޖްރާއަތު އެކަނިކަން އެންމެނަށްވެސް އެގޭ !
މިދެން އެއްޗެއް ކިޔާ ހަމަޖައްސާލީ. އިންތިޚާބު ކައިރިވެފައި އޮތީމާ ކަރުދާސްކޮޅު ތަކެއް މަދުވެދާނެތީ މަޑުކުރީ. އިންތިޚާބު ކާމިޔާބުވި ނަމަ ތަންފީޒު ކުރީސް.
ފުރިހަމަ ނުވެ ހުރި ކިތަންމެ ތަނެއް މަނިކުފާނު ހުޅުއްވައިވެސް ދެއްވީމު ނޫންތޯ. އަޅެ ފުރިހަމަ ނުވި ނަމަހީވެސް ގިސާސެއް ވެސް ހިއްޕަވާލެއްވި ނަމަހީ ނޫންތޯ؟
ނޯ ، އެކަން ކުރުމުގެ ނިޔަޔެއް އިޚްލާސް ތެރިކަމެއް ނެތީ.
އަސްލު ރަނގަޅު ވާހަކައެއް އެގޮތަށް މީހަކު މަރާލި ނަމަ ހުސްނާ ސުއާދު ކޮމިޝަނުން އެމައްސަލަ ބަލާނެ އަދި ސުޕުރިމު ކަޑައިން ނިންމާނެ މަރާލި މީހާއަކީ ކުއްވެރިއެއް ނޫންކަމަށް ދެން އޭގެ ޒިންމާ ނަގަނީ މޑޕ މީހުންތަ؟ ހަމަ ޔާމީނު ބޮލަށް އަރާނީ މިގައުމުގަ ހެޔޮ ވެރިކަމެއް މީހަކު ކޮށްފިތަ ދެން މި މޑޕ ބައިގަނޑަށް އެކަން ހަޖަމުކުރަން ވަރަށް އުނދަގުވާނެ
ދުވަހަކުވެސް ފުރިހަމަވާކަމަށް ނުވާނެ. ޢެކަމަކު ހުކުމް ތަންފީޒުކުރުން ލާޒިމް. ނުބައި ގާޒީންނަށް އަދަބުދެއްވާނީ ﷲ
ދޮގު ހެދުމުގައި ދެމިހުންނާތި.ވަގު