ބޮޑުތަކުރުފާނު މަގު ކަސްޓަމްސް ސަރަހައްދު (އޭޑީކޭ ޖެނެރަލް ޓްރޭޑިންގ) ކައިރި ޕާކް ކޮށްފައި އޮތް ވޭނެއްގައި ރޯވި އަލިފާން ރޭފަތިހު އެމްއެންޑީއެފް މާލެ އޭރިއާ ފަޔަރ ސްޓޭޝާންގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

މި ޙާދިޞާގެ ރިޕޯރޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބިފައިވަނީ ފަތިހު 5:18 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު ފަޔަރ ފައިޓިންގ ޓީމެއް ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާންފަށާފައެވެ. ފަޔަރ ފައިޓިންގ ޓީމުން އެސަރަހައްދަށް ގޮސް ބެލިއިރު ވޭންގެ ބެޓެރިއާއި ކުރީ ސީޓުގެ ދަށްފުށުގައި އަލިފާން ރޯވެފައިވުމުން އަލިފާން ނިވި ބޭނުންކޮށްގެން އެކީ ނިއްވާލާފައިވަނީ ފަތިހު 5:31 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ޙާދިޞާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މި ވޭނަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިހާރު ދަނީ މި ޙާދިޞާ ތަޙުގީގްކުރަމުންނެވެ.