ކުޑަކުދިންގެ ހައްގުތައް ގެއްލޭ ނުވަތަ ހައްގުތައް ނިގުޅައިގަނެވޭ ފަދަ ކަންތައްތަކަށް ތާއީދު ނުކުރައްވާ ކަމަށް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިދާތާ އެ ކަމަށް ތާއީދު ނުރައްވާ ކަމަށް ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.
"ކުޑަކުދިންގެ ހައްގުތައް ގެއްލޭ ނުވަތަ އެކުދިންގެ ހައްގުތައް ނިގުޅައިގަނެވޭ ފަދަ ކަންތައްތަކަށް އަޅުގަނޑު ތާއީދެއް ނުކުރަން،" ޝިދާތާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
I don't support any endorsement which neglects or violates the rights of children.
— Shidhatha Shareef (@shidhatha) December 8, 2018
މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވެފައި ވާއިރު ކުޑަކުއްޖަކާ ޖިންސީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އަށް ލިބިދޭ ބާރުގެ ދަށުން މިނިވަން ކޮށްފައެވެ.
މި ނިންމެވުމާއި ގުޅޭ ގޮތުން އެއްޗެކޭ ބުނެވެން ނޯންނާނެ ކަމަށް ޝިދާތާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހު، ހޯރަ އިއްބެ މިނިވަން ކޮށްފައި ވާއިރު މިއީ 2009 ވަނަ އަހަރަށް ފަހު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު މިނިވަންކުރާ ފުރަތަމަ ފަހަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް މުހައްމަދު ނަޝީދުގެ ގާތް އެކުވެރިޔާ ހޯރަ އިއްބެގެ ޙުކުމް ތިން ދުވަހަށް ކުރުކުރަން ރައީސް ނިންމެވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެހެންކަމުން ބުރާސްފަތި ދުވަހު އޭނާ ވަނީ މިނިވަން ވެފައެވެ.
ހޯރަ އިއްބެ ކުޑަ ކުއްޖަކާއި އެކު ޖިންސީ އަމަލެއް ހިންގަން އޮއްވާ ހައްޔަރު ކުރިއިރު އޭނާ އޮތީ ބަރަހަނާކޮށް ކަން އެވަގުތު ފުލުހުން ނެގި ވީޑިއޯ އިންނާއި ހޯރަ އިއްބެ އޮތް ކޮޓަރިއަށް ވަން ފުލުހުންގެ ހެކިބަހުން ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ ޙުކުމުގައި ބުނެފައި އޮވެއެވެ.
ދެން ކީވެގެން ތޯ. ހޯރަ ދޫކޮއްލީ. އޭރު ހަނުގަ ހުރެފަ މިހާރު ކީކޭތަ ތިޔަ ވިދާޅުވަނީ.. އިސްތިއުފާ ދީ. މިނިސްޓަރު ކަން ނުކުރެވެއްޏާ. މަންމަނު ހަދާގެން ތިބެ މިނިސްޓަރު ކަން ކުރެވޭތަ.
ރައިސް ސާލިހު އެހުރީ ޤާނޫނާއިހިލާފުވެފައި މިއީ ޤާނީނީގޮތުން ކުއްވެރިއެެއް މިިމަައްސަލަ ކޯލިޝަންގެ ކޮރަޕްޓް ކޯޓަށް ހުށައަޅަންފެނޭ ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތް
ސިދާތާގެ ވާހަކަ ބަދަލުވީ ކީއްވެބާ؟
ބައްލަވަ ކަމަނާ ތާއިދު ނުކުރަމޭ ބުނޫމަކުން ނުފުދޭ! ކަމަނާގެ ސާހިބު އިބޫ ހޯރައިއްބެ ދޫކޮއްލިއިރު އެކަމަށް އެއްޗެއް ނުބުނެ މަނާނުކޮށް ކުއްވެރި ނުކޮށް ހުރުކަމަކީ ކަމަނާ އެކަންކަމަށް ތާއިދު ކުރުމެއް ނޫންބާ؟؟ އެދެނީ އެފަދަކަންކަމަށް ހިއްވަރުކަން ކަމަނާއަށް ވިސްނޭ ވަރަށް ވުރެން ކަމަނާގެ ވުސްނުން ކޮށީތަ؟؟
ހިތްވަރެއް ހުރިއްޔާ އިސްތިޢުދެއްވާ
ހޯރަ ވަދެއޮތީ މުނި މާމައެއްކައިރިއަށްތަ ސިދާތާވެސް މިވީ އިބޫގެ ޕަޕެޓަކަށް. ޝުކުރިއްޔާ ސިދޫ
ރައީސުލް ޖުމުހޫރިއްޔާ ކުރިޔަސް ގޯސްކަމެއް ވިއްޔާ
ހުއްޓުވެންވާނެ ބަސް ބުނެވެންވާނެ
ޒިންމާ އަދާނުކުރެވެންޏާ އިސްތިއުފާ ދާފަ ރައްކާވޭ
ކޮންބަލާއެް
ތިވަރުން ޒިންމާ ނެގުނީކަމަށް ގަބޫލް ކުރަނީތަ؟އެހެން ވިއްޔާ އަވަހަށް އިސްތިއުފާ ދީ.
މިނިސްޓަރެއްގެ މަގާމުގައި ކަމަނާ ހުއްނަވާއިރު
ހޯރަ އިއްބެ ދޫކޮށްލުމާދެކޮޅަށް އެއްޗެއްވިދާޅެއް
ނުވަމުއެވެ އަދި ވިދާޅުވީ ރައީސްގެ ނިންމުން
ތަކަށް އެއްޗެއް ނުބުނެވޭނެކަމށެވެ އެހެންވީއިރު
ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމަށް ކަނާ
އަށް ނޭނގި ނަމަވެސް އެވަނީ އާނބަސް ބުނެވިފައެވެ އެހެން ނޫންނަމަ ހަމަ ވަގުތުން
ދެކޮޅު ހެއްދެވީހެވެ ކަމަނާއަކީ ކުޑަކުދިންގެ
ހައްގުތަކަށާއި ދީނީ އެއްބައިވަންތަކަމަށް ނުހަނު
ބޮޑަށް ވަކާލާތުކުރައްވާބޭފުޅަކަށްވާއިރު ތިޔަ
ކުރެއްވީ ދެރަކަމެކެވެ.
ތީ، މީހާ އަށްވުރެ ބޮޑު އަނގައެއް! ފޮޓޯ އިން ވެސް އެކަން އެނގޭ! ކަމަނާއަށް ސަލާމް!
ހީހީ ހަލާކު މިހިރަ ނުލަފާ އަންހެނާ އިބްތިހާލްގެ މަރުގެ ޒިމްމާ ފުރަތަމަ ނަގާބަލަ.
9 އަހަރުގެ ކުދީންގެ ހައްގުތައް ކޮބާ؟
ކުދިންނޭ! ކަލޭމެން މުނާފިޤުން ތިބޭގޮތް ދެކެންތަ؟ މި ޚަބަރުގެ ފޮޓޯގަނޑުން އެ ފެންނަނީ އޭގެ އެންމެ ފުރިހަމަ ނަމޫނާއެއް! އަޅެ ބަލާލަބަލަ!
ތާޢިދެއް ނުކިރަމޭ، ކަލޭތީ އެކަމަށް އެންމެ ރަނގަޅު މީހާ ތިހެން ބުނަން، ކަލޭ އަނގަފޭނުކޮށް ރައްޔިތުންގެ މޫނުމަތިން ދުރައްދޭ، ތީ މި ޤައުމަށް ހުރި ބޮޑު ބަލާއެއް، އަދި ކުޑަކުދިން ފަޅާ ހޮޓް މަމް އެއް، ތީ.
ހޯރަ ސިދާތާ
ތާއިދު ނުކުރީމަނިމުނީކީނޫން...މަގާމުން ދުރުވާންވި....އިދިކޮޅައް ޗުއްޕުވެސް ނުބުނެހުންނަން ތަ މަގާމުހަވާލުކުރީ....މަސްލިޮއްޔަތު އުފުލާކަން ނޫންތަ...ސިދާތާގެ ދަރިޔަކަން މިކަންދިމާވިނަމަ ކިހިނެއްބާހަދާނި...މީތޯ އިންސާފަކީ....މިކަން މިގޮތައްކުރީމަ ދޭހަވަނީ ސިދާތާވެސްމިކަމަށް ހިއްވަރުދޭކަން...ވަރައް ވެދުން.....ޖަޒީރާ ރާއްޖެ....
ހައްޤަށް ވުރެ މަޤާމުގެ ދަހިވެތިކަން .... ކަމަނާ މާ ބޮޑު
ވަރަށް ވެދުން
ކަމަނާ ތާއީދު ނުކުރައްވަނީ ކަމަނާގެ މަގާމު ގެއްލިދާނެފަދަ ކަންތަކައް
ކުރިން އެއީ ކަމަނާގެ ދެއްކުން ތެރިކަން މިހާރު ތިޔަ ފެންނަނީ އަސްލު ސޫރަ.
ތިވާހަކަ ޤަބޫލުކުރަން ވަރަށް ދަތި. ހޯރަ ދޫކޮށްލީމަ އިސްތިއުފާ ދިންނަމަ ޤަބޫލު ކުރެވޭނެ. ތިއައީ ރައްޔިތުން ބޮލަށް ޗިޕުޖަހަން ދައްކާ ވާހަކަ. ސާބިތު މިވީ ތިއައީ އެއްވެސް އެތިކަލް ސްޓޭންޑަޑެއް ނެތް ބޭފުޅެއްކަން. ތިމާގެ ބިލީފް ތިޔަ ވިއްކާލީ މަޤާމުގައި ދެމިހުންނަން. ޝޭމް އޮން ޔޫ