ޕެންޝަން ފަންޑުން ހައްޖަށް ދެވޭގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު، މަޖިލީހުން ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާ ގެ މެންބަރު މުޙައްމަދު އަސްލަމް ހުޅައެއްވި މި އިސްލާހު މަޖިލީހަށް ބަލައިގެންފައިވަނީ 56 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
އަސްލަމު ހުށަހަޅުއްވާފައިވަނީ އިސްރަށްވެހިންނަށް ދޭ އިނާޔަތް 2000 ރުފިޔާއިން 5000 ރުފިޔާއަށް ބަދަލުކުރުމަށާއި، ޕެންޝަން ފަންޑުގެފައިސާ ބޭނުންކޮށްގެ ހައްޖަށް ދެވޭނެ ގޮތް ހެދުމަށެވެ. އަދި އެ ބިލްގައިވާ ގޮތުން ޕެންޝަން ފައިސާއިން ހައްޖަށް ދެވޭނީ މީގެ ކުރިން ހައްޖުވެފައިނުވާ ފަރާތްތަކަށެވެ.
އިސްރަށްވެހިންނަށް 2000 ރުފިޔާގެ އިނާޔަތެއް އެންމެ ފުރަތަމަ ދޭން ފެށީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެހެން ނަމަވެސް ގާނޫނޫގައި ނުހިމަނުއްވާ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އިސް ރަށްވެހިންނަށް 5000 ރުފިޔާ ދޭން ފަށާފައެވެ.
މި ބިލަށް ބަހުސްކޮށް ވާހަކަ ދެއްކެވި ގިނަ މެންބަރުން ބިލަށް ތާއީދު ކުރެއްވި އިރު ޕެންޝަން ފަންޑުގައިވާ ފައިސާއިން ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ރައީސް ޞޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
ތީރަގަޅު ކަމެއް. ޢެކަމަކު ރާއްޖެތެރޭ މީހުންނަށް ގެދޮރުހެދުމަށްވެސް އެފަންޑުން ފައިސާ ލިބޭނެގޮތް ހަދަންވެސްފެނޭ
ވެރިކަމަށް އަންނަންވެގެންވާ ހުރިހާ ވަޢުދަކަށްމަޖިލިހުން ކަންކަން ފަހިކޮށްދޭކަށް ނުޖެހޭނެ މަޖިސް ހިނގަންވާނީ ބިނާކުރަނިވިގޮތަށް ވަޢުވާންޖެހޭނީ ކުރެވޭވަރުގެކަންތަކަށް މިއަކީ ގޯސްކަމެއްނޫން ވ ރަގަޅު އެކަމު ކުނިކަހަން ގޮވުން މަޖިލަށް ބިލެއް ހުޑައެޅުން ދިހަހާސް ހަމަވީމަ ސިޓީއަކަށް ބަދަލުކުރުން މުއައްޒަފުންނަށް މުސާރަ ދިނުން ހަދާފަ އޮތް ޕާކެއް ހުޅުވުން މިއަކީ ރައިސްކަމަށް އަންނަން ވާވަރުގެ ވަޢުދެއްނޫން
މުވައްޒަފާއި މުވައްޒަފުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށްވެސް ޕެންޝަން ފައިސާއިން ޙައްޖަށް ދެވޭގޮތަށް ތި އިސްލާހު ފާސްކޮށް ދެއްވުމަށް މިޖިލީހުގެ އެންމެހާ މެންބަރުންގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން.
މިރާއްޖޭގެ ޕެންޝަން ފަންޑުގައި އެތައްކަމެއް ރުފިޔާ ޖަމާވެފައި އެބަތިބި އެމީހާއަށް ބޯހިޔާވަހިކަން ނެތް މީހުނާއި ޚަރަދުކުރާނެ ފައިސާއެއް ނެތި ބޮޑެތި ބަލިތަކަށް ބޭސްނުކުރެވިތިބިމީހުން ވީމާ މިދެންނެވި ކަންތައްތަކަށްވެސް މިފައިސާ ބޭނުން ކުރެވޭ ހިތަށް ތިޔަގެންނަވާ އިސްލާހު ގެނެސްދެއްވުން އެދެން
ޕެންޝަން ފަންޑުރުފިޔާ ބޭނުން ކޮށްގެން ދިރިއުޅުމުގެ ހުރި ބޮޑަތި އެހެން ކަން ތައްތައް ކުރެވޭ ހިތަށް ތިއިސްލު ގެންނެވުންއެދެން ބައެއް ބޭފުޅުންގެއެކައުންޓު ތަކުގައި ދެލައްކަ ތިންލައްކަ ރުފިޔާ އެބަހުރި