ކިތަންމެ ނުބައި މީހަކު ކަމުގައި ވިޔަސް އަދި ކުށް ކުރާ މީހެއް ކަމުގައިވިޔަސް އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ބައްދަލުވުމުގައި ވަހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ މާޒީގައި ހައްގުތައް ހިފެހެއްޓުމަށް މަސްކަތް ކުރިކަމަށާއި އިންސާނީ ހައްގުގެ މުހިއްމުކަން އެނގުނީ އަމިއްލަ ހައްގުތައް ނިގުޅައިގަތުމުން ކަމަށެވެ. އަދި މިނިވަންކަމަކީ ކޮންމެ ފަރުދެއްގެ ހައްގެއްކަމަށާއި، އެއްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ ރައްޔިތަކަށްވެސް ފުރުސަތުތައް ލިބެން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"އިންސާނީ ހައްގުތަކަކީ ވަކި ކުލަޔަކަށް، ވަކި ފިކުރަކަށް ނިސްބަތް ވެގެން ލިބެންޖެހޭ އެއްޗެއް ނޫން, ކިތަންމެ ނުބައި މީހަކު ކަމުގައި ވިޔަސް އަދި ކުށް ކުރާ މީހެއް ކަމުގައިވިޔަސް ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ" މަހުލޫފް ވިދާޅުވިއެވެ.
މިނިސްޓަރ މަހުލޫފް ވަނީ އަމިއްލަޔަށް ނުވަތަ އާއިލާއަށް އަނިޔާވެރިކަން ތަހައްމަލްކުރަން ނުޖެހެނީސް މިކަމާއި މެދު ފުންކޮށް ވިސްނުމަށް އިލްތިމާސްކުރައްވާފައެވެ.
"ރައްޔިތުން މަޖިލީހުގައި މެމްބަރުންނަށް މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅައި މަޖިލީހުގައި ތަޅު އަޅުވައި މެމްބަރުންނަށްވެސް އަނިޔާކުރި, މި އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރި ރައްޔިތުނަށް އަނިޔާކޮށް ކަރުނަ ގޭސް ބޭނުން ކުރި" މަހުލޫފު ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ މަހުލޫފު ވަނީ ކޯލިޝަން ސަރުކާރުން އިންސާނީ ހައްގުތައް ރައްޔަތުންނަށް ކަށަވަރުކޮށްދީ ގޯސްކޮށް ހުރި ކަންތައް އިސްލާހުކުރާނެކަމަށް ވިދާޅުވެފައެވެ.
މިސަރުކާރު އައިފަހުން މިވަނީ އިންސާނީ ޙައްގު އޮޅިފައި އެހެންވީމަ މަހުލޫފް ބުނެދީފާނަންތޯ އިންސާނީ ޙައްޤަގީ ކޮބައިކަން ކުޑަ ކުއްޖަކާއި ބެހިގެން 10 އަހަރަށް ޖަލަށްލާފައިހުރި ޕާޓީ މީހާމިނިވަންކުރާއިރު ކުޑަކުއްޖާއާއިބެހިގެން ޖަލަށްލާފައިހުނި ނިކަމެތި މީހާ މިނިވަން ނުކުރުމަކީ އިންސާނީ ޙައްގުކަށް މަހުލޫފު ދެކޭނަމަ ކިތަންމެހާވެސް ރަގަޅަކަށް އެޙައްގު އެބަލިބޭ އަމިއްލަ ގެދޮރު މޯގޭގުކޮށްގެން ފައިސާހޯދާ ރިސްވަތުގެ ގޮތުގައި ފަޑިޔާރުންނަށް ދިނުމަކީ ރިސްވަތުކަމަށް ނުވެފައި ބުރަމަސައްކަތުން ހޯދާ ފައިސާއިން ނިކަމެއްޗަކަށް ސައިފެންތައްޓެއްދިނުމަކީ ރިސްވަތުކަމަށްވާނަމަ އެކަންވެސް މަހުލޫފަށް ރަގަޅިއްޔަ މިގައުމުގެ ޒުވާނުންނަށް ރަގަޅޭ ބުނަންހަމައޯކޭތޯ؟
ދައްކާނެ ވާހަކަޔެއްނެތް، މަވާ ސަލާމް.
ޓިމާމީ އެންމެ މޮލުމިީހަޔޯ
ބަލަ އިސްލާމީ އުސޫލުތަކާދުރައްނުދޭ...
ސުބުޙާނައްﷲ
މަޚުލޫފަކީ ވަޒީރުކަމަށް އެއްގޮތަކަށްވެސް ތަސައްރުފުވާ މީހެއްނޫން