ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖަލަށް ލާން ކޮށްފައިވާ ޙުކުމްތަކުގެ މައްސަލަ އަލުން ބެލުމަށް ފަހު މިއަދު ޙުކުމް ކުރަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އަހްމަދު ނާޒިމްގެ މައްސަލަ ތާވަލް ކޮށްފައި ވަނީ މިއަދު ހަވީރު 15:45 އަށެވެ. މުހައްމަދު ނާޒިމްގެ މައްސަލަ ތާވަލް ކޮށްފައި ވަނީ މިއަދު ހަވީރު 16:45 އަށެވެ.

އަހްމަދު ނާޒިމްގެ މައްސަލަ ބައްލަވާނީ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ދީދީ އެވެ. މުހައްމަދު ނާޒިމްގެ މައްސަލަ ބައްލަވާނީ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު އެވެ.

އަހްމަދު ނާޒިމްގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާ ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވީ އޭނާގެ ހިއްސާ އޮތް ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުން ލައްވައި، އެކި ކުންފުނިތަކުގެ ނަމުގައި އެސްޓިމޭޓްތަކެއް ހުށަހަޅައިގެން ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރި ކަމަށް ބުނާ މައްސަލައިގަ އެވެ. ކްރިމިނަލް ކޯޓާއި ހައިކޯޓުން ނާޒިމާ އެއްކޮޅަށް މި މައްސަލަ ނިންމިޔަސް، ސުޕްރީމް ކޯޓުން އޭރު ނިންމީ ނާޒިމާ ދެކޮޅަށެވެ.

މުހައްމަދު ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

ދެބޭފުޅުންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން މަޑު ޖައްސާލާފައިވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރެއްގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކުޑަހުވަދޫ

    އެމީހުންނަކީ ސިޔާސީމީހުންނެވެ. އެކަމެއްބަދަލެއްނުވާނެއެވެ. ނަމަވެސް ތީގެތެރޭގައި ގިނައީ ބޮޑެތި ޖަރީމާތައް ހިންގާފައި ތިބި ވަގުންނާއި ކްރިމިނަލްއިންނާއި ޓެރެރިސްޓުންނަށް ކުފޫ ހަމަވާ މީހުންނެވެ. ސިޔާސީ ވަކިބޭނުމެއް ފުއްދުމަށް ހަމަ އެމީހުން ދޫކޮށްލަނީހެއްޔެވެ. އެގޮތަށް އެކަން ވަމުންދާތަން ފެނުނީމާ ހިތަށް އަރައެވެ "ރައީސް އެވެ. އިޙްސާންތެރިކަން އިސްރާފު ނުކުރައްވާށެވެ."

  2. ހޮޅުއަށި

    ނިޔާ އިއްވާނެ ގޮތް އެގޭ ތިކަމުގަ ބަޔަކު އިތުރަށް ދައްކާނެ ވާހަކައެއްނެތް .ސާބިތު ވާނެގޮތް އެއީ ނެތްގޮތް .

  3. ާއިބޫ

    ތިދެން ނިމޭނެ ގޮތް އެންމެނަށް ވެސް ވަރަށް ސާފު

  4. ދެރަމީހާ

    އަޅުގަޑ އެއްއިގޭ ހުކުމް... ނާޒިމް އަކީ ސަާފުސީދާ މީހެއް އެއްވެސް ކުށެއްނުކުރޭ...

  5. ޒާ

    ތިޔަ ހުކުމް އޮތީ އެންމެންނަށް އެނގި ބާވެފައި.

  6. ބޮލި މުލައް

    ސްޕްރީމް ކޯޓުންވިއްޔަ ޙުކުމް ވ ސާފު. 2 ނާޒިމުވެސް ހުދު ކާފޫރު