މާ ބޮޑަކަށް ފުޓުބޯޅަ ކަންތައްތައް އެނގިގެން ނޫނެވެ. އެކަމަކު ފެންނަ ބައެއް ވާހަކަތަކުން މިވާހަކަ ދައްކާލަން ޖެހުނީއެވެ.

މިއަދު ކިޔާލި ބައެއް ރިޕޯޓުތަކުން އެނގުނީ ފުޓުބޯޅަ އޮތީ މީގެން ޒަމާނަކުވެސް ނުވެއްޓޭ ވަރަށް ދަށު ދަރަޖައިގައި ކަމަށެވެ. އެފްއޭއެމް ހިނގަމުންދަނީ އެންމެ ހަރުދަނާ އުސޫލުން ނޫން ކަމަށެވެ. ކޮންމެއަކަސް މީހެއްގެ އަމިއްލަ ދިރިއުޅުމުގެ ކަންތަކާ ބެހުމަކީ އެންމެ އެކަށީގެންވާ ކަމަށްވެސް ނުވެދާނެއެވެ.

އެހެން ނަމަވެސް، މީސް މީޑިއާގެ އަޑުތަކަށް ރިއާޔަތްކޮށް އެއްޗެއް ލިޔެލާނަމޭ ހިތަށް އެރިއެވެ. އެފްއޭއެމްގެ ރައީސް، ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ޒިންމާ ބޮޑު މީހާ، ބައްސާމް އަދީލް ޖަލީލް، ދާދިފަހުން ކައިވެނިކުރި ޓީވީ ޕްރެސެންޓަރު އައިމިނަތު މައުރީނާއެކު ގިނަ ދަތުރުތަކެއްގައި ޔޫރަޕަށް ދިޔަކަން އެ ބޭފުޅުންގެ މީސް މީޑިއާއިން އެނގެއެވެ.

ނޫނީ ދަތުރުކުރަނީ މައުރީން އެކަނި ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އެ ދަތުރުތަކުގެ އަޑަކީ މީސްމީޑިއާގައި ގަދަ އަޑުތަކެކެވެ. އެ އަޑުތައް ފެތުރުނީވެސް، ފައިސާއާ ހަމައިންނެވެ. ދަތުރުކުރުމަކީ އިންތިހާއަށް ފައިސާ ހިނގާކަމަކަށްވާ އިރު، ގިނަ ބައެއްގެ ޓްވީޓްތަކާއި ކޮމެންޓްތަކަށް ބަލާލުމުން އެނގޭ އެއްޗަކީ، އެންމެ ގިނައިން ކުރެވޭ ސުވާލަކީވެސް އެ ދަތުރުތަކަށް ފައިސާ ހޯދާ ގޮތާ ގުޅޭ ސުވާލުތަކެވެ.

https://twitter.com/thayyib/status/1049910332355940353?s=21

ފުޓުބޯޅައިގެ ހާލަތު ގޯހުން ދިޔަކަން ހަބަރުތަކުން އެނގޭ އިރު، އެ ދަތުރުތަކަކީ އެފްއޭއެމްގެ ދަތުރުތައް ކަމަށްވެސް ބައެއް މީސްމީޑިއާ އެކްޓިވިސްޓުން ދެކޭ އިރު، އެކަމުގެ އަސްލު ހަގީގަތް ޔަގީނުންވެސް ނޭނގެއެވެ. ސިޔާސީ ބައެއް ތުހުމަތުތައްވެސް އެފްއޭއެމްގެ ރައީސް ބައްސާމްގެ ބޮލުގައި ބައެއް ފަރާތްތަކުން އަޅުވާ އިރު، މީސް މީޑިއާގައި އެ ވާހަކަތައް ފެތުރެނީ އެކްޓިވިސްޓުންގެ ފަރާތުންނެވެ.

ކޮންމެއަކަސް، ބައްސާމް އަދި މައުރީންގެ ޓްރިޕް ތަކަށް ބޮޑު ސަމާލުކަމެއް އުފެދިފައިވާ އިރު، އެ ހަރަދަކީ އެފްއޭއެމްގެ ހަރަދުތޯ، ނޫނީ ހަމަ އަމިއްލަ ޖީބުން ކުރާ ހަރަދުތޯ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ތާކުރު

    މަށަކަށް ނޭނގޭ!! އެކަމަކު މައުރީން މައިބަދަޔަށް ލައްވާފަ އެހެރަ ބަނޑި ސީދަލެއްނުން.. މިބުނީ ބައިވަރު ވާހަކަ..

  2. ސާބަސް

    އެދެމީހުން އެކެނިތަ ޔޫރަޕަށް ދަނީ...ތީ ބޮޑު ވަރު މީހުންގެ އަގު ވައްޓާލަން އުޅުނަސް.

    • Anonymous

      ވަރަށް ބޮޑު ތެދެއް! އެޔައްވުރެ އާދައިގެ މީހުންވެސް މަހަކުތިން ފަހަރު.

  3. ށފަހސޖކސރނ

    ހުރިހާކަމަކާ ބެހެން ވާނެ

  4. ރާއްޖެ

    ވަޒީފާ އަކަށް ނުގޮސް ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީގައި 5އަހަރު ދިރިއުޅެމުން ދިޔަ މީހުން ނުފެނި ބައްސާމް ފެނުމުން ހައިރާން ވެއްޖެ.

  5. އާކާސް މުހައިމިނު ކުޅުދުއްފުށި

    ތިވަރުގެ ކުދިން ގެންގުޅެވޭނީ ފައިސާ ހުރެގެން ނުނީ އެހެން ދިމާތަކުން މާބުރުތަކަށް ހިދުމަތް ފުޅާކުރި އަޑު އިވޭނީ

  6. ނޮކްސް

    ޒަމާން ބަދަލު ވެއްޖެ. މިހާރު ހަމަ ކިރިޔާ ކަތި ފިޔަވަޅެއް ނުވަތަ ޝާއްކު އުފެދޭ ކަމެއްވާއިރަށް އެނގޭތީ ބުނަނީ ވައްކަން ނުކުރާށޭ.ޕީޕީ ކުއްޖަކު ކުރިކަމެއް ޕީޕީއަށް ގޯސްނުއްވަސް ހަމަ ގޯސްކޮށް ހިނގާފަވެސް އޮވެދާނެ.

  7. ބަދޫރާ

    ކަލޭމެންނަށް ކޮން ކަމެއް ބައްސާމް މައުރީން ގޮވާގެން އުޑަށް އެރިޔަސް..

    • ސާބަސް

      ތިޔޮއް ކުފުުރުވަނީ ކޮއްކޯ ބަދޫރާ

  8. އައިޝާ

    ކޮއްދިނ

  9. މޭހޫނާ

    ކިތައްމެ ވަރެއް ކޮއްދިނަސް މައުރީން ބުނާނެކަންނޭގެ "ކޮއްދިން ކަންތަކަށްް ވުރެ ގިނައީ ނުކޮއްދޭ ކަންތައް."...

  10. ބަކުރުބޭ

    އަންނި އާއި އޭނާގެ ވަފުދުތައް ބޭރު ގައުމު ތަކުގައި އެ ތެޅުނީ ކޮންތާކުން ހޯދި ލާރިޔަކަށް...

    • ގަމާރު

      ކަލޭގެ ގަމާރުކަމާ އޭ

  11. ނިހާން ހަމީދު

    ޞރާއްޖޭން ބޭރުގައި ހޭދަކުރި ހަތަރު ފަސް އަހަރު ހަރަދުކުރިގޮތުގެ ތަފްސީލުވެސް ވަރައްމުހިމްމު ކަންނޭނެގެ އެވެދާނެ ވަރައް ނުރައްކާކަމަކައްވެސް ބެލުން ރަނގަޅުކަމެއް ނޫނީ މޮކަންވެސް އާންމުވެދާނެ

  12. ހުސެން ސަނާޙު

    މައުރީން އާއި ބައްސާމުގެ ދިރިއުޅުމަށް ބާއްޖަވެރިކަން ދެއްވާށި.. ބައްސާމު ތިޔަވަރު ކޮއްދިނީމަ މައުރީން ލަނޑެއް ނުދެންޏާ ކިތަންމެހާވެސް ރަނގަޅު

  13. ޖާބިރު

    އާއްޓޭ ސައިކަލެއްދިނަސް ތިޔައީ ދެން ބޮޑުވަރު.

  14. ހިމާރުލް ޤައުމު

    ބަލަ ޔޫރަޕަށް ދިޔުމަކީ މިހާރު އެހާބޮޑުކަމެއް ނޫނޭ. މީހުންގެ ޒާތީ ދިރިއުޅުމަ ނުބެހި އަމިއްލަ ދޮރިއުޅުމުގައި ހުރި ގޯސްކަންކަން ރަގަޅު ކުރެވޭތަޮ ބަލާބަލަ. ޅިޔާނެ އެއްޗެއް ނެތިއްޔާ ނުލިޔެ ހިމޭނުން ތިބެބަލަ.

  15. ށރ

    ޢީސީ ޝަރީފޫ

  16. ނޭނގޭ ގޮތެއްވޭ

    ދެން މާދަން ފެންނާނެ ބައްސާމް ވަގުތު ނޫހާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާތަން. އަދި ތުންތުންމަތިން އިވުނޭ ކިޔާފަ ޚަބަރުގަ ޖަހާ ވަރެއް ނުވޭ ދޯ! ވަގުތު މީހުން ވަގުތު މީހުންގެ ގޮތުަގަ. ޚަބަރު ލިޔަން އާ ކުދިން ކޮޅެއް ހޯދަން ވީއެއްނު ދެން ބޮޑު ވަރޭ

  17. ޟަހޭ

    ވަގުތު މީ ނޫހެކޭ ކިޔާ ފެންވަރުގެ އެއްޗެއް ނޫން.