ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ގުޅިފައިވަނީ އިންޑިއާ އާއި ކަމަށް ކުރީގެ ރައީސް އަދި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވެއްޖެވެ.
މިއަދު އިންޑިއާ އަށް ފުރާވަޑައިގެންނެއްވި ރައީސުލްޖުމުހުރީޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި އެއާޕޯޓްގައި ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ކާމިޔާބު ދަތުރުފުޅަކަށް އެދޭ ކަމަށާއި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ބޮޑަށް ގުޅިފައިވަނީ އިންޑިއާ އާއި ކަމަށެވެ.
"ޝައްކެއް ނެތް, ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އިތުރު ކާބިޔާބީ ލިބިގެން ދާނެ" ނަޝީދު ވިދާޅުވިއެވެ.
Raees Ibrahim Mohamed Solih ah baajjaveri adhi kamiyaab dhathurufulhakah edhen.Raajjeyge tharaqee aai Dhivehinge salaamathai rakkaatherikan enme bodah gulhifaivanee India aai.Shakkeh neiy gothugai Raeesul Jumhooriya ge mi dhathurufulhun Dhivehinnah ithuru kamiyaabee libigendhaane
— Mohamed Nasheed (@MohamedNasheed) December 16, 2018
ތިން ދުވަހުގެ މުއްދަތައް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެގައުމަށް ފުރައިވަޑައިގަތުމުގެ ކުރިން މީޑިއާ އަށް ދެއްވި ބަޔާނެއްގައި ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ވިޔަފާރިވެރިންނާއި ބައްދަލުކޮށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ދެއްވާ، އިންޑިއާ ވިޔަފާރިވެރިން ރާއްޖެއަށް ޝައުގުވެރި ކުރުވުމުގެ މަސައްކަތް ކުރައްވާނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އެއްބާރުލުން ގާއިމް ކުރުމާއި ބެހޭ އެއްބަސްވުންތަކެއްގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިންވެސް އެންމެ މުހިންމު އެއްބަސްވުމަކީ، ވިސާގެ ލުއިފަސޭހަތަކާ ބެހޭގޮތުން ސޮއިކުރާ އެއްބަސްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
އިންޑިއާ ދަތުރުފުޅުގައި ލިބޭނެ އެންމެ ބޮޑު އުފާފުޅަކީ އިންޑިއާގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާގެ ރައީސްގެ އިތުރުން ސަރުކާރުގެ ގިނަ ވެރިންނާއި ބައްދަލު ކުރައްވާނެއެވެ. އަދި ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ވެސް އެމަނިކުފާނު އިންޑިއާ ސަރުކާރާއި މަޝްވަރާ ކުރައްވާނެއެވެ.
ލަދު ކުޑަ ކަމެއް ނޭނގޭ މީހެއްް. ނާށިގަނޑު ހިފައިގެން މޯދީގެ ފައިގަ ބޮސް ދިނީމަ އެނިމުނީ. އިންޑިއާ މީހުންނަކީ ދުވަަކުވސް ރާއްޖެ ކުރިއަށް. ދިއުމަށް އެދޭ ބައެއް ނޫން. މައުމޫނުގެ 30 އަހރިވެސް އެމީހުން ހެދީ އެހެން
ޔާﷲ، އެމްޑީޕީ އާއި ކެނެރީގެ ޔަހޫދީ ނަޝީދު، އަދި
މިރާއްޖޭގެ ވެރިކަމުގައި ހުރި މީހާ އާއި އޭނަގެ އައުވާނުން
ގެ ނުބައި ރޭވުންތަކުން އަޅަމެންގެ މި ޤައުުމާއި ދީން
ސަލާމަތް ކޮއްދެއްވާނދޭވެ. އަދި މިނުބައި ބައިގަނޑު
ހިއްޕަވާނދޭވެ.
އާމީން
ކުރިން މިގައުމުގެ ވިޔަފާރި ހިސޯރުކޮށްގެން ތިބި ވޯރާ ވިޔަފާރިވެރިން ގެންނަނީދޯ މިގައުމަކީ އިންޑިޔާގެ އަވަށަކަށް ނުވެއްޖެނަމަ ކިތަންމެހާވެސް ރަގަޅު
ދިވެހީންނެއްނޫން ކެނެރިގެ އާއިލާ ނޫނީ އެންޑީޕީ މީހުންނަން އެކަނި ނޫނީ ނަޝީދުގެ ފެންބިފައި ތިބި މީހުންނަން އެކަނި އިންޑިޔާ އާއި ނުލާ ނޫޅެވޭނީ އަހަރެމެއްވެސް މީ ދިވެހީން އަހަރެމެން އިންޑިޔާއޭބުއްޏަސް ބިރުން ގާތް ހީބިހިނަގާ ދުވާލަކު ކިތަން ކުޑަކުދީން މުސްކުޅިން ރޭޕްކުރަމުން އަދި ނުވިތާކަން ގެރިއަށް އަޅުކަންކުރަމުން އެއްޖިއްސުން ގުޅުން ހުއްދަ ކުރާ އެހާވެސް ނުލަފާ ނުބާބައެއްގެ ވާހަކަ ރައީސްކަން ކުރި މީހެއް މިހެއް ބުނީމަވެސް މީ ވަރަން ވާހަކަ އިބު މި ދަތުރުގައި ސޮއިކުރާ އެއްބަސްވުން ތަކަކީ 25 ބުރީގެ ހޮސްޕިޓްލް އިންޑިޔާއަށް ހަނިމާދޫ އެއަރޕޯރޓް އިންޑިޔާއަށް ލ.ސ. އަތޮޅުގައި އިންޑިޔާ ސަރުކާރުގެ މިލިޓަރީ ބޭސް އެއް އެޅުން މީ ކަންތައްތައް އޮތްބާލަން ޝާހިދު މިކިޔަނީ މި މަހުގެ މިސާރަވެސް ދެވެއްނެތްވާހަކަ އެއީ ރައްޔިތުންނަން އޮޅުވާލުން މީ ހަޤީޤަތަކީ
ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ގުޅިފައިވަނީ އިންޑިއާ އާއި ކަމަށް ކެނެރީގެ ޖާހިލް ނަޝީދު ބުނާއިރު، ކޮންމެ އިންސާނިއްޔަތެއްގެވެސް ނުވަތަ ކޮންމެ މަޚްލޫޤާތެެއްގެވެސް ސަލާމަތާއި ރައްކާތެރިކަން ގުޅިފައިވަނީ ﷲ سبحانه وتعالٰى ކަން ހަމަ އެއްވެސް ވަރަކަށް ނޭނގެނީބާ؟
އިންޑިޔާ އޭ ބުނީމަވެސް ބިރުން ހަލާކުވޭ ސޮނީ ޗެނަލްއިން އެދައްކާ ކްރައިން ޕެޓްރޯލް ބަލާލީމަވެސް
އަހަރެމެން ވާގިއެދެނީ އެކަލާންގެ ހަޒުރަތުން.. ގެރިމޯދީ އައް ދެވޭނެ ހިމާޔަތެއް ނޯންނާނެ..
ދެން ކޮން ތުއެއް ވާކަށޯ ރައީސް ސޯލިހް ފުރާވަޑައިގަންނަވާއިރު އެތަނަކަށް ރައީސް ނަސީދު ވަޑައިގަތީކީ! ތިމާގެ މުހިންމު ކަން ދައްކަން ނޫނީ ދެން ކޮން ބޭނުމެއް އަޅެ ފަހެ! ހަމަ މުލީއާގޭގަވެސް ބުރީފިންގ ދެވުނީސް ދޯ!
ތިހެން ކިޔާފަ އެއާޕޯޓް ޖީއެމްއާރު އަށް ދީފަ އިންޑިޔާ ސިފައިންގެ ބޭސްއެއް މިތާ ހަދާނީކީނޫން. މަނިކުފާނުގެ ތިހެން ހައްދަވައިފިއްޔާ،އިބޫގެ ވެރިކަމާއި ދެކޮޅަށް ދިވެހިން ތެދުވާނެ އޭރަށް ތާ މަނިކުފާނަށް ރަނގަޅުވާނީ އިބޫގެ ވެރިކަން 5 ނުވަނީ ނިންމާލެވޭނީ... ލޮބުވެތި ރައީސް އިބޫ ވިސްނަވާ
ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ގުޅިފައިވަނީ ނަޝީދު އާ
ވެރިކަމުގެ ދަހިވެތިކަމުގަ ގައުމު ވިއްކާލަނީ.
އެއްޗެއް ބޮވިފަތިބޭ އާލާތްގަނޑެއް އިންޑިއާއަކީ ކަލޭމެން ހެއްދެވި ފަރާތް ކަލޭމެންނަށް ރިޒުގުދެއްވައި ރައްކާތެރިކަންދޭން ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީއޭ ތިޔަ މޫދީ ކައިރީގަ ބުނެބަލަ ކަލޭމެންގެ ގައުމުގަ ކާންނުލިބި ޑަސްބިންކާން ތިބޭ ފަގީރުންނަށް އެހީއެއްދީބަލާށޭ ދުވާލަކަށް ހަނޑޫ ފުކެއްގެ މިންވަރުވެސް ލޮލަށް ނުފެންނަ ކިތަށް ރައްޔިތުން އިންޑިޔާގަ ތިބިކަން މޫދީއަށް ކިޔާ ދީބަލަ ** ވިދާޅުނުވެ
ކަލޯ! އިންޑިޔާއެއް ނޫން ދިވެހިން ދުނިޔެއަށް ފޮނުއްވީކީ. ދިވެހިންގެ ސަލާމަތާ ރައްކާތެރިކަން އޮތީ އިސްލާމް ދީނުގައި ހިފަހައްޓައިގެން ތިބި މިންވަރެއްގެ މައްޗށް ބިނާވެފަ!
ދިވެހިންގެ ރައްކާތެރިކަން ގުޅިފަ ވަނީ ކަލެއާ. ކަލޭ ދުނިޔޭގަ ހުރިހާ ހިނދަކު ދިވެހިންނަށް ހެޔޮ ގޮތެއަ ނެތް. އަވަސް މަގަކުން ކަލޭގެ ކަންތައް ނިންމަވައި ތި ބޮޑު ވެގެންވާ މުސީބާތުން އަޅަމެން މިންޖު ކުރައްވާފާނދޭވެ.
މި ފަދަ ތަންތަނުގައި ނަޝީދު ހުންނަނީ ކޮން ހައިސިއްޔަތަކުން ތޯ؟
އޭނާއަކީ ރަސްމީ ސިފައެއްގައި ސަރުކާރުގެ އެއްވެސް ހައިސިޔަތެއް ނުވާ މީހެއް ނޫންތޯ..؟
އިނގިރޭސި ވިލާތުގައި ނުވަތަ އެމެރިކާ ގައި ބޮޑުވަޒީރުގެ ނުވަތަ ރައީސުގެ ހަފްލާތަކާއި ބައްދަލުވުންތަކުން ކުރީގެ ރައީސުން ނުފެނޭ... އެކަމަކު ބުނާނެ ޑިމޮކްރަސީގެ ރިވެތި އުސޫލަށް ތަބާވަމޭ..
ހަމަ ވެރިކަން.. ޖާހާއި މަންސަބު.. އިއްޒަތާއި ޤަދަރު... މިކަންކަމަށް ދަހިވެތިވާލެއް ބޮޑުކަމުން ތިމާޔާ ނުބެހުނަސް އެތަނަކަށް ބޯކޮށްޕާލެވެނީ...
މީތި ތަޅާ މަ*ލިޔަސް ފާފައެއް ނުވާނެ. އިސްތިއުފާ ދިން ދުވަހު ރައީސް އޮފީހުގެ ގޭޓުން ބޭރު ކޮށް އެކަނ ދޫކޮށްލިނަމަ ތި ވަބާއިން އޮތީހީ ސަލާމަތް ވެފަ. އަހަރުމެން ކެތް މަދުވެފަ ތީތި އަތު ޖެހޭތޯ އެތާ ތިބިން ވިއްޔަ. ސިފައިން ރަނގަޅު ކަމުން އަތުލަފި ކޮށްގެން ގެންދިޔައިމަ އެމީހުންނަށް ވެސް ދިރިއުޅުނަކަ ނުދިން ތި ***.
ތަމެން އިންޑިއާ ގެ އެގްޒިމް ބޭންކް އިން ޝޯރޓް ޓާރމް ގައި ބޮޑު އިންޓަރެސްޓެއް ގައި ލޯން އެއްނަގާނެ ދައުލަތުގެ ބަޖެޓަށް ސަޕޯރޓް ހޯދުމުގެ ނަމުގައި އެކަމަކު އެ ބަޖެޓް އިން ޚަރަދު ކުރާނީ ތަމެން ގެންގުޅޭ ދަ ބަނޑު އަކިރިން ތަކަށް އެމްޕީ ކަން ދޭން ވެގެން އެ ކެމްޕެއިނަށޭ ތަމެން އެއް ފަރާތުން ތަމެންގެ ކަނޑުކޮސް ގޮވާ ފައިސާ އާއި ބެހޭ ބޮޑޭ ބުނަނީ ބަޖެޓް ގައި ނެތޭ މުސާރަ ދޭނެ ފައިސާއެއް އެކަމަކު ތަމެން ދުވާލަކު 45 ހާސް ރުފިޔާގެ 10 ސްޓޭޓް މިނިސްޓަރުންނަށް ވަޒީފާ ތަމެން ދެނީ އެއީ ތަމެން ދައްކާ ވާހަކަ ދިމާނުވާތީއޭ އިންޑިއާގެ ޕަޕެޓް ސަރުކާރެކޭ ތަމެން ތިޔާ ހިންގަން އުޅެނީ އިންޑިއާ އަކީ އެއީ ފަގީރު ކިބަޅި ގައުމެކޭ ތަމެން އިންޑިއާގެ އެގްޒިމް ބޭންކް އިން ލޯން ނަގަން އުޅޭ ކަން އެއީ މަމެންނަށް ކުރިން ވެސް އިނގޭ ކަމެކޭ އެއީ ބޮޑު އިންޓަރެސްޓް ރޭޓް ގައި ތަމެން ނަގަން އުޅޭ ލޯން އެކޭ...
ރާއްޖޭގެ އަޅުވެތިކަން ގުޅިފައިވަނީ އިންޑިޔާއާ! އެކަލޭގެ ބުނާއެއްޗެއް ބުނަނީ ދިމާ އިދިކޮޅަށް!
އަހަރުމެންގެ ރައްކާތެރިކަން ގުޅިފައި ވަނީ އަހަރުމެން ހެއްދެވި ރައްބު އާއI.
މިހުރިހާ ދުވަހު އިންޑިޔާ ލައިގެން ނޫން. ދިވެހީން އުޅުނީކީ . އިންޑިޔާއާއި ދިވެހީން ގުޅިގެން އުޅެން ޖެހެނީ ވަކި ހުދޫދެއްގެ ތެރޭގައި. ތިއުޅެނީ ހުދޫދުން ބޭރުގައި ކަންތައްކުރަން. ތިކަން މާލަސްތަކެއްނުވެ އިބޫ ޞާލިޙުއަށް ވޯޓް ދެއްވި ރައްޔިތުންނަށް އެނގިގެންދާނެ.
ކަލޭގެ *** ގުޅިފައޮތީ. ސާފުވެއްޖެ. މާގަޓު ހުރިމީހަކަ ވެގަނެގެން. ގަޓުހުރީ ރ.ޔާމީންގެ. ރައްޔިތުން ދޫކޮށްލާފަ އަދިވެސް ނުގޮސް އެހުންނަނީ އަމިއްލަ ފަސްގަނޑުގަ. ޢެމަނިކުފާނު ނޮޅާކާން ކޯޅޭޝަނުން މަސައްކަތް ކުރާއިރުވެސް ސާބިތުކަމާއެކު އެހުންނެވީ އަމިއްލަ ފަސްގަނޑުގަ. ޢެއީ ގައުމަށް ވަފާތެރިންނަކީ. ކަލޯމެންނަކީ ޚާއިނުންކަން މިހާރުވެސް އަދި ތާރީހުންވެސް ސާބިތު ކޮށްދޭ.
ލަދު ކުޑަ،މީ ގައުމެންތަ އަބަދު ސަލާން ޖެހުން ނޫން ގޮތެން ނޯވެ ދޯ.ދިވެއްސަކަށް ވީތީ ލަދު ގަނޭ މިހާރު.
ދިވެހި ރާއްޖެ އިނގިރޭސީންގެ ހިމާޔަތުން ސަލަަމަތް ވުމާއެކު ޗައިނާއިން މި ދިވެހި ޤައުމަށް މަރުޙަބާ ކީއިރު އިންޑިއާއިން ވަނީ މަރުހަބާކިއުމުގެ ބަދަލުގައި މަލާމަތް ކޮށްފައެވެ. އޭރުވެސް އެމީހުންގެ ހިތުގައި ވަނީ މިޤައުމާމެދު ނަފުރަތެވެ. އަޅުވެތި ކުރުމުގެ ވިސްނުމެވެ. އަބަދުވެސް ޤައުމަށް ޣައްދާރުވާމީހުން ތިބޭނެއެވެ. އެގޮ ތުން އެކަމަށް އެންމެ ކުފޫ ހަމަވާ ވަޤުތު ބަލާފައި މިޤައުމު އަޅުވެތި ކުރުމަކީ އިންޑިއާގެ އެއްނމެ މަތީ ދަރަޖައިގެ ބޭނުމެކެވެ. ކެރަފާ ޢާއިލާގެ ތެރެއިން މި ޤައުމަށް ވަމުންދާ ޣައްދާރުކަން ފެނިފައިވާތީ، އެއާއިލާގެ މީހުން އަތުގއި ހިފައިގެން މި ޤައުމުގެ ވެރިކަން އިންޑިއާގެ މަކަރުވެރި ރޭވުންތަކާ އެއްމެ ނުބައި އަމަލުތަށް އިލެކްސަނސް ކޮމިޝަން ތެރެއަށް ވައްދައިގެން ވެރިކަން ފޭރިގަނެ ޤައުމު އަޅުވެތިކުރުމުގެ ނުބާ ނުލަފާ ޖަރީމާގެ ބޮޅުތަށް މިހާރުމިދަނީ ގަދަވަމުން ބަދަހިވމުންނެވެ. ދިވެހި ޤައުމު ދެކެ ލޯބިވާ އަކުން އުޚުތުން މިކަންކަމާ ވަރުގަދަޔަށް ކުރިމަތިލާ ޤައުމީ ޖިހާދަކަށް ތައްޔާރުވުމުގެ ވަގުތު މިހާރު މިހިރެ އަންނަނީ ޖެހެމުންނެވ. ކުރިން ނުވި ރައްކަލެއް ފަހަކުން ނުވެވޭނެ.!!!!!!!!
ﷲގަންދީ ބުނަން، ރައީސް ނާސިރަށްފަހު މިގައުމަށް ލިބުނު އެންމެ ފުރިހަމަ، ސަޅި، އަދި ގަޓު ރައީސަކީ ރައީސް ޔާމީން. މިއަދު ގަބޫލް ނުކުރިޔަސް މާދަން ހުރިހާއެންމެންވެސް ގަބޫލްކުރާނެ
މިއީ އެޒަމާނެއްނޫ.. މިހާރަކު ބައެއްގެ ހިމާޔަތުގަ ގައުމު އޮނަނާކަށް ނުޖެހޭ..
ހޫނ އަނެއްކާ ލާރިގަނޑެއް ކައްވާލީދޯ. ކަލޭތީހަމަ އިންޑިއާގެ ޕަޕެޓެއް. ނަމަނަމަ އެއަރޕޯޓު ދޭން ނޫޅޭތިއިނގޭ.
ތަމެންގެ ރައީސްގެ ދެކަނބަލުން އިންޑިއާއަށް ވަޑައިގެންފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ތަމެން މަޖްލީސް އިންތިޚާބަށް އެހެލާން ތެހެލާން ފިނޭންސޭ މުސާރަދޭނެ ފައިސާ އެއް ނެތޭ ކިޔާ ރޯ ބުހުތާނު ދޮގު ހަދާ އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން އިންޑިއާގެ އެގްޒިމް ބޭންކާއި އެކު މޭޒު ދަށުން ދަމާ ކުޅެގެން ބަޖެޓް ސަޕޯރޓަށް 250 މިލިއަން ޑޮލަރުގެ ލޯން ނަގަނީ އެންމެ ތިން އަހަރު ދުވަހުން އަނބުރާ ދައްކާ ގޮތަށް ނޫންތޭ އޯލް އައި ވޮނާސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް..
ތިޔަފަދަރައީސުންގެ އަމަލު ތައް ހުންނަގޮތުން ބޭރު ޤައުމުތަކުގެ ޙިމާޔަތަށް އެދެންޖެހެނީ
ދިވެހިންގެ ނޫން. އެމްޑީޕީ ގެ ރައްކާތެރި ކަމޭ ބުނެވިދާނެ.
އޭތް އޯތް ހުރިހާ ރައްޔިތުން އިބޫ އަންނަ ދުވަހު މުޒާހަރާ ކުރުމަށް ތައްޔާރުވޭ ސުބުހާނަﷲ މިގައުމު ވިއްކާލައިފި ގައުމެއްނެތް އަވަސްކުރޭ ލޮބުވެތި ދަރީންނޭ އިންޑިއާއަކީ ނުރައްކާތެރި ގައުމެއް ކަސްމީރަށްހެދި ގޮތް ދެން މިގައުމައް ހަދާފާނެ.
މިރާއްޖޭގެ ޚާރިޖީ ސިޔާސަތު އެންމެބޮޑަށް ވަރުގަދަ ވެފައިވަނީ، ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތެއްގެ ގޮތުގައި މިރާއްޖޭގެ ޚާރިޖީ ސިޔާސަތު ޤާއިމުކުރެވިފައި އޮތް ދުވަސްވަރުގައެވެ. ގާތްކަން ބާއްވަން ބޭނުންވާ ބަޔަކާއެކު ގާތްކަށް ބާއްވަމުން ގެންދިޔަ ދުވަސްވަރުގައެވެ. އޭރު މިރާއްޖެއަކީ، އެހެން ޤައުމުތަކުގެ ކުރިމަތީގައި ގަދަރު އުފުލިގެންވާ މާތްބަޔަކު ދިރިއުޅޭ ޤައުމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޤައުމެކެވެ.
ދިވެހިންނަށް ހިމާޔަތް ލިބޭނީ އިންޑިއާ ގެ ގެރިތަކުން
ދިވެހިންނަށް ރައްކާތެރިކަން ދެވޭ ވަރުގެ ބައެއް
ނޫން އިންޑިއާ އަކީ.ރައްކާތެރިކަން ދެއްވާ
ފަރާތަކީ ﷲ. ގަމާރު ނަންބަރު ސައްބީހުން
ބިރެއް ނުގަނޭތަ ތިކަހަލަ ވާހަކާ ދައްކަން. ދުޢާ އަކީ ﷲ ގެ ރަހްމަތާ އެކު ތިކަހަލަ މޮޔަ އިންގެ ކިބައިން މި ދިވެހިރާއްޖެ ސަލާމަތް ވުން އާމީން ޔާރައްބަލް ޢާލަމީން