ދިވެހިރާއްޖޭގެ މިނިވަން ކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ސަރުކާރުން ނޭކުރެންދޫގައި ބަނދެފައިވާ ކަޅުއޮށްފުންމި ބަނުމަށް ބޭނުންކުރި ހަރުގެ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެގެން ނޭކުރެންދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ.

ނޭކުރެންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ މިނީލަމުގައި ހަރުގެ އެޅުމަށް ބޭނުންކޮށްފައިވާ ހުރިހާ ތަކެއްޗެއް ވިއްކާލެވޭނެއެވެ. މިހަރުގެ އެޅުމަށް ބޭނުންކޮށްފައިވަނީ ރުކާއި، ރުކުގެ ވަކަރު އަދި ރުކު ފައްޗެވެ. ނީލަން ފެށޭ އަގަކީ 10000.00ރ (ދިހަހާސް ރުފިޔާ) އެވެ. އަގަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނީ 2000.00ރ (ދެހާސް ރުފިޔާ) އެވެ.

މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން މި ހަރުގެ ބައްލަވާ ނުވަތަ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މިކަމަށް އެދި ސިޓީ ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ކޮންމެދުވަހެއްގެ 08:30 އިން 13:30 އަށް ނޭކުރެންދޫ އިދާރާގެ ކައުންޓަރަށް ސިޓީ ހުށަހެޅުއްވުމަށް އެކައުންސިލުން އެދެއެވެ. ނުވަތަ ނޭކުރެންދޫ އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ކައުންސިލުން އެދެއެވެ.

ނޭކުރެންދޫ ކައުންސިލުން ބުނީ ޖެހިޖެހިގެން ތިން ދުވަސްވަންދެން އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ނިމާތޭ 1 ދުވަސް ތެރޭގައި އެންގޭނެއެވެ. އަދި ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ފައިސާ 5 ދުވަސް ތެރޭގައި ދެއްކުމަށްފަހު ހަރުގޭގައި ހުރިތަކެތި ގެންގޮސް 30 ދުވަސްތެރޭގައި ބިން ސާފު ކުރަން ޖެހޭނެއެވެ.

މި ނީލަމަށް ހުށަހަޅާ އަގު ނޭކުރެންދޫ އިދާރާގެ ނޯޓިސްބޯޑުންނާއި ކައުންސިލް އިދާރާގެ ވެބްސައިޓް www.neykurendhoo.gov.mv އިން ފެންނަން ހުންނާނެ ކަމަށް ނޭކުރެންދޫ ކައުންސިލުން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސާރިދޯޅު

    މާއަގުބޮޑު އެއްވެސްކަހަލަ މަޢުލޫމާތެއް ނެތް އިޢުލާނެއް ކޮއްފައޮތީ

  2. ހައްވާ ސަލީމް

    މިއީ އަންނަންއޮތްޖީލްތަކަށް ދިވެހިތާރީޙު އޮޅުވާލަންވެގެން ނޭކުރެންދޫގައިކޮށްކޮށްފައިވާ ކަމެކެވެ. ކަޅުއޮށްފުންމި ބަނދެފައި ވަނީ ހއ.ބާރަށުގައިކަން ދިވެއްސަކަށްވިއްޔާ އެނގޭނެ ބާރަށުގައި އެމީހންބޭނުންކުރި ވަޅާއި ހަނުދަމަންޖެހި ކަޑަވެސް ބޮޑެތިގަސް ތަކުގެ ގޮތުަގައި ފެންނަންއެބަހުއްޓެވެ.

  3. ފަރީސަ

    މިއީ އަންނަންއޮތްޖީލްތަކަށް ދިވެހިތާރީޙު އޮޅުވާލަންވެގެން ނޭކުރެންދޫގައިކޮށްކޮށްފައިވާ ކަމެކެވެ. ކަޅުއޮށްފުންމި ބަނދެފައި ވަނީ ހއ.ބާރަށުގައިކަން ދިވެއްސަކަށްވިއްޔާ އެނގޭނެ ބާރަށުގައި އެމީހންބޭނުންކުރި ވަޅާއި ހަނުދަމަންޖެހި ކަޑަވެސް ބޮޑެތިގަސް ތަކުގެ ގޮތުަގައި ފެންނަންއެބަހުއްޓެވެ.

  4. ެޒެޑް

    މިނިވަން 50 ހައްބަންކަލޮައްފުންމިީގެވަަާކަ ދޯބުނެފައިނީ

  5. ޒާ

    މިވާހަކަތައް މިގޮތަށް ޖެހުމަކީ ހަގީގީ ކަޅުއޮއްފުންމި ބަންގޮތާއި ތާރީޚް ކުދީންނަށް އޮޅިގެން ހިނގައިދާނެ ކަމެއް.