ހަފްތާ ރެސް ނަމުގައި ރޭގަނޑު 12 ޖަހަން ދެން މިއުޒިކް ޝޯ ބޭއްވުން ބަލައިނުގަނެވޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފްތާ ބަންދަކު ޔޫތު މިނިސްޓްރީން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ މާރުކޭޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އެކުލެވޭ "ހަފްތާ ރެސް" އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހު ފުރިހަމަ ކުރުމަށް ވެފައިވާ ވައުދެކެވެ.
މިކަމާއި ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ޓެގް ކުރައްވައި ޑރ.އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަފްތާ ރެސް އަދި އެނޫން ނަމެއްގައިވެސް ރޭގަނޑު 12 ޖަހަންދެން މިއުޒިކް ޝޯތައް ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އިޝާ ނަމާދަށް ފަހު މުހިންމު ކަމެއް ނެތް ނަމަ އަވަހަށް ނިދުމަށް ރަސޫލު الله صلى الله عليه وسلم ވަނީ އިރުޝާދު ދެއްވާފައިވެއެވެ. ހަފްތާ ރެސް އަދި އެނޫން ނަމެއްގައިވެސް ރޭގަނޑު 12 ޖަހަންދެން މިއުޒިކް ޝޯތައް ބޭއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ޑރ އިޔާޒު ވިދާޅުވިއެވެ.
Ishaa namaadhah fahu muhinmu kameh neiy nama avahah nidhumah Rasoola Sallahu Alaihi Wasallam irshaad dhevvaafai ve eve. Veeiru, "Haftha Res" nuvatha "Haftha Nimmun" nuvatha enoon nameh gai ves 12 jahandhen music show beyvvumaky balaiganeveyne kameh nooneve. @AhmedMahloof
— Dr.Mohamed Iyaz (@dr_iyaz) December 24, 2018
ކުރީގެ ސަރުކާރު ތަކުން ކުރިފަދަ މުޑުދާރު އަމަލުތަަށް ނުކުރެއްވުމަށް އެދި ރައީސް ސޯލިހު, ނައިބު ރައީސް ފައިސަލް އަދި މިނިސްޓަރ މަހުލޫފު ޓެގް ކުރައްވައި އިޔާޒު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރު ގެނައުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރީ ވަރަަށް ފޮނި އުންމީދާއި އެކުގައި ކަމަަށެވެ.
"މި ސަރުކާރު ގެނައުމަށް އަޅުގަނޑުމެން އެންމެން މަސައްކަތް ކުރީ ވަރަަށް ފޮނި އުންމީދާއި އެކުގައި, ކުރީގެ ސަރުކާރު ތަކުން ކުރިފަދަ މުޑުދާރު އަމަލުތަަށް ނުކުރެއްވުމަށް އެދެން" އިޔާޒު ވިދާޅުވިއެވެ.
Mi sarukaaru genaumah alhugadu men masakkaiy kuree v foni ummeedhu thakakaai ekugai. Kureege sarukaarun hingi fadha mududhaaru amalu thah nukurevvun edhen. @ibusolih @FaisalNasym @AhmedMahloof
— Dr.Mohamed Iyaz (@dr_iyaz) December 24, 2018
މާލެ ރަސްފަންނު ސަރަހައްދުގައި ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ހަރަކާތްތުގައި ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭގަނޑު މިއުޒިކް ޝޯތައް ވެސް ކުރިއަށް ދާނެ އެވެ.
ދާން ބޭނުން ބަޔަކަށް ދެވެންވާނެ މިއުޒިކް ބަލަންވެސް.
އެބައި މީހުން ތިބައި މީހުންގެ ދަރުސް ތަކަށް ހުރަސް ނާޅައެއްނު.
ތިގޮތައް އެއްބަޔެއް އަނެއްބަޔެއްގެ މައްޗައް ބާރުފޯރުވުން ހުއްޓާލާ!
އިބުނު ވައްހާބުގެ ކޮމެންޓް ވަރަށްފުރިހަމަ. ޢެވެރިންބާއްވާ ދަރުސް ތަކައް އަހަރުމެން ނުބެހެން އިޔާޒު ހުރިހާކަމަކާ ބެހެން ވީމަ ކަޑަ އިނގޭ
ނަސޭހަތް ދިނުމަކީ މަންފާކުރާނެ ކަމެއް. ކާނެ އެއްޗެއް ކާން. ބޯނެ އެއްޗެއް ބޯން ލާނެ އެއްޗެއްލާން ކުރާނެ ކަމެއް ކުރަން ދޫކޮށްލީމަ އަހަރުމެންގެ ގަޔަށް ބޮލަށް އަރައިގަންނަނީ. އެއީ މައްސަލަ އަކީ. ކުރުކޮށް މިބުނީ.
ﷲގެ ހުކުމަށް ފާޅުގައި ދެކޮޅަށް އެއްޗެއް ބުނި މީހަކު ކުފުރުވެދާނެ އެކަލާންގެ ކޯފާއަށް ބިރުވެތިވެ ތައުބާވުން އަވަސް ކުރޭ، ކާފިރޫން ސޫރަތުގެ މާނަ ކިޔާލަ..ﷲ ތެދުމަގު ދެއްކެވި އަޅަކަށް ނޫނީ ތެދުމަގެއް ނުފެންނާނެ..
ޑޮކްޓަރ ޢިޔާޟަށް މިހާރު ގަބޫލުކުރެއްވެންވާނެ ކަމަށް ހީވަނީ. ބޮވެންވާނެޔޭ ބޯންވާނެޔޭ ނުބޮޔެއްނުވާނެޔޭ ގޮވި މީހެއްގެ އައުވާނުންގެ ސަރުކާރެއް ގެންނަން ކުރި މަސައްކަތުގެ ނަތީޖާކަން މިއަދު މިފެންނަނީ.
މީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް. ތިޔަފަދަ ނުބައި ކަންކަން ހިންގާ ކާފަރު ގައުމުތައްވެސް ހުންނާނެ. އެކން ބޭނުންވާ މީހާ އެތަނަކަށް ދާންވީ. މިތަން ހަލާކު ކުރަން ނޫޅެ.
އެހެންވީމަ އިޔާޒް ތިބުނާގޮތުން ރޭގަނޑު 12 ޖަހަންދެން މިއުޒިކް ކުޅުން ދޯ ޙަރާމީ؟ ދުވާލުގަޑީ ޙަލާލް ދޯ؟ އަހަރެމެން ޝޯވ އެއް ރެޑީ ކޮށްލާނަން މެންދުރު ނަމާދުން ފައިބައިގެން ޖައްސާގޮތަށް. ޝެއިޚް ވާނެ ނަށާލަން އަންނަން.
12 ޖަހަންދެން މިއުޒިކް ޝޯ ބޭއްވީމަ ތަ މައްސަލައަކީ؟ ރަނގަޅަށް ދެ ލަފްޒް އެއްކޮށްލައިގެން ވާހަކަ ދައްކަން ނޭންގޭއިރުވެސް ޓްވީޓް ކުރެވޭތޯ ބަލާތި.
މީނަމީދެންކާކުތަ ކޮންމެކަމަކާމިބެހެނީ މާއިނގޭ މީހަކަވެގެން
އެއީ އޭނަ ބުނި އެއްޗެއްނޫން، މިޔުޒިކަކީ ހަރާމް އެއްޗެއްކަން ހުރިހާ އިމާމުން އިއްތިފާގުވޭ..އެހެންކަމުން ﷲ ހުކުމްފުޅަށް ފާޅުގައި ކުފުރު ތިވަނީ..
ކަލެއަކަށް ނޭނގޭނެ ޝޯވެސް ބާއްވާނަން
މިޔުޒިކްސޯތަށް ބޭއްވުމަކީ ވަރަށްބޮޑަށް ހިތާމަކުރާކަމެއް.
ޢިޔާޒު ޝައިހް ކެއްކޮށްލައްވާ. ކުރި އުއްމީދުތައް ފޮނިވެގެންގޮސް މަޅުވާވަރު މިސަރުކާރުން 5އަހަރު ނިމޭއިރުކޮށްލަދޭނެ
މި އިޔާޒަކާ މީސް މީހުންނަކީ ކޯންޗެއް ކިޔަވައިގެން އުޅޭ ބައެެއްތަ؟ މަދަރުސާ އިން 40 އިންސައްތައިން ފާސްވާ މީހުްންގެ ލިސްޓުގައި ހިމެނޭ މީހެއްހެން ހީވަނީ! މި ވެރިން ދައްކާ ވާހަކަ ނުވާނެ އަޑުއަހާކަށް! އެޓެންސަން ހޯދަން ވެގެން އުޅޭ ބަޔެއް ތީ!
ވެފައި ހުރި ވައުދު ތައް ނޭގި ތޯ މި ސަރުކާރު ގެންނަން މަސައްކަތް ކުރީ
ކުރީ ސަރުކާރުން ބޭނުން ގޮތަކަށް ހައްޖު ކޯޓާ ނުލިބޭތީ. މިމީހުން ކުރާނެ ހައްޖު އުމުރާ ވިޔަފާރި. ތާކަށް ކިޔަވައިދޭން ގޮސްގެން ލިބޭ 15،000 ރުފިޔާއިން ދެކޮޅު ޖެހޭނެތަ. މިމީހުން އުޅޭގޮތް ކުޑަކޮށް ބަލާލަބަލަ. ދަންނަބޭކަލުންގެ މެދުގައި ވަރަށް ވާދަވެރިކޮށް ކުރާ ކަމެއް ބިޒްނަހަކީ.
ކޮބައިތަ އެއްކަލަ އިލްޔާސް. މިވެރިކަމުގަ ކުރާ މިކަހަ އެއްވެސްކަމެއް އިލްޔާސަކަށް ފެންނަކަމަކަށް ނުވޭދޯ؟
ކަލޯއިޔާޒުޫ ކަލޭތީ ކާކު..ކަލޭގެ ބހެއްނިވިކޭނެ.. ސަރުކާރުން ކުރަންބޭނުންވާ ކަމެއް ކުރާނެ. ކީއްވެތަ މޮޔަވެގެން ތިޔަ އުޅެނީ..
ސަރުކާރަކަސް ކުރަންބޭނުން ހުރިހާ ކަމެއް ނުކުރެވޭނެ. ވެރިކަމަކީ الله ދެއްވާ އެއްޗެއް. އެކަލާންގެ ކޯފާއަށް ބިރުވެތިވުންހުރި.
ތިޔަޝޯ ބޭއްވުމަށް ޢާންމުންގެ ޚިޔާލު ނުހޯދީ ކީއްވެބާ؟؟؟؟
ބުރޯ މީކަލޭމެންހޮވިސަރުކާރު އެމީހުންކުރާކަންކަމާ ދެކޮޅުނުހެދޭނެ ކަލޭވެސްދޭއަވަހާސޯބަލަން
މިއުޒިކަކީ ހަރާމް އެއްޗެކޭ ބުނަން ނުކެރޭ ސޭކެތް، ބަލަ ސޭކަށް ނޭގޭތަ ތި ގޮތައް ބުނާއިރު ، ޝޯ ބާއްވާ މީހުންނައް އެއީ ވަރަށް މުހިންމު ކަމަކަށް ވެސް ވެދާނެ ނުން، ސޭކު ފުރަތަމަ މިއުޒިކްގެ މުޑުދާރުކަމާއި، އޭގެ ސަބަބުން ފާހިޝް އަމަލް ތަކަށް މަގުފަހިކޮށްދޭ ކަމާއި، މުސްލިމުން ގާއްވުމަށްވުރެ މުޑުދާރު އަމަލެއްކަން ނަސޭހަތާއި އެކީ ބަޔާން ކޮށްބަލަ، އަޖާބެއް، ދީނީ މިކަހަލަ ޝޭޙުންނަށް ، ވާނުވާ ރަނގަޅަށް ނޭގޭ އާމު ރައްޔިތުން ނަސޭހަތްދޭން މި ޖެހެނީ....
ހުރިހާ އެންމެންގެ ނުތިބޭނެ ބާރައަނބިންނެއް. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމަނައިގެން. އެހެންނަމަތާ އިރުއޮއްސޭ އިރަށް ގޮސް އަނބީންތައް ބަނޑުދަށުލައިގެން އޮށޯވެވޭނީ ވެސް
މުހައްމަދު ރަސޫލާ (ސަލާމާއި ސަލަވާތް ލައްވަވާށި) އެއީ އެންމެ ހެޔޮ އެންމެ މާތް އިންސާނާ. ތިގޮތަށް ވާހަކަ ދައްކަން ނުވާނެ. އެންމެ އަންތްބެއް ނެތަސް ހަރާމް ކަމަކަށް ނުގޮސް ކެއްތެރިވާން ޖެހޭނީ. ދުނިޔޭގަ ދިރި ހުރެވެނީވެސް އަމިއްލަ ބާރުގަ ނޫން މަތިވެތި ﷲ ގެބާރުފުޅުގަ. ބޭނުންހާގޮތަކަށް އުޅެން އަޅުގަނޑުމެން ނިންމައިގެން ނުވާނެ
ތިބާގެ ހިތުގައި އިސްލާމްދީނަށް އޮތް ނަފްރަތު ހާމަވޭ އެބަ. އުރެދުމާއި މުރުތައްދުކަން ހުރިވަރު ނިކަން ބަލާބަލަ. ތިކަމަުން އެހެން މީހަކަށް ވާނެ ގެއްލުމެއް ނެތް އަދި ފައިދާއެއް ނެތް. ތިބާ އަކީ އެއްވެސް ބޭނުމެއް ނެތް ގޮތުގައި ދުނިޔޭގައި 70 ވަރަކަށް އަހަރު އުޅެފައި ނިމިގެން ދާނެމީހެއް ކަމަށް ހީވުމަކީ ގޯހެއް. ދުނިޔޭގައި މިހިނގާ ކަންކަމަށް ބަލާލިޔަސް އެނގޭ މިކަންކަމުގެ ހިސާބު ބައްލަވާނެ ދުވަހެއް އަންނަން ޖެހޭކަން.
މީ ދެން ކާކުތަ؟ ސާޅީސް މާކްސް ލިބިގެން ސޭކުންނަށް ވެގެން އުޅޭ ބަޔެކޭ ބުނެލެވޭނީ!
ސެކިއުލަރ ހަރާމީ ސަރުކާރު
އޭ އިޔާޒް އެވެ. 2014 ގައި ވިލިމާލެ ދާއިރާ، މަޖްލިސް އަށް ކުރިމަތިލައިގެން ނުހޮވުނީމާ ފާޑުފާޑުގެ ވާހަކަދައްކަން ނަހަދާށެވެ. އެއްގޮތް ޚިޔަޜޫކުރޭ. އިސްލާމްދީނުގައި އޮންނަ ގޮތް ރައްޔިތުންނަށް އަންގައިދިނުން ނުވަތަ ސިޔާސީ މީހުންނަށްް ސަނާކިޔާގެން ދުނިޠޭގެ މަންފާ ހޯދުމެވެ. ދެއަގައިން ވާހަކަ ނުދައްކާށެވެ. ތިޔައުޅެވެނީ ރަނގަޅަކަށް ނޫނެވެ. އާޚިރަތް ބާއްޖެވެރި ވޭތޯ އުޅޭށެވެ
އެއްގޮތަކަށްވެސް ބަލައެއް ނުގަނެވޭނެ
ދެން އިޔާޒު ރަޖާލައިގެން އަރާ ނިދަން އޮތީމަ އެނިމުނީނު. ޟީހަކު ކުރާހާ ކަމަކާ ބެހން ޖެހޭތަ. ޢަމިއްލަ ހާލައިގެން އުޅެބަލަ. ޢިޔާޒް ހިތްހަމަ ޖައްސާކަށް ކޮންމެހެން ނުޖެހެޔޭ. ޢިޔާޒް ބލައިގަތަސް ނުގަތަސް ބަލއިގންނަ މީހުން މާގިނވާނެ.ލޮލް
ޓްވީޓެއް ކުރައްވާނެ ކަމެއްނެތް. އެކަން އެމީހުން ކުރާނެ.
ލާދީނީ ކުޅިގަނޑު ފެށެން ލަސްތަކެއް ވިތައް...؟ ސަންދޯކު ތެރޭ އޮވެ ތިޔަ ސަކަރާތް ޖެހޭނެތައް ނޫނީ މަރުނުވާނެކަމަތައް ތިތިބީ
ޢެހެން ކަމަކާއިގެން އުޅޭ މި މުޖްތަމައު ހަލާކުރަން ވިޔާނުދާ އަމަލު ކުރަން އުޅޭނެކަމެއްނެތް...ކަންތައްތައް ހައްދުން ނެއްޓިގެން މދަނީ... ވަރަށް ހަރުކަށިކޮށް މިސަރުކާރު ވައްޓާލަން ދީނީ އިލްމްވެރިންނާ ރައްޔިތުންނަށް ގޮވާލަނަ...
މިމީސްމީހުން ދަރުސްދެނީއޭކިޔައިގެން ހަދަހަދައިގެން ޙަދީޘްކިޔައި ، ޤުރުއާނުގެ މާނަ ލާރި ގިނައިންދޭކޮޅަކަށް މޮޅުވާގޮތަށް ސަރަޙަކޮށްދީ ، ހުރިހާރެޔަކު އެކައްޗެއްކިޔާއިރުވެސް ބަޔަކު ނޫޅޭ ހިނިއަރައިގެނެއް!
ކަލޭމެންގެ ސަރުކާރުން ނުކުރާނެ ލާދީނީ ކަމެއް.
މީހަކު ރަނގަޅު ނަސޭހަތެއް ދިނުމުން އެނަސޭހަތާއި ދެކޮޅަށް ނުކުންނަ މީހުން ގިނަ ކަމާއެވެ. ދިނީ ދަރުސްތަކާއި މިއުޒިކް ޝޯ އެއްހަމަ އަކުން ކިރާ މީހުން މަގުފުރެދިފައިވާ މިންވަރު އެބަ އެނގޭ ކޮމެންޓްތަކުން. ހާދަ ހިތާމަވެރިއެވެެ.
ޢިޔާޒް މިގައުމުން ރަލާއި އޫރުމަސް ހުއްޓުވަން ފުރަތަމަ މަސައްކަތް ފަށަމާ، އަދި ރިސޯރޓްތަކަކީ ޒިނޭ ހާނާތަކެއް، މިކަންތައް ހުއްޓުވަމާ