ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ހަޔާތްޕުޅު ސަލާމަތް ކުރުމަށްޓަކައި އެމަނިކުފާނު މިވަނީ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމާވައެވެ. އެއީ ޕީޕީއެމްގެ މައްސަލަ ނިމޭނީ ޔާމީނާއި ދެކޮޅަށްކަން މިހާރު ގާތްގަނޑަކަށް ޔަގީންވެފައި ވާތީއެވެ. ޕީޕީއެމް މާޒީގެ ތެރެއަށް ދޫކޮށްލުމަށްފަހު ޔާމީން ވިދާޅުވާ ގޮތުން "އެހެން އޮޑިއަކަށް" އެމަނިކުފާނު އަރައިވަޑައިގަންނަވާއިރު ސުވާލަކީ އެއޮޑީގައި ރަނގަޅު މަންޒިލަކާއި ހަމައަށް ދަތުރު ކުރެވިދާނެ ހެއްޔެވެ؟
ޔާމިން އަލަށް އުފައްދަވާ ޕާޓީގެ މުއައްސިސަކަށް މިވެވަޑައިގެންވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އެވެ. މާނައަކީ އަލަށް އުފައްދާ ޕާޓީގެ އިސް ސަފުން ފެންނާނީ "ޕީއޭގެ ޓީމެވެ." ނުވަތަ މިހާރު ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނެވެ. ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް އެއީ ރަނގަޅު ފާލެއް ނޫނެވެ. ޕީޕީއެމްގެ ލީޑާޝިޕްގައި މިހާރު ތިއްބެވި ބޭފުޅުން ވަނީ ސިޔާސީ ގޮތުން ފެއިލް ވެފައެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ރައްޔިތުންގެ ތާއީދެއް މާބޮޑަށް އޮތް ބޭފުޅުންނެއް ނޫނެވެ.
އަދުރޭ އަށް އެކަނި ބަލާލި ނަމަވެސް އެކަމުގެ ހެކި ފެންނާނެއެވެ. އަދުރޭ ނިސްބަތްވާ ފޮނަދޫ ދާއިރާގެ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި ނިމިގެން މިދިޔަ ފަސް އަހަރަކީ "އަދުރޭގެ ވެރިކަމެއް" ކުރި ފަސް އަހަރެވެ. އަދުރޭ ބޭނުން ކޮންމެ ކަމެއް ބޭނުން ގޮތަކަށް ކުރިއެވެ. ލ.އަތޮޅުގެ އެހެން ރަށްތަކާއި ހިލާފަށް ފޮނަދޫގައި ސަރުކާރުން ހިންގި އެތައް މަޝްރޫޢުއަކާއި އަދުރޭ ބޭނުންވި މީހުންނަށް ޒިންމާއެއް ނެތި ވެސް އެތައް ވަޒީފާއެއް ދީފައިވުމުން އެއީ އަދުރޭގެ ވެރިކަމެކޭ ނުބުނެވެންވީ އެއްވެސް ސަބަބެއް ވެސް ނެތެވެ.
ނަމަވެސް އަދުރޭ ހިންގި ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ފޮނަދޫ ރައްޔިތުން ވެސް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އަދުރޭއަށް އިތުރު ދައުރެއް ދީފާނެ ކަމާއި މެދު މިއޮތީ ސުވާލު އުފެދިފައެވެ. މިވަރުގެ ބޭފުޅަކު އިސް ސަފަށް ނެރެގެން ޔާމީން ޕާޓީ އުފައްދަން އުޅުމަކީ ފުރަތަމަ މައްސަލައެވެ.
ޔާމީންގެ ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑު އުފާވެރިކަމެއް ލިބިގެން ދިޔައީ ޒުވާނުންނަށެވެ. ލައްކައެއްހައި ވަޒީފާ އުފެއްދެވިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ޒުވާނުންގެ ސިޓީއެއް ތަރައްޤީ ކުރުމުގެ ގިނަ މަސައްކަތްތަކެއް އޮތީ ފެށިފައެވެ. ޔާމީންގެ ކޮންމެ ވާހަކަފުޅެއްގައި އެމަނިކުފާނު ޒުވާނުންނާއި މެދު ކުރައްވާ އުއްމީދުތަކުގެ ވާހަކަ ދައްކަވައެވެ.
ނަމަވެސް ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ އެންމެ ކުރީ ސަފުން އެކަށީގެންވާ ގޮތެއްގައި ޒުވާނުންގެ ދައުރެއް ނުފެނުނެވެ. ޒުވާނުންގެ ގާތައް ކެމްޕޭން ވައުދުތައް ގެންދިއުމުގައި ޕީޕީއެމް ފެއިލްވި އެއް ސަބަބަކީ ކެމްޕޭންގެ އެންމެ ކުރީ ސަފުން ޒުވާނުންނަށް ޖާގަ ނުދިނުމެވެ.
މިއަދު ޔާމީން އާޕާޓީއެއް އުފައްދާއިރު ގަބޫލުކުރަން ޖެހޭނެ ހަޤީޤަތަކީ ޒުވާނުންގެ އެކަށީގެންވާ ބައިވެރިވުމެއް ނެތި އެޕާޓީއަކަށް ވެސް ސިޔާސީ މައިދާނުގައި ހޯދޭނެ މާބޮޑު ކާމިޔާބެއް ނޯންނާނެ ކަމެވެ. ނަމަވެސް ޕާޓީ އުފެއްދުމުގައި ޒުވާނުންގެ ދައުރެއް އޮތް މަންޒަރެއް ނުފެނުނެވެ. މިފެންނަނީ އުމުރުން ދެބައިވެ ޒުވާންކަމަށް ވުރެ މުސްކުޅި އުމުރާއި ގާތް ބޭފުޅުންތަކެއް ކުރިއަށް ނެރުނު މަންޒަރެވެ. މިއީ ވެސް ގޯހެކެވެ.
ރިޔާސީ އިންތިޚާބު ޔާމީނަށް ނާކާމިޔާބުވި އެއް ސަބަބަކީ އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެވެ. މިއަދު ޔާމީންގެ ސިޔާސީ ހަޔާތްޕުޅަށް ވެސް އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެވެ. އެތުހުމަތުތަކުން ސަލާމަތްވުމަށްޓަކައި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ކޮރަޕްޓް ބޭފުޅުން ދުރުކުރުން އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ރަތްލާޖެހި ކޮރަޕްޓް ބަޔަކާއި އެކު ތުހުމަތުތަކުން ބަރީއަވެ އަލުން ސިޔާސީ މަތިފަޑިއަށް އެރުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ.
އާސިޔާސީ ޕާޓީއެއް އުފެއްދި ނަމަވެސް އެޕާޓީ އާއި އެކު ޔާމީންގެ ސިޔާސީ ހަޔާތްޕުޅު ސަލާމަތް ކުރެވެން އޮތީ ކޮރަޕްޓް ވެފައި ތިބި މީހުން ދުރުކޮށް ޒުވާނުންނަށް ޖާގަ ދީގެންނެވެ. ރައްޔިތުންގެ އިހްސާސްތައް އެނގޭ، އަމިއްލަ އެދުމެއްނެތް ސާފު ބޭފުޅުންތަކެއް ކުރިއަށް ނެރެގެންނެވެ. ޒުވާނުންނަށް އިސްކަން ދެއްވާ ކަމަށް ޔާމީން ވިދާޅުވާ ވިދާޅުވުން އަމަލީ ގޮތުން ސާބިތު ކޮށްދީގެންނެވެ. ފެއިލް ވެފައި ތިބި ބޭފުޅުން ދޫކޮށްލުމަށް ފަހު އާޓީމެއް ނަންގަވައިގެންނެވެ. އެހެން ނޫންނަމަ ޕީޕީއެމް އިން ހޯދިވަރުގެ ސިޔާސީ ކާމިޔާބީތަކެއް ހާސިލް ކުރަން ނިއަތްވެސް ނުގަންނާށެވެ. އެކަމެއް ނުވާނެއެވެ.
ސިޔާސީ މައިދާނުގައި ޔާމީން ފާއިތުވި ސާޅީހަކަށް އަހަރު ހޯދި ތަޖުރިބާގެ އަލީގައި އެމަނިކުފާނަށް ނިންމިފައި ހުރި "ސިޔާސީ ނިންމުންތައް" ފެއިލްވި ސަބަބު އެމަނިކުފާނު އަމިއްލަފުޅަށް ހޯދަން އެބަޖެހެއެވެ. އެނިންމުންތަކުގެ ސަބަބުން ނިކުތް ނަތީޖާ އިން އިބުރަތް ލިބިގަނެ އެގޯސްތައް ދެން ތަކުރާރު ނުވާނެ ގޮތައް ކަންތައްތައް ރާވަން އެބަޖެހެއެވެ. ކާމިޔާބު އޮތީ އޭރުންނެވެ.
އެމްޑީޕީ އަށް ރާއްޖޭގެ މަޖްލީހުގެ މެޖޯރިޓީ ދީފިނަމަ ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް އަކަށް އިނދެގެން މާލޭގެ ބޮޑެތި ބިން ތައް އިންޑިއާ އަށް ހިބައިން ދީ ދިވެހިންގެ އިސްތިގްލާލް ގެއްލުވާލާ ރާއްޖޭގެ މިނިވަން ކަން ވެއްޔާއި މޮޑެލާ ދަރަޖަ އަށް ކަންކަން ކޮށް ރާއްޖެ މިހާރު ލީބިޔާ އޮތް ހާލަތަށް ބަދަލު ކޮށްލާނެއޭ މިކަމަކީ މީ ރައީސް އިބޫ ވިސްނަން ޖެހޭނެ ކަމެކޭ ކޯލިޝަން ޕާރޓްނަރުންގެ މެދުގައި ޖެހޭނީ ހަމަހަމަ އަށް ގޮނޑި ތައް ބަހާލަން މިނޫން އެއްގޮތެއް ވެސް މީގައި އޮވެގެން ނުވާނެއޭ..
ކޮންކަހަލަ ހިޔާލީ ދުނިޔެއެއްގަތޯ ތިއުޅުއްވަނީ
ރާއްޖޭގައި ތިޔާ ބުނާ ޒުވާނުން ނަކީ އެއީ ހަގީގީ ކޮރަޕްޓް ކާރޓެލްސް އިންނަކީ ތިޔާ ބުނާ ބޫމް ބޫމް ޒުވާން އިރު ގޮނޑި ވިއްކައިގެން އޭނާ ކައްވާލި ކަޓްގެ ވާހަކަ ނުދައްކަނީ އެއީ ކިއެއްވެތޭ އެއީއޭ ޒުވާނުންގެ ފެންވަރަކީ މިރާއްޖޭގެ ޒުވާނުންނަކީ އެއީ ވަރަށް ކަންނެތް ބަޔެކޭ އެމެން ގޮވައިގެން އެއް ކަމެއް ވެސް ނުކުރެވޭނެއޭ ޒުވާނުން ނަށް ނިދާ ހޭނުލެވޭނެ ފޫކޮޅަށް އަވި ނުދޭހާ ހިނދަކު.
ކޮރަޕުޓު ނުވަނީ މިގައުމުގެ ކޮންސިޔާސީ ލީޑަރެއްތޯއެވެ. 30 އަހަރުގެ ވެރިކަމަށް ބެލިޔަސް 3 އަހަރުގެ ނަޝީދުގެ ވެރިކަމަށް ބެލިޔަސް ގާސިމުގެ ސިޔާސީ ކުޅިގަޑަށް ބެލިޔަސް ހައްތާވެސް ފެންނަނީ ޚިޔާނާތުގެ މައްސަލަތަކެވެ. މައުމޫނު މަޖިލިސް މެންބަރުންނަށް ދިން ރިސްވަތުގެ މައްސަލަ / ގާސިމު ފަޑިޔާޜުން ގަންނަ މައްސަލަ / ނަޝީދު ފެންކުންފުނި،ދިރާގު> އެއަރޕޯޓް ވިއްކާލުމުގައި ރިސްވަތު ނެގި މައްސަލަ/ މިބޭބޭފުޅުންގެ ޢަމަލުތަކުން ގައުމުގެ ތަރައްޤީއަށް ލިބުނު ކުރިއެރުމެއް ނެތެވެ. ދެންއޮތީ ޔާމީނުގެ ވާހަކައެވެ. ފަސް އަހަރުގެ ތެރޭގައި ގައުމު ކުރިއަރާދިޔަ މަންޒަރު ފެނުނެވެ. ހުރިހާ ދާއިރާއަކުންނެވެ. ސާޅީހަކަށް އަހަރުގެ ތެރޭގައި ގެނެވިފައިނެތް ތަރައްޤި (އެތަކެއް ގޮންޖެހުމަކާއެކު) މިގައުމަށް ރައީސް ޔާމީނު ގެނެސް ދެއްވިއެވެ. މިއީ ގައުމުގެ މާލިއްޔަތާ ނުބައްދަލު ތަރައްގީއެކެވެ. މީގެ ކުރިންވެސް އެމަނިކުފާނު މަޖިލިސް މެންބަރަކަށް ހުންނެވި ދުވަސްވަރު 800 މިލިޔަން ޑޮލަރުގެ ތުހުމަތުކޮށް މައްސަލަ ބަލަންވެސް ބެލެވުނެވެ.ނަމަވެސް ސާބިތު ނުކުރެވުނެވެ. ވުމާއެކު ތިޔަދައްކާ ޚިޔާނާތުގެ ވާހަކައަކީ ތާކުންތާކުޖެހޭކަމެއްނޫނެވެ.
ކޮން ޕާޓީ އަކުންތޯ ޒުވާނުންނަށް ކުރީ ސަފުން ޖާގަ ދިނީ؟ ހުސް ފެއިލް ވެފަ ތިބި މީހުންނަށް ފުރުސަތު ލިބެނީ...
ކޮރަޕުޓު ނުވަނީ މިގައުމުގެ ކޮންސިޔާސީ ލީޑަރެއްތޯއެވެ. 30 އަހަރުގެ ވެރިކަމަށް ބެލިޔަސް 3 އަހަރުގެ ނަޝީދުގެ ވެރިކަމަށް ބެލިޔަސް ގާސިމުގެ ސިޔާސީ ކުޅިގަޑަށް ބެލިޔަސް ހައްތާވެސް ފެންނަނީ ޚިޔާނާތުގެ މައްސަލަތަކެވެ. މައުމޫނު މަޖިލިސް މެންބަރުންނަށް ދިން ރިސްވަތުގެ މައްސަލަ / ގާސިމު ފަޑިޔާޜުން ގަންނަ މައްސަލަ / ނަޝީދު ފެންކުންފުނި، ދިރާގު، އެއަރޕޯޓް ވިއްކާލުމުގައި ރިސްވަތު ނެގި މައްސަލަ/ މިބޭބޭފުޅުންގެ ވެރިކަމުގައި ގައުމުގެ ތަރައްޤީއަށް ލިބުނު ކުރިއެރުމެއް ނެތެވެ. ލިބުނީ ހަލާކާ ގެއްލުމެވެ. ދެންއޮތީ ޔާމީނުގެ ވާހަކައެވެ. ހަލާކުވެ ވީރާނާ ވެފައިވާ އިޖުތިމާޢީ ފޭރާން އަލުން ރަގަޅު ކުރައްވައި ގޭންގަކަށް ވެފައިވާ މާލެ ހަމައަކަށް އަަަޅުއްވައި ފަސް އަހަރުގެ ތެރޭގައި ގައުމު ކުރިއަރާދިޔަ މަންޒަރު ފެނުނެވެ. ހުރިހާ ދާއިރާއަކުންނެވެ. ސާޅީހަކަށް އަހަރުގެ ތެރޭގައި ގެނެވިފައިނެތް ތަރައްޤި (އެތަކެއް ގޮންޖެހުމަކާއެކު) މިގައުމަށް ރައީސް ޔާމީނު ފަސް އަހަރުގެ ތެރޭގައި ގެނެސް ދެއްވިއެވެ. މިއީ ގައުމުގެ މާލިއްޔަތާ ނުބައްދަލު ތަރައްގީއެކެވެ. މީގެ ކުރިންވެސް އެމަނިކުފާނު މަޖިލިސް މެންބަރަކަށް ހުންނެވި ދުވަސްވަރު 800 މިލިޔަން ޑޮލަރުގެ ތުހުމަތުކޮށް މައްސަލަ ބަލަންވެސް ބެލެވުނެވެ.ނަމަވެސް ސާބިތު ނުކުރެވުނެވެ. ވުމާއެކު ތިޔަދައްކާ ޚިޔާނާތުގެ ވާހަކައަކީ ތާކުންތާކުޖެހޭވާހަކައެއް ނޫނެވެ.އިންތިކާބުން ބަލި ނުވާކަން ނުވަތަ ރައްޔިތުން އެ މަނިކުފާނު ބަލައިގަންނަކަން 2018ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ޔާމީނަށް ގިނިކަންޏާ ލިބުނު ވޯޓުން ސާބިތުވެއެވެ.ވުމާއެކު ތިޔަދައްކާ ޚިޔާނާތުގެ ވާހަކައަކީ ހަގީގަތެއްނޫނެވެ.އާ ޕާޓީއެއް ހެދުމުން ބަދަލުތަކެއް އަތުވެދާނެއެވެ. ނަމަވެސް ރައްޔިތުން އެމަނުކުފާނުގެ ކެރުންތެރިކަމާ ހިންގުންތެރިކަން އަބަދުވެސް ގަބޫލު ކުރާނެއވެ.
ޔާަމީނަށް ތާއިދު ކުރައްވާ ރައްޔިތުން އަދިވެސް ތިބީ ޔާމީނާއެކުގައި
އަޅުގަނޑަކީ އެމްޑީޕީގެ ސަޕޯޓަރެއް ނަމަވެސް އަޅުގަނޑަށް ފެންނަ ގޮތުގައި ޔާމިން ނާކާމިޔާބުވީ ހަމައެކަނި ރިޔާސީ އިންތިހާބުން. މިހާރު ރާއްޖޭގައި އޮތީ ޔާމިންގެ ފިކުރާއި އެމްޑީޕީގެ ފިކުރު.
ޔާމީނަކީ ގަޓުހުރި ރައީސެއް
ކޮރަޕްޓު މީހުން ބޭރުން ކުރަންޏާ ޔާމީނު އެއްމެ ފުރަތަމަ ބޭރު ވާނީ.
މިހާރު މިގައުމުގަ ތިކިޔާއިހްލާސްތެރިންކަން
ތެދުވެެރިންކަން ރަގަޅު ނުރަގަޅުފާހަގަވާނެ
ތަނެއްއެމީހަކުގާގަ ބުނެދީބަލަ
ވީ އަރ ވިތު ޕުރެޒިޑެންޓް ޔާމީން
30 އަހަރު ، 3 އަހަރު ، 2 އަހަރު 5 އަހަރު ސުވާލަކީ ކޮރަޕްޝަން ،ޖަވާބު 30 އަހަރު الأستاذ مؤمون ވެރިކަންކުރިއިރު ކީރިތި قرآن ސުކޫލު ތަކުގައި ކިޔަވައެއްނުދެ ތަރަށްޤީ 35 އަހަރުން ނުގެނެވުނު ތަރައްޤީ 5 އަހަރުގަ ރައީސް އަބްދުﷲ ޔާމީން 3 ގުނަކުރި ،އިދިކޮޅު ކިއުންތެރިންނައް އަރާމު ތަންމަތީގަ އޮވެލާއި ފިސްނާލަން ދޫކޮށްލިން ކޮރަޕްޝަން ބޮޑީ ކުރިންދެންނެވުނު 35 އަހަރުގަ
ޔާމީނަށް ތާއީދު ކުރާ މީހެއް ނުބަލާނެ ފްރޮންޓްލައިންގައި ޔާމީނާއެކު ތިއްބެވީ މުސްކުޅިންތޯއެއް ޒުވާނުންތޯއެއް. މިޤައުމުގެ ވެރިޔަކަން ކުރެވޭނީ ރައީސް ޔާމީނުފަދަ ހިންގުންތެރި ކަންކަންކުރަން ކެރޭ ރައްޔިއްތުންނަށް ލާބަޔާ މަންފާ ކުރާނެ ކަންތައްތަކާ ދޭތެރޭވިސްނާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގެންގުލޭ ވެރިއަކަށް. ޔާމީނު ނޫނީ އިހަށްވެސް ފަހަށްވެސް މިދެންނެވި ކަނތައްތައް ކޮށްދެވޭނެ މީހެއް ނެތް . ޔާމީނަކީ ގަޓްހުރި ރައީސެއް !!!
ޏަވާޒުގެ ލިއުމުން ޔާމީން ފެއިލްވީ 2 ސަބަބެއް ފާހަގަ ކުރެއްވިއިރު ފުރަތަމަ ޒުވާނުން އިސްސަފަށް ނުނެރުން ފާހަގަކުރެއްވިއިރު މިހާރު ވެރިކަމަށް ގެނައި ޕާޓީގައި ތިބީ ކޮން ޒުވާނުންނެއްތޯ ސުވާލް އުފެދެއެވެ. ދެވަނައަށް ކޮރަޕްޓް ބޭފުޅުން އިއްސަފުގައި ތިބުން.. މިގެނައި ކޯލީޝަން ވެރިކަމުގައި ކޮރަޕްޓް ބޭފުޅުން އަދި މާގިނަ އެވެ. އެއީ ކުރިން ފެއިލްވެ ޤައުމު ބަނގުރޫޓް ކޮށްލި ސަރުކާރެއްގެ އިސްސަފުގައި ތުބިބަޔަކާއެކު ގެނައި ބާސަރުކާރެކެވެ. "ވީމާ ނަތީޖާއަކީ ރައްޔިތުން ވެރިއަކު ހޮވީ އެކަންކަމަށް ބަލައިގެން ނޫންކަމެވެ."
ޕޕމ ގެ އާންމުން މެމްބަރުން ތިއްބެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި. ކޮންމެ ޕާޓިއެއްގެވެސް އެންމެ އަގުބޮޑު ރައުސުލްމާލަކީ ޕާޓީގެ އާންމު މެމްބަރުން. ޕޕމ ގެ އާންމު މެމްބަރުން ތިބީ ރައީސް ޔާމީންއާއެކު ވީ އެއްޗެއް ވާން. ދެންކީއްވެތޯ އަލަށް އުފައްދާ ޕާޓީއަށް ޔާމީންގެ ސިޔާސީ ހަޔާތްޕުޅު ސަލާމަތް ނުކުރެވެން ވީ.
އަދުރޭ މެންނާ އެކުދާނެ ބަޔަކު ނުތިބޭނެ.ޒަމޭރުވެސް އެއީ ހުރިމީހެއް.ރަގަޅުމީހުންނާއެކު ކުރިޔައް ދެވޭނީ.މިހާރު އެ އީ ހުސްއަނގަ
ދެންއޮތީ ޔާމީނުގެ ވާހަކައެވެ. ފަސް އަހަރުގެ ތެރޭގައި ގައުމު ކުރިއަރާދިޔަ މަންޒަރު ފެނުނެވެ. ހުރިހާ ދާއިރާއަކުންނެވެ. ސާޅީހަކަށް އަހަރުގެ ތެރޭގައި ގެނެވިފައިނެތް ތަރައްޤި (އެތަކެއް ގޮންޖެހުމަކާއެކު) މިގައުމަށް ރައީސް ޔާމީނު ގެނެސް ދެއްވިއެވެ. މިއީ ގައުމުގެ މާލިއްޔަތާ ނުބައްދަލު ތަރައްގީއެކެވެ. މީގެ ކުރިންވެސް އެމަނިކުފާނު މަޖިލިސް މެންބަރަކަށް ހުންނެވި ދުވަސްވަރު 800 މިލިޔަން ޑޮލަރުގެ ތުހުމަތުކޮށް މައްސަލަ ބަލަންވެސް ބެލެވުނެވެ.ނަމަވެސް ސާބިތު ނުކުރެވުނެވެ. ވުމާއެކު ތިޔަދައްކާ ޚިޔާނާތުގެ ވާހަކައަކީ ތާކުންތާކުޖެހޭކަމެއްނޫނެވެ.
އަވަހައް އުފައްދާ މުޅިއާއިލާވެސް ބަދަލުވާނަން.