ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިއަދު ފުލުހުންގެ އިދާރާ އަށް ހާޟިރު ކުރައްވާ ސުވާލު ކޮށްފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ހުށަހެޅި މައްސަލައަކާ ގުޅިގެންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ އޭސީސީގެ ބާރު ފޯރާ އެކައުންޓުގައި ހުރި ފައިސާގެ ތެރެއިން ބައެއް ފައިސާއަކީ އެމްއެމްޕީއާރްސީން އެސްއޯއެފް ނެގި ފައިސާކަމަށް ތުހުމަތު ކުރާ ކަމުގައެވެ. އެކަމުގައި ތުހުމަތު ކުރެވިދާނެކަމަށާއި އެހެންނަމަވެސް، އެކަން ސާބިތު ކުރެވިފައި ނެތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެން މި ބެހެއްޓި ފައިސާ އަކީ ބޭންކް އޮފް މޯލްޑިވްސްގައި ހުރި އަޅުގަނޑުގެ އެކައުންޓަކުން ދިން ފައިސާތޯ، ނޫނީ މިއީ އެސްއޯއެފްގެ އެކައުންޓަކުން އަޅުގަނޑުގެ އެހެން އެކައުންޓަކަށް ދިން ފައިސާތޯ ޗެކެއްތޯ، މިއުޅެނީ. އެއް މިލިޔަން ޑޮލަރު އެހެރީ އެއް މިލިޔަން ޑޮލަރުގެ ގޮތުގައި ބަހައްޓާފައި. ދެން އެބޭފުޅުން އެތުހުމަތު ކުރައްވާ ކަމެއްގައި، އަޅުގަނޑު ވަރަށް ހިތްހަމަ ޖެހުނީސް އޭސީސީން އަޅުގަނޑަށް ކުރިން އައްސަވާލެއްވިނަމަ. ކިހިނެއްތޯ ވެފައި މިއޮތީ." ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އޭސީސީގެ ބެލުމުގެ ދަށުގައި ފައިސާ ބަހައްޓާފައިވަނީ ދެ ފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށެވެ. އަދި ކުރިން ހިތްހަމަ ނުޖެހޭ ކަމެއް އޮތްކަމަށްވާނަމަ އެކަން އަންގަން ޖެހޭކަމަށާއި މިއީ އެއްވެސް މަޖުބޫރު ކަމެއް ނެތި ހެދި އިދާރީ އެގްރީމެންޓެއްކަމަށްވެސް ވިދާޅުވިއެވެ.
"އޭސީސީއާވެސް މިއުޅޭ މައްސަލައަކީ އަޅުގަނޑާ އޭސީސީއާ އެގްރީމަންޓް ކުރެވިފައި އެބަ އޮތް. އެ އެގްރީމަންޓާ އެއްގޮތަށް ތަބާވެ، ފައިސާ އަޅުގަނޑު ޖަމާކޮށްފައި، އަޅުގަނޑު ހިތުން އެފައިސާ އެހުރީ ޖަމާކޮށްފައި، އެކައުންޓުގައި އެފައިސާ އެބަހުރި. ހަމަ އެއް މިލިއަން ޑޮލަރުގެ ފައިސާ އެބަހުރި. އޭގައި އެބޭފުޅުން އެނަންގަވަނީ އިޖުރާއީ މައްސަލައެއް." ޔާމީން ވިދާޅުވިއެވެ.
"އެހެންނަމަވެސް، އިޖުރާއީ މައްސަލައެއް ނަންގަވާއިރު އެބޭފުޅުންވެސް އަޅުގަނޑު ކައިރީ ވިދާޅުވެދެއްވަން ރަނގަޅު މިއޮއްހާ ދުވަސް ވެގެން ދިޔައިރު މި އެގްރީމަންޓަކީ މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހު ސޮއި ކުރެވުނު އެގްރީމަންޓެއް. ފައިސާ ޖަމާކުރެވިފައި މި އޮންނަނީ ޖޫން މަހުގެ ކުރީކޮޅު. އެހެންވީމާ މިއޮއް ހުރިހާ ދުވަހު ހިތްޕުޅު ހަމަނުޖެހޭ ކަމެއް އޮތިއްޔާ، މިއީ އިދާރީ އެގްރީމެންޓެއް. އަނެއްކާ އަޅުގަނޑުވެސް އިސްވެ ސޮއި ކުރަން ބޭނުންވީ ވަކި އެކައުންޓެއްގައި މި ފައިސާ ބަހައްޓަން. އެއީ މި ފައިސާ އަކީ ވަކި ޤާނޫނާ ޚިލާފު ފައިސާއެއްކަމަށް ނިންމާފައި އޮތީމައެއް ނޫން،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ މި މައްސަލަ އޭސީސީން ފުލުހަށް ގެންދިޔައީމާ ހިތުގައި އެހެން އިހުސާސްތަކެއް އުފެދޭކަމުގައެވެ.
"މި މައްސަލަ އޭސީސީން ގެންދެވީމާ ހިތުގައި އެހެން އިހުސާސްތަކެއް އުފެދޭ އިނގޭތޯ." ޔާމީން ވިދާޅުވިއެވެ.
ހަމައެހެންމެ، އެގްރީމަންޓަކީ ހެޔޮ ނިޔަތުގައި ކުރި ކަމެއްކަމަށާއި، އެފައިސާ ބަހައްޓަން ކޮންމެހެން ނުވެސް ޖެހޭކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑު ޤަބޫލު ކުރަނީ އަޅުގަނޑާ އޭސީސީއާ ދެމެދު އޮތް އެގްރީމެންޓަކީ ރަނގަޅު، އިން ގުޑް ފެއިތު ކަން، އަޅުގަނޑުވެސް އިސްވެ އަޅުގަނޑުވެސް ހަމަ ފައިސާ ބަހައްޓަން ބޭނުންވެޔޭ ބުނެގެން ކޮށްފައި އޮތް އެގްރީމެންޓެއް. ޙަޤީޤަތުގައި އެފައިސާ އަޅުގަނޑު ބަހައްޓާކަށް ނުވެސް ޖެހޭ." ކުރީގެ ރައީސް ވިދާޅުވިއެވެ.
ކަލޭ ކުރީމަ އެއްކަމެއްވެސް ޤާނޫނާއި ޚިލާފެއްނޫން ! އެހެންބަޔަކު ވީމަ ކަރުގަ މަޅިއަޅުވަން ޖެހޭ ! މީ ވަބާއެއްނު ! ކަލޭގެ އެކައުންޓްގައި މިލިއަނުން ހުރި ފައިސާއކީ ދިވެހި ރައްޔިތުންގެ ފައިސާ ! ކަލޭމެން އެންމެން ވެގެން ބަޑުއަޅާލީ ! ތިޔަމީހާ ދޫނުކޮށް ހައްޔަރު ކުރޭ ! އަދި ހަދަމުން ގެންދާ ގެވެސް ސަރުކާރަށް ނަގާ ! އެއީ ކޮންގޮތަކުން ލިބުނު ހަރާމް ފައިސާއެއްތަ ؟ އެއީ ރައްޔިތުންގެ ފައިސާ ! މިހާރުން މިހާރަށް ތިޔމީހާ ހައްޔަރު ކުރޭ !
ބަލަ ކަލޭ ސާބިތުކޮށްދީބަލަ އެއީ ބަނޑުއެޅި ލާރިކަން..އަނގަ ފޭކޮށްފަ ހޭރުނަސް މޮޅެއްނުވެވޭނެ
ހޫނ އެއްކަލަ ރީނދޫ ޕަޕެޓްދޯ. ބަލަ ކަލެއަކަށް ނޭނގޭތަ އަންނި 4 ބިލިއަން ރުފިޔާ ކާލިކަމެއް؟ އިހަށް އެ ލާރި ހޯދަން އުޅެގަ.
އަލްޖިބްރާ ތީ މިޤައުމުގަ ހުރި އެންމެ ބޮޑު ޤަމާރު.
ސާބަހޭ ރައީސް ޔާމީން.
ހިނބޫ ކަލޭތިޔައުޅެނީ ކީއްކުރާނަމޭ ހިތާއިގެންތަ.؟
އޭސީސީގެ ލުތުފީގެ އަންހެނުންގެ ބޮޑު ގެއެއް ހުއްޓާ އޭނާއަށް ފްލެޓްލިބުނީ ކޮންހަމަޔަކުންތޯ އިހަށް ބަލަން ވެއްޖެނު؟ ލުތުފީ ކަލޭގެ ލަދުކޮބާ؟ ރައީސް ޔާމީނާ ޖައްސާލައިގެން އުޅެން ކަލޭތީ ކޮންފެންވަރެއްގެ ކާކު އޭނ ގޫކާޓްބެއްޔާ.....؟؟؟
ސާބަހޭ ރައީސް ޔާމީން. ތިޔައީ ގަޓް ހުރި ކެރޭ ރައީސެއް.
މީހަކު މީހަކު އަތުން ދަރަންޏަށް ފައިސާ ނެގިޔަސް، އަނބުރަާ ދައްކަންޖެހޭނީ ހަމަ އެ ނޫޓްތައްތާދޯ؟
މިވާގޮތުން އެގޮތަށް ޖެހޭނީ ދައްކަން
ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވާ މީހުން އަނބުރާ ދައްކަންޖެހޭނީ އެމީހާ ބޭނުންކުރި ނޫޓްތައްތާދޯ؟
ބޮޑަށް ހީވަނީ ޒާތީ ކަމެއްހެން.....
ނުސީދާ ގޮތުގައި އެކައުންޓަށް ވެދެފައިވާ ފައިސާއެއް އެގްރީމެންޓެއްގެ ދަށުން ސީދާ އެއްޗަކަށް ބަދަލުކޮށް ނުދެވޭނެކަން އޭސީސީއަށްވެސް އަދި ރައީސް ޔާމީނަށްވެސް އެނގެންޖެހޭއިރު، އެމީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ، ފައިސާ ރައްދުކުރުމުގެ މާނާގައި ނުވަތަ ފައިސާ ފޯރުކޮށް ދިނުމުގެ މާނާގައި ކުރެވޭ ކަންކަމަށްވާއިރު، އެކަކު އަނެކަކަށް އަދި އެއްބަޔަކު އަނެއްބަޔަކަށް ފައިސާ ދޭއިރު، އެކައުންޓް މެދުވެރިކޮށް ފައިސާ ދިނުމަކީ، ދުނިޔޭގެ ކަންކޮޅުތަކުގައި ފައިސާގެ މުޢާމަލާތް ކުރުމުގައި ކަން ހިނގަމުންދާ ޢާންމު އުޞޫލު ކަމަށްވާއިރު، ތިޔަ ފައިސާއާބެހޭ ގޮތުން އޭސީސީއާއި ރައީސް ޔާމީނާއި ދެމެދު ވެފައިވާ އެއްބަސްވުމަކީ، ޤާނޫނީގޮތުން އެއްވެސް ބުރަދަނެއް ހުރި އެއްބަސްވުމަކަށް ވާނެތޯ ސުވާލުއުފެދެއެވެ.
އަހަރެމެނަށް މަނިކުފާނަށް ތާއިދު ކުރެވެނީ ތިހެންވީމަ.
އިންޑިޔާއެންބަސީ ފެންނަފަށުގަހުރެ ޖަވާބުދާރީވެވޭތީ.
ތުއުޅެނީ ޕާޓީއަށް ފޯމްފުރާތީ ބިރުން.
ބަކަރި ކާލަން ބޭނުންވުމުން މިނިކާވަގުވެސް ޙުއްޖަތް ދެއްކިއެވެ. މަގޭ ބޯންއޮތް ފެންގަނޑު ތިޔަ ހަޑިކުރަނީ! މިދިޔައަހަރު ކަލޭ މަށަށް މަލާމަތްކުރީމުނު؟ ކަލޭ މިދިޔައަހަރު ދުނިޔޭގައި ނެތްނަމަ ކަލޭގެ ބޭބެކަންނޭގެ ނޫނީ ކަލޭގެ ތިމާގެމީހެއްކަންނޭގެ ، ނުވަތަ ކަލެޔާ އެއްގިންތީގެމީހެއްކަންނޭގެ މަށަށް މަލާމަތްކުރީ! އެހްނެވީމާ ނުކައި ދުލެއް ނުކުރެވޭނެ! ރައީސް ޔާމީންގެފުށުން ޙަޤީޤީ ކުށެއް ނުފެނުމުން ޙުއްޖަތްތައްނެރެނަމަވެސް ރައީސް ޔާމީނަށް ލޮޓިއެއްދީފަ ވެރިކަން ދަމަހައްޓަން ނޫޅުމަށް ކުރިޔާލާ ނުކިޔަވާ އިބޫއަށް ގޮވާލަމެވެ.
އަލްޖިބްރާ އެކައުންޓަށް މީހަކު ފައިސާ އެއްޖަމާކުރި ފަހުންބެލިއިރު އެފައިސާ އަކީ މީހަކު ވަގަށް ނެގި ފައިސާގެ ބައެއް ކުރިން އަލްޖިބްރާއަކަށް މިކަމެއްނޭގެ އެ ވައްކަމުގާ އަލްޖިބްރާޒިންމާ ވާންޖެހޭނެތޯ ނުވަތަ ޒިންމާވެ އެވައްކަމުގާ ބައިވެރި ވާނަންތޯ ؟
ރޔާމީނު އަށް ގިނަ ގޮނޑި ލިބިދާނެތީ ވެ ގޭގަ އޮތަނުދޭންވެގެން ބިރުގަތަސް ފުކެއް ބޮޑުވަރު ތީ
އޭ ސީ ސީ ބިރުގަނަނީ ޕީ އެން ސީ އައް ގިނަމީހުން ސޮއި ކުރާތި. އެހެންވެ ރައީސީ ޔާމީނަން ޖެސްން ކުރަނީ ކަމައް ބެލެވެނީ. އަދި ބިރުގަނަން ނީ.