ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮވުމާ ބެހޭގޮތުން ކުރީގެ ރިޔާސީ ތަރުޖަމާނު އިބްރާހީމް މުއާޒް އަލީ ދައްކަވާފައިވާ ވާހަކަތައް އެކަނި ޤަބޫލު ކުރާތީ ހައިރާންވާކަމަށް ޔާމީން ވިދާޅުވެއްޖެއެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ މުއާޒުގެ ވާހަކަ ޤަބޫލު ކުރަންޏާ ދައުލަތުގެ ތަހުގީގީ އިދާރާތަކުގެ އެއްވެސް ބޭނުމެއް ނެތްކަމުގައެވެ.
"ވީޑިޔޯ އެކްސްޕާޓުންނާ ސުވާލު ކުރަންވީ ނޫންތޯ... އަޅުގަނޑު ހަމަ ހައިރާންވޭ ހަމައެކަނި މުއާޒް އަލީގެ ވާހަކަ އަޅުގަނޑުމެންނަށް ޤަބޫލު ކުރެވޭތީ. މުއާޒް އަލީގެ ވާހަކަ ޤަބޫލު ކުރަންޏާ ދެން ކީއްކުރަންތޯ ދައުލަތުގެ ތަހުގީގީ އިދާރާތައް." ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ކުރީގެ ރައީސް ވިދާޅުވީ މިއީ ރިޔާސީ ކޮމިޝަނެއް އުފައްދަވައިގެން ތަހުގީގު ކުރެއްވި މައްސަލައެއްކަމުގައެވެ. ހަމައެހެންމެ، މިފަދަ މައްސަލައެއް ތަހުގީގު ކުރުމުގައި މުއާޒުގެ ޤާބިލު ކުރަން ހުރިތޯވެސް ޔާމީން ސުވާލު އުފައްދަވާފައިވެއެވެ.
"ދެން އޮތީ މުއާޒް އަލީ ދައްކާ ވާހަކަ. މުއާޒް އަލީ، އެންމެ ފަރުދަކު ދައްކާ ވާހަކައަށްތޯ އިތުބާރު އޮންނާނީ، ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އުފައްދާފައި އޮތް ރިޔާސީ ކޮމިޝަން އޭގެތެރޭގައި ފުލުހުންނާއި ސިފައިންނާ ތިބެގެން ތަހުގީގު ކޮށް ނިންމާފައި އޮތް މައްސަލައެއް. އެތަހުގީގުކޮށް ނިންމާފައި އޮތް މައްސަލައެއް، އެއަށްތޯ ބުރަވާނީ ނުވަތަ ވަކި ފަރުދަކު ދައްކާ ވާހަކައަށް، އޭނަގެ ކޮން ހައިސިއްޔަތަކުން، ކޮން ކެޕޭސިޓީއަކުން ނުވަތަ ކޮން ފެންވަރެއްތޯ ހުރީ ތަހުގީގެއް ކުރަން." އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ، އަމިއްލަފުޅު އަންހެނުންނާއި އާއިލާގެ މެންބަރުން ތިބި ލޯންޗެއް ގޮއްވާލަން އަމިއްލަފުޅަށް މަސައްކަތް ކުރައްވާނެކަމަށް ޤަބޫލުފުޅު ކުރައްވާތޯވެސް ޔާމީން ސުވާލު އުފައްދަވާފައިވެއެވެ.
"އަޅުގަނޑަށް ސުވާލަކަށް ސުވާލެއް ކޮށްލަންތޯ. ތިޔަބޭފުޅުންނަށް ޤަބޫލު ކުރެވޭތޯ އަޅުގަނޑާއި އަޅުގަނޑު އަންހެނުންނާ އަދި އަޅުގަނޑުގެ އާއިލާގެ މީހުން އަރާތިބި ލޯންޗެއް ގޮއްވާލަން އަޅުގަނޑު އަމިއްލައަށް މަސައްކަތް ކުރާނެކަމަށް ޤަބޫލު ކުރެވޭތޯ ދިވެހި ރައްޔިތުންނަށް." ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ އެކި އިރު އެކި ފަރާތްތަކުގެ ވިސްނުމަށް ބަދަލު އަންނާނެކަމުގައެވެ. އަދި މުއާޒް ކުރިން މިކަމުގެ ވާހަކަ ދައްކަވާފައި ނުވާތީ އެކަމަށްވެސް ޔާމީން ސުވާލު އުފައްދަވާފައިވެއެވެ.
"ދެން އެކި މީހުންގެ ވިސްނުމަށް އެކި އިރު ބަދަލު އަންނާނެ ދެއްތޯ. ދެން މުއާޒުގެ ވިސްނުމަށް މިއަދު ބަދަލު އައީ." ކުރީގެ ރައީސް ވިދާޅުވިއެވެ.
މުއާޒް ވަނީ ފިނިފެންމާ ޙާދިސާއާ ގުޅޭގޮތުން މި ފަހުން ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ.
ނޫނޭ މުއާޒުގެ ވާހަކަ ގަބޫލު ނުކުރާތީ އޭރުވެސް ފުލުހުން ފާހަގަ ވެއްޓެއޭ ކިޔާގެން މުއާޒު ކަރުން ހަން ފާބާވަރަށް ދެއްކި ވާހަކަ ވެސް ޖޯކު ކަމުން އެމީހުންނަށް ތަހުގީގު ކުރަން ނުކެރުނީ. އެކަމަކު ޔާން އަށް މާ ކަމުދާ ވާހަކައަކަށް ވެގެން އެއެއް ތަހުގީގު ނުކޮށްގެން ކަމިޝަނަރުން ބަދަލުކޮށް ނޫސް ކޮންފަރެންސް ބާއްވާ ފުލުހުންނަށް ބަވާ ބަދުނާމުކޮށް ކުޑަކޮށް ކަންކަން ކުރީ. ހަދާން ބަލި މީހެއް ނޫނީ މިކަންކަން ވަރަށް ފަސޭހައިން މިހާރު ހަދާންވާނެ.
މަނިކުފާނުގެ ނަމުގައި ކޮމެންޓްކުރިމީހާއަށް ހަނދާނެއް ނުވޭތޯ މީހަކު ފުލުހުންގައިގަ ތަޅަންވެގެން ރަށުތެރޭން ކުދިން ހޯދަން އުޅުނުކަމެއް؟ އަދި ޣައިރުޤާނޫނީ އެއްވުމެއް މައިތިރިކުރަން ފުލުހުން ލެފުމުން ފުލުހުން ނާދިމާލަށް މަނީމަނީ ޔޭސްޔޭސް އޭގޮވާ ފުލުހުން ނަށް ފުރައްސާރަކުރި ކަމެއް؟ މުސްކުޅިވީމާ ހަނދާންވެސް ބަލިވާނެ. އޯކޭދެން.
ކަލޭ ހާދަ ވަރަކަށް ބުރާންތި ކައިފަ. ތަހުގީގު ނުކޮށްގެން ވާހަކަ ދެކެވުނީ ލީކުވެގެން އުޅުނު ފަސްމާމުލު ފަހެތީގެ މުލު ވަގުގެ ފޯނު ކޯލް. ފާހަގަ ވެއްޓޭ ވާހަކަ މީހަކު ގަބޫލެއް ނުކުރޭ. އެމީހާ ދެއްކި ލޯންޗް ގޮވި ވާހަކަ ކަލޭ ގަބޫލު ކުރާއިރު ފާހަގަ ވާހަކަ ގަބޫލު ނުކުރީ ކީއްވެ؟ ކަލޭ ހިތާވާ ގޮތަކަށް ދައްކައިފިއްޔާ ކޮންމެ ވާހަކައެއްވެސް ހަމަ ހެޔޮވަރު! ތެދެއްކަން ދޮގެއްކަން ނޭނގުނަސް ހެޔޮ. ތަންފުކަކަށްވުރެ މާބޮޑުވަރު ތީ.
ފާހަގަ ވެއްޓެއޭ ކިޔައިގެން މުއާޒު ކަރުން ހަން "ފާބާ"ވަރަށް ދެއްކި ވާހަކަ ޖޯކު. ފިނިފެންމާ ގޮވި ވާހަކަ ހަމަ ހައްގު ތެދު. ބޭބެ ކޮން ވައްތަރު ހުންނަނީ؟
ރައިސްޔާމީނު 5 އަހަރުދުވަހު ކޭބަތްތަށީގެ އެއްބައި ދިނީ މުއާއަށް މިއަދު އެތަށިހުސްވީ މިއަދު ގިނައިންދޭންލިބުނީ ބްރޯއަށް އެހެންވެ ބްރޯބުނާގޮތަށް މުއާ ބުނެދެނީ އެހެންވެ މުސްކުޅިން ބުނަނީ ބަތްދެންޏަ ބޮޑުބެޔޭ
ފިނިފެންމާ ލަންޗްކޮޅުގެމައްސަލަ ތަހުގީގު ކުރި ރިޔާސީ ކޮމިޝަނަށް މުއާ ތިމަޢުލޫމަތުތައް ނުދީ އެކަން ސިއްރުކޮށްގެން ހުރީ ކީއްވެބާ؟ މިއަދު ކުލިދައްކާނެ ފަދަ ނެތިހުއްޓާ ބްރޯދިންފައިސާކޮޅަކުން އެކަމުން ސަލަމަތް ވެވުނީމަ ދެންނުކުމެ ހިކިތިބި އަޅުންތެންމަން މިސޮރު ތެޅޭވަރެއްދޯ ތިކަމެއްނުވާނެ އެއީ ރައިސްޔާމީނު ތިކަހަލަ 99 މުނާގެ ވިސްނުން އެސިކުޑީގައި ހުންނާނެ ނުތެޅި ަމަޑުން ހުރެވޭތޯ ބަލާ
ތީއަދީބުއަތުން ލާރިކާއިފަހުރިސޮރެއް
އަޖައިބެއްފަދަ ކަމެއް. ޔާމީނުގެ ވަހަކަ އަހަރެމެން ގަބޫލްކުރާނީ ކިހިނެއް. ވިޔަފާރި ނުކުރާ މީހެއްގެ އެކައުންޓްތަކުގައި 100 މިލިޔަން ރުފިޔާ. އެވެސް 5 އަހަރު ތެރޭގައި. އެމް.އެމް.ޕީ.އާރް.ސީގެ ފައިސާވެސް އެފެނުނީ ޔާމިންގެ އެކައުންޓުން. ނަންވާނި އަދީބް. ޔާމީން މިހާރު ތިހިރީ މަޅިޔަށް ރަގަޅަށް ފެތިފައި. ދެންއޮތީ އެމަޅި ކޯޓުތަކުގެ ތެރެއިން ބާރުކުރުން...
ލައްބަ ވަރަށް ޔަޤީންކަމާއި އެކު ޤަބޫލު ކުރަން ތި ބޭފުޅާ ކޮންމެ ފަދަ ޑްރާމާއެެއްވެސް ކުޅެފާނެކަން.
ހިސާބަށްވުރެބޮޑަށް މާއްދީއްޔަތަށް ލޯބިޖެހި ވެރިކަމަށް ދަހިވެތިވީމަ ކޮންމެފަދަކަމެއްވެސް ކޮށްފާނެ އެއީ ދުނިޔޭގެ އެކިކަންކޮޅުތަކުން އަބަދާއަބަދު ފެންނަމުންދާ ކަންކަން
ބަލަ އަހަރެމެންވެސްވެސް ހަމަ ހައިރާންވި ކަލެއަށް ބާރުލިބުނީމާ އޭގެބޭނުންކުރަން ފެށިވައްތަރުން ތިމާގެ ކަނާއަތައް 3 ބާރުލައި އެއޮށް އުޅުނު ގޮތްކުޑަ ވައްތަރެއް! ރާކަނިމަސްކެވިއްޖެދޯ؟
އަދީބު މުއާޒު ގަނެލީ މިއީ މިސަރުކާރުން އަޑީގައި އޮވެގެން މިހާރުއޮތް ހަމައެކަނި އިދިކޮޅު ލީޑަރުގެ އަޑުކަޑުވާލަން ލުރާކަމެއް
މިހުރިހާ ދުވަހު ގެންގުޅުނު ތަރުޖަމާނު ބުނާއެއްޗެއްތާ މީހުން ގަބޫލުކުރާނީ