ވިލިމާލޭ ސަހަރާގައި ހުރި ހިނަވާގެ މަރާމާތު ކުރުމަށްފަހު އެ ސަހަރާގައި އަލުން މީހުން ވަޅުލަން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ވިލިމާލޭ ސަހަރާގައި ދެއަހަރާ ބައިވަންދެން މީހުން ވަޅުލުން ހުއްޓައިލާފައިވަނިކޮށް މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުމާއެކު ވިލިނގިލީ ހެޔޮއެދޭ ފަރާތްތަކުން ސަހަރާ ސާފުކޮށްފައިވާކަމަށާއި ހިނަވާނެ މަރާމާތު ކުރުމަށް ފަހު އެ ސަހަރާގައި އަލުން މީހުން ވަޅުލަން ފަށާނެ ކަމަށެވެ.

ވިލިމާލޭ ސަހަރާގައި މީހުން ވަޅުލުމުގެ މަސައްކަތް އަލުން ފަށަން ނިންމާފައިވާއިރު މިފަހުން ސަރުކާރުން ވަނީ ސަހަރާތަކާއި މިސްކިތްތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖައުގަރު

    ރަނގަޅު. ޥަޅުލާނެ ތަންތަން ގިނަކުރަންޖެހޭނެތާ. ގޮތްނޭނގޭ މަރުތައް އިންތިހާއަށްދަނީ ގިނަވަމުން ވިއްޔާ.