ދޫނިދޫ ޖަލުގައި ނިޔާވި އުމުރުން 23 އަހަރުގެ އަންހެން މީހާގެ އޮޓޮޕްސީ ނުހަދާ ވަޅުލައިފިއެވެ.

އެ މީހާގެ އޮޓޮޕްސީ ހަދާފައި ނުވަނީ އާއިލާއިން ބޭނުންވެގެންނެވެ. އެހެންކަމުން، އޭނާގެ ހަށިގަނޑު މިއަދު އަސްރު ނަމާދަށްފަހު ވަނީ އާސަހަރާގައި ވަޅުލާފައެވެ.

ފުލުހުންގެ ބަންދުގައި ހުއްޓާ އެ އަންހެން މީހާ ނިޔާވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެއީ ނ. މަނަދޫ އަންހެނެކެވެ. އޭނާ އަކީ ފޭރުމުގެ މައްސަލައެއްގައި ބަންދު ކޮށްފައިވާ މީހެކެވެ.

ފުލުހުން އިއްޔެ ވިދާޅުވިގޮތުގައި، އެ މީހާގެ މަރުގެ މައުލޫމާތު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާ ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ނިޔާވި މީހާގެ އޮޓޮޕްސީ އެއް ހެދުމަށް އާއިލާއާއިއެކު މަޝްވަރާ ކުރުމަށް އެދިވަޑައިގެންނެވިއެވެ.

ނަމަވެސް އެ އަންހެން މީހާގެ އާއިލާއިން، އޭނާގެ އޮޓޮޕްސީ ހެދުމަށް ފުރުސަތު ނުދެއްވީ ކީއްވެކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތީގެ އަޑީގަ ބޮޑު ކަންތައްގަނޑެއް އުޅޭހެން އެބަހީވޭ.. އެކަން ފޮރުވަން ސަރުކާރުން އުޅެފަ އޮތްކަމަށް ވަރަށް ޝައްކުކުރެވޭ..

  2. ދދދ

    މަރާލީ މަރާލީ. ޖަލޔފަ މީހުން މަރަނީ

  3. ޤސމ

    ޖިނާއީ މައްސަލައެއްގެ ތުހުމަތުކުރެވުމުން ތަހުޤީޤުކުރާކަށް ރުހުން ބޭނުމެއް ނުވާނެ.

  4. ސަޓޯ

    އެމްޑީޕީ ސަރުކާރުން އެމީހާ ހަމަ މަރާލީ... ފަލީހަތް ވެދާނެތީވެ އަވަހައް އެވަޅުލީ !!!

  5. ސިއްތި

    ތިޔަވާނީ ރައީސް ޔާމީންގެ މައްސަލައަކަށް!!!! ހެހެހެ

  6. ނޭވާހޮޅި

    އިބޫ ކިހިނެއްމިވަނީ ޖަލުގައި މީހުންމަރުވަނީ ކާފަގަނޑު ކުރިކަމެއްދޯ އެއީ

    1
    1
  7. ވާނުވާ

    އިބޫ ކިހިނެއްމިވަނީ ޖަލުގައި މީހުންމަރުވަނީ ކާފަގަނޑު ކުރިކަމެއްދޯ އެއީ

  8. ފާތުމަ

    މީ ކާކުގެ ވެރިކަމެއް ހޭ.މަހުލޫފޫ.

  9. ނާފިޒު

    ކުރީސަރުކާރުންގަ ޖަލުގަމީހަކު މަރުވާ އިރައްހީވަނީ ގިޔާމައްވާއުޅޭހެން މިފަހަރު އެއްވެސްކޮމެއްޓެއްނެއް

    1
    1
  10. ަައަބްޅޯ

    ތިކަމަކީ ނިމިދިޔަސަރުކާރުގައި ހިނގިކަމެއްނަމަ މިއުޅޭރީނދޫ ބައިގަޑު ވަރަށްފޯރިހުންނާނެ، މިއަދަކު ހަމަޗުއްޕުވެސްބުނެލާނެމީހަކުނެތް މިއީތޯ އެބުނާހަމަހަމަކަމަކީ.

  11. އިމް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  12. ޖީދޭ

    ކުއްޖާގެ ބައްޕަޔާ މަންމަ 3 ގަޑިއިރު ޕޮލިހުގާ ބައިންދައިގެން ފުލުހުން ވަނީ އެމީހުނަށް ބިރުދައްކާފަ ކުއްޖާގެ ބަޕައަކީ ކުރީން މަނަދޫ ޕޮލިސް ސްޓޭސަނުގެ މަސައްކަތުމީހެއް.އޭނާވަޒީފާއިން ވަކިކުރީ މަސްތުވާތަކެތި ބޭނުންކޮށް އެއަށް ޕޮޒިޓިވް ވުމުން.އެމައްސަލަވެސް ބަލާނެކަމަށާ އޭރުން އޮންނަންޖެހޭނީ ޖަލުގާކަމަށް ބުނެ ބިރުދެއްކީކަމަށް ހަބަރުލިބެނީ.

  13. ޙެޔޮ އެދޭ ފަރާތެއް

    އޮޓޯޕްސީ ހަދަން ބޭނުން ނުވީ އިތުރު ވޭނަކަށް ވާނެތީ.. ހެދިޔަސް ވާނެ ކަމެއް ނެތް. އިންސާފެއް ނުލިބޭނެ! ގޯހެއް ފެނުން ކަމަކަށް ނުވާނެ!

  14. ހަނދާންވޭ

    ބައެއްގެ އިހުމާލު އޮންނަ ކޮންމެ ކަމެއްވެސް ނިންމާނީ އެބަޔަކު ސަލާމަތްވާނެ ގޮތަށް. އޮޓޮޕްސީ ހެދުމަކުންވެސް ކުރާނެ ފައިދާއެއްނެތް. ހަށިގަނޑަށް ދެވޭ އިތުރު އަނިޔާއަކަށް ނޫނީ ނުވާނެ. އިންޝާ ﷲ ވަރަށް އަވަހަށް ތިޔަކަމުގެ ހަގީގަތް އެނގިގެންދާނެ. މަރުހޫމާގެ ފާފަ ފުއްސަވާ ހެޔޮރަހުމަތް ލައްވާށި. އާމީން.