ޝަރުއީ ދާއިރާ އާއި ކްރިމިނަލް ކޯޓާއި، އެ ކޯޓުގެ ފަނޑިޔާރުންނަށް ތުހުމަތުކޮށް މަރުގެ މައްސަލަތައްބަލާ ކޮމިޝަނުގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދޫ ދެއްކެވި ވާހަކަތަކުގެ ހަގީގަތް ހޯދަން ޖޭއެސްސީްއިން އެކުލަވާލި ކޮމިޓީއަށް ސުއޫދު ހާޒިރު ވާން އަންގައިފިއެވެ.
އަންނަ އާދިއްތަ ދުވަހު މެންދުރު ފަހު 14:00 އަށް ސުއޫދު ޖޭއެސްސީ އަށް ހާޒިރު ވާން ވަނީ އަންގާފައެވެ.
ސުއޫދު ޝަރުއީ ދާއިރާ އާއި ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުގެ ތަފްސީލް ސުޕްރީމް ކޯޓާއި ހިއްސާކުރުމަށް ސުޕްރީމް ކޯޓުން އެދުމުން ސުއޫދު ވަނީ ސުޕްރީމް ކޯޓަށް މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައެވެ. ނަމަވެސް ޖޭއެސްސީގެ ކޮމެޓީއަށް އެހީތެރިކަން ދެއްވާނެ ކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.
ސުއޫދު ދެއްކި ވާހަކަތަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ވިދާޅުވެފައެވެ.
މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ ސުއޫދު ދެއްކެވި ވާހަކަފުޅުގެ ތަފްސީލް މައުލޫމާތު ހިއްސާކުރަން ރިޔާސީ ކޮމިޝަނަށް މުއްދަތެއް ސުޕްރީމް ކޯޓުން ދިން ކަމަށާއި އެ މުއްދަތު ހަމަވިއިރު ވެސް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ.
އެ ކޮމިޝަނުން ފޮނުވި ސިޓީއެއްގައި، އެ މައުލޫމާތު ސުޕްރީމް ކޯޓަށް ދިނުމަށް އިންކާރު ކޮށްފައިވާ ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ. އަދި އެ މައުލޫމާތު ދޭން އިންކާރުކުރާ ވަކި ސަބަބުތަކެއް ވެސް އެ ސިޓީގައި ބުނެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސުއޫދު ވަނީ ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ނުފޫޒު އޮތް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ހާދަ ވަރުގަދަ ބާރެއް ލިބިފައިވާ ސުއޫދެކޭދޯ. ސްޕްރީމް ކޯޓުންވެސް މީނަކައިރީ އެއްޗެއް އަހާލެވޭކަށްނޯވޭ؟ މިހާކަށްވަރަށް މި ސަރުކާރުން ކޯޓުތައް މިނިވަން ކުރާނީ
މިކަލޭގެ މިހާރު ހުންނަނީ "އަބަހައްދަ" ވެފަ. ކިޔޭ ނުކިޔޭ އެއްޗެއް ގިނަ ފަހަރަކަށް ނޭނގޭނެ. ގުރައިދޫއަށް ފޮނުވާ..!
އިޖާބަ ނުދިނީމަ ހެދޭނެ ގޮތްވެސް ހުންނާނެ!
ތި ސުޢޫދު ވަކީލުކަމުގެ ޙަޔާތުގައި ގިނައިން ކޮށްފައިވާނީ، މީހުން މަރާފައިތިބޭމީހުންނާއި ޑުރަގުމަސްއަލަތަކުގައި ހިމެނޭމީހުން ސަލާމަމަތްކޮށް ދިނުމަށް ވަކާލާތު ކުރާ ވަކީލެއްގެ ރޯލެވެ. އެންމެގިނައިން ފައިސާލިބޭނީ އެކަހަލަމީހުންގެއަތުންވާތީ ކަމަށްވެސްވެދާނެއެވެ. މީގެން ރެކެވޭނެ އެއްވެސްގޮތެއް ސުޢޫދަކަށް ނުދެއްކޭނެއެވެ.
ސުއޫދުއަގައޮތީމަ ކާޅެއްނުކާނޭބުނާފަދައިން ސުއޫދުވެސް ދައްކަވާ ވާަކަފުޅުގެބާވަތުން
ވިސްނާލެއްވުން ރަގަޅު ސުައޫދު ދައްކަވާފިވަނީ އާދައިގެވާހަކަފުޅެއްނޫން އެއީ ކޯޓުތަކުގެ
ހުރުމަތްކެޑޭފަދަ ( ތެދެއްނޫންނަމަ) ވާހަކަފުޅެއް ވީމާ ސުއޫދު ޝަރުއީދާއިރާބެހޭގޮތުން
ދެއްކެވި ވާހަކަފުޅުތަކުގެ ތަފްސީލް ސުޕްރީމްކޯޓާއަވަހަށް ހިއްސާކުރައްވާ ސުޕްރީމްކޯޓާ
ހިއްސާކުރެއްވުމަށް ދެކޮޅުހައްދަވާނަމަތިކަމުންއެހެންމާނައެއްނެގިދާނެ ދެއްކެވި ވާހަކަފުޅުގެ
އިތުބާރުލިބޭނީވެސް ސުޕްރީމްކޯޓާ ހިއްސާކުރައްވާ ތެދަކަށްވުމުން
ސްޕްރީމް ކޯޓުގެ ގަދަފަދަކަން މިހާރަކު ނުފެނޭ... ހޭއަރާފަ ތިބޭނީ.. އިންސާފުން ހުކުމް ކުރަން އަދިވެސް ދެކޮޅު ހަދަނީ ދޯ...
ސުޢޫދު އެއުޅެނީ ބިރުން މާބޮޑަށްފުއްޕަންޏާ ޣައިރު ހާސިރުގައި ހުލުމެއްކޮށް ސައިޒުކޮށްލަބަލަ
ސުޢޫދު ކަހަލަ އިޙްތިރާމް ލިބިފައިވާ ބޭފުޅެއްގެ ފަރާތުން ފެނުނު ދަށުދަރަޖައިގެ ވާހަކައެއް..ހަޤީޤަތުގައި ސުއޫދު ދެއްކި ވާހަކައިން ވވ ކަންބޮޑުވި..ތިކަހަލަ ޤަވްމީ ސަލާމަތަށް ނުރައްކާ ވާހަކަ ދައްކަން ޖެހޭނީ އެކަމަށް އެކަށޭނަ ކޮމިޝަން ތަކުގައި..އެއީ މީހުން ތަރައްޤީ ގަވްމުތަކުގައި އަމަލުކުރަން ޖެހޭ ގޮތަކީ އަދި ކުރާ ގޮތަކީ..ނިއުޓްރަލް ސިޓިޒަން