އަންނަ އޭޕްރިލް މަސް ތެރޭގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ ހދ. ވައިކަރަދޫ ދާއިރާއަށް ކުރިމަތިލުމަށް ހުސައިން ސަގީފް ނިންމައިފިއެވެ.
ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ސަގީފް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ނިންމާފައިވާކަން ހާމަކޮށްފައިވާއިރު، އޭނާގެ އެއް މަގްސަދަކަށް ވަނީ، ސިޔާސީ ގޮތުން ބާރުވެރި އަތޮޅަކަށް ހދ. އަތޮޅު ހެދުމެވެ.
އޭނާ ކުރިމަތިލުމަށް ނިންމާފައި ވަނީ، އަދާލަތު ޕާޓީގެ ފަރާތުންނެވެ.
ވައިކަރަދޫއަށް އުފަން ސަގީފް ވިދާޅުވީ، ވައިކަރަދޫ ދާއިރާއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް ގުޅިލާމެހިފައި ވަނީ، މުޅި ތިލަދުންމަތީގެ މައްސަލަތަކަށް ކަމަށެވެ. އަދި އެ މައްސަލަތަކުގެ ވާހަކަ ދެކެވިއްޖެ ކަމަށާއި، ދެން އޮތީ އޭގެ ހައްލު ހޯދުން ކަމަށް ސަގީފް ވިދާޅުވިއެވެ.
އަދި މަޖިލީހަށް ނުކުންނަނީވެސް އެއަޒުމުގައި ކަމަށާއި، އަދި ހދ. އަތޮޅު ބާރުވެރި ކުރެވޭނީވެސް އެ އަތޮޅަށް ނިސްބަތްވާ މީހަކު މަޖިލީހަށް ކުރިމަތިލައިގެންކަމަށްވެސް ވިދާޅުވިއެވެ. އަދި ދާއިރާގެ މައްސަލަތައް ހައްލުކުރުމަށް ދުރުރާސްތާ "ތިލަދުންމަތީ ތަސައްވަރެއް" ބިނާކުރެވެން ޖެހޭކަމަށާއި އިންތިހާބު ވިޔަސް އަދި ނުވިޔަސް އެ މަސައްކަތް ކުރާނެކަމަށެވެ.
ސަގީފް ކުރިމަތިލުމަށް ނިންމާފައި ވަނީ، ނެއްލައިދޫ، ކުރިނބީ އަދި ވައިކަރަދޫ ހިމެނޭ ދާއިރާއަށެވެ.
ހދ އަތޮޅު ހުރިހާމީހުން ބާރު ހެދުންލާ އޭރުން ބާރުވެރިވާނެ
މަޖިލީހަށް ކުރިމަތި ލާންވީމަ ހދ ބާރުވެރި ކުރަން މިއޮތްހާދުވަހު ކުރީ ކިއްބާ
ތިލަދުންމައްޗޭ، ބާރުވެރިއޭ ކިޔައިގެން އަހަރުމެން ލޮލުގަ އަނދުން އަޅުވާކަށް އުޅޭނެކަމެއްނެތް. ތިޔައީ އެއްވެސް ކަމެއްކުރެވޭ ޒާތުގެ މީހެއްނޫން. އެންމެ ފުރަތަމަ ބުނެދީބަލަ އަތޮޅު ކަުންސިލްގަ ހުރެގެން އަތޮޅުގެ ތަރައްޤީއަށް ކޮށްދެވުނުކަމެއް.
ކުރިމަތިވެސް ލެވޭނެ،... ހޮވެންވެސް ހޮވޭނެ،... އެކަމު ކުރެވޭ ކަމެއް ނޯވޭ،...
ކޮއްކޯ.. މިއަތޮޅުގަ ރިސޯޓެއް ނެތް.. މިކަމާވެސް އުޅެއްޗޭ އިނގޭ...
މިހުރިހާ ދުވަހުވެސް ތިލަދުންމަތިީގެ ކުރިއެރުމަށް މަސަކަތް ކުރު ދަރި އެއް...ސަޤީ އަށް މަގޭ ވޯޓް ޔަޤީން
ހުސްއަމިއްލަ އެދުން