ވެރިކަންކުރާ ކޯލިޝަން ރޫޅުނަ ނުދީ ހިފެހެއްޓުމަށް ކުރެވެންހުރި މަސައްކަތްތައް ކުރައްވާނެ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއާއިއެކު ދެމިހުންނަވާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫން ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައި ވަނީ ކޯލިޝަން އެއްބަސްވުމަށް އިހްތިރާމް ކުރުމެއް ނެތި ރައްޔިތުން މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީ އިން ނިންމުމުން ކޯލިޝަން ރޫޅިދާނެ ކަމުގެ ބިރު ބޮޑުވެފައި ވަނިކޮށެވެ.

ކޯލިޝަންގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޞާލިހް މިއަދު ވާހަކަފުޅު ދައްކަވާފައި ވަނިކޮށް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަންގެ އެއް ބައިވެރިއެއްގެ ހައިސިއްޔަތުން އެމްއާރްއެމް އިން ކޯލިޝަން ދަމަހައްޓަން ބުރަކޮށް މަސައްކަތް ކުރާނަން ކަމަށެވެ.

"ރާއްޖޭގައި ޤާނޫނު ތަންފީޒުކޮށް ހެޔޮވެރިކަމެއް ކުރުމަށް ރައީސް ޞާލިހަށް އެއްބާރުލުން ދޭނަން." މައުމޫން ވިދާޅުވިއެވެ.

ކޯލިޝަން ދަމަހައްޓާ ރައީސް ޞާލިހާއި އެކު ހުންނާނަން ކަމަށް މައުމޫން ވިދާޅުވިއިރު ކޯލިޝަންގެ އެއްބަސްވުމާއި އެއްގޮތައް މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސް ޞާލިހް މިއަދު ވެސް ވިދާޅުވިއެވެ. ނަމަވެސް ކޯލިޝަން އެއްބަސްވުމާއި އެއްގޮތައް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އިން ވާދަކުރަން އެމްޑީޕީ ގައުމީ މަޖިލީހުގެ ތާއިދު ހޯދަން ރައީސް ޞާލިހް މަސައްކަތް ކުރައްވާފައެއް ނުވެއެވެ.

އަންނަ އޭޕްރިލް މަހު އޮންނަ މަޖިލިސް އިންތިޚާބުގައި ކޯލިޝަންގެ ބައިވެރިން ގުޅިގެން އިންތިޚާބަށް ނިކުތުން އެއީ ވާނެކަމެއް ނޫންކަން މިހާރު ގާތްގަނޑަކަށް ޔަގީނެވެ. އެއީ އެމްޑީޕީ އިން 86 ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުން މިހާރު ކަނޑައަޅާފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ނުރަބޯ

  މައުމޫނަށް ތިޔަވަދެވުނީ ކަށިބޯ ޖަންގައްޔަކަށް. ދެން ނިކުންނަން ބޭނުންވިޔަސް ނިކުމެވޭކަށްވެސް ނެތް.

 2. Miadhu

  މިގައުމަށް ކަމެއްކޮށްދެވޭތޯ ބަލާބަލަ ކޮންކޯލިޝަނެއް ރ ޔާމީނުމިގައުމަށް ތަރައްގީގެބޮޑު އިންގަލާބެއް ގެނަސްދިނީ ކޯލިޝަނެއްގަ ބައްދައިގެނެއްނޫން އަދި 20 މިނިސްޓްރީއާއި 40 ކޮމެޓީ ބޭނުންކޮށްގެއްވެސްނުމެނޫން ރ ޔާމީނު ނަމޫނާއަކަށް ދެކެބަލަ

 3. Miadhu

  އިބޫއަކީ ގައުމުގެރައިސް އަންނިއަކީ އެމްޑީޕީގެރައިސް އަންނިނިންމާނިންމުން އެމްޑީޕީއިން ހަދާނެ އިބޫވެސް އެމްޑީފޯރަމުގައި ކިޔާނީ އެލަވަ ގައުމުގެ ފޯރަމުގައި ދައްކާނީ ކޯލިޝަންލަވަ ހީލަތްތެރިންގެ ގޮތަކީ އެއީ

 4. Anonymous

  ބަޔަކަށް އެނގުނަސް ނޭނގުނަސް ތި އެމް ޑީ ޕީ އަކީ މި ޤައުމުގެ ހަލާކު.

 5. ދދދދ

  ހުރެބަލަ ކަލޭ. ކާކުތަ ބުނީ ނުހުންނާށޭ

 6. 30އަހަރުގެ ކޮރަޕްޝަން

  އެނޫންގޮތެ އެބައޮތްތަ. ދެކޮޅުވެއްޖެނަމަ ދަރީގެ ވަޒީފާގެއްލި ކައިރީގަތިބި ބަރަބޯތަކުގެ ވަޒީފާ ގެއްލުންފިޔަވާ ވާނެއިތުރުކަމެނެތް.

 7. ކުޑަބެ އަހުމަދު

  މައުމޫނު ބޭބޭ ކަލެޔަށް ހެޔޮވިސްނުން ދެއްވާށިއެވެ ކަލޭ ތިއުޅެނީ ލާދީނީ މީހުންގެ އަޅުވެތިކަމުން ސަލާމަތް ނުވެވިގެން މަހުސަރު ދުވަހުން ކަލޭ ޖަވާބުދާރީ ވާންޖެހޭނެ ކަން ހަނދާންނެތުނީތޯ.

 8. ބުރޯ

  ނަސިދާ ދެކޮޅަށް ގައުމު ތެދުވަންވެއްޖެ .ވަޑާންގެ އާ ގައުމާ ކުންފުނި ބަގުރޫޓް ކުރި ކަލޭގެއާ ދެކޮޅަށް ގައުމު ތެދުވޭ . ސަރުކާރާ އެކު ގައުމު ތެދުވޭ. ސަރުކާރު ދަމަހައްޓަންތެދުވޭ . ނަސީދު އެމްޑީޕީން ބޭރުކުރޭ.

 9. ޢަބުދުލް ވާހިދު

  ކޮންމެ ބަޔަކަށް ވެސް ފުރުސަތު އޮންނަން ޖެހޭނެ އެބަޔަކު ބޭނުންވާ ކޮންމެ ދާއިރާޔަކަށް ކުރިމަތިލުމައްވެސް ....

 10. ރާރާ

  ކަލޭގެ ދެފައިނޭޅުނަސް އެކަންކޮށްދޭންވާނެ އެއީ

  ވިއްޔަކަލޭގެމީހަކީ އެހެންވީމައެކަންކޮންމެހެންވެސް

  ކުރަންޖެހޭނެ ކިހާވަރަކުންދާނެބާ

 11. ޙަސަން އަޙުމަދު

  ހުންނަންވީނު! ތިބޭ ހުންނަންވީނު ލަޢުނަތްލެއްވި ޝައިޠާނާއެކު. ލަދުކުޑަ ބެއެއް.

 12. މަސްވެިރިޔާ

  މައުމޫން ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުން ބޭެރަށް ނުކުތުން ވ މުހިންނު. ކޮން ރިފީމެއްތޯ. ދަހިވެތިކަމާއި ޖާހާއި ފަސާދަ އުފެއްދުން.އެއްބަފާ ކޮއްކޮ ލޮލަށް ހިތިއ މީހެއްގެ ކޮން ނަޒާހައްތެރިކަނެއްތޯ ހުންނާނީ.

 13. ހޯގޮޅާ ޅަކޮއި

  ޤައުމީ މަޞްލަޙަތަށްޓަކައި އެކަންކުރުމަކީ، ފައިދާހުރި ރަނގަޅު ކަމަކަށްވާނަމަ، އެކަންނުކޮށް ދޫކޮށް ނުލެވޭނެއެވެ. ނަމަވެސް، ދޮށީޢުމުގައި ސިކުޑީގެ ސެލްތަކަށް އަންނަ ބަދަލުތަކަކީ، ޖިސްމާނީ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން އަނަރޫފުކަން ދައްކައިދޭ އަދި ޙަޤީޤީ ބުރުސޫރަ އަންގައިދޭ ކަންކަމަށްވާއިރު، ޢިއްޒަތްތެރި އަކަށް ޢިއްޒަތުގައި ހުންނެވުމަށް ލިބިގެންވާ ޙައްޤުތައް ދޫކޮށް ކުރެވޭ ކަންކަމަކީ، ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނުރުހުންވާ ކަންކަމަށްވާއިރު، ސިކުނޑި ހަމަޖެހޭ މީހުން ނުކުރާ ޒާތުގެ އެއްވެސްކަމެއް ނުކުރެއްވިޔަސް ކޮންމެ މީހަކަށްވެސް އެމީހަކު އުޅެންވާގޮތް ދަސްވެ، ނިމިފައި ހުރުން މުހިންމު ވާނެއެވެ.

 14. ލަބީބު

  ދުނިޔޭގެލަދަށްވެސް ތިކަން ކުރަން މަޖުބޫރުވާނެ ތަކުރަށް! ގުދަށްއޮންނާށޭބުންޏަސް ޖެހޭނީ އޮންނަން! އެއްބަފާ މީހާގެ ވެރިކަން ފޭރިގެންފަ އަމާންކޮށެއް ނުހުރެވޭނެ! ދެމަސްތެރޭ ތިއޮތީ ރޯވަންފަށާފަ! އަނދާހުލިވަން ހަމަސްވެސް ނުވާނެ އިންޝާއަﷲ!